އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން އޭގެ ނިކަމެތިކަން މުޅި ގައުމުގެ އިތުރަށް ވަކިވަކި ދިވެހި ފަރުދުންނަށް ވެސް ލިބިގެން ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދައުލަތުގެ ބަޖެޓްގެ ބަހުސްގައި، ބިގޭ ވިދާޅުވީ "އިންޑިއާ އައުޓް" ކިޔާފައި ހަރަކާތް ހިންގަމުންދާއިރު އިންޑިއާގެ ހޮސްޕިޓަލްތަކުގައި ދިވެހި އެތައް އާއިލާއެއްގެ މީހުން މިހާރު ވެސް ފަރުވާ ހޯދަމުންދާ ކަމަށެވެ. އެ ގައުމުގައި "މޯލްޑިވްސް އައުޓް" ހަރަކާތެއް ހިންގަން ޖެހޭ ވަރަށް މި ގައުމުގައި އެފަދަ ހަރަކާތެއް ހިންގުމުން އޭގެ ނިކަމެތިކަަން ދިވެހިންނަށް ވެސް ލިބިދާނެ ކަމަށް ވިދާޅުވިއެވެ.

"މިފަދަ ކަންކަން ކުރުމަކީ ދިވެހި ގައުމަށް އޭގެ ނިކަމެތިކަން ލިބޭނެ ކަމެއްގެ އިތުރުން ވަކިވަކި ދިވެހި ރައްޔިތުންނަށް ވެސް ނިކަމެތިކަން ލިބޭނެ ކަމެއް، އަޅުގަނޑު ދަންނަވަން މި އުޅެނީ ވާދަވެރި ސިޔާސީ ފަރާތްތަކުން ސިޔާސީ ބޭނުމަށްޓަކައި ކުރަން ބޭނުންވާ ކަމެއްގައި ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތް ކޮށްދޭށޭ،" ބިގޭ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ، "ފަރުދާގެ ފުރަގަހުގައި" މަޖިލީހުގެ ތެރެއިން ޕީޕީއެމްއާއި ޕީއެންސީއިން މަސައްކަތް ކުރަނީ އިންޑިއާ އެއްބަސްވުންތަކުގެ ހަގީގަތް ހޯދުމަށް ކަމަށެވެ. މަޖިލީސް މެދުވެރިކޮށް ވާދަވެރި ސިޔާސީ ހަރަކާތް ހިންގާނެ ފުރުސަތު އޮތްއިރު، އޭގެ ހަގީގަތް ހޯދުމެއް ނެތި ކަށަވަރު ނުވާ ވާހަކަތަކެއް ރައްޔިތުންގެ މެދުގައި ނުފަތުރަން ބިގޭ ގޮވާލެއްވިއެވެ.

"މިނިވަން ކަމުގެ ދިފާއުގައި ދިވެހީން" އަދި "އިންޑިއާ މިލިޓަރީ އައުޓް" ނަމުގައި ޕީޕީއެމްއާއި ޕީއެންސީން ވަނީ ކެމްޕޭން ހަރަކާތެއް ފަށައިފައެވެ. މި ގޮތުން ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭރު ކުރަން ގޮވާލާ ޕެޓިޝަނެއް ތައްޔާރުކޮށް އެއަށް ސޮއި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެންމެ ގާތް ގުޅުމެއް ބާއްވަނީ އިންޑިއާއާއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަނީ އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށެވެ. މީގެ ގިނަ އެއްބަސްވުންތައް ހާމަނުކުރާއިރު އެ އެއްބަސްވުންތައް ހާމަ ކުރަން އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އިންޑިއާގެ މިހާރު އޮތް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި އިންޑިއާގެ ސިފައިންނާއި ޖާސޫސީ މީހުން ތިބޭ ގޮތަށް އެ ގައުމުގެ އަސްކަރީ ބާރު ރާއްޖޭގައި ގާއިމް ކުރުމަށެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް މި ކަން ދޮގު ކުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގައި އިންޑިއާގެ ތިން އެއްބަސްވުމެއް ދިރާސާކުރިއެވެ. އޭގެ ތެރެއިން އުތުރުތިލަފަޅުގެ އެއްބަސްވުމުގެ ބައިބައި، އަދި ހައިޑްރޯގްރަފީ ދިރާސާގެ އެއްބަސްވުމާއި، ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުން ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ޑިފެންސް މިނިސްޓްރީން ދައްކާލިއެވެ.

