ސިނަމާލޭ ބްރިޖުގެ ބައެއް ލޭނުތައް ބަންދު ކުރަން ނިންމާފައިވާ ކަމަށް ޓްރެފިކް ފުލުހުން ވިދާޅުވެއްޖެއެވެ.

ޓްރެފިކް ފުލުހުން މިއަދު ކުރި ޓުވިޓެއްގައި ވިދާޅުވީ، މިރޭ 23:30އިން ފެށިގެން މާދަމާ ފަތިހު 5:00 ޖެހުމާއި ހަމައަށް ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ލޭން ބަންދުވާނެ ކަމަށާއި މާދަމާ ރޭ 23:30 އިން ފެށިގެން އޭގެ އަނެއް ދުވަހު ފަތިހު 5:00 ޖެހުމާއި ހަމައަށް މާލެއިން ހުޅުމާލެ ދަތުރު ކުރާ ލޭން ބަންދު ވާނެ ކަމަށެވެ.

ޓްރެފިކް ފުލުހުން ވިދާޅުވީ، މި ދެ ލޭން ބަންދު ވި ނަމަވެސް ފުލުހުން ކަނޑައަޅައިފައިވާ ވަކި ލޭންތަކަކުން، ފުލުހުންގެ އިރުޝާދާ އެއްގޮތްވާ ގޮތަށް ދަތުރުކުރުމުގެ ފުރުސަތު އާންމުނަށް ހުޅުވާލެވިފައި އޮންނާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ބްރިޖުގެ ބައެއް ލޭނުތައް ވަކި ގަޑިއަކަށް ބަންދު ކުރުމަށް ނިންމާފައިވަނީ ބްރިޖަށް އަރާ ސަރަހައްދުގެ ނަން ބޯޑު މަރަމާތު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޫސަ

    މަ ހީކުރީ ކުރީ މިރެޔާ މާދަމާރޭ ރައްޔިތުން ހައްޔަރޭ ގޮވާލިކަމަށް. އަހަރުމެން ޅަ އިރު ރަށުތެރޭ މަސައްކަތެއް އޮވެއްޖިއްޔާ އޮފީހުގެ ފަރާތުން ގޮވާނެ، "މިރެޔާ މާދަމާ ރައްޔިތުން ހައްޔަރޭ" އޭގެ މާނައަކީ އޮފީހުން އަންގާ މަސައްކަތެއް ކުރުމަށްޓަކައި، ރައްޔިތުން ރަށު ބަންދުވީއޭ. މަހަށް ފަރަށް ދިއުން މަނާ ވީއޭ.

    9
    2
  2. ހަޖަމް ނުވި ބުރިޖް

    އެކުރަންއުޅޭކަމެއް ރަނގަޅަށްބަލާތި މަކަރުގަދަ ބައެއްތީ ކޮންމެހެން ގެރިމޯދީ ބުނެގެން ޗައިނާއިން އަޅާފައޮތްބުރިޖެއް ބަލާކައްނުޖެހޭނެ ކޮންމެވެސް މަސައްކަތެއްކުރުމުގެބަހަނާގައި ތިކުރާކަންތައް ނޭނގޭނެކަމަތަ ހީކުރީ ކޮންމެކަމެއްގައިވެސް މިލާދީނީ ވަގު ވޯޓު ހަރާސަރުކާރުގެ އޮޅުވާލުން ދޮގާއިމަކަރާއި ވައްކަން ކިތަމެވަރަކަށްތިބުރިޖު ބެލިޔަސް މިވެރިކަމަކުކީކުރަން ދުވަހަކުވެސް އެމްޑީޕީ އަކަށް ބުރިޖެއްނޭޅޭނެ އަދި ރޭޕް އިންޑިއާ ބައިވެތިވެގެން ރާއްޖެއަށްފައދާވާ އެއްވެސްކަމެއް ނުކުރެވޭނެ އެމްޑީޕީއަށް އިންޑިއާޔާ ގުޅިގެން ކުރެވޭނެ ކަންތައް ކުޑަކުދިންނާއި ބޮޑެތިމީހުން ރޭޕް ކުރުން މުސްލިމުން ލިމުން މަރައި ކަތިލައި ގުނަވަންތައްބުރިކޮށް ދިރިހުޓައި މުސްލިމުމީހާގައި ހުޅުޖަހައި މިސްކިއއތަކުގައި ބޮޑުހުޅުޖަހައި އިސްލާމްދީނަށް މަލާމަތްކޮށް ލާދީނީ ފަތުރަންމަސައްކަތްކުރުން ވައްކަމާއި ޑްރަޤްގެހާއްޔަކަށްދިވެހިރާއްޖެހެދުން ލާދީނީ އެމްޑީޕީގެ މަޤުސަދަކީ!

    4
    3