އޮޑިޓަ ޖެނެރަލް އޮފީހުގެ މުވައްޒަފުންނަށް ހިންގާ ތަމްރީން ޕްރޮގްރާމްގެ ދެ ވަނަ ބުރު މިއަދު ފަށައިފިއެވެ.

މި ތަމްރީން ޕްރޮގްރާމަކީ އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓީއީސީ) ގެ ފަރާތުން އޮޑިޓަ ޖެނެރަލްގެ އޮފީހަށް ހާއްސަ އޮންލައިން ތަމްރީން ޕްރޮގްރާމެކެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދަނީ އިންޓަނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ސިސްޓެމް އެންޑް އޮޑިޓް (އައިސީއައިއެސްއޭ) އިންޓަނޭޝަނަލް ޓްރެއިނިންގް ސެންޓަރ އޮފް ދަ ކޮމްޕްޓްރޯލަރ އެންޑް އޯޑިޓަރ ޖެނެރަލް (ސީއޭޖީ) އޮފް އިންޑިއާ އިންނެވެ.

މި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިންނަށް އައިޓީ އޮޑިޓް ޕްރޮސެސްގެ ކުރު ހުލާސާއެއް އަދި އައިޓީ އޮޑިޓްގެ މުހިންމު ބައިތައް ދެނެގަތުމަށް ކޭސް ސްޓަޑީ ބޭނުން ކުރާނެއެވެ.

މި ތަމްރީނު ޕްރޮގްރާމްތަކުގައި ފުރަތަމަ ޕްރޮގްރާމް މިދިޔަ އޮގަސްޓް މަހު ކުރިއަށް ގެންދިޔައެވެ. މި ތަމްރީނު ޕްރޮގްރާމްގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ އޮޑިޓަރ ،އޮޑިޓަރ އަދި އެސިސްޓަންޓް އޮޑިޓަރ ލެވެލްގެ މުވައްޒަފުން ބައިވެރިވެ މާލީ ބަޔާންތައް، މާލީ ފްރޭމްވަރކް އަދި ފައިނޭންޝަލް އޮޑިޓް އިން އެސްއޭޕީ އެންވިރޮމެންޓް ގައި އޮޑިޓަރުންގެ ޒިންމާތަކާއި ގުޅޭ ގޮތުން ތަމްރީނު ލިބުނެވެ.