ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް ކަނޑައަޅުއްވާފައިވާ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި މިނިސްޓްރީ އޮފް އެކޮނޮމިކް އެންޑް ޑިވެލޮޕްމެންޓް މުހައްމަދު ސައީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓްއެއްގެ ގޮތުގައި މިރޭ އެޕާޓީއިންވަނީ ޝަހީމް ކަނޑައަޅުވާފައެވެ. މިގޮތަށް ކަނޑައަޅުއްވާފައިވަނީ މިރޭ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި އެޕާޓީގެ މުޝްތަޝާރު އަދި ރިޔާސީ އިންތިޚާބުގައި އެޕާޓީއިން ވާދަ ކުރައްވާ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ.

މިނިސްޓަރ ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ޔާމީޏް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެއްވުމަށް ޑރ.ޝަހީމަކީ މުހިންމު ދައުރެއް އަދާކުރެވޭނެ ޚިދުމަތްތެރި އިލްމީ ޤާބިލު ބޭފުޅެއް ކަމަށާއި 2018 އާއި ގުޅިފައިވަނީ ޤައުމުގެ އުންމީދު އަދި ތަރައްޤީގެ މުޅިން އާ ޒަމާނެއް ކަމަށެވެ.

މިނިސްޓަރ ޝައިނީވެސްވަނީ ޑރ.ޝަހީމަށް މަރުޙަބާ ވިދާޅުވެފައެވެ. މިގޮތުން ވިދާޅުވަނީ ރައީސް ޔާމީންގެ ރަނިންމޭޓްއެއްގެ ގޮތުގައި ޝަހީމް އިޚްތިޔާރު ކުރެއްވީތީ އެކަމަށް މަރްޙަބާ ކިޔާ ކަމަށާއި މުސްތްޤްބަލުަގައި ކާމިޔާބީއަށް އެދޭ ކަމަށެވެ.

ސައީދާއި ޝައިނީގެ އިތުރުން ވެސް ސަރުކާރުގެ ވެރިންނާއި ޕީޕީއެމްއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ގެންދަވަނީ ޝަހީމަށް މަރުހަބާ ދަންނަވަމުންނެވެ.