އިދިކޮޅު ކޯލިޝަނުގެ ރަނިންގ މޭޓަކަށް، ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަލީ ޙުސައިން ހަމަޖައްސައިފިކަމަށް ބުނެ، ފަތުރަމުންދާ ޚަބަރު، އެ ޕާޓީ އިން ދޮގުކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު، އަލީ ޞާލިހު މިރޭ ވިދާޅުވެފައިވަނީ ރަނިންގ މޭޓުކަމަށް އަދި އެއްވެސް ބޭފުޅަކު ހަމަޖައްސާފައި ނުވާކަމަށެވެ. އަދި، އަލީ ހުސައިން އެމަޤާމަށް ހަމަޖައްސާފައިވާކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއްކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ރަނިންގ މޭޓުކަމަށް އަލީ ހުސައިން ހަމަޖައްސާފައިވާކަމަށް ބުނެ، އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ބައެއް މެންބަރުން ދަނީ އޭނާއަށް މަރުޙަބާ ކިޔަމުންނެވެ. އޭގެތެރޭގައި އަދާލަތު ޕާޓީގެ ބައެއް އިސް ބޭފުޅުންވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒުވެސް ހިމެނެއެވެ.
އިދިކޮޅު ކޯލިޝަނަށް ރަނިންގ މޭޓަކު ހަމަޖެއްސުމަށް، ޖުމްހޫރީ ޕާޓީއަށް ސްލޮޓެއް ދީފައިވާއިރު، ކުރިން ރަނިންގ މޭޓުކަމަށް ހަމަޖައްސާނެކަމަށް ބައެއް ފަރާތްތައް ބެލެވިފައިވެއެވެ. އަދި، ބައެއް ފަރާތްތަކުން ވަނީ އެކި ފަރާތްތައް އެމަޤާމަށް ގެނައުމަށް ކެމްޕޭނުވެސް ކުރައްވާފައެވެ. އެގޮތުން، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝާ އާއި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް، ރަނިންގ މޭޓުކަމަށް ގެނައުމަށް ބައެއް ފަރާތްތަކުން ކެމްޕޭން ކޮށްފައިވެއެވެ. އެހެންނަމަވެސް، އެފަރާތްތައް، އެމަޤާމަށް ކުރުމަތި ނުލާކަންވަނީ ކަށަވަރުވެފައެވެ.
ޖުމްހޫރީ ޕާޓީގެ ރަނިންގ މޭޓެއް، އިދިކޮޅު ކޯލިޝަނަށް ހަމަޖެއްސިކަމުގައިވިޔަސް، އެޕާޓީ އާއި ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކާ، ދެބަސްވުންތަކެއް އުފެދި، އެކަންތައްތައް މި ފަހުން މީޑިޔާއަށް ތިލަވެފައިވެސްވެއެވެ. ހަމައެހެންމެ، އެމްޑީޕީ އިން ކަނޑައެޅި މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކަށް، ޖުމްހޫރީ ޕާޓީ އިން ވަނީ ފާޅުގައި ދެކޮޅި ހަދައި، ފާޑު ކިޔާފައެވެ.
އިދިކޮޅު ޕާޓީތަކުން އަދި ރަނިންގ މޭޓެއް ކަނޑައަޅާފައި ނުވާއިރު، ވެރިކަން ކުރާ ޕީޕީއެމް އިން ވަނީ، އެޕާޓީގެ ރަނިންގ މޭޓް އަކަށް، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސަވާފައެވެ.
މި އަހަރުގެ ރިޔާސީ އިންތިޙާބު އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހެވެ.
ޢެހުރީ ވ ވ .ވ. ވ. ޥ. ބޮޑަށް ބޭނުން ވެފަ
ޢަހަރުން ބޭނުމީ މޑޕ އިންރަނިންގމޭޓެއް ސޭޓު ފޫކަހާނެ 1މަސް ނުވަނީސް
ތިކަން ވާނެތަ
އަލީީ ހުސޭނަކީީ ޖޭޕީގަ ހުއްޓަސް އުޅުމާ ފިކުރު އެމް.ޑީީ.ޕީީ ގެ މީހެއް. ޖޭޕީީ އިން މިފަދަ މީހެއް ނުހޮވުމަށް ޖެޕީގެ މެންބަރެއްގެ ހައިސިއްޔަތުން އާދޭސް ކުރަން. އެއްހަރަކުން 2ފަހަރު ކަށި ޖަހަން ފުރުސަތު ނުދެއްވާ
ހެޔޮ ނުވާނެ ޖޭޕީއިން ރަނިންމޭޓަކައް އަލީ ހުސޭނު ނުހޮވުމަށް އިލްތިމާސް ކުރަން އަލީ ހުސޭނަކީ ޖޭޕީގަ ހުއްޓަސް އެމްޑީޕީ މީހެއް މިކަން ޖޭޕީއިން ގަބޫލު ކުރާނެކަމަށް އުއްމީދުކުރަން އަދި ޕުރޫފެއްގެ ގޮތުން ކެންދޫ ދާއިރާގެ ރައްޔިތުން ކުރެން އައްސަވާ ........މީ ޖޭޕީގެ ހަލާކު.
ތި ސޮރު ތީ އެމްޑީޕީ ޕަޕަޓެއް!
ރަނިންގ މޭޓުކަމަށް އަލީ ހުސައިން ހަމަޖައްސާފައިވާކަމަށް ބުނެ، އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ބައެއް މެންބަރުން ދަނީ އޭނާއަށް މަރުޙަބާ ކިޔަމުންނެވެ.
ވަރައް ރަންގަޅު ނިންމުމެއް. އެޑްމިނިސްޓްރޭޓިވް އަދި ހާރިޖީ ކުޑަވެސް ތަޖްރިބާ އެއް ނެތް މަގާމް ބޭނުންވާ ބޮމްބާސްޓިކް ވަރައް ޅަލޯޔަރެއް....