ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން، އިދިކޮޅު ކޯލިޝަންގެ ރަނިންގ މޭޓުކަމަށް ވާދަ ނުކުރައްވަން ނިންމަވައިފިއެވެ.

މިކަންވަނީ "ވަގުތު" އަށް ކަށަވަރުވެފައެވެ.

އިދިކޮޅު ކޯލިޝަނުން ޖުމްހޫރީ ޕާޓީ އަށް ލިބިފައިވާ ރަނިންގ މޭޓުކަމުގެ މަޤާމަށް އެޕާޓީގެ ސަޕޯޓަރުން ދިޔައީ އެކި ބޭފުޅުންނަށް ކެމްޕޭނު ކުރަމުންނެވެ. އެގޮތުން، ބައެއް ފަރާތްތަކުން، ޤާސިމްގެ އަނބިކަނބަލުން، އައިޝާ އަށްވެސް ކެމްޕޭން ކުރައްވަން ގެންދަވާފައިވެއެވެ.

އައިޝާގެ އިތުރުން، ރަނިންގ މޭޓުގެ މަޤާމަށް ވާދަ ނުކުރައްވަން ނިންމެވި ބޭފުޅުންގެ ތެރޭގައި ކާށިދޫ ދާއިރާގެ މެންބަރު، ފައިސަލް ނަސީމާއި އެޕާޓީގެ ޑެޕިއުޓީ ލީޑަރު، ޑރ. ޙުސައިންވެސް ހިމެނިވަޑައިގަންނަވައެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން، މި ބޭފުޅުން ރަނިންގެ މޭޓުކަމަށް ވާދަ ނުކުރައްވަން ނިންމެވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އާއި އެޕާޓީގެ ރައީސް އަލީ ވަޙީދާއެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު މިރޭގެ ވަގުތެއްގައެވެ.

އެހެންނަމަވެސް، މި ބައްދަލުވުމުގައި، އެބޭފުޅުން ބައިވެރިވެވަޑައިގެންނެވިކަމެއް އެނގިފައި ނުވެއެވެ.

ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު، އަލީ ޞާލިހު ވިދާޅުވީ "ރަނިންގ މޭޓާ ގުޅޭގޮތުން މި ވަގުތު ވަކި ޚަބަރެއް ނެތް ކަމަށެވެ".

މީގެކުރިން އެޕާޓީން ބުނެފައިވަނީ މި މަހުގެ 10 ގެ ކުރިން ރަނިންގ މޭޓެއް އިޢުލާން ކުރާނެކަމަށެވެ.

އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓް އެއް، ރިޔާސީ އިންތިޙާބަށް ނެރުމަށް ނިންމާފައިވާއިރު، ކެންޑިޑޭޓް އެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އެމްޑީޕީ އަށް ނިސްބަތްވާ އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ) އެވެ. އަދި، ރަނިންގ މޭޓުގެ ސްލޮޓު، ޖޭޕީ އަށް ދިނުމަށް ނިންމާފައިވާއިރު، ކޯލިޝަނުގެ ޕާޓީތަކާއި ޖޭޕީ އާ ދެމެދު ކޯޅުންތަކެއް އުފެދިފައިވެއެވެ.

ޖުމްހޫރީ ޕާޓީންވަނީ، އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންކަމަށްވެސް ދެކޮޅު ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ?
  2. ާއސ

    ޖެންޑާ އިކުއަލިޓީ އޭ ކިޔަން އެމްޑީޕީ ލަދު ގަންނަން ޖެހޭނެ.

  3. ކަމަނަ

    ރަނިންމޭޓޭ ހިތަށްވެސް އަރުވައިގެން ނުވާނެ އެގޮއްޔެ އެއް.!

  4. ސަނާ

    އާއިޝާގެ ނަން ހުށަހެޅިޔަސް ޤަބޫލުނުކުރާނެކަން ޔަޤީންވީމަ

  5. ޑިމޮކްރަޓިސްޓް

    ގަސިމޫ މޮޔަނުވެބަލަ! ތިބުނާ އިދިކޮޅޭމެންނަކީ ވެރިކަން ބޭނުންވީމަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެބައެއް! ގާސިމުގެ ވޯޓްކޮޅު ދަމައިގަންނަން ޖަހާމަޅިއެއްތީ! އެމްޑީޕީއަށް ވެރިކަން ލިބިއްޖެއްޔާ ރަނިންމޭޓް ބޭރުކޮށްލާނެ! ހުރިހާ ބާރެއް އޮންނާނީ ރައީސަށް! ވިސްނާ ހޭއަރާބަލަ ނިކަން!

