ވައިގެ މަގުން ބްރެޒިލް އިން ރާއްޖެއައި އެ ޤައުމުގެ ރައްޔިތެއްގެ އަތުން ފެނުނު މަސްތުވާތަކެތީގެ އަގު 94 މިލިއަނަށް ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ވިދާޅުވެއްޖެއެވެ.

އެ މީހާގެ އަތުން މަސްތުވާތަކެތި ފެނިފައި ވަނީ ނޮވެމްބަރު ދެ ވަނަ ދުވަހު ރާއްޖެ އައި ތަނާހެން، އޭނާއާ މެދު ޝައްކު ކުރެވިގެން ކަސްޓަމްސް އިން އޭނާގެ ލަގެޖް ބަލާ ފާސް ކުރުމުގެ ތެރެއިންނެވެ.

އެއީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. އޭނާއާއެކު އަންހެނަކުވެސް އައެވެ. އޭނާވެސް ހައްޔަރުކުރިއެވެ. .

ކަސްޓަމްސް އިން ވިދާޅުވީ ފިރިހެން މީހާ ލަގެޖް ބަލާ ފާސްކުރިއިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި  ފެނިފައި ކަމަށެވެ. އަދި ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ. 

އެ މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 18.857 ކިލޯގުރާމް ހުއްޓެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 94،000،000.00  ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް ކޯޓުން ވަނީ މުއްދަތު ޖަހާފައެވެ،

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އުންސާނުލް

    ކީއްކުރަންބާ މި ފުލުހުން މީގެ އަގުމިބުނަނީ؟؟ ބަރުދަން ބުނެލީމަ ނުވަނީތަ؟ އަގު ބުނެގެން ވަރަށް އަގުބޮޑު އެއްޗެއްކަން އަންގއިގެން މީހުން އެވިޔަފާރިއަށް ހިތްޖެއްސުން ނޫން ކަމެއް ތިޔަ އަގު އިއުލާނުކޮށްގެން ވާނެބާ؟؟

    17
  2. އަހުމަދު

    އެމީހުންނަށް ވެސް އެނގޭ މިހާރު މި ދިވެހިރާއްޖޭގަ މަސްތުވާތަކެތި އެތެރެކުރުން އެއީ މާބޮޑު މައްސަލައެއް ނޫންކަން. އޯކޭނު

  3. ޝައުކަތު

    އެހެންވީމަ މަގުމަތީގެ އަގަކީ ގްރާމަކަށް 4984 ރުފިޔާ. އަދި ރަނގަޅަށް ބަލާލަބަލަ ތިވާ ގޮތެއް.