ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓުތަކެއް އެޅީ ވަރަށް ބޮޑަށް ޕްލޭންކޮށްފައި ކަމަށާއި އެކަމަކު، ތިން އަހަރުގެ ތެރޭގައި އެއްވެސް ކަމެއް ނުކޮށްދީ އެތަނުގައި ދިރިއުޅޭ ރައްޔިތުން ހާލުގައި ޖައްސާފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުތަކަކީ ރަނގަޅު ވިސްނުމެއްގެ މޮޑެލްއެއް ނޫން ކަމަށާއި މިހާރު އެ ތަނުން ފެންނަ މައްސަލަތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގެ ގޯސް ނިންމުމެއްގެ ނަތީޖާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވަނީ ވިދާޅުވެފައެވެ. އަސްލަމް ވިދާޅުވި ގޮތުގައި މި ސަރުކާރު ހަވާލުވި އިރު، ހިޔާ މަޝްރޫއުގެ މަސައްކަތް އޮތީ ނުހުއްޓޭ ހިސާބަށް ގޮސްފައެވެ. އަދި ފްލެޓުތައް ތަޅާލަން ވެސް ވިސްނެވި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އަމިއްލަ އަށް އެކަނި ނިންމާ ނިންމުމެއް ނަމަ ތަޅާލީމުސް. އޭރު ވެސް ދެންނެވިން މި ހަދަނީ ކޮތަރު ކޮށްޓެކޭ،" އަސްލަމް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތައް - ފޮޓޯ: ޝަހުމް/އެމްވީ (އިންސްޓަގްރާމް)
ހިޔާ ފްލެޓްތައް - ފޮޓޯ: ޝަމުން/އެމްވީ (އިންސްޓަގްރާމް)

"ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ދިމާވަމުން އަންނަ މައްސަލަތަކަކީ މި ސަރުކާރާ ހެދި ދިމާވާ ކަންތައްތަކެއް ކަމަށެވެ. ތިން އަހަރުވީ އިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެއް ކަމެއް ވެސް ނުކުރެވުމަކީ ކުރީގެ ސަރުކާރުގެ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ތިން އަހަރުވީ ސަރުކާރަކުން ކުރީ ސަރުކާރޭ ކިއާތީ ރައްޔިތުން އެކަން މިހާރު ބަލައިނުގަންނަ ކަމަށާއި މި ސަރުކާރުގެ އެ "ގޭމް" މިހާރު މަސައްކަތެއް ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

"އެތަނުގެ ޕްލޭން އޮތީ ހަދާފައި. އެތަނުގައި ވޭސްޓްމެނޭޖްމަންޓް ނިޒާމު އޮތީ ޕްލޭންކޮށްފައި. މަގުތައް ވެސް ހުރީ ހަދާފައި ދެން ހަދަން ހުރި މަގުތަކުގެ ޕްލޭން ވެސް ހަދާފައި އޮތީ. އެތަނުގެ ސްކޫލްތަކާއި ހުރިހާ ތަނެއް ގާއިމު ކުރަން ހުރި ތަންތަނާއި ހުރިހާ ކަންތައްތަކެއް އޮތީ ނިންމާފައި. މިސްކިތްތައް ހަދަންވީ ތަންތަން އޮތީ ޕްލޭންކޮށްފައި." މުއިއްޒު ވިދާޅުވިއެވެ.

"ދެން ކީއްވެތޯ ތިން އަހަރު އެއްވެސް ކަމެއް ނުކޮށް ބޭއްވީ؟"

މުއިއްޒު ވިދާޅުވި ގޮތުގައި ތިން އަހަރުވެގެންދާ އިރު، އެތަނުގައި ހުންނަން ވާނީ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީތަކާއި ފަޔާ ސްޓޭޝަންތަކާއި މިސްކިތްތަކާއި ސްކޫލްތައް އަޅައި ނިމިފައެވެ. ސްކޫލްތައް އަޅަން އިއުލާންކޮށްގެން ބަޔަކު ހޯދާނީ މިއަދަކު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ހުރިހާ ކަމެއް ގަސްދުގައި ޑިލޭކޮށް ބަހައްޓާފައި ރައްޔިތުން ހާލުގައި އުޅެން ޖައްސުވާފައި ދެން އަނެއްކާ ވެސް ކުރީ ސަރުކާރު. މި ގޭމް މިހާރު ވޯކެއް ނުކުރާނެ. ރައްޔިތުން އެކަން ބަލައިނުގަންނަ ކަން އަޅުގަނޑުމެންނަށް މި ފެންނަނީ،" މުއިއްޒު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތަކެއް. --- ވަގުތު އިމޭޖަސް

މުއިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ވެސް އެމްޑީޕީ އަށް ލިބި، ހުރިހާ ބާރަކާއެކީގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާކީ އޮތް ބިމުގައި އިތުރު ފްލެޓުތަކެއް އެއަށް ވުރެ ފުރިހަމަ އަށް ވެސް އެޅެން އެބައޮތް ކަމަށެވެ.

" އެ ނޫންތޯ ކުރަންވީ ކަމަކީ؟ އެކަން ނުކުރައްވާ ތިން އަހަރު ބޭކާރުކޮށްލީ" ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރުން ކުރާހާ ވެސް ކަމަކީ ކުރީ ސަރުކާރުން އަޅާފައިވާ ފްލެޓުތަކުގެ ނަން ބަދަލުކޮށްގެން މި ސަރުކާރުން ކުރި ކަމަކަށް ހަދަން މަސައްކަތް ކުރުން ކަމަށެވެ. އެކަން ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

"ވިނަރެސް ފްލެޓަކީ މި ސަރުކާރުގެ ފްލެޓަކަށް ހަދަން ކިތަންމެ ވަރަކަށް އުޅުނަސް އެކަމެއް ނުވާނެ" ވިނަރެސް ފްލެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބިމުން މައްޗަށް އަރާފައި ހުރި ތަންތަން ކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯ ފަދަ ތަންތަނުން އެޅި ފްލެޓުތައް މަދުކޮށް، ބައެއް ތަންތަން ވުޖޫދުން ފުހެލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަސްލު ވީ ގޮތަކީ އެ ތަންތަން ވިއްކާލީ. އެއީ ފައިނަލް ލިސްޓަށް އަރާފައި ތިބި ރައްޔިތުންނަށްތަކަކަށް ދީފައި ހުރި ފްލެޓުތަކެއް. އޭގައި ވެސް ހުރީ ބޮޑު ޖަރީމާއެއް ހިންގާފައި. މި ހުރިހާ ކަމެއްކޮށްފައި އަދިވެސް ކުރީ ސަރުކާރޭ ކިއަން މަސައްކަތް މި ކުރަނީ. ދެން އޭގެ ނަތީޖާ ރައްޔިތުން ދައްކާނެ." މުއިއްޒު ތަކުރާރުކޮށް ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާތަނަށް އައިއިރު އިމާރާތްކޮށްފައި ވަނީ އެންމެ މިސްކިތެކެވެ. އެ ތަނުގައި ސްކޫލާއި ހޮސްޕިޓަލާއި ފަޔަ ސްޓޭޝަން ފަދަ ތަންތަން ނެތެވެ. އެކަމަކު އެތަނުގައި ފުލުހުން ތިބެން ޕޯސްޓެއް ވަނީ ގާއިމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ލޮލްލޮލް

  ބައެއް އިންސާނުންގެ މުނާފިޤު ކަމާއެވެ

  19
  3
 2. އަހުމަދު

  އުމްރާނީ ތަރައްގީ ބޭނުމެއް ނޫނޭ ނަޝީދު ކިޔަން ފެށީމަ ރައްޔިތުން މޮޔަހެއްދުނީ. ދެންވެސް އިބުރަތް ހާސިލް ކުރަން ވެއްޖެ. ދީނީ، ރަނގަޅު މީހުން އެކަނި ހޮވަންވީ

