މާލޭގައި ދިރިއުޅޭ މާލެ ރައްޔިތުންނަށް ގެދޮރު ދިނުމަށް އިސްކަމެއް ދޭން ނިންމުމުން މާލޭގައި އުޅޭ ރަށްރަށުގެ މީހުނަށް މާލެއިން ގެދޮރުގެ ފުރުސަތު ކުޑަވެގެން ދިއުމަކީ ބޭއިންސާފެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަކީ މި ސަރުކާރުން މާލެ ސަރަހައްދުން ފްލެޓްތައް ދޫކުރުމުގައި މާލެ ރައްޔިތުންނަށް އިސްކަން ދިނުމަކީ ބޭއިންސާފަކަށް ނުވެދާނެތޯއެވެ.

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ފްލެޓްތައް ދޫކުރުމުގައި އަބަދުވެސް އިސްކަމެއް ދެވިފައި އޮންނަ ކަމަށެވެ. މިސާލެއްގެ ގޮތުން ފާހަގަ ކުރެއްވީ، ކައިވެނިކޮށްގެން އުޅޭ ފަރާތަކަށް އިސްކަން ދިނުމާއި، ޚާއްސަ އެހީއަށް ބޭނުންވާ ރައްޔިތުންނަށް އިސްކަން ދިނުމާއި، ގެދޮރު ދަތިކަން ހުރި މީހުނަށް ގެދޮރުގެ ކުރީގެ މަޝްރޫއުތަކުގައި އިސްކަން ދީފައިވުމެވެ.

އެހެންވީއިރު، ރާއްޖޭގެ އެއްވެސް ތަނެއްގައި ގެދޮރު އަދި ތަރިކަ މުދަލެއް ވެސް ނެތި ދިރިއުޅޭ މާލޭގެ 5،000 އާއިލާއެއް އުޅޭއިރު އެ އާއިލާތަކަށް މާލެ ސަރަހައްދުން ގެދޮރު ދޫކުރުމުގައި އިސްކަމެއް ދޭން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެންމެ ބޭނުން ޖެހިފައިވާ ބަޔަކަށް އިސްކަން ދިނުމަކީ ބޭއިންސާފެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުނަށް ފުރުސަތު ކުޑަ ވާހަކަ ތި ދަންނަވަނީ، އާދެ އަޅުގަނޑު ގަބޫލު ކުރަން ފުރުސަތު ކުޑަ ކަން ވެސް، މާލެ ރައްޔިތުންނަށް އިސްކަން ދެވިފައި އޮތް ކަން ވެސް، އަދި އެއީ ބޭއިންސާފެއް ކަމަކަށް މި ވަގުތަކަށް އަޅުގަނޑު ގަބޫލެއް ނުކުރެވޭ،" އަސްލަމް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ކުރިއަށްދާ މަޝްރޫއުތައް

  • ކައުންސިލް: 1،920 ހައުސިން ޔުނިޓް
  • އެފޯޑަބަލް: 4،440 ހައުސިން ޔުނިޓް
  • މިޑްރޭންޖް: 640 ހައުސިން ޔުނިޓް
  • ޖުމުލަ: 7،000 ހައުސިން ޔުނިޓް

އެފޯޑަބަލް ހައުސިން އަކީ ބޮޑު އާމްދަނީއެއް ލިބޭ ތަނަވަސް މީހުންނަށް ހާއްސަ ކުރެވޭ ފްލެޓްތަކެކެވެ. މިޑްރޭންޖް ހައުސިން އަކީ މެދު ފަންތީގެ އާމްދަނީއެއް ލިބޭ މީހުންނަށް އަމާޒުކޮށްގެން ހަދާ ފްލެޓްތަކެކެވެ. އަދި ކައުންސިލް ހައުސިން އަކީ އެންމެ ނިކަމެތި މީހުންނަށް އަމާޒުކޮށްގެން ވަކި މުއްދަތަކަށް ކުއްޔަށްދޭ ފްލެޓުތަކެވެ.

ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓު އުޅުމަށް އަމާޒު ހިފާފައެވެ.  އަދި މާލެ ރައްޔިތުންނަށް ޚާއްސަކޮށް ފަޅެއް ހިއްކައިގެން ގޯތި ދޫކުރަން ވެސް ނިންމާފައިވެއެވެ. ސަރުކާރުގެ ވިސްނުމަކީ މާލެ ސަރަހައްދުގެ ގެދޮރުގެ މަޝްރޫއުތަކުގައި މާލެ ރައްޔިތުންނަށް އިސްކަމެއް ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މަތަރަސް

