ކުރީގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި، އެ ބިމުގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތަކަކީ ރަނގަޅު ވިސްނުމެއްގެ މޮޑެލްއެއް ނޫން ކަމަށާއި ބޭނުން ވަނީ އެ ތަންތަން "ތަޅާލަން" ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް ހާޒިރުވެވަޑައިގެންނެވިއިރު، ހިޔާ ފްލެޓްތަކާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލު ކުރެއްވީ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްއެވެ. ޝިޔާމްގެ ސުވާލު ގުޅުވާލާފައިވަނީ ހިޔާ ފްލެޓްތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރުން އާންމު ވުމަށެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ޖެހިޖެހިގެން 25 ބުރީގެ އިމާރާތްތަކެއް އަޅައި، އެ ތަނުގައި އައްޑޫ ސިޓީގެ އާބާދީ ކަމުގައިވާ 35،000 މީހުނަށް ވުރެ ގިނަ މީހުން އެހާ ކުޑަ ޖާގައެއްގައި އާބާދު ކުރަން ކުރީގެ ސަރުކާރުން ވިސްނާފައިވާ ވިސްނުމަކީ ގޯސް ނިންމުމެއް ކަމަށެވެ. އެހާ ގޯސް ޕްލޭނެއް ކުރިއަށް ގެންދަން ވެސް ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ވިސްނިން ތަޅާލަން، އަޅުގަނޑަށް އެކަނި ނިންމޭ ވަރު ކަމެއް ވަނީ ނަމަ ތާޅާ ވެސް ލީމުސް، އަޅުގަނޑުމެން ފުރަތަމަ ވެސް ބުނިން އެއީ ކޮތަރުކޮށިތަކެކޭ، އޭރު އަޅުގަނޑު އެ ވާހަކަ ދެއްކީމަ ހެއްދެވި ނުހެއްދެވިއަށް ގޮވީ، ކޮތަރުކޮށްޓަކަށް ވިޔަސް ތިޔަ ހަވާލު ކުރާށޭ، ހަވާލު ކުރަން ބުނީމަ ކޮށްފަ އެ އޮތީ، ހަވާލު ކުރީމަ ވާނެ ކަންކަން އެ ވަނީ،" އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ މިއީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށާއި ނަމަވެސް ކުރީގެ ސަރުކާރުން އެ މަސައްކަތް ގެންގޮސްފައި ވަނީ މަސައްކަތް ހުއްޓާލެވޭ ވަރަށް ވުރެ މާ ބޮޑަށް ކުރިއަށް ކަމަށެވެ. އެހެންކަމުން މި ސަރުކާރު އަދި ކުރިއަށް އޮތް ތަނުގައި އަންނަ ސަރުކާރުތަކުން ވެސް މި މަސައްކަތް ގެންދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ އެހާ ކުދި ތަންތަން ކައިރިކައިރި ބިނާ ނުކުރުން ކަމަށެވެ. އަދި އިޖުތިމާއީ ގެދޮރުވެރިކަމުގެ މަޝްރޫއެއްގައި އެއް ކޮޓަރީގެ ފްލެޓްތައް ދޫކުރުމަކީ މި ސަރުކާރުން ތާއީދު ކުރާ ސިޔާސަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

75 ކޮމެންޓް

  1. Anonymous

    ދިވެހިރައްޔަތުންގެ ގެދޮރުތަޅާލަން ބުނަން ކަލެއައްއޮތީ ކޮންހައްގެއް ކަލެއައް ހަލާކުހުރި ގަންބަނަބުދާ

    170
    7
    • Anonymous

      ރައްޔިތުންނަށް ހޯދާދެވޭނެ ކޮންމެ ހަލާކެއް މިކަލޭގެ ހޯދާނެ.
      ބަލަ ކަލޭ ބޯމަތީގަތައެތަން ހަދާފަ ހުރީ. ކަލޭތަ އެތަނަށް ފައިސާދީގެން ހެދީ؟ ކަލޭތަ އެތަން މަރާމާތުކުރަން ފައިސާދެނީ.
      ކަލެއަށް އެތަނުގެ ކަންކަން މެނޭޖް ނުކުރެވެންޏާ ކަލޭ ތިމަގާމު ދޫކޮށްލާ. އަހަރެމެން އާދޭހެއްނުކުރަން ހައުސިން މިނިސްޓަރަށް، ގއ ފަރެސްމާތޮޑާ އަސްލަމް ހުންނާކަށް.
      މިފެންވަރުގެ ޖާހިލު ގޮތްނެތް އެއްޗެހިން މިތިބެނީ ރައްޔިތުންގެ މުހުތާދުތައް ފިލުވާދޭން ހަވާލުކޮށްފަ. ސޯލިހަށް ހަލާކުހުރި.

      107
      4
      • ދިވެ

        މީނާ އަކީ އަންނ ސަރުކާރުގަ ދައުލަތުގެ ފައިސާއިން އެތައްލައްކަ ރުފިޔާއެއްގެ އަމިއްލަ ފޯނަށް ހޭދަކުރި ކޮރަޕްޓް ފަސްބައެއް އޮތް މީހެއް، ރޔ އާއި ޒާތީވެގެން އުޅޭ ޒާތައް މީނަގެ ބަސްބަގު އަބަދުވެސް މި ހުންނަނީ.. މިކަހަލަ މީހުން މިތިބީ، ވެގެން ވަންޏަ ތިމާޔާ ތިމާގެ އައުވާނުން ނޫން ބަޔަކު މިގައުމުގަ ތިބިޔަވެސް ނުދިނިސް.

        43
  2. މުހައްމަދު އަހްމަދު

    ކަލޭމެންނަށް ބޭނުންހާ ބާރެއް ލިބެނިކޮށް މި ޤައުމު އޮންނާނީ ކަލޭމެން ބޭނުންވާ އަނެއް ރާއްޖެ. އަނެއްގޮތް ހަދާފައި.

