އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ރައްޔިތުންގެ ބޮޑު ތާއީދެއް އެބައޮތް ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ ފަރާތުން ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކުރުމުގެ ގޮތުން، އެމްޑީޕީ އިން އިއްޔެ މާލޭގެ ބައެއް ގެތަކަށް ޒިޔާރަތް ނަގާފައިވާ ފޮޓޯތަކަކާއި އެކު ކުރެއްވި ޓުވީޓެއްގައެވެ.

"އެމްޑީޕީ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ތާއީދު އޮތުމަކީ ދެކޮޅު ނުވެވޭނެ ހަގީގަތެއް" ނަޝީދުގެ ޓުވީޓްގައި ވެއެވެ.

އެމްޑީޕީގެ ކޮންގްރެސް އިން އިބޫ އަށް ރިޔާސީ ޓިކެޓު ދިން ފަހުން އިބޫ ވަނީ އެމްޑީޕީގެ އެކި ކޮމިޓީތަކާއި ކެމްޕެއިންޓީމުތަކާއި ބައްދަލު ކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުންތަކަށް ފަހު ކެމްޕެއިން ކުރުމުގެ ގޮތުން މާލޭގައި ހިންގާފައިވާ ފުރަތަމަ ހަރަކާތަކީ މިއީއެވެ.

ސެޕްޓެމްބަރު 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނުކުންނަ ކެންޑިޑޭޓަކީ ނަޝީދު ކަމަށް އެ ޕާޓީގެ ޕްރައިމަރީން ވަނީ މީގެ ކުރިން ކަނޑައެޅާފައެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން ގާނޫނީ ގޮތުން ފުރުސަތު ވަނީ ބަންދުވެފައެވެ. އެއާއެކު އިއްޔެ ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓު އިބޫ އަށް ދިނުމަށް ނިންމާފައެވެ.

އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހުއަށް ޓިކެޓު ދިން ނަމަވެސް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ރިޔާސީ ޓިކެޓު އިބޫ އަތުން އަތުލުމަށް އެމްޑީޕީގެ ކޮންގްރެސް ގައި ވަނީ ފާސްކޮށްފައެވެ.

އިބޫ އަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ދިނުމާ ގުޅިގެން، އެކަމަށް އިޝާރާތް ކުރައްވާ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްއިން ބުނީ އެމްޑީޕީގެ ޓިކެޓް ކޮންމެ މީހަކަށް ދިނުމަށްފަހު ރިޔާސީ އިންތިހާބަށް ނުކުތް ކަމުގައި ވީނަމަވެސް އެމްޑީޕީގައި ނަޝީދު ނޫން މީހެއްގެ ބާރު ނުހިގާނެ ކަމަށެވެ.

އަދި ހަމަ އެހެންމެ މިހާރު ޓިކެޓް ހަވާލު ކުރެވިފައިވާ އިބޫ ވެސް ވެގެންދާނީ ނަޝީދު ގެ ޕަޕެޓަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. އަގްލީމާ

    ދޮޅުގަޑިއިރުގެ ވެރިކަމަކަށް ވޯޓެއް ނުދެވޭނެ. އިބޫގެ އެއްވެސް އިހްލާސްތެރިކަމެއް ނެތްކަން މިހާރުވެސް ފާޅުވެފައި އެބަހުރި.

  2. ސަލީމު

    ކަލޭ ހިތުން ޕްރޮކްސީ ރައީސް ހަދައިގެން ގޮޑީގެ ހުވަފެނުނގައި ތި އިންނަނީ. ބިލާޙަކަށްވާތަން ދެކެން އިދޭ. ދޮޅުއަހަރުފަހުން ކީއްކުރަން 100 ގަރުނު ފަހުންވެސް މި ގައުމަށް ވައިވެސް ނޭޅެވޭނެ

  3. Anonymous

    10 ވަރަކަށް ޕަސެންޓް ތާއީދު އޮންނާނެކަމަށް ލަފާކުރެވޭ. އެއީ އިސްލާމްދީން ނޫން ދީތަކަށް ލޯބިކުރާ ބަޔަކުވެސް މިގައުމުގައުޅޭތީ.