މި އެއްބަސްވުންތަކުގައި ގޯހެއް ނެތް ކަމަށް ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ ތާއީދުން ފާސްކުރި ނަމަވެސް، ކޮމިޓީގައި ތިއްބެވި އެހެން ޕާޓީތަކުގެ މެންބަރުން ވަނީ އެ އެއްބަސްވުންތަކުގެ ކޮޕީއެއް ކޮމިޓީގެ މެންބަރުންގެ އަތަށް ދީގެން ދިރާސާ ކުރަން ފުރުސަތު ދިނުމަށެވެ. އެކަމަކު އެ ކަމެއް ކޮމިޓީން ފާހެއް ނުވިއެވެ. އެއީ އެމްޑީޕީގެ މެންބަރުން އެ ކަމަށް ވޯޓު ނުދެއްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ސޫއޫދު

    އެތައްއަހަރެއްވަންދެން ތިބޭފުޅުން ކުރިކަންތައްތަކުނުލިބުނު ގެއްލުމެއް އެންބަޔަކު ހަގީގަތާއެކު ބުނެދިނުމް ގެއްލުންވަނީ މުޅިޔޫރަޕްގަ ދުވިހަނދާނެނެއްނެއްދެއްތޯ

    35
    1
  2. ރައްޔިތުމީހުން

    ރާއްޖޭގައި އުޅޭ އިންޑިއާމީހުންނަށް އަސަރު ނުކުރޭދޯ...
    އައުޓް ގޮވަނީ އިންޑިއާ މިލިޓަރީ ޕްރެޒެންސް އަށް، ކޮންމެހެން އިންޑިއާއަކަށް ނޫން...

    34
  3. ހުސޭނުބޭ

    އިްނޑިޔާ އައުޓޭ ނުކިޔަސް އިންޑިޔާގައި އުޅޭ ދިވެހިންނަށް އަސަރުކުރާނެ! އެމީހުންނަކީ އިންސާނުންނަށް އިޙްތިރާމްކުރަން ދަންނަ ބައެއްވެސް ނޫން! މިހާރުވެސް ކަންދައްކަން ކޮށްފައި ހުންނަ ކަންކަން އިންޑިޔާގައި އުޅޭ މީހުން ކައިރީ އަހާލަބަލަ!

    33
  4. އިންޑިޔާއައުޓް

    ކަލޭމެން އަހާބަލަ އިންޑިޔާ ރައްޔިތުން ކައިރީ އެގައުމުގަ އެހެން ގައުމެއްގެ އަސްކަރިއްޔާ ސިފައިން ތިބެން ބޭނުންވޭތޯ ބަލައެގަމުގެ ރައްޔިތުން ވެސް ގޮވާނެ އެބަޔަކު ބޭރުކުރަން އަހަރެމެން މިގޮވަނީ އިންޑިޔާރައްޔިތުން ބޭރުކުރާށެކޭނޫން

    29
  5. މީވާ ސަރުކާރެއް

    ކޮއްކޯ ބިގޭ މީ 21 ވަނަ ގަރުނު ދިވެހިން ތިބީ ކުރި އަރާފަ ޔާމީނު ސަރުކާރުގަ ވިސާ ކަންތަކުގާ ފިޔަވަޅު އެޅީމަވީ ކިހިނެއްތޯ ވީ އިންޑިޔާ މީހުންނަށް ބޮޑާ ހާކާފަ ރޯންތިބީ އެންބަސީ ދޮށުގާ އަދި ތިކިޔާ އިންޑިޔާއިން ހިލަޔާއި ހިލަވެލި ނުދިނީމާ އެހެން ގައުމުތަކުން މާއަގުހެޔޮށްގެނައީ އަދި 25 ބުރީގެ ހޮސްޕިޓަލެއް އެޅީމަ އިންޑިޔާއަށް ހަޖަމެއްނުވި، އިންޑިޔާއިން އަޅާ ކޮންމެ ފިޔަވަޅަކަށް 8 ގުނަ ފިޔާވަޅު 2023 ގައި އަޅާން އިރާދަ ކުރެވިއްޔާ !!!!
    ބިގޭ އަށް ދަންނަވާލަން އޮތީ"އިންޑިއާ އައުޓް" "އިންޑިއާ އައުޓް" "އިންޑިއާ އައުޓް" "އިންޑިއާ އައުޓް" ކިޔާގެން ދިވެހިން ބަޑަކަށް ނުޖެހޭނެ ރާއްޖެ ކަނޑުން ގުއި ބުރަދު ހުހެއްނުވޭ!!!

