ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު – ފޮޓޯ: ވަގުތު އިމޭޖްސް
ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު – ފޮޓޯ: ވަގުތު އިމޭޖްސް

ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް ކަނޑައަޅުއްވާފައިވާ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދަށް، ރާއްޖޭގެ ގިނަ އިލްމުވެރިންތަކެއްގެ އެންޑޯސްމަންޓް ލިބިވަޑައިގެންފިއެވެ.

ގިނަ އިލްމުވެރިންތަކެއް، ޑރ. ޝަހީމް އެންޑޯސް ކުރައްވާފައިވާކަން ހާމަކުރައްވާފައިވަނީ މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސް އެއްގައެވެ. އެހެންނަމަވެސް، އެއީ ކޮން އިލްމުވެރިންނެއްކަމެއް ހާމަކޮށްފައި ނުވެއެވެ.

މާދަމާގެ ވަގުތެއްގައި ޑރ. ޝަހީމާއެކު، ޢިލްމުވެރިން، ޚާއްޞަ ޕްރެސް ކޮންފަރެންސް އެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ފަހަތްޕުޅަށް ރާއްޖޭގެ ޢިލްމުވެރިން އަރައިވަޑައިގަތުމަށް ގޮވާލާ މިރޭ ޝަހީމްވަނީ ޓްވީޓެއް ކުރައްވާފައެވެ.

އެޓްވީޓުގައި ޕީޕީއެމްގެ ރަނިންގ މޭޓު ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި އިލްމުވެރިންނާއި ޒުވާނުން އަދި އަންހެނުންވެސް، އެއްބައިވުމަށްފަހު، ރައީސް ޔާމީނަށް އިންތިޙާބު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތް ކުރަން ޖެހޭކަމަށެވެ.

"ރައީސް ޔާމީންގެ ފަހަތްޕުޅުގައި ދިވެހި އެންމެހައި ރައްޔިތުން އެއްބައިވަންތަވެ، ޢިލްމުވެރިންނާއި ޒުވާނުންނާއި ޤައުމުގެ އެންމެހައި ކަނބަލުން މި އިންތިޙާބު ފުރަތަމަ ބުރުން ކާމިޔާބު ކުރުމަށް މަސައްކަތް ކުރެއްވުމަށް އެދެން." ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

 1. ކަޑައޭ މަގޭ ދެން ވޯޓެދެންނުދެނަން ޕީޕީއެމްކަށް
  ހީކުރި މީހާއެއްނޫންތީ

  • ކަލޭ ހީ ކުރީ ތިމަރަފުށީ މުސްތަފާ ކަމައްތަ ޕޕމ ރަނިން މޭޓަކައް ހުންނާނީ. ޕޕމ އައް ތާޢީދު ކުރާ މީހެއް ނަމަ ސަހީމު ހުރެގެން ވޯޓް ނުދޭނެ މީހަކު ނުހުންނާނެ. ސުކުރިއްޔާ ރައީސް ޔާމީން

  • ތިމާ އެކަނި ބޭނުންވާ ގޮތަށް ވާންޖެހޭހެ.

 2. مرحبا ޑޮކްޱަރ ސަހީމް،

 3. އިންތިޚާބު ކާމިޔާބު ކުރާނެކަން ވަރަށްޔަގީންކަމާއެކު ޕީޕީމެންބަރުން ބުނާތީއިވޭ, ދެެންކީއްވެ މިހާވަރަށް މިތެޅިބާލަނީ? ؟؟؟

  • ގަދަ އަޅާ މަސައްކަތް ކުރުމަކީ މުއުމިނުންގެ ސިފަޔެއް.

  • ތެޅި ބާލަނީ ކީ ނޫން، އިންތީހާބަށް ރަނިންގ މޭޓް އެއް ހޮވީ، ކެމްޕޭން ކުރަނީ، މެނިފެސްޓޯ ކަރުބުޑުގަ ތާޝިވުން، ރަނިންމޭޓް ހޯދާ ހޯދާ ނުފެނުން، ދެން ވާންވި ގޮތެއް ނޭނގުން މަށް ކިޔަނީ ތެޅިބޭލުން .... ދެންއަތްޖަހާ

 4. ދޮކްޓަރުން އާންމުކޮށް ބަގާވާތް ކުރާކަމަށް ތާރީޚް ހެކި ދޭ!!

 5. މަރުހަބާ ޑޮކުޓަރު ޝަހީމު ވަރައްރަގަޅު ނިންމެވުމެއް އުފާކުރުން ހައްގު.

 6. ފާޅުގައި މުންކަރާތްތަކަށް އަރަމުންދާ ފަރާތްތަކާގުޅޭއިރު
  އަޅުގަނޑު ހައިރާންވެއްޖެ ކޮބައިބާލިބިފައިވާ ޢިލްމަކީ؟؟

 7. ދީނާ ގައުމަށް އިހްލާސްތެރި ތެދުވެރިއަކަށްވާނެކަމަށް އުއްމީދު ކުރަން

 8. ފައިސާއަށް ބޫތުކައިފަ ނުތިބޭނެ ދީނީ
  ޢިލްމުވެރިން. ޢިލްމުވެރިންގެ ލިސްޓުން ތީނަ އުނިކުރަން ގޮވާލަން.

