ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްުދުﷲ ޖާބިރު، ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމާއި ކުރެއްވި ސުވާލަށް ޖަވާބު ލިބިވަޑައިނުގަތުމުން މިނިސްޓަރަށް އަވަގުރާނަ ގޮވައިފިއެެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް ހާޒިރުވެވަޑައިގެންނެވިއިރު، ޖާބިރު ސުވާލުކުރައްވާފައި ވަނީ ގދ. ތނަދޫ ބަޣާވާތުން ބޭލި މީހުންނަށް ދޭނީ ކޮންއެއްޗެތޯއެވެ. އަދި އެކަމަށް ޕްލޭނިންގ މިނިސްޓަރު މިހާހިސަބަށް ދިޔައިރު އެއްވެސް ކަމެއް ކުރިތޯ ޖާބިރު ސުވާލު ކުރައްވާފައި ވެއެވެ.

ޖާބިރު އިތުރު ސުވާލެއްވެސް މިނިސްޓަރަށް އަމާޒު ކުރެއްވިއެވެ. އެއީ ކޫއްޑޫ އެއާޕޯޓާއި ވިލިނގިލި ގުޅުވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވި ވައުދު ޕްލޭންގައި އެބައޮތްތޯ އާއި ވިލިގިނލި ބަނދަރަށް ފަސް އަރާ ހަލާކުވަމުންދާ މައްސަލާގައި އެޅީ ކޮން ފިޔަވަޅެއްތޯ އެވެ.

ޖާބިރު ވަނީ މިގޮތަށް ސުވާލު ކުރެއްވުމަށްފަހު ހުވަދޫ ބަހުން ވާހަކަދައްކާފައެވެ. އެގޮތުން މިއަށް ޖަވާބުދޭންވާނީ ވަރަށް ވިސްނައިގެން ކަމާއި، ހުވަދޫ މީހުން ތިބީ އަޑު އަހައިގެން ކަމަށް ޖާބިރު ވިދާޅުވިއެވެ.

"މެމްބަރު ފުރަތަމަ ކުރެއްވި ސުވާލު އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑާއި ހަވާލު ކުރެވިފައި އޮތް މަސްއޫލިއްޔަތަކުގެ ތެރޭގައި ހިމެނޭ ޒާތުގެ ސުވާލެއް ނޫން ކަމަށް"

މިނިސްޓަރ މިގޮތަށް ވިދާޅުވުމުން ޖާބިރު އަޑުގަދަ ކުރައްވަން ފެއްޓެވިއެވެ.

އަދި މިނިސްޓަރ ވާހަކަދައްކަވަމުން ދަނިކޮށް ވާހަކަ ދައްކަވަން ފެއްޓެވިއެވެ. ޖާބިރު ވިދާޅުވީ، ތިނަދޫގެ މައްސަލައަކީ ބޮޑު ބަޣާވާތެއް ކަމަށެވެ. އަދި އޭނާ ވަނީ މަޖިލީސް ތެރޭގައި އަޑުގަދަ ކުރައްވާ، އަވަގުރާނަ ގޮވައި، މި މައްސަލައިގައި ޖަވާބު ދާރީ ވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އަދި ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަން ހުއްޓުވަން މަސައްކަތް ކުރެއްވުމުންވެސް ޖާބިރު ގެންދެވީ އަޑު ގަދަ ކުރައްވަމުންނެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، ފުރުސަތު ނުލިބެނީ ވާހަކަނުދެއްކެވުން ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކޮރަލް

  މެމްބަރަކު ގޯސް ކޮށް ކަމެއް ކުރިއަސް މައްސަލަ އެއް ނުބެލެ އެވެ.

  24
 2. ފއ

  އަދިވެސް ބުނޭ އިއްޒަތްތެރި މެމްބަރުންނޭ ކިޔާށޭ

 3. ސުހާނާ ޝަރީފް

  މަޖްލިސްތެރޭގައި އަވިއައިނު އަޅައިގެން...!!!