    139
    2
    • ރައްޔިތުމީހާ

      މިއަސްލަމަކީ ދަންނަ ނުދަންނަ ރޯނު އެދުރެއް.
      މީނާއަކީ ގައްދާރެއް އަންނިގެ ވެރިކަމުގައި ދައުލަތުގެ ބަޖެޓް ކޮޅުގޮހޮރަށް ދިރުވަލައިގެންހުރި ވަގެއް

      37
      1
  3. 2023ޔާން

    މަޖިލިސް ބާރު ސަރުކާރު ބާރު ޖުޑިޝަރީ ބާރު ކޮންބާރެއް ނެތިގެންތޯ ތިއުޅުއް ވަނީ..

    136
    2
  4. ހެހެހެ

    ހީވޭ ކަމެއްހެން

    97
    1
    • އަފިރިން

      ކުރިން ތިތަން ޖެހޭނީ ތަޅާލަންށޭ ބުނީ ސޯލިހް. ކަލޭގެ ބާރު ނެތަސް އޭނަގެ ބާރުހުރިޔެންނު.

  5. އައްލާ

    ތަކީބާރައޮއް މީހައް ތޯފުލެޓްތައް ތަޅަލަ. ތަ، އައްޑޫ މީހުންނާއި
    ޖައްސަގެންތެހިނގަނީ އައްޑޫ މީހުންތައްކިޔަންކެޑެއި؟

    107
    1
  6. އީސަ

    ޢަސްލަމް ކަޑަވަނީ ރާއްޖެ ތެރޭ މީހުނަައް ތިފުލެޓް ތައްލިބިފަ ހުރީމަ އަސްލަމް އެސް ޖޭ ކޮންޕެނީ ހިއްސާ ގަނެފިކަން ގިނަ މީހުނައް ނޭގޭ ހަހަހަހަހަހަހަހ

    99
    4
  7. ފްލެޓް ބޭފުޅާ

    އެހެންވީމަ ރައްޔިތުންނަށް ޖެއްސުން ތޯ ތިކުރައްވަނީ..އަޅުގަނޑު ބޭނުމެއްނޫން މަނިކުފާނު ތިމަގާމުގަ ހުންނާކަށްވެސް ދެން އިސްތިއުފާ ދެއްވަން ވީނޫންތޯ؟ ބޭކާރު އަނގަނުތަޅާ އެތަނުގެ ސަލަމަތީކަންކަން ރަނގަޅުކުރަންވީ

    83
    3
  8. އާނއެކޭ

    ތިހެން ނުބުންޏަސް އެނގޭ މިވެރިކަމުގެ އެެންމެން ބޭނުންވާނެކަން އެ ފްލެޓްތަކާ ބްރިޖާ ދަރުމަވަންތަ ހޮސްޕިޓަލާ އާ ރަންވޭވެސް ތަޅާލަން. އެވެރިކަމުގަ އެއަށްވުރެ ކުޑަކޮށް ހެދިފަ ހުރި ހުރިހާ އިންފްރާސްޓްރަކްޗަރެއްހެން ވީރާނާކޮށް ހަލާކުކޮށް ނައްތާލައިފި. ޓްރާންސްޕޯޓް މިނިސްޓަރުވެސް ފުރަތަމަ ހަވާލުވެ ކުރިކަމަކީ ކުނިކެހުން ކަމަށްވަނީ. ޔާމީން ވެރިކަމުގަ ދަގަނޑުން ހަދާފަ ހުރި ހުރި ޕާކިންގ ސިސްޓަމްތައް ބޭނުންނުކުރާންވެގެން ހަލާކުކޮށްލީ. ކަލޭމެންނަށް ނުވަނީ އެންމެ ކަމެއް. އެއީ ޔާމީން ނައްތާލުން.

    77
    1
  9. އަލީ

    ލަދެއް ހަޔާތެއް ގަންނަ ބައެއް ނޫން ވިއްޔާ ތިމާމެނައް ކަމެއް ނުކުރެވުނީމަ ކިޔަނީ ސިއާސަތޭ ފަޅޮލޭ ހަޔާތުގެ ކަންފުޅެއްވެސް ނެތީއޭ މި ރީނދޫ ބައިގަޑުގެ

    76
    1
  10. ކޮމެންޓު

    ތަޅާލަން ދާ ބިލިއަން ރުފިޔާ ދޭނީ މަނިކުފާނުގެ ކުންފުނިތަކަށް. ދެން މަނިކުފާނަށް ގަނޑޫވަރު ހަދާފަ ބަހައްޓަންވީ.

    66
    1
  11. ކުކީ

    ތަން ހަވާލުކުރާށޭ ގޮވީމަ ތަން ހަވާލުކުރިއިރު ދެން ފެންނަން ހުރީ މިވެރިކަމުގެ ނާގާބިލްކަން. މީހުން ދިރިއުޅެން ޕްލޭންކޮށްފަ އޮތްތަނެއްގަ ދެން ގާއިމުކުރަންޖެހޭ ހިދުމަތްތަކެއް ތި މީހުންނަށް ގާއިމެއް ނުކޮށްދެވޭ. އެކަމުގެ ސާފު މަންޒަރު ފެންނަވަރުން އެތަންތަން ތަޅާލަން ބޭނުންވަނީ. އަދި އެއީ ޔާމީން ހަދާފަ ހުރި ތަންތަން ކަމަށްވީތީ އެތަން ފެންނަ ކޮންމެ މީހަކު އެވާހަކަ ދައްކާނެތީ ނައްތާލަން ބޭނުންވަނީ. މާލޭގެ ކުލިތައް ތިރިވެދާނެތީ ނައްތާލަން ބޭނުންވަނީ. އެތަން ތި މީހުންނަށް ނުބެލެހެއްޓޭނެތީ ނައްތާލަން ބޭނުންވަނީ.