    31
  6. މާސީ

    އިންޑިއާ އައުޓު

    32
  7. ރެފިއުޖީ

    ލަދުކުޑަ ގޮތްކުޑަ ބިގޭ. ކަލޭގެ ނުފޫޒުން ޕުލެޓްތައް ކެޓުވި މީހުންނަށް ލިބުނު އަސަރުތައް ބަލާލީންތަ؟ އިންޑިޔާ އައުޓު ގޮވާނަށް. އެއެއް ތިޔަކަހަލަ ހަޔާތްކުޑަ މަޖިލީސް މެމްބަރަކަށް ނުވެސް ހުއްޓުވޭނެ

    29
  8. ޗެއިން

    ތި މީހުން ކުރިން އިދިކޮޅުގަ ތިބިއިރު ޓޫރިޒަމް ބޮއިކޮޓްކުރަން ގޮވީމަ މުޅި ގައުމަށް އެކަމުގެ އަސަރުކުރި. ގައުމަށް އަރާ ހިފަން ގޮވީމަ އެކަން ބަޔަކު ސީރިއަސްކޮށް ނަގައިގެން މިހާރު ސިފައިން އަރާ އެތިބީ ތި މީހުންގެ އެހީގަ. އެކަމުގެ ހިތި ރަހަލާނެ އަދި އެންމެންނަށް.

    28
  9. މުރާސިލް

    ތިޔަ ވާހަކައިން ދޭހަވަނީ ބިގޭމޭން އިންޑިޔާއަށް ވިކިފައި ތިބި މިންވަރެވެ.

    29
  10. އަފްޣާނީ

    އިންޑިއާ މެއިޑެއް ގެނައުމަކީ ކޮންކަހަލަ ކަމެއް.. ސިޔާސީ ސުވާލެއް ނޫން.. ހަމަ އަހާލީ..

    23
  11. އަލިބެ

    އެމްޑީޕީގެ މަގުސަދަކީ އެއީއެއްނު

    22
  12. ކުމާރު

    ބިގޭ ބަލަގަ އިންޑިޔާ ދަށުވާކަށެއް ނުޖެހެޔޭ. ދިވެހިން އިންޑިޔާއަށް ބޭސްފަރުވާ ދަނީ ހިލޭ ބޭސް ކުރެވޭތީތަ؟؟ ހުރިހާ ފައިދާއެއް އިންޑިޔާއަށް. ބޮލަކަށް ނުވަދޭތަ މިގައުމުގަައި ތިބި އިންޑިޔާ މަޖޫރީން؟ ދިވެހިންނަށް ދަތިކުރާފަދައިން އެމީހުންގެ ވިސާވެސް ހިފެހެއްޓިދާނެދޯ!!!