 9. މުހައްމަދު

  ސަމީރު..... ކަލޭ ތީކުރިންވެސް ޕީޕީއެމްއަށް ވޯޓް ދޭން ނިންމައިގެން ހުރި މީހެއް ނޫން..

  ތިކަހަލަ އެތައް މީހެއް

 10. އަނިޔާވެރި ވެރިޔަކު އިޞްލާޙް ކުރުމުގެ ބަދަލުގައި އޭނަގެ ދިފާޢުގައި ޑރ. ޝަހީމް ނިކުމެވަޑައި ގަތުމުން އަޅުގަނޑަށް، ދޭހަވަނީ ޑރ. ޝަހީމްގެ އިޚްލާޞްތެރިކަމެއް ނެތްކަމެވެ. ސިޔާސީ މަޤާމު ބޭނުންނޫންކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރުކަމުން އިސްތިޢުފާ ދެއްވާފައި ވުމުންނެވެ. ޑރ.ޝަހީމްގެ ބަސްފުޅާއި ޢަމަލު ދިމާނުވާކަމެވެ.

 11. މަރުހަބާ ޑރ.ޝަހީމް މަގޭ ފެމެލީގެ ވޯޓް ރައީސް ޔާމީން ޑރ.ޝަހީމް 2018

 12. މުޙައްމަދު

  މަރުޙަބާ ޑރ ޝަހީމް،

  މިކަމުންވެސް ރައީސް ޔާމީން ދީންދެކެ ވެވަޑައިގަންނަވާ ލޯބި ހާމަވޭ

  ތިއީ މިވަގުތު މިރާއްޖޭގައިތިއްބެވި އެންމެ ޤާބިލް ބޭފުޅުން ތެރެއިން އެއްބޭފުޅެއްކަމަށް ދެކޮޅުހަދާނެ ޖާގަޔެއްނެތް، ޕީޕީއެމް އަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް

 13. މަގޭޚިޔާލު

  މިހާރުވެސް މިޤައުމުގަ ނައިބުރައީސަކު ހުރެޔޯ. އެއީ ކީއްކުރާ މަޤާމެއްބާ! ޝަހީމް އެމަޤާމަށް އައުމަށްވުރެ ޤައުމަށާއި ރައްޔިތުންނަށް މުހިންމީ މިހާރުވެސް ހުރިގޮތަށް އިސްލާމިކް ޔުނިވަރސިޓީގައި ހުންނެވުން.

 14. މަރުހަބާ

 15. ތިޔަ ބުނާ އިލްމުވެރީންގެ ލިސްޓެއް ނާރުވާ ތިވާހަކަ ގަބޫލެއ ނުކުރަން.. ތިޔައް މިޒަމާނުގަ ކިޔަނީ ފޭކު ނިއުސްއޭ.. މިކޮމެންޓު ޖަހައްޗޭ......

 16. ވަގުތީ މީހާ

  އެއީ ޝަިޚް ސަމީރި، ޙަސަން މޫސާ ފިކުރީ، ޢަލީ ޒާހިރު، ޝައިޚް ޢަބްދުﷲ، (ޖަމްޢިއްޔަތުއް ސަލަފް)

 17. މަރުހަބާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު... އިންޝާﷲ މި އިންތިހާބް ރައީސް ޔާމީން އާއި ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު އަށް ކާމިޔާބުވާނެ.

 18. ނުދޭނަށްވޯޓެް ޔާމީނަކީ އަނިޔާވެރިއެއް ގައްދާރެއް

 19. ﷲ އަށް ހަމްދާ ޝުކުރު. ރައީސް ޔާމީނާ ޑރ. ޝަހީމް ދިވެހި ރައްޔިތުން ނަށްޓަކާ ތިޔަ ކުރައްވާ މަސައްކަތަށް ހެޔޮ ރަހްމަތް ލައްވާށި. އާމީން.

 20. އިންޝާ ﷲ ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް. 1 ފެބުވަރީގެ ހަިޖާނުން ގައުމު ސަލާމަތް ކޮށްދެއްވީމަ ރައީސް ޔާމީނަށް ވަރަށް ބޮޑަށް އިތުބާރު ކުރެވިއްޖެ. ޢެކަހަލަ ކޮންމެ ރޭވުމެއް ނާކާމިޔާބު ކުރުމުގެ ޤާބިލުކަން ދެއްވާށި. އާމީން

 21. ޅ

  Lށސ

 22. ފޭކް ޢިލްމުވެރިން.

 23. ކީކޭ ދެންބުނާނީ ދޯ!!