    75
    2
  12. Anonymous

    މުޅިކެބިނެޓުގަމިބުދާއައްވުރެކިބުރުވެރއަކުނުހުރެ

    57
  13. އިސްޢާފް ސަލީމް

    ކަލޯ ކަލޯމެންގެ ކަމެއް ނެތީމަ އެތަންތަނުގައި މީހުން ހާލުގައި އެ އުޅެނީ! އަދިވެސް އަމިއްލަ ފޮށާ ހަޑިކަމަށް ނުބުނާތި ރީރީ ތަތްތެޅިފަ އޮތްއިރުވެސް! ބަލަގަ ޔާމީންގެ ސަރުކާރުން ޢަޒުމުކަނޑައަޅާފަ އޮތީ 2019 ގެ ޖުލައިގެ ނިޔަލަށް އެތަންތަން ކޮމްޕްލީޓްކޮށް ނިންމާފަ މީހުން ވެއްދުން. ވައްކަންކޮށްގެން ވެރިކަން ބަދަލުކުރިއިރު ތަނަށް ބޭނުންވާ ހުރިހާ ސާމަނެއްވެސް ސައިޓަށް ހުރީ ޖަމާކޮށްފަ! ކަލޭމެން ތިތިބީ އެ ހުރިހާ މުދަލެއް ވިއްކައިގެން ލާރިގަނޑުވެސް ކައިގެން. ލަދުވެސް ނުގަނޭތަ ތިމާމެންގެ ކަމެއް ނެތްކަން އެގޭއިރުވެސް؟

    61
    1
  14. Anonymous

    އަސްލަމަކީ ކާކު؟ ކަމެއްކުރެވޭތަ ކަލެއަށް، 3 އަހރުވީ، ސޯޝަލް ހައުސިންގގެ ނަމުގައި އެންމެ ތަނެއްގަ ބިންގާ ގަނޑުވެސް އަޅާލެވުނުތަ؟ އަދިވެސް ހިނގަމުންދަނީ ރައީސް ޔާމީން ފެއްޓެވި އަދި ފައިސާ ހޯދާފަ ހުރި ޕްރޮޖެކްޓްތައް. ލަދުގަނެބަލަ އަނގަ ފޭކުރަން.

    75
  15. އައްޔަ

    އަސްލަމު މެނަށް ކަމެއް ކުރަން ނޭނގުމުން ރައްޔިތުންނަށް ލިބޭ އެތިކޮޅުވެސް އަތުލަންތަވީ. ކަލޭ ކަމެއް ކުރަންޏާ ކުރަންވީ ކަމަކީ މަގާމުން އިސްތިއުފާ ދީފަ ރަށަށް ރައްކާވުން.

    59
  16. ކެޔޮޅު

    މިނިސްޓަރު އަސްލަމް ކައިރީބޫނޭބަލަ އެއްޗެއް ބޯންކެރޭނޭޙެ

    51
  17. ސޫއޫދު

    ގާބިލްކަން ނެއްކަންއެގޭ ފެންވަރުގެ ވާހަކަތިދެއްކީ އެހެންގައުމެއްނަމަ ވަގުތުންންއިސްތުފާދޭންޖެހޭނެނެ ނަމަވެސް އެމަގާމު ދިނީވެސް އެއަށްވުރެ ނާގާބިލް ބޭފުޅެއް ދެންކިހިނެއްއެއްޗެކޭބުނާނީ އެއަޑުއަހާއައްޖަހަންވެސްތިބީހަމައެވަރު ރައްޔިތުންގެ ތަކެތިތަޅާތިރިއަރުވައެއްނުލެވޭނެ ސަބަބަކީ ތީރައްޔިތުންގެވޯޓަކުން ލިބުނު މަގާމެއްނޫން

    46
  18. Anonymous

    ތިކަހަލަ ޖާހިލު ،ނުވިސްނޭ ނުލަފާ ވިސްނުން ގެންގުޅޭ ވެރިން ގިނަވީމަ މިގައުމު މިފަދަ ނުރައްކަލަކަށް ވެއްޓެނީ..އައްޑޫގަ އޮތްވަރުގެ އާބާދީއެއް ތަނެއްގަ އޮތުމަކީ ކުއްކުރާ މީހުން ހުއްޓުވަން އޮތް އުޒުރެއްބާ؟..ދެން މިގައުމުން މީހުން މަދުކުރަންވީނު..ކަލެއާއި ކަލޭގެ އައުވާނުންނަށް އެގޭނީ ތަޅަން އެކަނި..ލަދެއް ނުގަނޭތަ؟

    56
  19. ރަބަރޭ

    އަސްލަމް ކަލޭ މިހާރުން މިހާރަށް އިސްތިއުފާދީ ކަލޭ ތިޔަހަރީ ފެއިލްވެފަ ކަލެއަކަށް ރައްޔިތުންގެ ގެދޮރެއް ތަޅާކަން ނޭތްގޭނެ

    56
  20. ތ

    ތަނެއް ތަޅާލަން ވާނީ އެއަށް ވުރެ ފޯރުންތެރި އަދި އެފަދަ ދެވަނަ ތަނެއް ދައްކާފައި ކަލޭމެނަށް ވާނަމަ ބްރިޖް ވެސް އަދި ސަލްމާނު މިސްކިތް ވެސް އަދި ނުވިތާކަށް ތާރު އެޅި މަގުތަކުގެ ތާރުވެސް ނަގާނެ މާލޭގައި ތާރުއަޅައިގެން ބޮޑެތި މަގުތައް ހަދަން ކަލޭ ހުއްދަ ނުދީ ކިތައް މަސް ހިފަހެއްޓިން އަކު މިހާރު ޖެހުނީ އެއްބަސް ވާން ކަމެއް ވާ ބަޔަކު އަޑެއް ނާރުވާނެ ތަޅާލާނީ އެވަރުގެ ގަޓެއް ނެތް ރައީސް ވެސް ވިދާޅުވި ހިޔާ ފްލެޓް ތަޅާަލަން ބޭނުމޭ އަދި ބުނި ވަންނަ އެންމެން ނުކުންނާނިއްޔޭ އެތާ ނޫޅޭނެއޭ ތިން އަހަރު ވީ އިރު އެ ފެން ވަރުގެ ތަނެއް ވެސް އަޅަން ނުފެށުނު ސޯސަލް ހައުސިން އިނގޭތޯ އެއީ ވަގުތީ ހައްލު ދާއިމީ ހައްލުގެ ޕްލޭން ވެސް އެސަރުކާރުގެ އޮތޭ އެއީ ފުށި ދިއްގަރުފަޅުން ގޯތި ދިނުން އެނގިއްޖެތޯ 2030 އަންނަން ދެން އުމުރުން 18 އަހަރު ވާ ކޮންމެ މީހަކަށް

