ހަތިމަށްވެސް ކުޅު ޖެހި މައްސަލައިގައި ހައްޔަރު ކުރި ހަސަން ޒިޔާދުގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

އޭނާ މީގެ ކުރިން ވަނީ ރައީސް އޮފިސް ކުރިމައްޗަށާއި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ ކުޑަކަމުގޮސްފައެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުވެސް ކުރިއެވެ. އަދި އޭނާ ދައުވާކުރަން ފޮނުވައި ބަންދުން ދޫކޮށްލިއެވެ.

ނަމަވެސް އޭނާ ދޫކޮށްލިތާ މާގިނަ ދުވަސްތަކެއް ނުވަނީ މިސްކިތަކަށް ވަދެ ހަތިމަކަށް ކުޅު ޖެހުމުން ބަޔަކު އޭނާ ހިފަހައްޓައި ފުލުހުންނާއި ހަވާލުކުރީ މި މަހުގެ ކުރީކޮޅުއެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ޖެހީ 10 ދުވަހެވެ. އިއްޔެ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން އިތުރު ދިހަ ދުވަހަށް ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން އަމުރުކޮށްފައި ވެއެވެ.

ހަސަން ޒިޔާދު ވަނީ ކުށް ތަކުރާރު ނުކުރާނެ ކަމަށް ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައި ބުނެފައެވެ. ނަމަވެސް މީގެ ކުރިން ވެސް އޭނާ އެފަދަ ކުށްތައް ތަކުރާރުކޮށްފައި ވާތީ ކޯޓުން ނިންމީ އޭނާގެ ބަންދުގެ މުއްދަތު ދަމަހައްޓާށެވެ.

ހަސަން ޒިޔާދު މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ހުއްޓާ މީގެ ކުރިން ވެސް އޭނާ ވަނީ މިސްކިތެއްގެ ގޯތިތެރަށް ކުޑަކަމު ގޮސްފައެވެ. ނަމަވެސް އެފަހަރު އޭނާ ހައްޔަރު ކޮށްފައެއް ނުވެއެވެ.

އޭނާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ނޫން ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އޭނާއަކީ ކުށުގެ ރެކޯޑްވެސް އޮންނަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓައްޕު

    އަހަރެން މިހެން ބުުނުމުން ބައެއް މީހުން ހިތްހަމަޔެއްނުޖެހޭނެ އެކަމަކުވެސް ގަބޫލު ކުރަންޖެހޭކަމަކީ އެންމެ ދުވަހަކުން މީހަކު ކުއްކުރާ މީހަކަށް ނުވާނެކަން 17 18 ވަރަކަށް އަހަރުގެ ދަސްވެނިވުން އެކަމުގައި ވާހިނދު އަންނި ޔެށް ނުވަތަ ޔާމީނެއްވެސް ނޫން މައުމޫނެއްވެސްނޫން ޖަޒުބާތު ހިހޫކޮއްލަން ދަރިން އުފެއްދީ އެއީ ދިވެހި މައިންނާ ބަފައިން ގެ ދަރިން މަގޭ ސުވާލަކީ ކޮބާހޭ މައިންބަފައިންގެ ޒިންމާ ތިމާގެ ޒިންމާ އަކީ. ބުޅާ މަގުމަތީ ކޯޅި އުޅޭ ގޮތައް އުޅެގަނެފަ ދަރިޔަކު ވުޖޫދައް ގެނައުންތޯ މާރާމާރީޔާ ފޭރުމާ ވައްކަމާ މަސްތުވާތަކެއްޗައް ހޭބަލިވެގެން ތެޅިފޮޅުމާ ދީނީ އަސާސްތައްމުގުރާލުމަށްހެއްހެއްޔޭ ދަރިޔަކު ތިޔަ ހޯދަނީ ނުވަތަ ކޮންމެ ނުބައިކަމެއް ކޮށްފަ އަންނިޔޭ ޔާމީނޭ ކިޔާފަ ބޮލައް ކަނޑާލުމުން މަސްއޫލިއްޔަތުން ބަރީއަވެވުނީ ހެއްޔެވެ ނުވިހާބޭސްކައިގެން ނުވަތަ ނާރުގަ ގޮށްޖަހައިގެންނަމަވެސް ތި މައިން ބަފައިން ވެއްޖެޔެއްނު މުޖުތަމައު މުސީބާތުން ސަލމަތްކުރަން ދެންއޮތީ ސްކޫލު ވާހަކަ މިޔަދުާ އޭ ފާސް ހޯދައިގެން ނިކުންނަ ކުއްޖާ މާދަމާ ނިކުންނަނީ މަގުތައްމައްޗަށް ގުންޑާ އެއްގެގޮތުގައި ސުވާލަކީ ތައުލީމު ފޯރު ކޮށްދެވިއްޖެތޯ ދެންތިބީ އިންސާފު ގާއިމް ކުރާ ފަރާތްތަކާ ލޯޔަރުން ގިނަ ލާރި ލިބިއްޖިއްޔާ އޯކޭ މައުސޫމް މީހުން ނަށް އަދަބުދީފަ އަގުވަށްޓާލާފަ ކުއްވެރިޔާ ސަލާމަތް ކުރީމަ ހަމަ ސަދޫމުގެ އިންސާފު ދެން ﷲ ގެ ރަހުމަތްފުޅުން އިލްމު ލިބިފަ ދޫހެލޭތީ ދޮގުހަދަހަދާފަ އަޑުގެކޮޅަށް މިގޮވަނީ އަންނިޔޭ ބުއްޅަޔޭ ޔާމީން އޭ މީދެން އަރަތެއްނޫންތަ ކޮބާހޭ އަމިއްލަ ޒިންމާ

