"ރޯ ޕެސިފިކް އޮއިސްޓަރ" 'ވިބްރިއޯ ޕެރަހެމޮލީޓިކަސް' ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތްކަމަށް ބެލެެވިފައި ވާތީ އެ ވައްތަރުގެ އޮއިސްޓަރ ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ)އިން އެދިއްޖެއެވެ.

މި މައްސަލަ ކުރިމަތިވެފައި ވަނީ އޮސްޓްރޭލިއާގެ ގޮފިން ބޭގައި އުފައްދާފައިވާ "ޕްރެސްޓިޖް ފުޑްސް އިންޓަރނޭޝަނަލް' ގެ ރޯ ޕެސިފިކް އޮއިސްޓަރ' މަގަލަންނާ ގިގަސްފައެެވެ.

މި ވައްތަރުގެ އޮއިސްޓަރ ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަރނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވާރކުން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށް ބުނެފައި ވެއެވެ.

އެހެންކަމުން މިއެލާޓްއާ ގުޅިގެން މިއުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

އެ އޮތޯރިޓީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮސްޓްރޭލިއާ ގެ ގޮފިން ބޭގައި އުފައްދާފައިވާ ޕްރެސްޓިޖް ފުޑްސް
އިންޓަރނޭޝަނަލް' ގެ ރޯ ޕެސިފިކް އޮއިސްޓަރ' ނުވިއްކުމަށާއި ބޭނުންނުކުރުމަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    ރާއްޖޭގަ ތާޒާ ބޯވަ ހުއްޓަ އޮސްޓްރޭލިޔާ އިން ބޯވަ އެބަ ގެނެ އެވެ.

    5
    1
  2. 😣😣

    ތިޔަޖަހާ ހަށިގަނޑު ހަލާކުކުރާ ވެކްސިން ޖެހުން ހުއްޓުވާބަލަ

    4
    4