ދިވެހިރާއްޖޭގައި ރަޖިސްޓްރީނުވެ އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރަޖިސްޓްރީކޮށް ރެގިއުލަރައިޒް ކުރުމަށް ދިވެހި ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝް އިން ދިވެހި ސަރުކާރުގައި އެދިއްޖެއެވެ.

ބިދޭސީންގެ މައްސަލައިގައި ބަންގްލަދޭޝް އިން ދިވެހި ސަރުކާރުގެ އެހީތެރިކަމަށް އެދުނީ ނައިބު ރައީސް ފައިސަލް ނަސީމް މިހާރު ބަންގްލަދޭޝް އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހަވީރު ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭ.ކޭ. ޢަބްދުލް މޮމެން އާއި އެކު ބޭއްވެވި ބައްދަލުވުގައި ބަންގްލަދޭޝް ފޮރިން މިނިސްޓަރެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ރާއްޖޭގައި ރަޖިސްޓަރވެގެން ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި، އަދި ރާއްޖޭގައި ރަޖިސްޓްރީނުވެ އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރަޖިސްޓްރީކޮށް ރެގިއުލަރައިޒް ކުރުމަށް ދިވެހި ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާފައި ކަމަށެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރުގެ އެދިވަޑައިގެންނެވުމާއި ގުޅޭ ގޮތުން ނައިބު ރައީސް ވިދާޅުވީ ކީކޭކަމެއް ރައީސް އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، ބަންގްލަދޭޝްއިން އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ވަގުތުކޮޅެއް ދެއްވީތީ ޝުކުރު އަދާކުރައްވާފައެވެ. އަދި މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ވޭތުވެދިޔަ އަހަރުތަކުގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އަދި ޚާއްޞަ ގޮތެއްގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބަންގްލަދޭޝް ސަރުކާރުން ވެދެއްވި އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. ހަމަ އެއާއެކު ނައިބު ރައީސް ވަނީ ، އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެއިން ކުރިމަތިލުމުން އެކަމަށް ބަންގްލަދޭޝް ސަރުކާރުން ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ޚާއްޞަ ގޮތެއްގައި ލާމަރުކަޒީ އުޞޫލުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރިކަން ހާމަވެގެން ގޮސްފައިވާކަމަށާއި އެކަންކަން ބަލަންޖެހޭކަމުގައި ފާހަގަކުރައްވާފައެވެ. އަދި، ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަކީ، ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި، މި އަމާޒަށް ވާޞިލުވުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ނައިބު ރައީސް ވަފުދުގެ ބޭފުޅުން ވަނީ ނައިބު ރައީސް ފައިޞަލް ނަސީމްގެ ޝަރަފުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ދެއްވި ޚާއްޞަ ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ގޮލާ

  އަނެއްކާ އޭނާ އެ އުޅެނީ ގަވާއިދުންބާ..

 2. ސަމާސާއެކޭ

  ކޮބާ ތާހިރުވެއްޖެއެއްނު. ރީތި ބަހުން ދިވެހިންނަށް މަލާމާތް އެކުރީ. އެކަން ވާނެ ވަރުގެ ވެރިއަކު ނެތްކަން ގޮންޖަހާލާފަ އެބުނީ. ކޯޓް ފަޓުލޫން ތީ ކީއްކުރަން ލައިގެން ހުރި އެއްޗެއް ތޯ؟ ލަދެއް ނުގަނޭތޯ؟ ހަމަ ޔަޤީނުންވެސް ދިވެއްސަކަށް ވީތީ އަހަރެން ލަދުގަނެއްޖެ. ބަންގާޅުން ރާއްޖޭގައި އެއުޅޭގޮތަށް އެހެން އެއްވެސް ގައުމެއްގައި ބޭރު ގައުމެއްގެ ބަޔަކަށް އުޅެވޭތޯ؟

  13
 3. ނަގުލު ފިއްތި

  ގަވާއިދާއި އެއްގޮތަށް ބަނގްލަދޭޝްއިން ލޭބަރުން ފިޔަވާ ޕްރޮފެޝަނަލް މަސަށްކަތް ކުރާ މީހުން ގެނެވޭގޮތް ހަދާބަލަ. މިސާލަކަށް ޓެއިލަރުން

  5
  2
 4. ޢަލީބެ

  ދެން އަޑުއިވޭނީ މޭންޕަވަރ އެގްރީމެންޓެއްގައި ސޮއިކުރާވާހަކަ.

 5. ލަދު

  ދިވެހިކުދިން ފަރުވާކުޑާވީމަ ވާގޮތް

 6. ފިޔަވަޅު

  ފުރަތަމަ ޤޢުމުގެ ހާލަތު ރަނގަޅު ކޮއްބަލަ.
  އޭގެ ފަހުން ތި ދަތުރުތަޢް ކޮއްބަލަ.
  ދަތުރު ކުރާ ހިތުން ނިދި ނާންނަ ބައެއް އުޅޭ ސަރުކާރެއް.ހުވާ

 7. ސައީދު

  ސޭހު ހަސީނާ ބޯއިސް ސޭފް ހައުސް
  ދިވެހި ދައުލަތުން ބަންގާޅަށް ކަށަވަރު ކޮށްދީފައި ހުންނަ ހައްގުތަށް
  ގަވާއިދާ ޙިލާފަށް އެތެރެވުމުގެ ހައްގު -1
  ވަގު ވިޔަފާރި ކުރުން -2
  އެއްވެސް ކުށަކަށް އަދަބު ނުލިބުން -3
  ދިވެހިންގެ ބައިތުލްމާލްއިން އެތަށް މިލިޔަން ޑޮލަރެއް ވަގަށް ބޭރުކުރުން -4
  ދިވެހިންގެ ތެރޭގައި ހަމަނުޖެހުމާއި ބިރުވެރިކަން އުފެއްދުން -5
  ވިޔަފާރިތަކަށް އަތްގަދަކޮށް ދިވެހިން ނިކަމެތިކޮށްލުމުގެ ހައްގު -6
  އަދިވެސް އަދިވެސް
  މީގެން ކޮންމެ ކަމެއްގެ ފަހަތުގައި ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މަދު ދިވެހިންތަކެއް ތިބޭކަމީ ޝައްކެއް ނެތްކަމެއް!ބޭރުކުރޭ ބަންގާޅީން ސަރުކާރުން ހަދަނީހުސްދޮގު މިގައުމުގާ ވަގުބަންގާޅީން 278400 ބަންގާޅީންއެބައުޅޭ ސޭކުހަސީނާޔާއެކީބަންގާޅުންމިގައުމުން ބޭރުކުރޭ