    49
  21. ރަން ރީނދޫ

    އާންމު ޚިދުމަތް ނުދީ، ކުރީ ސަރުކާރު ބަދުނާމު ކުރަން މި އުޅެނީ. ތަން ހަވާލުކޮއްފަ ކަލޭ އެތާ އުޅޭ މީހުންނަށް ޖެއްސުން ކުރުމުގެ ގޮތުން ކުނި ނުނަގާ،ވަގުން ފޮނުވައި ވައްކަން ކުރުވާފަ،ހަކުރު ބޯ މީހުންގެ އައްޑާ އަކަށް ހެދިޔަސް ކުރީ ސަރުކާރުގެ ސަޕޯޓް ކުޑައެއް ނުވާނެ.

    58
  22. ރ

    މިއަދު އެންގިއްޖެ ބާރެއް ނެތްކަން...

    53
  23. ގަންބަނަބުދާ

    މިމިހުން ހީކުރިގޮތަށް ގިނަމީހުން ހިޔާ ފްލެޓްތައް ދޫނުކުރީމަ އެކަމުގެ ހިތިކަން ކަރުބުޑުގަލާވަރުން އެވާހަކަ ހަމަ މަޖްލިހަށް ގެންދާ ކޮންމެދުވަހަކު އެވާހަކަ ދައްކަނީ. އެހެންތާވާނީ ޕާޓީކުދިންނަށް ވެފައިވާ ވައުދު ނުފުްއްދާތީ އެކުދިން އަބަދު ބޮލުގަކޮށާނެތާ. ނިކަމެތިންގެ ބަދުދުޢާ މިބައިގަނޑަށް ޖައްސާވާށި އާމިން.

    56
  24. ކޮރަލް

    3 އަހަރު ވީ އިރު ފްލެޓް އެއް ހިޔާ އެއް ނުދެވުނެވެ. ދެން މިހާރު ހަދާފަ ހުރި ތަންތަން އެއުޅެނީ ތަޅާ ލާށެވެ.

    56
  25. މަރީ

    އަސްލަމްގެ ވާހަކަ މުޅިއަކުން ދޮގެއްވެސް ނޫން އެހާބޮޑު އާބާދީ އެއް ދިރިއުޅެން ރަގަޅުތަނެއްނޫން ހިޔާފްލެޓް ތަކަކީ ، ގަބޫލުކުރިއަސް ނުކުރިއަސް ހަގީގަތްވާނީ ހަގީގތަށް

    2
    24
    • ޓަޔަރު

      ބަލަ! އަސްލަމް އައް މާލެ ކިޔާ ތަނެއް އޮންނަ ކަން ހަމަ ނޭގެނީތަ؟ އައްޑޫގެ 4 ގުނަ މީހުން އެތާ ދިރި އުޅޭ!

  26. ޚކކކކ

    ބަލަ އެތާ އެތިބީ މާލޭގަ ފުންޏަކަށް ޖަހާފަ ތިބިހާ މީހުނޭ. އެމީހުނަށް ނޭވާލެވުނީ އެތަން ލިބުނީމައޭ. ކަލެއަކަށް ނޭޅޭނެއޭ އެއްޗއެއް. ތަޅާލާވާހަކަ ދައްކާއިރު އަދިވެސް މާލެ މިއޮތީ އެޔަށްވުރެ ތޮއްޖެހިފަ. ތޮއްޖެހުނަކަސް ހެޔޮދޯ މާލޭ މީހުންނަށް ކުލި ދެވެނިކޮށް. ތިހާ ވަރުވަންޏާ އަތޮޅުތެރޭގަ 12000 ފުލެޓް އަޅާބަލަ. ނޭޅޭނެ.

    13
  27. މުހައްމަދު

    ބޮލަށް ބަޑިޖެހީމާ ބުނީ ފެނެބައްޑާޔޭ! ޖައްވަށް ފަޒާޔަށް ބަޑިޖެހީމާ ނުނީ ގޫބައްޑާޔޭ.
    ވަޒަންއަރާ މަރުވީމާ ދުއްވާގަތީ ވަޒަނާޔޭ ކިޔާފާ.
    ދެންވެސް ކަލޭ އައްޑޫ މީހުންނާ ނުބެހެްޗޭ. އަހަރުމެން ކަލޭމެންނަށް ކީއްކުރީ ތިޔަހާ ރުޅިޔެއް އައްޑޫ މީހުންނަކަށް ތިޔައަރަނީ.
    ތިއޮތީވާ މިނިސްޓަރުކަމެއް ކަލެއަށް ލިބިފާ..
    މިކޮމެންޓް ޖަލާލަދެއޗޭ.