    23
  13. އަބްދޫ

    އިންޑިޔާގަ ދިވެހިން އުޅެނީ ދިވެހި ގައުމުން ބޭރު ފައިސާ އިންޑިޔާއަށް ގެންގޮސްގެން އިންޑިޔާ މީހުންނަށާ އިންޑިޔާ ސަރުކާރަށް ދީގެން .ރާއްޖެއަށްގެނެސްގެން ގައުމުގެ ތަސައްވުރު ދުއްވާލައިގެން ތިޔައުޅޭ ޕިޗޯރީންގެ ފަރާތުން ދިވެހި ގައުމަށް އޮތީ ކޮންފައިދާއެއް. އިންޑިޔާ އައުޓް ގޮވާތީ އިންޑިޔާއިން ދިވެހިން ބޭރުކޮށްފިނަމަ ދިވެހިގައުމަށް ލިބޭނީ މަންފައޢި ފައިދާ އިންޑިޔާ އަށް ލިބޭނީ ގެއްލުން. ދިވެހި ގައުމަށް ލިބޭ މަންފާތަކަކީ ދިވެހިގައުމުން ބޭރުކޮށްގެން އިންޑިޔައަށް ދިވެހިންގެންދާ ޑޮލަރު ކޮޅު ރާއްޖޭގަ ހަރުލުމުން ރާއްޖޭގެ އިގްތިސާދު ފިޔަވަޅުތަކަކަށް ކުރިޔަށް ޖެހުން ޑޮލަރުގެ އަގު ތިރިވުން މުދަލުގެ އަގު ހެޔޮވުން. އިންޑިޔާއަށް ލިބޭ ގެއްލުމަކީ ގެދޮރު ކުއްޔަށް ދިގެންއުޅޭއިންޑިޔާ ރައްޔިތުންގެ އާމްދަނީ ގެއްލުން. އިންޑިޔާގެ މަސްވެރިނަ ބާނާމަހުގެ ބޮޑުބައެއް ކަމނީ ދިވެހިންނަށް ވުމުން މަސަވެރިންނަށް ގެއްލުންވުން އިންޑިޔާގެ ކާބޯތަކެތި ވިއްކަ ފިހާރަތަކުގެ ސެލްސއަށް ހީނަރުކަންއައުން . ވީއިރު އިންޑިޔާގަ ދިރިއުޅޭ ދިވެހިނަ ބޭރުކޮށްފާނެތީ ހާސްވާންޖެހޭ ސަބަބެއްކޮބާ . ތިބޭފުޅާއަށް ހާދަ އެއޗެއްނުވިސްނޭދޯ ތިޔަކަހަލަ މީހުންގެނެސް ދެއުޅި ނުވާވާހަކަދައްކަންފެށީމަ ސަރުކާރުގެ ފެންވަރު ރައްޔިތުންނަށް އެގިގެންމިދަނީ

    12
  14. ތަލަބެޭ

    އަސަރު ކުރިޔަސް ނުކުރިޔަސް އިންޑިޔާ އައް ގައުމު ނުދެވޭނެ. މިހާރުވެސް އަސަރުކުރާވަރު ކުޑައެއްނޫން

    13
  15. މާމީ

    މިމީހުންނަކީ އިންޑިއާ ހައިކޮމިށަނުން ފައިސާ ދީގެން ގަނެފަ ތިބޭ ތަލައިން ވީމަ ނިކަން މޭކަރާނެ ކިއާނަން އިންޑިއާ މިލިޓަރީ އައުޓު ގޯ އިންޑިއާ

    15
  16. އުގުރި

    ދެއުޅިއެއްނުވާ ބޯހަމަ ނުޖެހޭ ދެއަގައިން ވާހަކަ ދައްކާ ބައެއް މިނޫނީ ނޫޅޭނެ

    14
  17. އެހެން

    އޯކޭ

    8
    1
  18. ނާގާބިލް

    ދިވެހިންނަށް އަސަރު ކޮށްފިއްޔާ މިކުގައި އުޅޭ އިންޑިއާ މީހުންނަށްވެސް ކުރާނެ.

