އިންޑިއާއާއެކު ދިވެހި ސަރުކާރުން ގާއިމް ކޮށްފައިވާ އެއްބަސްވުންތަކުގެ ކޮޕީއެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ މެންބަރުންގެ އަތަށް ދޭން ހުށަހެޅި ހުށަހެޅުން ފާސް ނުކުރަން އެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ހުށަހެޅުއްވުން ހުށަހެޅުއްވީ އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއެވެ. މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިނެވެ.

ހުށަހެޅުއްވުމަށް މެންބަރަކު ތާއީދު ކުރެއްވުމުން ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ އެ ހުށަހެޅުއްވުމަށް ވޯޓަށް އަހައިފައެވެ. އެކަމަކު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެޖޯރިޓީ އޮތް ކޮމިޓީން އެ ހުށަހެޅުއްވުން ފާހެއް ނުކުރިއެވެ.

މިއަދުގެ ކޮމިޓީގައި އޮތީ އިންޑިއާއާއެކު ގާއިމް ކޮށްފައިވާ ތިން އެއްބަސްވުމެއް ދިރާސާކުރަން ވެގެން އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު ހުށަހެޅުއްވި މައްސަލައާ މެދު ގޮތެއް ނިންމާ ރިޕޯޓް އެކުލަވާލުމެވެ.

އެ ތިން އެއްބަސްވުމަކީ މާލެ އަތޮޅު އުތުރުތިލަފަޅުގައި ކޯސްޓްގާޑް ޑޮކްޔާޑެއް ގާއިމް ކުރުމުގެ އެއްބަސްވުމާއި، ހދ. ހަނިމާދޫގައި އޮންނަ އިންޑިއާ އަސްކަރިއްޔާގެ ޑޯނިއާ މަތިންދާބޯޓު ރާއްޖޭގައި އޮޕްރޭޓް ކުރާނެ ގޮތުގެ އެއްބަސްވުމާއި، ރާއްޖޭގެ ހައިޑްރޯގްރާފީ ދިރާސާ ކުރަން އިންޑިއާއަށް ދިނުމުގެ އެއްބަސްވުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް މި އެއްބަސްވުންތައް ޑިފެންސް މިނިސްޓްރީން ޚިއްސާ ކުރެއްވީ ޕްރެޒެންޓޭޝަނެއްގެ ގޮތުގައެވެ.

މެންބަރު އުޝާމް އަދި މެންބަރު އަލީ ހުސައިން ވެސް ވިދާޅުވި ކަމަކީ ޕްރެޒެންޓޭޝަންގައި އުތުރުތިލަފަޅު އެއްބަސްވުން ނުދައްކާ ކަމާއި، ދެއްކީ އެއްބަސްވުމުގައި ހިމެނޭ ވަކިވަކި ބައިބައި ކަން ކަމަށެވެ. އެހެންވެ އެ މުޅި އެއްބަސްވުމުގެ ކޮޕީއެއް މެންބަރުންގެ އަތަށް ލިބެން ޖެހޭ ކަމަށެވެ.

އެކަމަކު ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ދިޔައީ އެ ކަމަށް ދެކޮޅު ހައްދަވަމުންނެވެ.

މި ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވާ ކަމަކީ މީގެ ކުރިން އެ އެއްބަސްވުންތައް ދިރާސާ ކުރި މަރުހަލާގައި އެ ކަމަށް އެދިވަޑައިނުގެން އެންމެ ފަހު މަރުހަލާގައި ހުށަހެޅުއްވުމުން މެންބަރުންގެ ޒިންމާ އަދާ ނުކުރެވޭ ކަމުގައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެންމެ ގާތް ގުޅުމެއް ބާއްވަނީ އިންޑިއާއާއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ވެސް ހިންގަނީ އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށެވެ.