    ބަލަ ވުރަން އެގޭހާވެސް ކަމެކީ ރައްޔަތުންގެ ހަޒާނާއިން ހިޔާނާތެރިވުމާއި ފައިސާޗާޕޮކުރުން މިދައުރުނިމޭއިރައް ހުރިހާއެއްމެން ޖީބުފުރުން ރައްޔަތަކައްވާނެކަމެއްނެތް ތިޔައީ ދެހާސްތޭވީސްގެ ވޯޓްހޯދަންވެގެޖަހާމަޅި ތިކަމެންނުވާނެ ރައީސް ޔާމީނު ދެން ދެހާސްތޭވީސް މާސަޅިވާނެ ގާބިލުކަންފެނޭ؟؟ މިސަރުކާރަކައްއެޅޭނެ ބޯހިޔާވަހިކަމެއްނެތް؟؟

    33
  2. ހިމް

    ރާއްޖެތެރޭގެ ބީގްރޭޑް ރައްޔިތުން މާލެ ގެނުވީ ދިވެހި ސަރުކާރުން ހާލަތު މަޖުބޫރުކޮށްގެން. ރަށަކު ގޯއްޗެއް ނެތް، މާލެއަކު ގޯއްޗެއް ނެތް، ރާއްޖެތެރޭ ރައްޔިތުން އަދިވެސް އުޅެންވީ މާލޭ މީހާގެ ހެޔޮފުޅުކަމުގައި އަށްފޫޓު ކޮޓަރިއަކަށް މުޅި މުސާރަ ހުސްކޮށްގެން.
    ކަލޭމެން ވޯޓު ހޯދަން އަންނަ އިރުވެސް ކީއްވެތަ ބުނަން ނުކެރެނީ ބޯހިޔާވަހިކަން ލިބޭނީ މާލޭ މީހާއަށޭ، ވަޒީފާ ލިބޭނީ ގާތްތިމާގެ މީހުންނަށޭ، ބޭސްފަރުވާ ލިބޭނީ މެމްބަރުންނަށޭ؟

    34
    3
  3. އަޙުމަދު

    ދިވެހިރާއްޖޭގެ ރައްޔިތުން ދިރިއުޅެން ބޭނުން ވާ ކޮންމެ ރަށެއްގައި އެމީހުންނަށް ދިރިއުޅުމުގެ ޙައްގު އޮންނަންވާނެ، އަދި ސަރުކާރުން އެކަމަށް މަގުފަހި ކޮށްދޭންޖެހޭނެ، ވަކި ރައްޔިތަކު ވީމާ ވަކިގޮތެއް ހެދިގެންނުވާނެ، ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ތައް ނުދައްކާ އެއްވެސް އާންމު ރައްޔިތަކު ހުރެދާނެހެން ހިޔެއް ނުވޭ އެކަމަކު މުއްސަނދި މަހުޖަނުން ގެ ތެރޭގައި ޓެކްސް އަށް މަކަރާއި ޙީލަތް ހަދައިގެން ޓެކްސް ނުދައްކާ ބަޔަކު އަބަދުވެސް ތިބޭ ވީމާ ސަރުކާރު އުފެދިގެން އަންނަނީ ރައްޔިތުން ނަށް ޚިދުމަތް ކުރަން ބަހަނާ ނުދައްކާ ޚިދުމަތް ކުރައްވާ

    36
    1
  4. ޒާ

    އެހެންވީމާ އަސްލަމް ވަރަށް އިސްކަން ދިންކަން އެނގިއްޖެއެވެ. މަށަކީ 28 އަހަރު ސަރުކާރަށް ޚިމަތްކުރި މިހާރުވެސް ޚިދުމަތްކުރާ އެއްވެސް ބޯހިޔާވަހިކަމެއް ނެތި 13 އަހަރުން ދަށުގެ 3 ދަރިން ގޮވައިގެން އެކި ދުވަހު އެކިތާ ކުއްޔަށް ދިރިއުޅޭ މާލޭ ނޫކަށިމަތި މީހެއް. ފުލެޓަށް އެދުނީމާ ޔާމީނުގެ ވެރިކަމުގާ ދިނީ 49 ޕޮއިންޓް ކަލޯމެން ދިނީ 19 ޕޮއިންޓް. ކިހާތާހިރުތޯ ތިވާހަކަ ދައްކަން؟

    5
    1
  5. ހުސޭނުބޭ

    މީ ހާދަ ލަދުކުޑަ މީހެކޭ! މި މީހާއަށް ނޭގެނީތަ ރާއްޖެތެރޭގައިވެސް ތިބެނީ ދިވެހި ރައްޔިތުންކަން.