  4. އަޙްމަދު

    ކަލޭ ޖަލުން ސަލާމަތްކޮށްފައި 2018 ގައި ރިޔާސީ އިންތިހާބެއް ބާއްވާކަށް މަށެއްތާޢީދެއް ނުކުރާނަން

  5. ރާޅު ބޯއީ

    ކޮން ތާއީދެއް އޮތް މީހެއްބާ އިބޫއަކީ..ތިޔަބުނާ ތާއީދު އޮތްތަނެއް އަހަރެމެންނަކަށް ނުފެނެ. އާނ ރީންދޫ ކުލައިގެ ދެތިން ކެނާއިންނާއެކު އެހެން ކަމެއް ނުވިއެއްކަމަކު ފޮޓޯ އެބަޖަގާ.

  6. ހިކާޗޯރު

    ހެހެހެހެހެހެ މިހާރުވެސް ރަށްޔިތުން ކަލޭމަތިން ހަނދާން ނައްތާލައިފި. އިހްސާސްވޭދޯ ކީއްވެކަން އެނގޭތަ؟ އެއީ ކަލޭމެން ގައުމު ދަވާލައިގެން ކޮށްދީފަ އޮތް ކަމެއް ފެންނާން ނެތީމަ. ކަލޭ އުމުރުގައި ތިތާހުރޭ ޖަލަށް ފިލަންޏާ. އެގޮތަށް އިންތިހާބުގައި ކަންކަން ނިމިގެންދޭތޯ ދުއާމިކުރަނީ؟ މަބުނީ އަދިވެސް ރާބޮންތަ؟ ދެން ތިކަން ހުއްޓާލަން ވެއްޖެ ދޯ. ކަލޭ ޕާޓޭއަކަށް ނުވާތިއިނގޭ

  7. އެމް ޑީޕީ

    ނަޝީދު ކޮބާތޯ މިހާރު މައިބަދަ ރަނގަޅު ވެއްޖެތޯ؟؟؟؟ އޮޕަރޭޝާން ކާމިޔާބުތޯ؟؟؟؟ ކަލޯ ދޮގުވެސް ހެދޭނީ ވަކި ވަރަކަށް!

  8. ބަތޮލް

    އެމްޑިޕީއަށް ދެވޭ ވޯޓަކީ ލަޢުނަތްލެއްވި ޝައިޠާނާއަށް ދެވޭ ވޯޓެއް.

  9. ވިސްނާ

    ކޯލީޝަނުން ޖޭ.ޕީ ބޭފުޅަކު ހޮއްވެވިނަމަރަގަޅުވީސް އެއީ މީގެކުރިންވެސް
    ޖޭ.ޕީގެ އެހީތެރިކަމާއެކު އެމް.ޑީ.ޕީން ބޭފުޅަކު ވެރިކަންކުރައްވާ އިސްތިއުފާ ދެއްވާފައިވޭ
    އިބޫއަށް ވެރިކަންލިބިލެއްވިނަމަވެސް އިބޫކަންތައްކުރައްވާނީ ވަކިބޭފުޅަކު ބޭނުންވެލައްވާ
    ގޮތަށްކަމަށްލަފާކުރެވެނި އިބޫކިބާގަ ގައުމެއްގެވެރިކަން ކުރެއްވުމުގެ ގާބިލްކަންހުރިހެން
    ހާދަހީނުވެއޭ އިބޫލަފާކުރެވެނީވެގެންދާނީ ވަކިބޭފުޅެއްގެ ޕަޕެޓަކަށްހެން އެއީ އިބޫއަށްޓިކެޓް
    ލިބިލެއްވީވެސް އިތުރުގޮތެއް ނެތިގެންކަމަށް ލަފާކުރެވޭ އެއީ ކުރިންވެސް އެމް.ޑީ.ޕީގެ
    ޓިކެޓްހޯއްދެވުމަށް ޚިޔާލުކުރެއްވިބޭފުޅުންނަށްވެސް ވީގޮތްއެގޭތީ ( ރީކޯމޫސަ)

  10. އެމް ޑީޕީ

    އަންނިބޭ އަދިވެސް މި ޤައުމަށް އަންނާކަށް ނުވޭތަ!