    11
  28. އަނދުން

    ދެން މާލެ ތެރޭގައި މަސްތުވެގެން މީހުން މިތެޅެނީ ވެސް ތި ފްލެޓްތައް ހުރީމަތަ؟ ދެން މާލެ އެއްކޮށް ތަޅާ ސުންނާފަތި ކުރަންވީނު؟

    10
  29. ސެންޗޯ

    ހިޔާފުލެޓު ރަނގަޅޭ ކިޔަނީ ޔާމިނާއެކު ވައްކަންކުރިވަގުން ބެލްކަނިކޮޅުވެސް އެއީކުޑަގޮޅިއެއްހެން

    2
    20
  30. ޒުހައިރާ

    މިކަލޭގެ އަށް ރަނގަޅަށް ވާހަކަ ދެއްކޭނަމަ ކިހާވަރެއްވީސް ކަލެއަށް މިއަދު ތިގޮތަށް ވާހަކަ ދެއްކިދާނެ ލަދެއް ހަޔާތެއް ނެތީމަ ކަލޭ ހުރިހާ ކުންފުނިތަކުގެ ވެރިން އަތުން ނަގާލާރި ގަނޑު ކޮންތާކަށް ވައްދަނީ

    10
  31. ލުބާ

    މީނަ އަށް ބައި ނޭޅޭގޮތަށް އެއްވެސް ޕްރޮޖެކްޓެއް ހައުސިންގ އިން ހިންގާފައި ނެތް ލަދެއް އަގަލެއް ހުރި މީހެއް ނޫންތީކީ ކަލޭ ހިތަށް ނާރާތަ އޮރިޔާމުން މަގުމަތީގައި ދުވަން

    10
    1
  32. ނައިނާ

    މިސަރުކާރުން ކުރެވޭ ކަމެއް ކުރާ ކަމެއް އެބައޮތްތަ ގަމާރަށް ކުރެވޭ ކަމެއް ނޯންނާނެ.

    11
  33. Anonymous

    މިސަރުކާރަކީ އަދި އަސްލަމަކީ ހަމަ ހުރިގޮތައް ހުރި އަނގައެއް ، ހުރިހާ ކަމެއް އަނގައިން ނިންމާ ސަރުކާރުމީ.

    10
  34. އަބްދޫ

    10000 ފްލެޓް އިމާރާތް ކުރާނެ އަގުދީފަ 7000 ފްލެތް ތަޅާލާ ވާހަކަ ބުނުމަކީ އަސްލަމްގެ ނަގާބިލް ކަން. ވީމާ އަސްލަމް މިހާރުންމިހާރަށް މިނިސްޓަރު ކަމުން ވަކިކުރަންޖެހޭ. އަދި ހިޔާފްލެޓްތަކުގެ ފިނީސިން ނުނިންމީ ގަސްތުގާކަމާއި އެތަންތަން މީހުނަސް ނުދީ ލަސް ކުރުމުގެ ސަބަބުން ދަވްލަތަށާއި ރައްޔިތުންނަސް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ގާނޫނުގައިވަގޮތުގެ މަތީން އަސްލަމާ ދެކޮޅަށް ދައުވާ އުފުލުމުގެ ފުރުސަތު އަސްލަމްގެ އިއުތިރާފުން ފަހިވެއްޖެ ކަމަށް ދެކެން.

    12
  35. ޢަލީ

    ދެން ތިތަން ދައްކާނީ ވޯޓުން. އެއްބަސްވީއެއްނު 35000 މީހުން ތިބޭނެ، ބަލާ އެއިން ކޮންމެ މީހަކަށް 4 މީހުން ހޯދައިގެން ވޯޓުން ތި އަނގަތައް މައިތިރި ކުރާނީ އިންޝާﷲ

    14
  36. ކޮއްޔާ

    ތީ މިސަރުކާރުންވެސް ކުރަން. ވިސްނި ކަމެއް / ވާވަރުން ކަންކަން ކުރަން އުޅޭ // ކިޔޭނުކިޔޭވެސް ނޭނގޭ ބައިގަނޑެއް // އިސްތިއުފާ //

    12
  37. ސަމްކުޅިބޭ

    ރައީސްކަމުގައި އެހެރަ ހިންނަވަރު ސޯލިބޭ ބުނި އެތަންތަން ދިނަސް އެތާ މީހުން ނޫޅޭނޭ. އެހެންވެ އެތަން ލިބުނުމީހުންތައް މިހާރު އެތަންތާ ނޫޅެވިގެން ނުކުމެ އެތިބީ ސޯލިބޭ ކައިރީގައި.

    13
    1
  38. އަޖްނަބީ

    ކޮންމެ ފްލެޓް ވެރިއަކަށް ގޯއްޗެއް ދީބަލަ / ފެންވަރު އެބަހުރިބާ ؟ އަނގަތަޅަން ލަދުވެސްނެތީއޭ ،،،،،

    12
  39. ފެންވަރު

    މިނިސްޓަރު އަސްލަމް ވިދާޅުވީ ކުރީގެ ސަރުކާރުން އެ މަސައްކަތް ގެންގޮސްފައި ވަނީ މަސައްކަތް ހުއްޓާލެވޭ ވަރަށް ވުރެ މާ ބޮޑަށް ކުރިއަށް ކަމަށެވެ. އެހެންކަމުން މި ސަރުކާރު އަދި ކުރިއަށް އޮތް ތަނުގައި އަންނަ ސަރުކާރުތަކުން ވެސް މި މަސައްކަތް ގެންދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. ތިޔައެއްބަސް ވެވުނީ އަމިއްލައައް ކުރީސަރުކާރުން ފަށާަހުރި މަސައްކަތްކަން ނަންބަދަލުކޮއްގެން ތިމަންނަމެންވެސް ކުރަމުންދަނީ ދެން ރަނގަޅުވާނީ ހައްޕު ކިޔައިގެން ހުރުން

    16
  40. ވާނުވާ

    އަސްލަމު ބޮޑުތަނުން ފެއިލިވެއްޖެ. ގެއަށް ވަޑައިގަންނަވާ!

