ހުޅުމާލޭ މަތިން ސީޕްލޭން ދަތުރު މަނާކޮށް، އެ އުޅަނދު ދަތުރު ކުރާ ރޫޓުތަކަށް ބަދަލު ގެނެސްފިއެވެ.

މީގެކުރިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ޖައްސަން އަންނަ ސީޕްލޭންތައް ދަތުރު ކުރަނީ ހުޅުމާލެ މަތިންނެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް "ވަގުތު"އަށް މިއަދު ވިދާޅުވީ މި މަހުން ފެށިގެން ސީޕްލޭންތައް އެއާޕޯޓަށް ޖައްސާނީ ހުޅުމާލޭ އިރުމަތީ ފަޅުން ނުވަތަ ބީޗާ ދިމާލުން ކަމަށެވެ. ސީޕްލޭންތައް ނައްޓާލާނީ ކުރިންވެސް އަމަލުކުރަމުން އައި ގޮތަށެވެ.

ސީޕްލޭންތައް އާންމުކޮށް ނައްޓާލަނީ އުތުރަށް އަދި އުތުރުދެކުނަށެވެ. ކަނޑު ގަދަ، އަދި ވައި ގަދަ ދުވަސްވަރު ސީޕްލޭންތައް ނައްޓާލަނީ ހުޅަނގުން އިރަށެވެ.

"ހުޅުމާލޭގެ މަތިން ދެން އެއްވެސް ގޮތަކަށް ދަތުރު ނުކުރާނެ" އަރީފް ވިދާޅުވިއެވެ.

އަރީފް ވިދާޅުވި ގޮތުގައި ސިޕްލޭންގެ ރޫޓްތަކަށް ގެނެވުނު ބަދަލުތަކަކީ އެމްއޭސީއެލްގެ މާސްޓާ ޕްލޭންގެ ދަށުން ގެނައި ބަދަލުތަކެކެވެ. ބަދަލުގެނައި މައިގަނޑު ސަބަބަކީ ސަލާމަތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

މީގެކުރިން ސީޕްލޭންތައް ދަތުރުކުރަމުން އައީ މީހުން ދިރިއުޅޭ ހިސާބުން ވަރަށް ތިރިންނެވެ. އެހެންވެ، ސީޕްލޭންތަކުގެ އަޑު ގަދަވުން ފަދަ ޝަކުވާތައް ބައެއް އާންމުން ވަނީ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފަޔާޒު

    ރަނގަޅު ނިންމުމެއް. ޝުކުރިއްޔާ

    32
    3
  2. އަބްދޫ

    މުހިންމު ފިޔަވަޅެއް.

  3. އަފީ

    ސުކުރިއްޔާ ރައީސް ޔާމީން!

    12
    4
  4. ޙަބީބު.......

    އަދިކިރިޔާ ދެވަނަޓާމިނަލް ހުޅުވެނީ ކޮންދުވަހަކުންބާ އާރަންވޭ ހުޅުވާފަ ޔާމިނުގެ ތަރައްގީ ރައްޔިތުންނައް ދައްކަބަލަ ދައްކާފަ 2023 ގަ ގޮނޑި ހިފައިގެން ޔޫކޭއައް ގޮސް ގޮނޑި ދުއްވަބަލަ..

    11
    1
  5. އުފާވެއްޖެ

    ވަރަށް އުފާވެއްޖެ. ކުރިން ސީޕްލޭންތައް ބޯމަތިން ދާތީ އުނދަގޫވާފަހަރު އާދޭ. މީހުންއުޅޭ ރަށްތައް މަތިން ދިއުމަކީ ރައްކާތެރި ގޮތެއްވެސްނޫން.

  6. ނަސީ

    ސުކުރިއްޔާ ރައިސް ޔާމިން ތީ މެންނެއް

    12
    4
  7. ޙަސަނު

    އަދި ކިރިޔާތަ ތިޔަ ވިސްނުނީ ސީޕްލޭންތައް ހުޅުމާލެ މަތިން ދަރުރު ކުރާއިރު ރަތްޔިތުންނައް ނުރައްކާވާނެކަން ، ނޫނީ ބޯޓުތަކައް ދީފައި އޮތް ގެރެންޓީ ހަމަވާން ކާރިވާތީތަ، ނޫނީ ލާރިގަނޑެއް ކާލެވާނެ އަލިމަގެއް ފެނުނީހެން ބޮޑައް ވައްތަރީ ދޯދޯދޯ

  8. ހުސެންކޮއެ

    ސަރުކާރުގެ މެގަ ޕްރޮޖެކްޓެއް. ސުކުރިއްޔާ ރައީސް.

    9
    3