ހައިކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދަށް ފިޔަވަޅު އެޅުމަށް ދަ ލިޓިގެންޓްސް އިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މިއަދު އެދިއްޖެއެވެ.

ފަނޑިޔާރު ޝަހީދަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ލިޓިގެންޓްސް އިން ވަނީ ޖޭއެސްސީގެ ރައީސް ހިސާން އަށް ސިޓީއެއް ފޮނުއްވައިފައެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ޝަހީދަށް ފިޔަވަޅު އެޅުމަށް ލިޓިގެންޓްސް އިން އެދުނީ އެ ކުންފުނީގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ އަޑުއެހުންތައް ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ލަސްކުރަމުންދާތީއެވެ.

ލިޓިގެންޓްސްގެ ފަރާތުން މި މައްސަލައިގައި ވަކާލާތުކުރާ ވަކީލް އަޙްމަދު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ މި މައްސަލައާ ގުޅޭ ކަންކަން ތިން ފަހަރެއްގެ މަތިން ލަސްވެ/ކެންސަލް ވެފައިވެއެވެ.

މި މައްސަލައިގައި ދެވަނަ ވަގުތީ އަމުރު ހުށަހެޅި ތާރީޚަކީ އެކެއް ސެޕްޓެމްބަރ 2021 ގައި އެވެ. އެފަހަރު އަޑުއެހުން ނުބޭއްވުނީ ފަނޑިޔާރު ފައިސަލް ރާއްޖޭން ބޭރުގައި ހުންނެވުމުންނެވެ. ދެން މި މައްސަލަ ތާވަލްކުރީ 23 ސެޕްޓެމްބަރަށެވެ. އެފަހަރު މައްސަލަ ލަސްކޮށްފައި ވަނީ ފަނޑިޔާރު ނިޔާޒު ކަރަންޓީނުގައި ހުންނެވުމުންނެވެ. ދެން މައްސަލަ ހުޅައެޅީ އަށެއް ނޮވެމްބަރުގައެވެ. މިފަހަރު ލަސްވީ ފަނޑިޔާރު ޝަހީދު ޗުއްޓީގައި ހުންނެވުމުންނެވެ.

ކ. މަހާނައެޅިހުރާގައި ހިންގާ ރިހިވެލި ބީޗް ރިސޯޓްގެ މައްސަލަ ހައިކޯޓުގައި އޮއްވާ އެ ރިސޯޓު ހުޅުވަންވެސް އެއްފަހަރު ނިންމިއެވެ. ކުރިން އެ ރިސޯޓް ހިންގަމުން ދިޔައީ ރިހިވެލި ދަ ޑްރީމްގެ ނަމުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    ދެން ކޮބާ ޝަހީދުގެ މައްސަލައަކީ؟

  2. ސަރަނގު

    ދޮންދީނާއިން ހައެއްކަ ޕެކެޓް ކާޑަމަން ގަނެލާ. އޭރަށް އޯކޭވެދާނެ. ކަސްޓަމަރުންނަށް ވަރަށް ހެޔޮވާނެ

  3. އަހްމަދު

    ފަހަރިއައްހިއެއްނުވޭތިކަންވާނެހެނެއް އެހެންނޫނަސް މަޖިލިސްތައްކެންސަލްވެފަތިހިރީކީ ގަސްދުގަމީހަކު ކުރިކަމަކުންނޫންދޯ