    12
  41. ޜާޑަރު

    މިހިރަ ބީ* އާ. ކަލޭގެ އަމިއްލަ އުފަން ބިމުގައި ކޮންމެ މީހާކަށް 100ފޫޓް 50ފޫޓް ގޯތި. އައްޑޫ ބިން ބޮޑު ތަންތާގައިވެސް 100ފޫޓް 50ފޫޓް ގޯތި. އެންމެން އެއްތަނަކަށް ޖަމާވެ ފިތި ބާރުވެގެންތަ އެތަންތާގެ ހުރި ސޯޝަލް އިޖްތިމާއި މައްސަލަ ހައްލުނުގެން މިއުޅެނީ. ކެނޑިގެން ވެރިފައި ތިބި މީހުން މަދުތަ. ވައްކަން، މާރާމާރީ، ގެވެށިއަނިޔާ، ކުޑަކުދިންނާ ބެހުން، އެނޫންވެސް ހުރި މައްސަލަ މަދުތަ. ސައިޒުން ބޮޑު، ރަނުން ހަދާފައިހުރި 25 ބުރީގެ ލަގްޒަރީ އެޕާރޓްމަންޓުގައި މީހުން ދިރުއުޅުނަސް ނުކުންނާނެ މައްސަލަތައް ހުންނާނެ. ޒިންމާނަގާގެން ހައްލުކުރަން ޖެހޭނީ ގައުމުގެ ކަންކަމާ ހަވާލުވެ ތިބި ރައްޔިތުންގެ ބައިތުލް މާލު ކަމުންދާ މީހުން. ނުވީމާ އެހެން މީހުންގެ ބޮލަށް ކަނޑާނެކަމެއްނެތް

    13
  42. އަޙްމަދު

    ކާލޭ ހާދަ ޖޭވެޔޭދޯ! ކަލޭއަށް ނުވިކަމެއް އެހެންމީހަކު ކުރުމަކީ އެގެންމީހުންނަށް އޭގެ ރުޅި އަންނަންޖެހޭ ކަމެއްތަ! އެތަންތަޅާލާނަމޭ ކިޔަނީ އެއީ ކަލޭމެންގެ ތަރިކަމުދާތަ!

    13
  43. އާދަމް

    އޭރުންތަ ނިކަމެތި ރައްޔިތުންނަށް އޮތް ފުރުސަތައް ފައިން އަރާ، މާލޭގެ ލޭންޑު ލޯޑުންނަށް ބޮޑުކުލީގައި ގެދޮރުދެވޭނީ. ކަލޭމެންގެ އަސްލު ތިޔަ ފެންނަނީ. ބޯދާ ވިސްނުމުގެ ރައްޔިތުން އަޅުވެތިކޮށް ވަކި ބަޔަކަށް މުދަލާއި ގެދޮރު ދިނުމުގެ ސިޔާސަތު. މާލެއާއި ރާއްޖެތެރެ ތަފާތުކޮށް ވަކި ދެގިންތިއަކަށް ބަހާލުން.

    10
    1
  44. ޖޮބޭ

    މީނަޔަކީ ޢައްދާރު މީހެއް

  45. އަލީ

    އެދަނީ ހިޔާ ފްލެޓްތައް ތަޅުވަމުންނޭ ރައްޔިތުންނޭ! ރައްޔިތުންނަށް އެތަންތަން ތެޅުމަށާއި ތޮރުފުމަށް ހުއްދަ ދީފަ، ހުއްދަ ނުދެމޭ ކިޔާފަ އެދަނީ ފަންސަވީސް ހާހުން ބައިލައްކައިން ޖޫރިމަނާކުރަމުންނޭ. ރައްޔިތުންނޭ ހޭއަރާބަލަ!!! ރައްޔިތުންނޭ ހޭއަރާބަލަ!!! ރައްޔިތުންނޭ ހޭއަރާބަލަ!!! ރައްޔިތުންނޭ ހޭއަރާބަލަ!!! ރައްޔިތުންނޭ ހޭއަރާބަލަ!!! ރައްޔިތުންނޭ ހޭއަރާބަލަ!!! ރައްޔިތުންނޭ ހޭއަރާބަލަ!!! ރައްޔިތުންނޭ ހޭއަރާބަލަ!!! ރައްޔިތުންނޭ ހޭއަރާބަލަ!!!

  46. Anonymous

    ނުލަފާ ކަލޭގެ އިސްތިއުފަ ދީފަ ގެޔަށް ދޭބަލަ

    13
  47. ސސ

    މިހާރު މާލޭގެ ޑިމާންޑު ދައްވެ ކުއްޔަށް ހިފާނެ ބަޔަކު ނުވާތީ ހިޔާ މަޝްރޫޢު ފެއިލް ކުރަންތޯ ތިއުޅެނީ !

    12
  48. 😣😣

    ކަލޭ އަމިއްލަ ގެދޮރު ތަޅާލާ😠😠😠😠😠.

    11
    1
  49. ސާބަހޭ

    ތިގޮލައި މިނިސްޓަރުކަމުން ވަކިކުރޭ. ތިމީހާ ހުރެގެން ރައްޔިތަކަށް ފްލެޓެއް ނުލިބޭނެކަން ޔަގީންވެއްޖެ. ރައްޔިތުންނާ ދޭތެރޭ ވިސްނާ މީހެއް ނޫން. އަމިއްލަ ތަންތަން ކުއްޔަށްދީގެން ލާރިހޯދުމުގެ ވިސްނުން ތިޔަ ތިހުންނަނީ. ޑިމާންޑްވެއްޓިދާނެތީ މޮޔަވަނީ

  50. މަންސުރު

    އޭރުން ދޯ ކަލޭގެ ގެއިން އެޕާޓުމަންޓުތަށް ހިތުހުރި އަގެއްގައި ނިކަމެތި ރައްްޔިތުންނަށްް ދެވޭނީ ،
    ޢޭބަލަ ފަރެސް މާތޮޑާ އަސްލަމު ކަލޭތީ ދެދައުރުގަ ތިޔަމިނިސް ޓްރީއާއި ހަވާލުވެ ކަމެއް ނުވާތާ ބޭކާރު އަނގަ ތަޅާ މީހެއް ރައްޔިިތުން މިތިބީ ވަރައް ރަނގަޅައް ބަލައިގެނޭ
    ޚަލޭމެން ތިޔަހާވާހަނޑި،
    ޙިޔާ ފުލެޓުތައް ފެންނަ ކޮންމެ ފަހަރަކު ކަލޭގައިން ހީބިހިނަގައިގަންނަނީތާ...