    12
    2
  6. ހެހެހެ

    މަށަށް ހަމަހެވޭ މި ކަލޭގެ ގައުމުން ބޭރުން ގޯތިގެދޮރު ގަންނަނީ ކިޔެއްވެބާ

  7. ހިޠަ

    ރައްޔަތުންގެ ފައިސާއިން ކުރާކަމެއް މާލެކިޔާފަ ވަކިބަޔަކަ ނުދެވޭނެ

    7
    2
  8. ދިދަ ދަނޑި

    ރާއްޖެތެރޭ ރަށްރަށުން މާލޭ މީހުނަށް ގޯތި ނުލިބޭއިރު މާލޭ ސަރަހައްދުން ރާއްޖެތެރޭ މީހުނަށް ގޯތި، ފްލެޓް ލިބިގެން ނުވާނެ.. ރާއްޖެތެރޭ މީހާއަށް ރަށުން ހިލޭ ގޯތި ލިބޭއިރު މާލޭ މީހާ ޖެހެނީ ބޮޑުއަގު ދީފައި ގަންނަން.. ވަރަށް ބޭއިންސާފުން ކުރާ ކަމެއްމީ…

    5
    6
    • ބަބޫ

      ރާއްޖެތެރޭ ރަށަކަށް ދިރިއުޅުން ބަދަލުކޮށް އެތަނުން ވަޒީފާ ހޯދައިގެން 10 އަހަރު އުޅެބަލަ ލިބޭނެ. އަހަރެމެންނަށް ރަށުގައި ތިބެގެން ކާންބޯން އަދާ ކުރާނެ ވަޒީފާއެއް ނެއް. މާލޭގައި މިއުޅެނީ މަޖުބޫރުވެގެން. އެގޯސްހެދީ ސަރުކާރުން އަދި އަހަރެމެނަށް އުޅޭނެ ގޮތްވެސް ހަދާންދޭންޖެހޭނީ ސަރުކާރުން

      1
      1
  9. ަލާމް

    މާލެ ސިޓީ ކައުންސިލް ވަރަށް ބޮޑަށް ބޭނުންވަނީ ދެއްތޯ. މުއިއްޒު މާބާރަށް ހިންގާތީ ޝިފާގެ އެމްޑީޕީ ކައުންސިލަށް ކަމެއް ނުވިކަން ބޭޒާރުވީ

  10. އައްޑޫ މީހާ

    ބަލަ ތި މާލޭގަ ތިބި އިއްޒައްތެރި ރާއްޖެތެރޭ ރައްރަށު ބިން ނަގާފަ އެބަތިބި. އެމީހުންގެ ގެދޮރު މާލޭގަވެސް. އައްޑޫ ސިޓީ އަދި ލާމު އަތުޅުން އެތަށް ސަތޭކަ ބިމެއް މާލޭ ރައްޔިތުންނަށް. ނިކަމެތި ރައްޔިތުމީހާ މި އުޅެނީ ވަންނާނެ ތަނެއް ނެތިގެން

  11. Anonymous

    ތަނެއްދޮރެއް ނުބަލާ ކޮމެންޓްކުރާ ފަރާތްތަކަށް. މޮޅެތިކޮމެންޓްކަމަށް ހީކޮށްލިޔަން ތިކުރާ ބޭކާރު ވަގުތުގެ ބަދަލުގައި، ދުނިޔޭގެ އަގުބޮޑެތި ސިޓީތަކުގައި ބިންލިބޭގޮތް ދިރާސާކޮށްލަބަލަ.

    މާލޭގައިނަމަ ފާޑެއްގެ ދަފްތަރެއް ހަދާ އޭގެން ސަލާމަތްނުވެގެން މިއުޅެނީ. ދަފްތަރުގައި ނަން އޮވެއްޖެނަމަ އޭނާއެކޭ މާލޭގައި ރަޖިސްޓްރީވެގެން އުޅޭމީހެކޭ އެއްފަދަ. މީކިހިނެއްވާނޭކަމެއް.

    ކުޑަކުޑަ މިސާލެއް؛ ސައުދީގެ މައްކާ/މަދީނާ ގެ ކަންކަން ހުރިގޮތް ދިރާސާ ކޮށްލަބަލަ.

  12. ކަލޯ

    މިމީހުން މިއުޅެނީ އިހުޒަމާނުގަ ރާއްޖޭގަ އޮންނަ ރާއްޖެތެރޭ މީހާއާއި މެދު ހިންގި ނަސްލީ އިންތިޔާޒު އާކުރަންތަ.؟

    1
    1
  13. Ahmed

    އެކަމަކުވެސް ގޯތިނުދެންނާ ވޯޓު ހޯދަން ނާންނާތި. ފުރަތަމަ ވައުދު ފުއްދާ.
    # ކެހިވެރި ފަތިސް

  14. ފަރެސްމާތޮޑާ

    މި ޅަވިޔަނި އަށް ހަލާކުހުރި.