ރާއްޖޭގެ ރިސޯޓްތަކުން އެއްވެސް ބާވަތެއްގެ ކުނި ކަނޑަށް ނޭޅޭގޮތަށް ހަދައި ގަވާއިދު ބަދަލު ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން 2006 ވަނަ އަހަރު ގެޒެޓު ކުރި "ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވައިދު" ގެ 5.3.3 ގައިވާ ގޮތުން ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމަ ކަނޑަށް އުކާލެވޭނީ ކާބޯތަކެތީގެ ބާކީ ބަޔާއި އަމިއްލައަށް ނެތިފަނާވެދާ ފަދަ ތަކެއްޗެވެ. އަދި އެ ތަކެތި އުކާލަން ޖެހޭނީ އޮޔާއި ވަޔަށް ބަލައި، ރަށްރަށަށް ނުލައްގާ ގޮތަށް އަދި އަތޮޅުން ބޭރަށް ދާ ގޮތަށް ކަމަށް އެ ގަވައިދުގައިވެއެވެ.

މި ގަވައިދުން ބާރު ލިިބިގެން ގިނަ ރިސޯޓުތަކުން ކުނި އުކާ އުޅެނީ މޫދަށެވެ. މިކަމުގެ ސަބަބުން މޫދު ވަރަށް ބޮޑަށް ހަޑިވެ ފަރުތައް ހަލާކުވާ މައްސަލަ ވަަނީ ކުރިމަތިވެފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާދަށް މިއަދު ގެނެސްފައިވާ އިސްލާހްގައިވާގޮތުން ކުރިން އަމަލު ކުރަމުން އައި ކުނި އެޅޭ ގޮތަށް އޮންނަ 5.3.3 މާއްދާ މިހާރު ވަނީ އުނިކޮށްފައެވެ.

މި ގަވާއިދަށް އިސްލާހް ގެނެސްފައިވާއިރު، ދާދި ފަހުން އެމަރެލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއިން ގިނަ އަދަދެއްގެ ކުނި މޫދަށް އެޅި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަބްދުﷲ

    ރިސޯޓުން ކަނޑާލި މުވައްޒަފަށް އެހެން ތަނަކުން ވިޔަސް ރަނގަޅުގޮތެއް ހަމަޖައްސައި ނުދޭތަ؟ މިކަން ގިނަ ބައެއްގެ ސަމާލުކަމަށް ގެނައި މީހާގެ ޚަބަރަކީ ކޮބާބާ؟

  2. ޢަދުރޭ

    ސުރުޚީ ރަނގަޅު ވީހީ އެއްވެސް ޙާލަތެއްގައި ކަނޑަށް ކުނި އެޅުން މަނާކޮށްފި . ނޭޅޭ ގޮތެއް ނުހެދޭނެ ދެއްތޯ

    2
    1
  3. ތިމާވެށި

    ގުޑު ޑެސިޝަން

  4. ކަރީމް

    މ.މުލިން ކުނި އުކާލަން ކައުންސިލުން ހަވާލުކޮށްފަ އޮންނަ މީހުން ކިރިޔާ ރާޅެއްހުއްޓަސް ކުނިތައް އަޅާލަނީ ނެރުތެރެއަށާ ބަނދަރުތެރެއަށް މިކަންބަލާނެ ޒިންމާވާނެ ފަރާތެއް ނެތް.. ކުނިއުކާލުން ނަގައިގެން އުޅޭފަރާތުގެ އަޑުގަދަކަމުން އެކަމާ އެއްޗެކޭ ބުނަންކުރޭ މީހަކުނެތް.. ކައުންސިލް ރައީސް އަކީ އޭނާގެ ޅިޔަނު ނައިބް ރައީސްއަކީ ދެބެންގެދެދަރި މީހެއް. ..ޕ

  5. މަރީ

    ގަވާއިދު ހެދުމަކީ ކަނޑަށް ކުނި ނޭޅޭ ކަމެއްކަމަށް ނުދެނެހުރިން ، ފިނިމައިޒާންތަކުގެ ދުންފަތުގެ އިސްތިއުމާލްކުރުމަކީ މަނަކަމެއްކަމަށްވެސް ގަވާއިދު ހެދި ، އެކަމަކު ސިގެރެޓް ބޯން އެތިބެނީ ފިނިމައިޒާންތަކުގެ ،،،،