  51. ފް؛ލެޓް ކޮތަރުކޮށި

    ނާގާބިލް ސަރުކާރު ، މި މީހުން އަމިއްލައަށް މި ތިބަ އެއްބަސްވެ އޮރިޔާންވަނީ ރައްޔިތުންނޭ ތިމަންނާމެންގެ މިފަދަ ޒިއްމާތައް ނެގުމުގެ ގާބިލްކަމެއްނެތޭ ފެންވަރެއްނެތޭ! ކަންކަން ނުކޮށް ތިބެ ކޮސްއަަނގަތަކެއްތަޅާ ދައުރު ހަމަކޮށްލީ! ރައްޔިތުމީހާ ހޭއަރާބަލަ! ނާގާބިލް އެމްޑީޕީ އިސްތިއުފާ! މީނަ މީ ބޮޑު މަރުމޯލެއް! މި މީސްމީހުން ހަދާ ދޮގާ ނުބައި ހީލަތްތަކުން ރައްޔިތުން ސަލާމަތްވާންހިނގާ! އަހަރެން މެދުރާއްޖެތެރޭމީޙުން މާގިނަވާނެ! ކަލޭ އައްޑޫ އޭ ކިޔާގެން މޮޅުގޭމްނުޖައްސާ ނާގާބިލް ކަލޭގެ1 2023 އަށް ޓާޓާކިޔާ ފޮށިތަންމަތި އަޅާ ރަށަށްދާން! ހިޔާ ފްލެޓްއަށް ވޯޓް ހޯދަން މި ސަރުކާރުން ހަނދާންނަައްތާލަ އިންޝާﷲ

    10
  52. އަހުމަދުު

    ޢަދިވެސް ތިއުޅެނީ ހިޔާ ފްލެޓް އެއީ ބޭކާރުކަމެއް ކަން ދައްކަން. ޙަަމަ އެންމެ ސަބަބެއް..
    ޔާމީނު ސަރުކާރުގައި ކޮށްދިން ކަމަކަށް ވާތީ...

    14
  53. ޙުސެން

    މި ޖައްބާރު ކަލޭގެއަށް ހެޔޮ ވިސްނުން ދެއްވާށި

    11
  54. ރައްދު

    ކަލެއަކަށް ހިޔާ ފުލެޓެއް ނުތެޅޭނެ މޮޔަޔާ!

    15
  55. ޝަރީފް

    އަޅުގަނޑުގެ ބާރު އޮތްނަމަ ތިޔަފަދަ ވާހަކައެއް ދެއްކިމީހަކައް އަދަބުދޭނަން.

    15
  56. ޙަަަހަ

    "އަޅުގަނޑު ވިސްނިން ތަޅާލަން، އަޅުގަނޑަށް އެކަނި ނިންމޭ ވަރު ކަމެއް ވަނީ ނަމަ ތާޅާ ވެސް ލީމުސް، އަޅުގަނޑުމެން ފުރަތަމަ ވެސް ބުނިން އެއީ ކޮތަރުކޮށިތަކެކޭ، އޭރު އަޅުގަނޑު އެ ވާހަކަ ދެއްކީމަ ހެއްދެވި ނުހެއްދެވިއަށް ގޮވީ، ކޮތަރުކޮށްޓަކަށް ވިޔަސް ތިޔަ ހަވާލު ކުރާށޭ، ހަވާލު ކުރަން ބުނީމަ ކޮށްފަ އެ އޮތީ، ހަވާލު ކުރީމަ ވާނެ ކަންކަން އެ ވަނީ،" އަސްލަމް ވިދާޅުވިއެވެ
    އަމާބުނީ ކީކޭކަން އަސްލަމަށް އެނގޭދޯ ، ބަަލަ ކޮންމެ ބަޔަކު ރައްޔިތުންނަށް ކަމެއްކޮށްދިނަސް އެއީ ދެންއަންނަ ވެރިންވެސް އެކަމާއި އަޅާލަންޖެހޭކަމެއް ، އެތަނަށްދޭންޖެހޭ އަސާސީ ހިދުމަތް ނުދިނީކީއްވެ ، 3 އަހަރު މަދުތޯ ، ވާނެގޮތްވަނީއޭބުނާއިރު ، ކަލޭމެން ބޭނުންކަންކަން އެތާވެސްކޮށްފައޮތީ ، ބަލަދު އަރަމީހުންނަށް ބަހާލާ ވިޔަފާރިތަކަށް ބަހާލާފަ ، ވާނެގޮތްވަނީއޭ ބުނާއިރު ލަދުހަޔާތްނެތެއްނު ރައްޔިތުންނާއި މިހެން މުޚާތަބާކުރަން ، ކަލޭމެން 2008 ގައި އައިސް ހުޅުމާލެބިންތައް އެމްޑީޕީބޮޑުންނަށް ބެހުން އޯކެތޯ

    12
  57. ޙުޒައިމީން ޝާހު

    މީ ކާކު މާ ގައްޑާވާން ހިތުން މިއުޅެނީ!!! ކަލޭ ތިބުނާ މޮޅު ފުލެޓުގެ 2 ފުލެޓުވެސް ނިންމޭނެތަ ފަސްއަހަރުން؟؟ މޮޅުއަނގަ ގޅެތޯބަލާތި!

    14
  58. ޑައެލޯގް

    ކުރީގެ އަރަބިއްޔާ ހުރިތަނުގައި އެމްޑީޕީގެ ސަރުކާރުން ޢިމާރާތެއް އަޅައި ފެންވަރުދަށް ފްލެޓްތަކެއްހެދީ މާލޭގެ ތޮއްނުޖެހޭތީތޯ.

