މަގު ހަދަންވެގެން ސަރުކާރުން އުފައްދާފައިވާ ކުންފުނި ކަމަށްވާ އާރްޑީސީގެ އޮފީހެއްގެ ތެރޭގައި މާރާމާރީ ހިންގާ އެތަނުގެ މުވައްޒަފެއްގެ ބޯފަޅާލި މައްސަލަގާއި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ބުރާސްފަތި ދުވަހު ހެނދުނު 10:07 ހާއިރު މާރާމާރީ ހިންގާފައިވަނީ އެތަނުގެ ތެރެއަށް ވަތް މީހެކެވެ. މާރާމަރީ ހިނގީ ޒަހަމްވި މުވައްޒަފު އެތާގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކާއި ފޮށި އޭނާ އަށް ޖިންސީ ފުރުއްސާރަ ކުރިކަމަށް ބުނެއެވެ. މާރާމަރީ ހިންގި މީހަކީ މުވައްޒަފު ފޮށުނު އަންހެން މުވައްޒަފުގެ ފިރިމީހާ ކަމަށް ވެއެވެ.

މައްސަލާގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރެހެނެކެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.

އާރްޑީސީ އިން ބުނެފައިވާ ގޮތުން އެ ތަނުގެ މުވައްޒަފަކާ ގުޅޭ ޖިންސީ ގޯނާގެ އެއްވެސް މައްސަލައެއް ހުށަހެޅިފައެއް ނުވެއެވެ. މީގެ ކުރިން ހުށަހެޅިފައިވާ އެފަދަ މައްސަލަތައް ބަލާ ފިޔަވަޅުވެސް އަޅާފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ބައެއް މުވައްޒަފުން ވަޒީފާ އިން ވަކި ކޮށްފައިވާނެ ކަމަށް އާރްޑީސީ އިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނާ

    ކޮންތާކު ތީ ތިކަހަލަ ކުންފުނިތަކުގަ ގިނައިންހިންގާ ކަންކަން ވަޒީފާގެ ބިރައް އަންހެންކުދިންނައްޖެހެނީ ސިއްރުކުރަން މިހާރު ތިބުނާ އަންހެމަންޖެވެސްހުންނާނީ ބިރުގަންނުވާލާފަ ތި އާރު ޑީސީ ގަވެސް މަސައްކަތްކުރާމީހުނައްވުރެ ސުޕަވައިޒަރުންގިނަވާނެ ދެންކުރާނެ ކަމެއްނެތީމަ ތަނުގަތިބޭ އަންހެންކުދިންނާ ބެހޭނީ ފިޔަވަޅެއްވެސްނޭޅޭނެ ސިޔާސީ ބޭނުމައް ބަޔަކައްލާރިދޭން ވަޒީފާތަކުގަ މީހުންގެންގުޅެނީ ...

    3
    1