ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ޏ. ފުވައްމުލަކުގައި ބޮޑު ހިނގާލުމެއް މިއަދު ބާއްވައިފިއެވެ.

"މިނިވަން ކަމުގެ ދިފާއުގައި" މި ނަމުގައި ބޭއްވި ހިނގާލުމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ. މި ހިނގާލުމުގައި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ.

އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ފުވައްމުލަކުގައި ބޭއްވި ހިނގާލުން.

މީގެއިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ފަދަ ބޭފުޅުން މަގާމުތަކުން އިސްތިއުފާ ދެއްވުމަށް ވެސް ހިނގާލުމުގެ ބައިވެރިން ގޮވާލާފައިވެއެވެ.

ހިނގާލުމުގެ ބައިވެރިން މައިގަނޑު ގޮތެއްގައި ފާޅު ކުރި ޝުއޫރުތަކުގެ ތެރޭގައި އިންޑިއާ ސިފައިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބުމުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ރާއްޖެ، އިންޑިއާގެ އަޅުވެތިކަމުގައި އޮތް ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ފުވައްމުލަކުގައި ބޭއްވި ހިނގާލުން.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ މިއީ މިހާތަނަށް ފުވައްމުލަކުގައި ބޭއްވިގެން ދިޔަ އެންމެ ބޮޑު ސިޔާސީ ހަރަކާތް ކަމަށެވެ. ރައްޔިތުންގެ އަޑަކީ މިނިވަންކަން ދިފާއުކުރާނެކަމާއި އެމްޑީޕީގެ މަކަރުވެރި ސިޔާސަތައް ދެން ޖާގަނުދޭނެކަން މިހިނގާލުމުން ހާމަވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުވައްމުލަކުގައި މިހާތަނަށް ބޭއްވުނު އެންމެބޮޑު ސުލްހަވެރި ސިޔާސީ ހަރަކާތް. ރައްޔިތުންގެ އަޑަކީ މިނިވަންކަން ދިފާއުކުރާނެކަމާއި އެމްޑީޕީގެ މަކަރުވެރި ސިޔާސަތައް ދެން ޖާގަނުދޭނެކަން. ތަރައްގީގެ ބާނީ ރައީސް ޔާމީން މިނިވަންކުރަން ޖެހޭކަން،" ފުވައްމުލަކުގައި މިވަގުތު ހުންނެވި ޖަމީލް ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކުރި ޑޯނިއޯ މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ބަލަހައްޓަން އިންޑިއާގެ 75 ސިފައިން ތިބޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑު ތަން ކުޑަވެފައިވެއެވެ. އަދި އެކިއެކި ހާދިސާތަކުގައި ސިފައިންގެ ހަރަކާތްތެރިވުން އެތައް ގުނައެއް އަވަސްވެއެވެ.

މީގެއިތުރުން ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުފަހަރު ޓްރެކްކޮށް މޮނިޓަ ކުރުމަށް އެތައް ފަސޭހައެއްވިއެވެ. މިފަދަ ކޮންމެ އޮޕަރޭޝަނެއް ވެސް ހިނގަނީ އެމްއެންޑީއެފްގެ ޗެއިން އޮފް ކޮމާންޑްގެ ދަށުން އެކުލަވާލާފައިވާ ނިޒާމެއްގެ ތެރެއިން އެމްއެންޑީއެފްގެ ކޮންޓްރޯލް މި އުޅަނދުތަކަށް އޮންނަ ގޮތަށެވެ.

އެގޮތުން ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ވައިގައި ހަރަކާތްތެރިވާން ޖެހިއްޖެ ނަމަ ނުވަތަ އޮޕަރޭޝަނެއް ހިންގަން ޖެހިއްޖެ ނަމަ އެމްއެންޑީއެފް އިން ލިޔުމުން ހުށަހަޅައި އޯޑަރު ދިނުމުން ނޫނީ އެއްވެސް އެއާކްރާފްޓެއް ދަތުރެއް ނުކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުހަންމަދު

    ފައިސަލް ނަސީމަށް ހުންނާނެ އެއްޗެއް ވިސްނިފަ....

    40
    • ލޮލްލޮލް

      އެހެންތާ؟؟؟؟ ކޯޗެއް ވިސްނޭނީ؟ ޕޕމ ކުދިންކޮޅަކީ ރޮދިކެނޑިފަ ތިބި ބައެއްކަން؟؟؟

      3
      27
  2. ޢަހޫ

    ޥަގު ޔާމީނު ޖަލަށް ބަ ދަލުކުރުމަށްވެސް ހިގާލުމެއް ބާއްވަންވީނޫންތޯ.