މިފަދަ މަޝްރޫއުތަކާއި އެއްބަސްވުންތަކުގެ ބޭނުމަކީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ގާއިމްކޮށް އެ ގައުމުގެ ސިފައިންނާއި ޖާސޫސީ މީހުން ދާއިމަށް ރާއްޖޭގައި ގާއިމްވެ ތިބުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން މި ކަން ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަސަން

    އެހާ ވަރަށް އެފޮރު ވަނީ ވަރަށް ބޮޑަށް ގޯސް ހަދާފަ އޮތީމަ ކަން ޔަގީން

    19
    • ޝައްފަ

      އިންޑިއާ އައުޓް !!!!!! އިބޫ އައުޓް !!!!

  2. ލުޓޭރުންގެ ސަރުކާރު

    އިންޑިޔާގެ ނުފޫޒު ރާ އްޖޭގެ ސަރުކާރަށްނުފޯރަނީ.. މިނިވަނކަމެވާ ނުގެ އްލޭ މޑޕމީހުން ބުނާނެ އިންޑިޔާސިފަ އިން މިތާތިބެގެން ލިބޭގެ އްލުމެކޮބާހޭ އިހަވަންދޫކަ އިރީން އިންޑިޔާގެ ދެމަސްބޯޓުމަސްބާނަމުން ދާތީ އެސަރަހަ އްދުގަތިބި ދިވެހި މަސްވެރިން އެކަން އެންގިކަމަށްވަނީ ކޯސްޓްގާޑާ ކަ އުންސިލަށް އެކަމަކު އެޅުނުފިޔަވަޅެނެތް...މާރިޔާދީދީ ދެތުންފި އްތަ އިގެން އިދެ ބުނާނެ ހަތިޔާރެނެތޭ ސިފަ އިންނެނެތޭ އެ އްބަސްވުންތަ ފެންނަންޖެހޭ އެގެންޖެހޭ ގާނޫނީބާރު ލިބިފަތިބި މެމްބަރުންނަ ދަ އްކަންނުކެރޭ އެ އްބަަސްވުންތަކެ އްގަ ސޮ އިކުރީ މިސަރުކާރުގެ މިނިސްޓަރުން އެކަމަކު ކުރީސަރުކާރުގެ އެ އްބަސްވުންތަކޯ.. އިސްތި އުފާ އިބުރާހިމާ..

    17
  3. ލޮލް

    ހަމަ ދިނީ ވެރިކަން ވެއްޓުނީ.

    13
  4. އަހުމަދު

    މި ލާދީނީ ގެރި މޯދީގެ ސަރުކާރު މި ގައުމު އިންޑިއާގެ އަވަށަކަށް ހަދައި ފި.
    މި ސަރުކާރަކީ ދެން ޖެހިފަވާ ބޮޑު މސބ ތށ

    18
  5. ސަމީރު

    ހިތަދޫ އުތުރު ދާއިރާގެ މީހުން ނިކަން އިހުލާސްތެރި ކަމާއެކު ބުނެބަލަ. މިވީހާ ދުވަހު މެންބަރު ކޮށްދިން ކަމެއް އެބަ އޮތްތަ. ؟ އަދިވެސް ހީވަނީތަ މިނޫން މީހަކު ގޮނޑިއަށް ކުފޫ ހަމަނުވާހެން؟ ވާގޮތަކީ ކައެއް ނުކުރެވުނަސް މީހެއްގެ ފިޔަވަޅަށް ބަލައި ފަހަތުން ދުވާނަމަ ވޯޓު ދޭންވީ. ހެޔޮ ވޯޓު ދިން މެންބަރުގެ ގޮޑި ދައުރު ނިމޭއިރުވެސް ހުހަށް ހުއްޓަސް. އެހެޔޮ ރީނދޫ ބުޅަލަކަސް، ވޯޓުދޭނީ އެއްޗަށް. ތިޔަށްކިޔާނީ ފިކުރުމަތީ އަތް އަޅާ، ހިނދު ކޮޅަކަށް ލާރިނަގާ، ޓިނު ދޭނަމަ ވޯޓުއަޅާ، ވަރިހަމަ ކޮށް ދައުރުދިނޭ. މިނެއް.