    • އުފާވެރި

      ހެޔެއްނާރާނެ އެސޮރެއް ކޮޔާ.. ދެން އޮޔާދާން ދޫކޮށްލާ މިފަހަރުވެސް.. 5 އަހަރުން 1 އެއްއަހަރު އަލީ ވަހީދުމެނަށް ލިބޭ މާވަހަރެއް ޤާސިމަކީ.. ހެ ހެ ހެ

  6. ރާޅު ބޯއީ

    ގާސިމް ރުއްސަން އެމްޑީޕީން މިކިޔަނީ މެނިފިސްޓޯ ބަދަލު ކުރާނިއްޔޯ. މިހިރީ ޖަހާ މަޅި.

  7. އަހްމަދު

    މަޖުބޫރުވީމަ ހުއްޓާލީ ގާސިމްއަންގަންވީ ކެންޕޭނައް ޚަރަދުކުރަން ޗަންދާނަގަންފަށާށޭ ޖޭޕީގެފަރާތުން ތަޢުލީމީ މީހަކުނެރެން އަބޫގަބޫލެއްނުވާނެ

  8. ގާސިމް

    ނަސީބެއްނު ތިމާމީހާގެ ހައިސިއްޔަތު އަމިއްލަވިސްނި ގަދަފައި ނުވިއްދާ ކުރިމަތިނުލިކަން ގާސިމް އެހެރީ މަކަރުން ޢޭނަކުރިމަތިލާން ތާއީދުކޮށްކޮށް ގާސިމްގެ ތާއީދުއޮތީމާ ދެންތިބިމީހުންނަށްވެސް ނޫނެކޭ ބުނަން ނުކެރޭނެ ކަމަށް

  9. ސަލީމު

    ޜީލޯޑް މަހުލޫފައް ގުޅފައިވާ ޕާޓީގެ ރަނިންގމޭޓް ކަންދީގެންވެސް އޭނަމައިތިރި ކޮށްބަލަ މައްޝޫރުވާން އެވަރެއް ނެތް

  10. ގްރިޒް

    - ށަރުތު ހަމަވޭތަ
    - ވާދަނުކޮށްގެން ޖޭޕީ ބަލިވިޔަދޭން މާޖެހިލުން ވާނެ
    - ވާދަނުކުރަން ނިންމަންވީ ގާސިމާ، ވާދަކުރަންވީ ރަނިންމޭޓް ކަމަށް

  11. މަކަރު އީޔޫ

    ޖޭޕީ ޕުލީޒު އެމްޑީޕީގެ ގުއިރޯނުގަ ނުޖެގޭތި މިއީ ވިސްނަންވީ ވަގުތު ފިކުރު އިސްކުރަންވީ ވަގުތު.

  12. ސިއްރުން މިހިތާ ކުޅެލީ

    ޤާސިމް ވަރަށް މާފް. އަހަންނަށް އައިޝާދެކެ ލޯބިވެވިއްޖެ!!

  13. ސުންކަޑަ

    ނިންމިއަސް ނުނިންމިއަސް އިބޫގެ ރަނިންމޭޓަކަށް ޗަކޮޔެއް ހަމައެއް ނުޖައްސާނަށް.

  14. ރާއްޖެ

    ޖުމްހޫރީ ޕާޓީން ސީދާކެންޑިޑޭޓެއްގެ ގޮތުގައި
    ވާދަކުރުން މުހިއްމެވެ އެމްޑީޕީ އަށް އިތުބާރު
    ކުރުމަކީ މޮޔަކަމެކެވެ

  15. ބުރުމާމަ

    ފައިސާ އާއި މުދަލާއި ދުނިޔެ ހޯދުމަށް އުޅުމައްވުރެ އާޚިރަތަށް މަސައްކަތް ކުރުން މާރަގަޅުވާނެ

  16. Anonymous

    ވާދަ ކުރިޔަސް ނުލިބޭނެ. ބަލަ ގާސިމް ގެންގުޅެނޭނީ ޗިޕްޖަހައިގެން ކުރިން ފުއްޕާނެ ފަހުން އޯކޭ ވާނެ.

  17. ގާސިމް

    ވާދަކުރިޔަސް ނުލިބޭނެ

  18. ގާސިމް

    ގާސިމް ރުއްސަން އެމްޑީޕީން ނިންމައިފި

  19. ވިލުފުށި

    އާއިޝާގެ ނަން ހުށަހެޅިޔަސް ޤަބޫލުނުކުރާނެކަން ޔަޤީންވީމަ

  20. އިބޫ ޫ ޫ ޫ ޫ ޫ ޫ

    ކާފަޔާއެކު ސީދާ ޙަރަކާތަށް ކުރިމަތި ލާބަލަ

  21. ހިތް ހަލާކު

    އެ ގޮތްޔެ ހާދަ ލޯބިއޭ