ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މުހިންމު ސިސްޓަމް އަޕްގްރޭޑްގެ މަސައްކަތެއްގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ކުންފުނީގެ ހުރިހާ ހިދުމަތެއް މެދުކެނޑިއްޖެއެވެ.

ބީއެމްއެލް އިން ބުނީ މި މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަށް ހިދުމަތް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހިދުމަތް މެދުކެނޑުމާއެކު އިންޓަނެޓް ބޭންކިން އެޕްލިކޭޝަނުން ބަލާއިރު އެކައުންޓުގައި އެއްވެސް ފައިސާއެއް ނުހުރެއެވެ. ނަވެސް، މައްސަލަ ހައްލުވުމާއެކު އެކައުންޓް ބެލެންސް ރަނގަޅަށް ފެނެއެވެ.

އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ބީއެމްއެލްއިން ވަނީ މައާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖނޖޖ

    ކިރިޔާއޭ އެކައުންޓް ބަލާފަ ހާޓް އެޓޭކެއް ނުޖެހުނީ

  2. ހާލުފޮޅި

    މަސައްކަތް ނިމުނީމަވެސް ފަހަރުގައި ހަމަ ސުމެއް ހުރެދާނެދޯ..