  2. Anonymous

    އަހަރެން ކާރީ މުސްކުޅި އަންހެނަކު ބުނިވާހަކަޔެއް ރާއްޖޭގެ ފުންނާބުއުސް ދިވެހިބަސް ރޮލުން ކައިގެން ބޮއިގެން ހުރި މޮޅު ކަމުގެ ހައްދެއްނެތް މޮޅު މީހަކު އޮފީހެއް ހިންގަންވެގެން ކުއްޔަށް ގެޔެއްހިފީ އެ މޮޅު މީހާގެ ދަރިޔަކީ މަސްތުވާތަކެތި ބޭނުން ކުރާ ޕާޓޭޔެއް ބޮއެގެން ނައިސްވެގެން އޮފީހަށްވަދެ ނުބައި އެއްޗެހި ގޮވަމުން ހަތިމެއް އަންދާލީ އެމައްސަލައިގަ ގޭގެ އޯނަރު ރުޅިގަދަވެގެން އެމީން ހުން އަތުން އޮފިސް އަތުލާ ގެއިން ބޭރުކުރީ މިއި ދުރުސުލް އަޚްލާގުން ބިކިނީ އަޅާފަ ވައިކުޑައިގަ ޖައްވުންފައިބާ މީހުންގެ ހާލު ހުންނަގޮތް ކަމަށް ވާއިރު އެހެންމީހުންގެ ހާލަކީ ކޮބާ އެންމެ ފަހުން ރާއްޖެޔަށް ސުނާމީ އެލާޓް ނެރުނު ދުވަހު އެ ގޭގެ އޯނަރު އަހަންނަށް ކިޔައިދިން ވާހަކަޔެއް އެ އަންހެންމީހާ އެދުވަހު ބިރުގަތީ އެފަދަ ހާދިސާއެއް އެމީހާގެ ގޭގައި ހިގާފައޮތީމަ ސުނާމީ އެލާޓް ދިނުމުން ބޮލަށް ގެވެއްޓިދާނެތީ

  3. ފުއްޕި

    ޤާނޫނީ ވަކީލެއް ނެތްތަ މީނަ ދިފާޢުކޮށްލަދޭން. ސިކުނޑި އުނީއޭ. ކުޑަގިފިލި ނުހިފޭއްޓެނީއޭ ކިޔާފަ ނަމަވެސް ވަކީލެއް ވާނެ އަންނަން.