ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ނިރުބަވެރި ގަނޫނުގެ ދަށުން 48 މީހަކު ހިފައި ހައްޔަރު ކުރި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެއްޗަށް ފަހުގައި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ނިރުބަވެރިކަމަށް ކަމަށެވެ.

އިމްރާން ވިދާޅުވީ، އެކަމަށް ހައްލު ހޯދުމަށް ގާނޫނަށް ގެނެވުނު ބަދަލަށްފަހުގައި މީގެ ކުރިން އެ ގާނޫނުގެ ދަށުން ބަންދު ކުރެވިފައިވަނީ މުޅިން ވެސް ސިޔާސީ މީހުން ކަމަށެވެ.

"އެހެން ނަމަވެސް މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ޓެރެރިޒަމްގެ ގާނޫނުގެ ދަށުން 48 ފަރާތެއް އެގާނޫނުގެ ދަށުން ބަންދު ކުރެވިފައި ވަނީ" އިމްރާން ވިދާޅުވިއެވެ.

އެހާ ގިނަ އަދަދެއްގެ ބަޔަކު އެގާނޫނުގެ ދަށޫން ހައްޔަރު ވެފައިވަނީ ސަރުކާރުން ނިރުބަވެރިކަމުގެ ގޮންޖެހުންތަކުން އަރައިގަތުމަށް ކޮށްފައިވާ މަސައްކަތުން ކަމަށް އިމްރާން ވަނީ ފާހަގަ ކުރައްވާފައެވެ.

އިމްރާން ވިދާޅުވީ، އެފަރާތްތައް ގާނޫނުގައި ބުނާ ގޮތެއްގެ މަތިން ބަންދުގައި ބޭތިއްބުމަށް އަދި އެފަދަ ފަރާތްތަށް ރިހިބިލިޓޭޓް ކުރުމަށް ކުރަންޖެހޭ މަސައްކަތް ފެށުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނިރުބަވެރިކަމުގެ އިތުރުން ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ބޮޑެތި ގްރޫޕުތައް ހަދައި ރައްޔިތުންނަށް ބިރުދެއްކުމާއި މާރާމާރީ ހިންގުން ފަދަކަންކަން ހުއްޓުވުމަށް ކަރެކްޝަންސް ސާވިސްއާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢަހު

  ކަލޯ ޢިމްރާން މިދިޔަ 3އަހަރު އިސްލާމްދީނަށް ފުރައްސާރަކޮއްގެން ކިތަށް މީހުން ހައްޔަރު ކުރެބުނުތަ؟ހަމަ ރަނގަބީލެއް ޖަހާއިރަށް ތިހޮބަނީ ނިރުބަވެރިއޭ ޖަމާޢަތޭ ކުޑަ ލަހޮނޑިއޭ ކިޔާފަ

 2. ހުސޭނުބޭ

  އެންމެ ބޮޑު ނިރުބަވެރިއަކީ މިނިސްޓަރުކަމުގެ ދަހިވެތިކަމުގައި ފަސާދައުފައްދާ މީހުންގެ ބޮޅުގައި ޙައްޤަކާނުލައި މީސްމީހުންގެ މަރުގެ އަޅުވާމީހާ! އެމީހާވެސް އެބަޖެހޭ ޖަލަށްލާން!

 3. ނަން

  މަށައް ހީވަނީ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ލާދީނީ ފިކުރު މީހުންހެން

 4. ކޮރަލް

  ދީނައް ފުރައްސާރަ ކުރި މީހުންގެ އަދަދު ތައްވެސް ހާމަ ކޮށްލަން ޖެހެ އެވެ.