  45
  3
 3. ހާސިމް

  ހެޔޮކޮށް ތިޔަ ވިދާޅުވީ ، ކުޑަ މިނުން މަގުގަނޑުވެސް ހަދާ ނުދީ ހުރިހާ ވެލިތަކެއް އަހަރުމެން ލޮލަށް ވަޔާއެކު، ހީވަނީ ވެލީގެ ތޫފާނެއްހެން ، ދެން އިރުކޮޅަކުން ލޮރީއެއް އައިސް ފެންޖަހާފާނެ އެތަނަށް

  37
  3
 4. ޚަލީލު

  އެ މިސްކިތަކީ ވެސް ސަރުކާރުން ހެދި މިސްކިތެއް ނޫން. އަމިއްލަ ބަޔަކު އެމީހުންގެ ބައްޕަގެ ނަމުގައި ހެދި މިސްކިތެއް އެއީ.

  22
  1
 5. Anonymous

  ގާކޮއްޓާއި އަރަބިއްޔާ ފުލެޓުތަކުގެ ހައްގުވެރިން އަތުން އެތަން ނިގުޅައިގަތީވެސް ކަލޭ..އަދި މިހާރު އެތާ ދިރިއުޅޭ މީހުންވެސް އެއުޅެނީ ސަލާމަތް ނުވެގެން..އެދަންތުރާގަ ޖެއްސީ ހަމަ ކަލޭގެ ހައުސިންގ މިނިސްޓަރު ކަމުގަ.

  11
  25
 6. އަލީ

  ޑރ. މުއިއްޒުގެ ދެފައިތިލައިގައި ބޮސްދީފައި ދަންނަވަން. ރައްޔިތުން ލައްވާ ހިޔާ ފްލެޓްތައް ތަޅައި ތޮރުފައި ވީރާނާކުރުން މަނާކުރެވޭނެ ގޮތެއް ހައްދައިވައިދެއްވާ. އަދި ރައްޔިތުން ލައްވާ އެކަން ކުރުވާފައި ރައްޔިތުން ޖޫރިމަނާކުރުން ވެސް ހުއްޓުވައިދެއްވާ. މަނިކުފާނަށް އެނގިވަޑައިގަންނަވާނެ ރައްޔިތުން ލައްވާ ހިޔާ ފްލެޓްގެ ކޮންކްރީޓް ތޮރުފައި އަދި ކޮންކްރީޓް ތެޅީމާ އެ ބިލްޑިންގތަކަށް ވާނެ ގޮތްވެސް.

  17
  2
 7. އަލީ

  ތިންއަހަރުތެރޭ ތިންފަހަރު ފައިސާ ޗާޕްކުރުން ބައިތުލްމާލުކާހުސްކުރުން އެވަރުދެރަތޯ

  17
  3
 8. Anonymous

  މުއިއްޒު ހަބޭސް ހައުސިން މިނިސްޓަރު އޭރުގަ
  މިހާރު މިތިބީ ވާ ނުބައި ބައެއް

  22
  5
 9. ޢަދުރޭ

  އެމްޑީޕީން ބުނަނީ ޑިމޮކްރަސީ ގައި ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލައިގެންނޯ . އަދި ވެރިކަން ދެމިއޮންނަނީވެސް ރައްޔިތުންނަށް އޮޅުވާލުމާ ދޮގުހެދުމުގެ މައްޗަށޯ .އެހެންވީމަ އެ ގޮތަށޯ މި ވެރިކަން ކުރަނީ

  18
  4
 10. Anonymous

  މުޅި ދުނިޔެ ހުއްޓިފައެއް ނޫންތަ މިއޮންނަނީ.

  ކޮވިޑޭ ކޮވިޑޭ ހަމަ ނޭގެނީތަ! ތިބޭފުޅާއަށް +2 ޑޯޒް ވެކްސިން ޖެހުނު ނަސީބު ލިބުނުކަމަށްޓަކައިވެސް ޝުކުރު ކޮށްލައިގެން ހުރެބަލަ.