  11. ނަޢުމާ

    ތިޔައީ ކަލެޔަށް ހީވާގޮތް ! ބޮޑުތަނުން އިބޫ ބަލިވެ ، ރައީސް ޔާމީން އިންތިޚާބު ކާމިޔާބުކުރާނޭ ކަމީ އިރާދަކުރެއްވިއްޔާ ވާނޭކަމެކެވެ.

  12. މުޙައްމަދު

    މަށެއް ތާއީދެއް ނުކުރަން، މަގޭވޯޓްވެސް ނުދޭނަން އެމް.ޑީ.ޕީ އިން ނިކުންނަ އެއްވެސް ކެންޑިޑޭޓަކަށް

    އެއްލަކިން ރައީސް ޔާމީން 2018 إن شاء الله

  13. ކާފަ

    އިބޫއަކީ ގޮނޑި ކޮއްކޮ ... ނުވާނެ ތިކަމެއް އިންޝާﷲ ، މިފަހަރު އަހަރެމެންގެ ނައިބްރައީސް

  14. ައަބުދުއްލޯ

    މަށެއް ގާއިމުވެސް ތާއިދެއް ނުކުރަން

  15. އިންސާނަ

    އިބޫގެ މޫނުމަތިން އޯގާތެރިކަމާއި މަޑުމޮޅިކަން ފެނޭ އެވަރު އަޅުގަނޑުމެންނަށް ފުދޭ..... އެއާއި ހިލާފައް ރައީސް ޔާމީންގެ މޫނުފުޅުން ފެންނަނީ ހަސަދަޔާއި ހަރުކަށިކަން

  16. އިބްރާހީމް

    ދޮޅުގަޑިއިރުގެ ވެރިކަމަކަށް ވޯޓެއް ނުދެވޭނެ.

  17. ބޭބެ

    އިބޫއަށް ތިބުނާހާ ގިނަ ރައްޔިތުން ތާޢީދު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް!! އަދި އޮތްނަމަ އެކަން އަޅެ ކިޔާދީބަލަ!! އިބޫއަކީ ކާކުކަން ހިންނަވަރު ދާއިރާގެ މީހުންނަށް އެންމެ ބޮޑަށް އެނގޭނީ!! ދެން އެވާހަކަ ދައްކާކަށް ނެތިން!! އިބޫއަކީ މަޑުމައިތިރި އަޑުމަޑު އެކަމަކު ނަޝީދު ކަހަލަ "ހިޔަޅު" ވިސްނުން ގެންގުޅޭ މީހެއް!! އަދި ހިންގުމުގެ ދާއިރާގެ ތަޖުރިބާ މަދު މީހެއް!! ރައްޔިތުންގެ މަޖްލީހުގެ މައިނޮރިޓީ ލީޑަރަށްވެ ހުރެ އަދާކުރަންޖެހޭ ޒިންމާ ފުރިހަމަޔަށް އަދާ ނުކުރެވޭ މީހެއް!! މިހެން މިދަންނަވަނީ ރައްޔިތުންގެ މަޖްލީހަށް ކޮންމެ އަހަރަކު ހުށަހަޅާ ދައުލަތުގެ ބަޖެޓަށް ވޯޓް ނުދޭދާ އެކަމާ ގުޅޭގޮތުން މައިނޮރިޓީ ލީޑަރު ހުށަހަޅަންޖެހޭ ރިޕޯޓް މިވީހާތަނަށް ހުށަހަޅާފައިވާ މީހެއްނޫން!! މިވަރުގެ މީހަކު ގައުމުގެ ވެރިކަމަށް ގެނަސްފިނަމަ މިހާރު ރޮކެޓް ސްޕީޑްގައި މިގެންދާ ތަރައްގީ ދެޕިސްޓަނުގެ ޔަމަހާ އިންޖީނު ސްޕީޑަށް ބަދަލުވާނެ!! އެހެންވީމަ ރައްޔިތުން މިފަހަރު ވޯޓްލާނީ ނަތީޖާ ނެރެދެވޭ ވަރުގެ ގާބިލް މީހަކަށް!! އެއީ ބުއްދިވެރިގޮތަކީވެސް!! ގޮތް ނޭގޭ ވަޅަކަށް ފުންމާލުމަށްވުރެ ގޮތްއެގޭ ވަޅަކަށް ފުންމާލުން ބުއްދިވެރިވަނީވެސް!!!