    12
    1
  59. އަހުމަދު

    ތިކަހަލަ ޖައްބާރުންނަށް އެއްވެސް ބާރެއް ނުދެއްވިއްޔާ އަޅުތަކުންނަށް ރަނގަޅުވާނީ.

    18
  60. އަފީ

    މިނިސްޓަރުގެ ސިކުނޑީގެ ޓެސްޓެއް ގަދަކަމުންވިއަސް ހަދުވަން އެބަޖެހޭ!

  61. ޝުކުރިއްޔާ ރޔ

    ކޮށި ވިސްނުމެއްގެ ބޭބެއެއް

  62. ލާހި

    އޭނާ އުޅެނީ އޭނާގެ ކުންފުނިން އަޅާތަންތަން ހިފާނެ ބަޔަކު ނުވެދާނެތީ މުޅިންވެސް ބިޒުނަސް މޭން !

  63. ސަލާމްދިވެހިރާއްޖެ

    އެއީ ފަގީރުންނަށް ލިބުނު ތަނެއްވީމަ. މުއްސަދިންގެ ގެދޮރު ކުއްޔަަށް ނުދެވޭތީ.ވޯޓްހޯދަން ގޮސް ކިޔާނެ އެއްޗެއް ނެތުނީމަ. ނަސީބެއް ތިކަހަލަ ޖައްބާރަކަށް އެފަދަ ބާރެއް ނުދެއވިކަން. ދުއާއަކީ މަނިކުފާނު ކުޑަކަކޫމައްޗަށް ތިރިކުރައްވާ ނިކަމެތިކުރެއްވުން

  64. އުންމު

    ރައްޔިތުންގެ ގެދޮރު ތަޅާސުންނާފަތި ކުރަން ގެނައި ވަޒީރެއްމީ ހަލާކުހުރި. މީނަ އަގުބޮޑުކޮށްދޭ އެޕާޓުމަންޓުތައް ކުލި ކުޑަކުރަން ޖެހުނީމާ ދެރަވެގެން ރައްޔިތުން އަވަދިއަރުވަން ދިމާކޮށްގެން މިހުރީ

  65. ނަރުދަމާ ވެރިކަމުގެ ނިޒާމް

    ކިޔާނެ އެއްޗެއް މިހާރު ކިޔާ. ނޯގޯތި ނޯވޯޓް.
    # ކެހިވެރި ފަތިސް

  66. އާވިމް

    ކާކުތަ މީ؟! ރައްޔިތުންގެ ލާރިން މުސާރަ ނަގައިގެން އެމީހުންގެ ގެދޮރު ތަޅާލަން! ތިތިބީ ހަމަ އިއްޒަތްތެރި މެމްބަރުން ހަމަ.

  67. ޖޭބޮޑި

    ހާދަ ޖޭ ވެއޭ ދޯ. ކަލޭމެންނަށް ނުވިއެއްނު އެއްވެސްކަމެއް ފޮނިކަޑާކަށް. ތިއުޅެނީ ހިޔާގަ އުޅޭ ނިކަމެތިންގެ ހައްގުގަ އަސާސީ ކަންކަންވެސް ގާއިމުނުކޮށްގެން. ހިޔާއަކީ ތީނައަށް ތަނަކަށްނުވިޔަސް ވަރަށް ބައިވަރު ނިކަމެތިންނެއްގެ ހައްގެއް.

  68. އިބްރާހީމް

    ފަނާކުރާ ވިސްނުމުގެ ބޭފުޅެއް.

  69. އަހުމަދުު

    ހެޑް ލައިން ތަކުން ތަރައްޤީ ކޮށް އެމްޑީޕީ ވެރިކަން މެކުހައް.. ހިތައް އަރާ މީވެސް ވެރިކަމެއް ހޭ؟؟

  70. ރަށުމީހާ

    ﷲގެ ރަހުމަތްފުޅުން ކަލެއަށް ބާެރެއްލިބިފައިނުވާކަންވެސްއެއީ އުފާކުރަންޖެހޭކަމެއް މިހެންމިބުނީކަލެއަށްބާރެއްލިބިފައިއޮތްނަމަ ފްލެޓްތައް ތަޅާލާނެކަމަށް ބުނެފައިވާތީ އެއީ ކިހާބޮޑުގެއްލުމެއްތޯ؟ އެތަނުގެބޭނުން ހިފަންޖެހޭ ރަށްޔިތުމީހާއަށްލިބޭ ކިހާބޮޑުދަތިކަމެއްތޯ ބޮޑުމަގާމުގައި ބޮޑުމުސާރާގައިތަނަވަސްތަނެއްގައިހުރުމުން ދަތިކަންތިބޭފުޅާއަށް އިޙުސާސްނުވިކަމުގައިވިއަސް ދަތިހާލުގައިއުޅުއްވާރަށްޔިތުމީހާއަށް އިހުސާސްކުރެވޭނެ ފްލެޓްގެބޭނުމާ އެތަން ތަޅާލުމުން ވާނެއުދަގޫ ބާރެއްލިބިފައިއޮތްނަމަ ފްލެޓްތައްތަޅާލީސްކަމަށްބުނާއިރު އެއީ ތިބޭފުޅާގެ ގެދޮރުގެބައެއްތޯ ތަނަށްކުރި ބޮޑުޚަރަދު
    ވެފައިވަނީ ތިބޭފުޅާގެޖީބުން ތިބޭފުޅާގެ އަމިއްްލްފައިސާތޯ؟ ފުރަތަމަ ތިމާގެ އަމިއްލައެދުމަށް
    ނުވިސްނާ ބައެއްގެ ހިތްހަމަޖެއްސުމަށްނޫޅުއްވާ ފުރަތަމަ ގައުމާ، ގައުމުގެ ރަށްޔިތުންނަށް
    ވިސްނަވާ ރަަގަޅުކަންކަމުގެ ނަމޫނާއަަކަށް ރައީސްޔާމީން ނަންގަވާ ގޯސްކަ