ބޮޑެތި އަނިޔާތަކެއް ކުރުމަށް ފަހު ހުޅުމާލެ ފޭސް ދޭއްގައި އުމުރުން 85 އަހަރުގެ މީހެއްގެ ފޯނާއި ވޮލެޓް ފޭރިގައި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ބުނީ މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:30 ހާއިރު ހުޅުމާލެ ފޭސް 2 ގައި 85 އަހަރުގެ ދިވެހި ފިރިހެނެއްގެ ފޯނާއި ވޮލެޓް ފޭރިފައިވާ މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ މީހާ ބުނެފައިވާ ގޮތުގައި މީހާކު އައިސް އޭނާގެ ގައިގައި ކޮށްޓާލުމަށްފަހު ފޯނާއި ވޮލެޓު ފޭރިގަތުމަށްފަހު އޭނާ ކޮށްޕާލީ ކަމަށެވެ. ކޮއްޕާލުމުގެ ސަބަބުން ފާރެއްގެ ކަނެއްގައި ޖެހުމުން އޭނާގެ ކަނާއަތަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

ފަހަކަށް އައިސް ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. މީގެ ހަފްތާއެއްހައި ދުވަސް ކުރިން މާލޭގައި ވެސް އުމުރުން ދުވަސްވީ މީހެއްގެ އަތުން ފައިސާ އާއި ފޯނު ފޭރިގެންފައި ވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން މީހެއްގެ އަތުން ފައިސާ އާއި ފޯނެއް ފޭރިގެންފައި ވާއިރު އެސަރަހައްދުގައި ފުލުހުންގެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ލިބެމުން ނުދާކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. ހިޔާ ފްލެޓްގައި މީހުން ދިރިއުޅެން ފެށިތާ މިހާރު ދެމަސް ވާން ކައިރިވެފައި ވާއިރު އަދިވެސް އެސަރަހައްދުގައި ފުލުހުންގެ ހިދުމަތް ފަށާފައެއް ނުވެއެވެ. މިހާރު ވެސް އެސަރަހައްދުގައި ވައްކަމުގެ މައްސަލަތައް ގިނަވަމުން އަންނާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކަހުރަބު

    ޕޮލިހުން ބޮޑުތަނުން ފެއިލް

    12
  2. އުގުރި

    ތީ ކުރީ ސަރުކާރުންގެ ކަމެއް ކަމައް އަޅުގަޑު ގަބޫލު ކުރައް.

    7
    1
  3. އިސްޢާފް ސަލީމް

    ފޭރުނު ވެރިަކަމެއްގައި އޮންނާނީވެސް ފޭރުން.

    10
  4. ސުވާލު

    އަދިވެސް އެމްޑީޕީ އަށް ވޯޓު ދީ.

  5. ސޫއޫދު

    2007ގަފޭރުމާ ވައްކަން މީހުނައްހަމަލަދިނުން އިތުރުވެ އޭގެތިންއަހަރުފަހުން އަދަދުތައްމަދުވެގެންދިއައީ އަނެއްކާވެސް2017ގެ ފަހުންމިދަނީ ބޮޑުވެ އަދަދުތައް މަތިވަމުން މަރުތައްއިތުރުވަމަމުން މިބުނިތާރީހުތަކާ ދުރުނޫން އަހަރުތަކުގަ ވަނީ ރާއްޖޭގެ ތިންރައީސުން ނައްހަމަލަދެވި އެއްމެފުރަތަމަ ތޫނުއެއްޗަކުން ދެން ކަނޑުމަތިން ގޮއްވާލުމެއް ދެންމަގުމަތިން ގޮއްވާލުމެއް

  6. ބާނީ

    އެމްޑީޕީ އަށް ވޯޓު ދިނަސް ފޭރުނު މީހުން ނެއްނުހޯދޭނެ.............

  7. މަނީމަނީ

    ތާލިބާނުން ހެދިގޮތައް ހަދާބަލަ އޭރުން ތިކަންހުއްޓޭނީ

  8. ހުސެން

    އާންމުނަށް ނެތް ރައްކާތެރިކަމެއް .އެތައް މިލިއަން ރުފިޔާ ދީފަ ގަންޖާ ފަނިކުފާނުގެ ސެކިއުރިޓީ ދެވޭ.ލަދެއް ނުގަނޭތަ.އަދި މިގަންޖާ ބުނެފިޔޭ ހިޔާ ފްލެޓުގެ ސެކިއުރިޓީ ނުބެލެހެއްޓޭނެޔޭ .ލަދުކުޑަ އަގަލު ކުޑަކަމާއޭ.މިނައަށް ކުރާ ހަރަދު ހިޔާ ފްލެޓުގެ ރައްކާތެރިކަމަށް ރައްޔިތުންގެ ރައްކާތެރިކަމަށް ހަރަދުކުރުން މާއައުލާކަން ބޮޑު.މިއީ ބޮޑު މުސީބާތެއް މި ގަންޖާ އަކީ މިގައުމަށް ޖެހިފަހުރި.