  18. ޑްރީމް

    ވެރިކަމުގެ ހުވަފެނުގައި ޢުމުރަށް އިނދޭ. ރަންފޮށްޓެއް ލައްގައްޖޭ.ރަންފޮށްޓެއް ލައްގައްޖޭ.

  19. ޑިމޮކްރަޓިސްޓް

    ގައުމު ލޮލަށްނުފެނި ހުރެ ކަލޭ ހާދަވަރުގަދަ ސާރވޭއެއް ތިހަދާލީ..

  20. ސާދު

    ރައްޔިތުންގެ ތާޢީދު އޮތީ ކޮންފަރާތަކަށް ކަން ސާފުކޮށް އެގޭނީ 23 ސެޕްޓެމްބަރު 2018 ގައި ވޯޓު ލައި އަދި އެވޯޓު ސާފުކޮށް ނުމުނީމާ، ﷲ ގެ ދީން މަތިވެރިކުރާ ފަރާތްތައް ﷲ މަތިވެރިކުރައްވާ ނަޞްރަކަށް ފަހު ނަޞްރެއްދެއްވާނެ! އަދި ﷲގެ ދީނަށް ފުރައްސާރަކޮށް ކީރިތި މާތް ނަބިއްޔާއަށް މަލާމާތްކޮށް ﷲގެ ޙުކުމްތަކަށް ދެކޮޅު ހަދާ މީސްތަކުން ބަލިކުރައްވާ ﷲ އެބައި މީހުން ނިކަމެތި ކުރައްވާނެ. މިއީ ޝައްކެއް އޮތްކަމެއްނޫން.

  21. އދ

    އިބޫ އިންތިޚާނަށް ދަނީ ހުސްއަތާއެވެ ރައްޔިތުންނަށް ގެނެސްދޭ އެއްޗެއްނެތެވެ ދޮޅު އަހަރު ދުވަހުގެ އިންތިގާލީ ސަރުކާރެއް އެކުލަވާ
    ލަނީ ޔޯލައެވެ ނަޝީދު ވެރިކަމަށްގެންނަނަ މަގު
    ކޮށަނީ ޔޯލައެވެ ރައްޔިތުން އިނދަޖައްސާލަނީ
    ޔޯލައެވެ ރާއްޖޭގެ އިގްތިސާ ފުޑާލަނީ ޔޯލައެވެ

  22. އަބްދުﷲ

    އިބޫއަކީ ނަޝީދަށް ވެރިކަން ހޯދައިދޭން އުޅޭ ނަޝީދުގެ އެޖެންޓެއް. ވޯޓެއް ނުލިބޭނެ

  23. ރުޒާނާ ޗޮއްޕަޓު

    އެއީ އަޚްލާޤް ރަނގަޅު ބޭފުޅެއް. ވީމާ ތާއީދުވެސް އޮންނާނެ. ކަލޭ ފަކީރޯ؟ ހުތުރު ހަޑި މުޑުދާރު މީހާގަނޑަކަށް ކާކު ތާއީދު ކުރާނީ؟