    4
    26
  3. އައުޓޭ ޕާޓީ

    އިންޑިއާ އައުޓް، ބަންގާޅު އައުޓް، ޗައިނާ އައުޓް، ދެންވެސް ތިބިހާ ބޭރުބަޔަކު އައުޓުކޮށްގެން އުޅެވޭނެބާ. ދުނިޔެއާއި ގުޅުން ކަނޑައިގެން އުޅެވޭނެބާ؟ ދެވަނަ ނޯތުކޮރެއާ އަކަށް ވާން ބޭނުން ވާނީ ކާކުބާ؟

    3
    21
  4. ފުރޭތަ

    އިންޑިއާ ސިފައިން 2023 އަންނަންވާއިރަށް މިގައުމުގައި ތިބިނަމަ ސޯލިހުއާއި ފައިސަލް ގާނޫނީ ހަމަތަކުން ކުއްވެރި ކުރެވޭނެ އަދި ގައުމުގެ 2 އަދުއްވުން ކަމުގައި ބަލެވިގެންދާނެ .

    24
    2
  5. ލޮލްލޮލް

    ހުސް ޕޕމ ގުނބޯލުން...ވާވަރު ކަންކަމާ އުޅެބަލަ...

    2
    22
  6. އ

    އަޅުވެތި ކަމުގެ ރަހަ ނުފެންނަ ބަޔަކަށް މިއަދު ހީވާނެ އެއީ ކަމެއް ނޫނޭ އިންޑީޔާގެ ދަށުގައި އޮތް މަލިކަށް ޖައްސާ ހާލު ނުފެނޭތަ ޚިދުމަތް ތަކުން މަހުރޫމް ކޮށް ދަތި ކުރަނީ އެއި މުސްލިމުންނަށް ވާތީ ކަޝްމީރުގައި އަދި އިންޑިޔާގެ އެހެން ތަންތާގައި މުސްލިމުން ދިރި ހުއްޓާ ރޯ ކުރުން ނުފެނޭތަ މިގޮވަނީ އިންޑީޔާ މިލިޓަރީ އައުޓޭ .... އައުޓޭ މެންނަކަށް ނޭނގޭތަ ދަތިކުރުމުގެ ގޮތުން އެޅޭނެ ފިޔަވަޅެއް އިންޑީޔާ އަކަށް ވެސް ނޯންނާނެ އަލުވި ފިޔާ ބިސް ވެސް އެހެން ގައުމު ތަކުން މިހާރު ގެނޭ ހިލަވެއްޔަށް ދަތި ކޮށްލުމުން ހިލަ ވެލި ވެސް އޭރު ގެނައި އަދި އަގު ހެޔޮކޮށް އިންޑީޔާއަށް ބޭހަށް ދަނީ ހިލެއަކު ނޫން އެމީހުންނަށް ފައިސާ ދެން ބުނި ވަރަކަށް އެމީހުން ފެށި ބޮޑު މަސްރޫއު ވެއްޖިއްޔާ 15 އަހަރުން ނިމޭނީ އަހަރެމެން ތިބެންވީ ފިނި ހަކު ދުވެލީގައިތަ... ޔާމިން އިރުގައި ފިޔާ އަލުވި ބިހަށް ވެސް ދަތި ކުރާނެ ކަމުގެ އިންޒާރު ދިން ސަރުކާރުން ބުނީ ކަލޭމެން އެކަނިހޭ ފިޔާ ބިސް އަލުވި ދުނިޔޭގައި އުފައްދަނީ އެހާ ހިސާބުން މައިތިރިވީ... ލަންކާ ރައީސް ވިދާޅުވީ ބިރު ނުގަންނާށޭ އަހަރެމެން ކައިގެން ތިބިއްޔާ ކަލޭމެން ނަށް ވެސް ކާޑު ލިބޭނެއޭ

  7. ހަސަން

    އިންޑިޔާއަށް ކެރޭނެ ތޯ ޗައިނާ ނޫނީ ބަންގާޅު ސިފަން ބައިތިއްބަން އެގައުމުގަ ހަމަ އެގޮތަށް އަސްލު ދިވެހިންނެއް ބޭނުވެއް ނުވާނެ ބައިތިއްބާކަށް