މާލޭގެ އިސްކަންދަރު ސްކޫލް ހިމެނޭ ސަރަހައްދުން ކަރަންޓް ކެނޑެން މެދުވެރިވި މައްސަލަ ހައްލުކޮށް ކަރަންޓް ދީ.

މާލެ އަށް ކަރަންޓް ފޯރުކޮށްދޭ ސްޓެލްކޯ އިން ބުނީ އިސްކަންދަރު ސުކޫލް ހިމެނޭ ސަރަހައްދުގެ ބަޔަކުން ޓްރާންސްފޯމަރަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

ކަރަންޓް ކެނޑުނުތާ 30 ވަރަކަށް މިނެޓް ތެރޭގައި މައްސަލަ ހައްލުކޮށް މިހާރު އެސަރަހައްދަށް ކަރަންޓް ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް ސްޓެލްކޯ އިން ވަނީ މާފަށް އެދިފައެވެ.

މާލެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއިން ވަނީ "ގްރިޑް ޕްރޮޖެކްޓު" ގެ ދަށުން މާލެ އާއި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލާފަ އެވެ. މި ޕްރޮޖެކްޓުގެ ދަށުން މިހާރު ކަނެކްޝަން ގުޅައި، ޕްރޮޖެކްޓު އެނަޖައިޒް ކޮށްފައިވާއިރު، މިހާރު ހުޅުމާލެ އިން މާލެ އަށް ކަރަންޓްދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހަންމަދު

    އަދިވެސް މުޣުނީއަށް މޯސްޓް އިންސްޕަޔަރިންގ އެގްޒެކެޓިވްސް އެވޯޑް ގިނަގިނަ އިން ދޭއްވީ....ކިހާ ބޮޑު "..." އެއްމީ...

  2. ބޮލުރޮދި

    މުގުނީއަށް އިތުރު އެވޯޑެއް ދިނީމަ ރަނގަޅުވާނެ