ބ. ދަރަވަންދޫގައި މީހަކަށް ތޫނު އެއްޗަކުން ބިރު ދެއްކި މައްސަލައިގައި ކުޑަ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ..

ފުލުހުން ބުނީ ދަރަވަންދޫގައި މީހަކަށް ތޫނު އެއްޗަކުން ބިރު ދެއްކި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ 9:30 ހާއިރު ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން 16 އަހަރުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އަންހެން ކުއްޖަކު ފޮރުވުމަށް ފަހު، ބިރު ދައްކާފައި ވަނީ އެ ކުއްޖާގެ ބައްޕައަށެވެ.

އެހެންވެ، އެކަންތައްތަކާ ގުޅިގެން ދަރަވަންދޫ ރައްޔިތުންތަކެއް ނުކުމެ އިހުތިޖާޖް ވެސް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަންނެލި

    ކުށުގެ މާހައުލުގަ ގިނައީ ކުޑަކުދިން މައިންބަފައިންނަށް ދަރިން ހެޔޮގޮތުގަ ތަރުބިއްޔަތު ނުކުރެވޭތީ ވާދެރަ މިފެންނަނީ

  2. Anonymous

    ލޮލް! ވ ކުޑަ ކުއްޖެއް.. 16 ވިޔަސް ބޮޑު މީހަކަށް ދޭ އަދަބާ އެއްޗެހިދީފަ ރަސްމީކޮށް ވޯޓް ލެވި އެޑަލްޓް އަކަށްވާ އުމްރު 21 އަށްހަދާލަ! ތި ކުޑަކުދިންގެ ގާނޫން 12 އަށް ތިރިކޮށްފަ

    4
    1
  3. ޙޔ

    ގަމާރާ އެއީ ކުޑަ ކުއްޖެއް ނޫން އެއީ ކުއްޖެއް