ކޮވިޑް-19 ކޮންޓްރޯލް ކުރަން ޔޫރަޕްގެ ގައުމުތަކުގައި ފިޔަވަޅުތައް ވަރުގަދަ ކުރަން ފެށުމުން އާއްމު ރައްޔިތުން މުޒާހަރާ އަށް ނިކުންނަން ފަށައިފިއެވެ. ޔޫރަޕްގެ ވަރަށް ގިނަ ގައުމުތަކުގައި މިހާރު ވަނީ ސަރުކާރުތަކުން އަލަށް އިއުލާން ކުރަމުން ގެންދާ ފިޔަވަޅުތަކާއި ދެކޮޅަށް މުޒާހަރާ ފަށާފައެވެ.

އެންމެ ވަރުގަދަ އަށް މުޒާހަރާ ކުރަމުން ގެންދާ އެގައުމަކީ ނެދަލޭންޑްސްއެވެ. ނެދަލޭންޑްސްގެ މައުތަކަށް ނިކުމެފައިވާ އާއްމު ރައްޔިތުން ކޮންޓްރޯލް ކުރަން ރަޔަޓްގިއަރުގައި ފުލުހުން ނިކުމެ ވަނީ ކަރުނަގޭސް ޖަހައި ބާރުގެ ބޭނުން ކޮށްފައެވެ. ނަމަވެސް އަދިވެސް މުޒާހަރާތައް ރޫޅާލެވިފައެއް ނުވެއެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގެ މަގުތަކަށް ވެސް އާއްމު ރައްޔިތުން ވަނީ ނިކުމެފައެވެ. ބެލްޖިއަމްގެ ސަރުކާރުން ވަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ނުޖަހާ މީހުން ރެސްޓޯރެންޓްތަކަށާއި ބާތަކަށާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ދޭ ތަންތަނަށް ވަނުން މަނާކޮށްފައެވެ. އާއްމުން ނިކުމެފައި ވަނީ އެކަމާއި ދެކޮޅަށް މުޒާހަރާ ކުރުމަށެވެ.

ކްރޮއޭޝިއާ، ޑެންމާކް އަދި ފްރާންސްގައި ވެސް ކޮވިޑްގެ ފިޔަވަޅުތަކާއި ދެކޮޅަށް އަންނަނީ މުޒާހަރާ ކުރަމުންނެވެ.

ޔޫރަޕްގައި ކޮވިޑް ފިޔަވަޅުތަކާއި ދެކޮޅަށް މުޒާހަރާތައް ފަށާފައި މިވަނީ ޔޫރަޕްގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ދީފައިވާ ދަނޑިވަޅެއްގައެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މއކ

    ޑިމޮކްރަސީ މިނިވަންކަމުގެ ދަށުން

  2. Anonymous

    ދުނިޔޭގެ މީހުންނަށް ހޭވެރިކަން މިވަނީ ވަރަށްލަހުން. ދިވެހިރާއްޖެއަށް ބަލާލަބަލަ. 300 މީހުންގެ އާބާދީއެއްގަ ދުވާލަކު ފައްސި މިއުޅެނީ، 30 އިން ދަށުގަ. އެއްވެސް ކަމެއް މަނަލެއްނޫން އެއްވެސް ފިޔަވަޅެއްނެތް. އެކަމަކު 300 މީހުންގެ އާބާދީއެއްގައި މީހުން އަނދަގޮޑި ޖަހައިފަ.
    މިއީ ކުޅޭ ޑްރާމާއަކާ ވައްތަރެއްނޫންތަ؟

  3. މުސްތޮ ބޭބް

    ސަޅި، ހަމަ ވަރަށް ތާއީދު.

  4. މާސްޓަރ

    މިހާރު އެމީހުންނަށް އެގެންފެށީ ކޮވިޑަކީ ބަންދުކޮށްގެން ގެންގުޅެންޖެހޭ ފަދަ ބައްޔެއް ނޫންކަން. ބަލި ޖެހޭ މީހުންގެ 99% އަށް ބަލިޖެހޭ ކަމެއް އަދި ރަގަޅުވާ ކަމެއްވެސް ނެގޭ. ބަލި އޮންނަނީ ހަމައެކަނި ޓެސްޓް ކިޓުގައި. ފިޔަވަޅުތައް އުވާ ނުލެވިގެން އުޅެނީ ސިއްޚީ ފަރާތްތަކަށް މިކަމުން ލިބޭ މަންފާގެ ބޮޑުކަމުން. މިކަން ދިވެހިންނަށް ރޭކާލާންވެސް އަދި ދުވަސްތަކެއް ނަގާނެ!