ހިޔާ ފްލެޓުތައް ތަޅާލަންވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ނޭނގޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ކުރީގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި، އެ ބިމުގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތަކަކީ ރަނގަޅު ވިސްނުމެއްގެ މޮޑެލްއެއް ނޫން ކަމަށާއި ބޭނުން ވަނީ އެ ތަންތަން "ތަޅާލަން" ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވުމުން އެކަމަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

ޝިޔާމް ވިދާޅުވީ، ހިޔާފްލެޓުތައް ތަޅާލަންވެސް މިމީހުންނަށް (މިސަރުކާރަށް) ނޭނގޭނެ ކަމަށެވެ. އެއީ އެވަރުގެ އިމާރާތް ތަޅަންވެސް ކޮންމެވެސް ވަރެއްގެ ތެތްކަމެއް ބޭނުންވާނެތީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޝިޔާމް ވަނީ ހިޔާ ފްލެޓު ސަރަހައްދުގައި މަސްތުވާތަކެތި ބޭނުން ކުރުމާއި މިފަދަ ގިނަ ކަންކަން ހިނގަމުންދާކަން ފާހަގަކޮށް އެކަން ހައްލު ކުރަން ސަރުކާރުން ކުރަނީ ކީއްތޯ ސުވާލުކުރައްވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ ޖެހިޖެހިގެން 25 ބުރީގެ އިމާރާތްތަކެއް އަޅައި، އެ ތަނުގައި އައްޑޫ ސިޓީގެ އާބާދީ ކަމުގައިވާ 35،000 މީހުނަށް ވުރެ ގިނަ މީހުން އެހާ ކުޑަ ޖާގައެއްގައި އާބާދު ކުރަން ކުރީގެ ސަރުކާރުން ވިސްނާފައިވާ ވިސްނުމަކީ ގޯސް ނިންމުމެއް ކަމަށެވެ. އެހާ ގޯސް ޕްލޭނެއް ކުރިއަށް ގެންދަން ވެސް ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ވިސްނިން ތަޅާލަން، އަޅުގަނޑަށް އެކަނި ނިންމޭ ވަރު ކަމެއް ވަނީ ނަމަ ތާޅާ ވެސް ލީމުސް، އަޅުގަނޑުމެން ފުރަތަމަ ވެސް ބުނިން އެއީ ކޮތަރުކޮށިތަކެކޭ، އޭރު އަޅުގަނޑު އެ ވާހަކަ ދެއްކީމަ ހެއްދެވި ނުހެއްދެވިއަށް ގޮވީ، ކޮތަރުކޮށްޓަކަށް ވިޔަސް ތިޔަ ހަވާލު ކުރާށޭ، ހަވާލު ކުރަން ބުނީމަ ކޮށްފަ އެ އޮތީ، ހަވާލު ކުރީމަ ވާނެ ކަންކަން އެ ވަނީ،" އަސްލަމް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވެސް ވަނީ ހިޔާ ފްލެޓްތައް ތަޅާލަން ވަޒީރުންނަށް ލަފާދެއްވެވި ކަމަށް 2019 ވަނަ އަހަރު ތަކުރާރުކޮށް އެތައް ޖަލްސާއެއްގައި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އުގުރި

  މިމީހުންނަށް މިއުޅެނީ ޔާމީނު ކޮއްފައި ހުރި ކަންތައްތައް ގިނަކަމުން އަމިއްލައަށް ކޮއްލާނެ ކަމެއްވެސް ނުފެނިގެން ކަންނޭގެ. އެމްޑީޕީ ކުދިންނަށް އެގޭނީ ތަޅައް، ތަޅާނެ ކުދިންކޮޅެއް ގޮވައިގެން ވެސް އާސްދާނެ.

  29
 2. Anonymous

  ބާރު އޮތް ފުލެޓުތައް ތަޅާލަން ބޭނުންވާ މީހަކަށް ރައްޔިތުން ޓެކްސް ފައިސާދީފައި މިނިސްޓަރުކަމުގައި ބަހައްޓަން ރައީސްއާ އެމްޑީޕީ މީހުންގެ ލަދު ހަޔާތް ކޮބައިހޭ މިހާ ހަސީލަތް ނުބައި ރައްޔިތުންނަށް ގެއްލުން ދޭން ނިޔަތް ގަންނަ މީހުން ބޭރު ކުރަން ޖެހޭ ހިޔާ ފުލެޓު ސަރަހައްދު ތޮއްޖެހެޔޭ ކިޔާ އިރު މާލެ އެއީ ތޮއްނުޖެހޭ ތަނަކީ ބާ ހިކިކުރޮޅިޔަކުން ތޯއްޗެ މި މިނިސްޓަރު ވިސްނަނީ

  27
 3. ހަސަނު

  ހެހެެހެހެއް ހެޔޮކޮށް ތިޔަބުނީ، ދައުލަތް އިންތިހާއަށް ދަރުވާލާ ބަނގުރޫޓް ވެއްޖެ ސަބަބަކީ ހިންގަން ނޭގުން. ކޮވިޑާ ހުރި އާމްދަނީ ހުއްޓުނީމަވެސް ހަރަދު ކުޑަކުރާކަށް ނޫޅޭ. ކުރީ ބޮޑު އެހެންވެ އިނދަ ޖެހުނީ. ދެން ޕްލޭޓްފޮތި އޮތީ ތިމަންމެން އަތުގައޭ ޗާޕްކޮށްލާނީއޭ ކީމަ ވަރަށް ހުތުރު.

  24
  1
 4. ކުމާރަ

  ހަމަތެދެއް ބަނގުރޫޓު ސަރުކާރު ދެމިއޮންނަނީވެސް އިންޑިއާގެ އެހީތެރިކަމާއިއެކު ފުލެޓުތަކަށް މީހުންވެއްދީ ރެފިއުޖީންގެ އުސޫލުން ރަށްޔަތުންގެ ހަށްގުތަށް މިސަރުކާރުން ވަނީ ފޭރިގަނެފަ ވެރިކަމުން ފައިބާދުވަހު ރަށްޔަތުން ހިންނަވަރު ސޯލިހާދެކޮޅަށް ކޯޓަށްދާނަން..

  • ލަންޑޭލާޑޭ

   ތިބުނީ ތެދެއް. ހިންނަވަރު ސޯލިހުބޭ ކޯޓަށް ދަމާނަށް.

 5. އަބްދޫ

  ހިޔާ ފްލެތްތައް ރައްޔިތުންނަށް ނުދީ ހިފެހެއްޓި މައްސަލާގަ ދަވްލަތަށާ ރައްޔިތުންނަށް ލިބުނުގެއްލުމުގެ ބަދަލު ހޯދަން އަސްލަމަށާ އިބްރާހިމަމުހަންމަދު ސާލިހްއާދެކޮލަށް ރައްޔިތުން މަދަނިކޯޓްގަ ދައުވާކުރަންޖެހޭނެ.