ފަތުރުވެރިކަމާއި އެއްވަރަށް މެރިޓައިމް ދާއިރާއަކީވެސް ރާއްޖޭގެ ފަހުރެއް ކަމަށް ހަދަން ޖެހޭ ކަމަށް ގައުމީ ޝިޕިން ލައިން، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ސައީދު އެހެން ވިދާޅުވީ ސްރީލަންކާއިން މުދާ ބަރުކޮށްގެން، ގައުމީ ޝިޕިންލައިންގެ ފުރަތަމަ އަމިއްލަ ބޯޓު، "އެމްއެސް ގަލޭނާ" މާލޭ ވިޔަފާރިވެރިންގެ ބަނދަރާ ކައިރިކުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ ޝިޕިންއާ ގުޅޭ ވާޙަކަތައް ދައްކާއިރު އެންމެ ބޮޑަށް ހަނދާނަށް އަންނަނީ ކޮލިއަލިމަނިކު ކުރައްވާފައިވާ މަސައްކަތްތައް ކަމަށެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ޝިޕިން ލައިން ކަމަށްވާ މޯލްޑިވްސް ޝިޕިން ލިމިޓެޑް (އެމްއެންއެސް) އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަން ކުރެއްވި ކޮލި އަލި މަނިކުއެވެ.  ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ކޮލި އުމަރު މަނިކު އަވަހާރަވީ 2015 ވަނަ އަހަރު ސިންގަޕޫރްގައެވެ.

"މެރިޓައިމްގެ ދާއިރާއިން އެންމެ ބޮޑު އެއް ވާޖިބަކީ އަލި މަނިކު ހިންގެވި މަގުން އޭގެ ނަމޫނާއާއެކު މީހުން ބިނާކުރުން" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަތުރުވެރިކަން ކުރިއަރާފައިވާ ފަދައިން ޝިޕިންގެ ދާއިރާވެސް ކުރިއެރުވުމަކީ ވަރަށް ބޮޑު އުއްމީދެކެވެ.

" މެރިޓައިމް ދާއިރާއަކީ ފަހުރަކަށްވާންޖެހޭ ޓުއަރިޒަމްއާ އެއްވަރަކަށް ޝިޕިން އަކީވެސް ކުރިއަރާފައިވާ ދާއިރާއަށް ހެދުމުގެ މަސައްކަތް ކުރަން" އޭނާ ވިދާޅުވިއެވެ.

މީހުން ބިނާކުރަން ހާއްސަ އިސްކަމެއް

ފުރަތަމަ ދަތުރާއެކު އެމްއެސްއެސްގެ އެންމެ ބޮޑު އަމާޒަކީ ސައީދު ވިދާޅުވި ގޮތުގައި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމެވެ.
ބޯޓު ފަހަރުގައި މަސައްކަތްކުރާނެ ފަޅުވެރިންނާ ޝިޕިންގެ ދާއިރާއިން މަސައްކަތްކުރާނެ މީހުން ބޭނުންވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެކަމަށް މިހާރުން ފެށިގެން

ތައްޔާރުވާން ޖެހޭ ކަމަށެވެ. އެ ދާއިރާއަކީ ހަމައެކަނި ފިރިހެނުންނަށް ހާއްސަ ދާއިރާއެއް ނޫން ކަމަށާއި އެއީ އަންހެނުންނަށްވެސް ފަހި ފުރުސަތުތަކެއް އޮތް ދާއިރާއެއް ކަމަށް ވިދާޅުވިއެވެ. އަދި ޝިޕިންއަކީ ހަމައެކަނ ބޯޓުގައި މަސައްކަތް ކުރުން ނޫން ކަމަށާއި، އޮފީހުގައިވެސް ކުރެވޭ މަސައްކަތްތަކަކީވެސް ހަމަ ޝިޕިން ދާއިރާގެ މަސައްކަތްތައް ކަމަށް ވިދާޅުވިއެވެ.

" ޝިޕިންއަކީ ހަމައެކަނި ބޯޓުގެ ފަޅުވެރިންނެއް ނޫން. އޮފީހުގެ ބައިވަރު މަސައްކަތް ހިމެނޭ ދާއިރާއައެއް"

ސަރުކާރުން ވިސްނާފައިވާ ގޮތަށް ކުރިއަށް ގެންގޮސްފިނަމަ އެ ދާއިރާއިން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ  ކަމަށް ވިދާޅުވިއެވެ. އެކަމަކު މީހުން ބިނާނުކޮށް މަޑުޖައްސާލާފައިނަމަ ފްލީޓް އިތުރުވެގެންދާއިރު ދިވެހިން ނުލިބޭނެކަމުގެ ބިރުއެބައޮތް ކަމަށް ވިދާޅުވިއެވެ.

"އެކަމުގައި ދެކެން ބޭނުންވާ އެންމެ ފުރިހަމަ ހިތްހަމަ ޖެހުމެއް ނުލިބޭނެ"

ދާއިރާއަށް މީހުން ނެރުމަށް ކުރަން ޖެހޭ މަސައްކަތް  އޮތީ ރޭވުމުގެ މަރުހަލާގައި ކަމަށާއި އަންނަ އަހަރު އެ ދާއިރާއިން ޝްކޯލާޝިޕްގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަދުރޭ

    އަޅުގަނޑުގެ އެދުމަކީ އަދި ދުޢާއަކީ މިފަހަރު މިތަން އެއާ މޯލްޑިވްސް ބަނގުރޫޓްކޮށްލި ހެން ބަނގުރޫޓް ކޮށްނުލާ ކޮޅެއްގައި ޖެހެންދެން އިޚްލާޞްތެރިކަމާއިއެކު ހުރިހާ ދިވެހިންވެސް މި ޝިޕިންގްލައިން ހިންގަވައި ދެއްވާށެވެ.

  2. ޑީމަކްރަތީ

    ބަލަ މިސާހިދަކީއެއްވެސް ކަމެންވާމީހެއްނޫ ކޮރޮޕްޓުތަނެއް އެމްޕީއެލްކީ ވިޔަފާރިވެރިން ހަނާކުރާބައެއް ހަމައެއްލަމައެއްނެތް ޖެހުނުގޮތަކަންކަނީ އިމާރައްތަހަދަނީ ބީލަމުގެއުސޫލުން ފަހުންމަރާމާތައް އިމާރާތްހަދަން ދިޔައެއްޗަވުރެންބޮޑު މަރާމާތައް މިސާހިދުމިއީކުފޫހަމަވާމީހެއްނޫން ސެންކޯސަރީފަކީވެސްމަކަރާއޮޅުވާލާ ކަޓުގެ މީހެއް؟؟