  6
  25
 11. ރައްދު

  ނަސީދުގެ އަތް ފޯރާ ސަރުކާރެއްގައި ރައްޔިތުން ގަނަތެޅެން
  ނުޖެ ހޭނެ ގޮތެއް ނުއޮންނާނެއެވެ ދައުލަތުގެ ވަތްގަނޑަށް
  އަތްބޭނޭގޮތަށް މިސަރުކާރުން ކަންކަން ފަ ހިވެފައިވާއިރު
  ސަރުކާރުން އިސްކަން ދިނީ މޑޕގެ އެކްޓިވިސްޓުންނަށް
  ބަދަލު ހޯދައިދިނުމަށެވެ އެއެއްމިއެއްނުބަލާ ދައުލަތުގެ
  މުއްސަނދިކަން ކަ ހާލިއެވެ ދެންފެށީ ފައިސާޗާޕްކޮށްގެން
  ރައްޔިތުންގެ މުދާ ސަރުކާރަށް ނެގުމުގެ މަސައްކަތް
  ގާނޫނީ ކޮށްގެން ކުރާށެވެ ނަތީޖާއަކީ ދައުލަތް ބަނގުރޫޓު
  ވުމެވެ މި ހާރު މިފެންނަނީ އޭގެ ކޮޅުމައްޗެވެ.
  ރައްޔިތުން މިކަންކަމާ ވިސްނަން ނުވޭތޯއެވެ؟

  13
  2
 12. ޢަލީ

  ޙިޔާ ފްލެޓާއި އެކު އަނެއްކާ އަނެއް ބްރިޖް .. ސިޓީ ކައުންސިލް ގެ ގޯޅި ގަޑު ވަރު ކަލެ އާއި ކަލޭގެ ރައީސް ހެދި ބްރިޖް ވަނީ..

 13. ދިވެހި ދިދަ

  އެކަމަކު އެތަނުގައި ފުލުހުން ތިބެން ޕޯސްޓެއް ވަނީ ގާއިމުކޮށްފައެވެ.....މީކޯއްޗެއްތޯ 3އަހަރުތެރޭ///ވައްކަމުގެ ހާއްޔެއް

 14. މެހި

  ކަލޭމެންކުރީވައްކަން މޮޔަގަނޑު

  1
  2
 15. ކިނަކި

  ދުނިޔޭގަ ނުލަފާ މަކަރާހީލަތާ އޮޅުވާލުމާ އަމިއްލަ އެދުމާއި ދޮގުހެދުމާއި ލަދުގެ ކަންފުޅެއްވެސްނެތް މީހުން އުޅޭކަމުގެ ލާމަސީލް މިސާލެއް

 16. ސަމްކުޅިބޭ

  ހުޅުމާލޭ ފޭސް 2ގައި އަޅާފައިހުރި މިސްކިތަކީ ކޮންމެ ބަޔަކު އެޅިނަމަވެސް ތަންދޮރުނޭގޭ ބަޔަކު އަޅާފައި ހުރިތަނެއް. އެމިސްކިތް ޑިޒަިންކުރީ ދުވަހަކު މިސްކިތަކަށްނާރާ މީހެއްހެންހީވޭ. މިސްކިތުގެ ހުޅަނގު ދެކުނުފަރާތުގައި ބިއްލޫރި ލާފައި ހުރީމާ އެންމެ ހޫނުގަދަ އަސުރު ވަގުތު އޮންނަނީ އަވި. ބިއްލޫރީގައި ކަރުދާސް ހިއްޕާފާ ހުރީވެސް ތިރީ ބައިގާ. އެވެސް ހިއްޕަން ޖެހެނީ މަތީބައިގާ އޭރުން ކުޑަކޮށްވެސް އަވި މަޑުވާނީ. ސަފުތަކަށްއޮންނަނީ އަވި. އެތާ ލާފައި ހުރި ފަންކާ ތައްވެސްހުރީ އުޑުގައި އެއިން ވައިކޮޅެއް މީހުންނާ ހިސާބަކަށް ނުފޯރާ. އަނެއްކާ އެއީމަތިންވެސް ބިައްލޫރިޖަހާފާހުރި ތަނެއް .އެތާހުރި ފަންކާތައްވެސް އޭގައިބޮކިލާފާ ހުރީމާ އެހުންނަނީ ދިއްލިފާ. އެވެސް ބޭކާރު ޚަރަދެއް.