    12
  19. Anonymous

    ކަލޭމެންގެ މީހުން އެތާނގަވެސް އުޅެނީ

  20. ނަންރީތި ހުސޭނު

    ހަޖަމު ނުވަންޔާ އަސަރުކުރާނެ, މީގެކުރިންވެސް ތަކެތި އިމްޕޯޓު ކުރުމަށާ, އެކިކަންކަމުގަ އިންޑިޔާގަ ދިރިއުޅެމުންދިޔަ ދިވެހިހިންނަށާ, ދާންބޭނުންވެފަތިބި ދިވެހިންނައް ވިސާ ދަތިކުރި, ހޮޓާތަކުގަ ނޫނީ ނުތިބެވޭގޮތްވެސް ހެދި, އެކިޒާތްޒާތުގެ ވާހަކަ ފަތުރާ އިންޑިޔާ އަޑީގައޮވެގެން އީޔޫ, ކޮމަންވެލްތް, އެތައްބަޔަކު ދަތިކުރި, ރ. ވޯޓާދިމާކޮއް ރ. ޔާމިނައް ވޯޓުދީފިއްޔާ ވިޔަފާރި ފުނޑާލާ މުޅިގައުމައް ދަތިކުރުން ކުރިމަތިކުރާނެ ކަމުގެ އިންޒާރުވެސް ދިން ނުވިތާކައް އިންތިހާބު އޮޅުވާލާ ވޯޓުކަރުދާސްތައް އަނދާލީވެސް އިނޑިޔާއާއި ބޭރުގެ ނުފޫޒުތަކުގެ ފުރިހަމަ އެއްބާރުލުމާއެކު. އެކަމަކުވެސް ތިދައްކާ ބިރަކައް ތިދޭ އިންޒާރަކައް ގުޑާކައްނެތީމު, މަގޭގައުމުގެ ކަންކަން މަގޭރައްޔިތުންނައް އެއްވެސް ބިރަކާނުލާ ނިންމުމުގެ ބާރު މިދިވެހިންނައްވެސް އޮންނަންވާނެ, އެކަމާ ހަޖަމު ނުވަންޔާ ނުވޭ, އިންޑިޔާ އައުޓް ގޮވުންދެން ނުހުއްޓޭނެ

  21. ކުރުސީގެ ބައްޕަ

    ކަލޯ ބުަނަންތަ ރަނގަޅުވާހަކައެއް! މިދިވެހިން ކަލޭމެން ހެދިހާއެއްޗެއްހެދިގެން ނުތިބޭނެ! މިންވަރަށް އީމާންވާންނޭގޭ ދެތިން ކެނެއިން އުޅުނަސް ޤައުމުގެ ގިނަބަޔަކީ ދީނަށް ލޯބިކުރާ އަދި މިންވަރަށް އީމާންވާބައެއް! ޤައުމުގަ ހުޅު ރޯނުކުރެ! އަނދާ ހުލިވާއިރު ކަލޯމެނެވެސް ސަލާމަތެއްނުވާނެ! ތިޔައީ ވިޔާނުދާ ޤަައްދާރު ބައިގަނޑެއް! ނަތީޖާ ވަރަށް ހިތިވާނެ!

  22. ސަރުދާރު

    އަނެއްކާ ވިގޭ ދާއިރާގެ ބަޔަކު އިންޑިޔާގައި ތިބީތަ؟

  23. ބުއްޅަބޭ

    ތިއުޅެނީ ގޭމް ޖައްސައިގެން ތިކަންވެސް ކުރަން!

  24. މޫސަ

    އަސަރުތިކުރީ ތިތަލަބޮލަށް އިންޑިއާ އައުޓް.

  25. ނުރަބޯ

    މީގެކުރިންވެސް މިގައުމުގައި ސަރުކާރެއް އޮތް، އަދި އެއިރު އިންޑިއާވެސް އޮތް. އަދި އިންޑިއާގައި ދިވެހިންވެސް ތިބި، އަދި އިންޑިއާއަށް ބޭސްފަރުވާއަށްވެސް ދެވޭ. އެހެން ނަމަވެސް ދިވެހިންނަކަށް އިންޑިޔާގެ ސަބަބުން ނިކަމެތި ކަމެއް ނުލިބޭ. މިހާރު ބިގޭމެން އިންޑިއާ އަށް މިގައުމު ވިއްކާލީމާ އިންޑިއާގެ ނުރަނގަޅު ނުފޫޒު މިގައުމަށް ވެރި ވެގެން ތިބިމީހުންގެ މައްޗަށް އޮތުމުން އެހެން އެވަނީ. ދިވެހިން ކަންބޮޑުވަނީ އިންޑިއާ މީހުން މިގައުމުގައި ތިބޭތީ އެއްނޫނެވެ. ނަމަވެސް އިންޑިއާ ސިފައިން މިގައުމު ގައި ތިބޭތީއެވެ. މިނިވަން މުސްތަގިއްލު ގައުމަކަށް ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން އެރުވުމަކީ މިނިވަންކަން ނެތުމެވެ.