ހިޔާ ފްލެޓް މީހުންގެ ސާވޭއެއް ކުރަން އުޅުނު އެޗްޑީސީގެ މުވައްޒަފުންނަށް ހުރަސްއަޅައި މާރާމާރީ ހިންގަން އުޅެފި ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކާއި ގުޅޭ މަޢުލޫމާތު ހޯދުމާއި، އެތަނުގައި ކަނޑައަޅާފައިވާ ޤަވާއިދުތަކަށް ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތައް އަހުލުވެރިވެފައިވާ މިންވަރު ދެނެގަތުމާއި، އެޗްޑީސީން ދެމުންގެންދާ ޙިދުމަތްތަކާއި ގުޅޭގޮތުން ހިޔާލު ހޯދުމުގެ ސަރވޭއެއް ހަދަމުން ދަނިކޮށް، 19 ނޮވެންބަރު ވީ ހުކުރު ދުވަހު އެސަރަހައްދުން ބަޔަކު ނިކުމެ ވަނީ މި މަސައްކަތް ކުރަމުންދިޔަ އެޗްޑީސީގެ މުވައްޒަފުންނަށް ހުރަސް އަޅާ މާރާމާރީ ހިންގަން މަސައްކަތްކޮށްފައި ކަމަށެވެ.

އެޗްޑީސީން ބުނީ މިފަދަ ސަރވޭތަކުގެ ބޭނުމަކީ ހިޔާ ފުލެޓުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށްވެސް އޭގެ ފައިދާ އާއި މަންފާ ކުރާނެ ގޮތަކަށް ރޭވިގެން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއްކަމުން، މިކަންކުރަމުންދިޔަ މުވައްޒަފުންނަށް ގޯނާކޮށް، މިކަމަށް ހުރަސް އެޅުމަކީ އެޗްޑީސީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމެއްކަމަށެވެ.

މި މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން މި ފަދަ ކަންކަން ތަކުރާރުވިޔަނުދިނުމަށް ކުރެވެން ހުރި ކަންކަން ކުރާނެކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ހިޔާ ފުލެޓުތަކުގައި ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުންދެއްވާ ފަރާތްތަކަށް ނުހަނު އިޚްލާސްތެރިކަމާއިއެކު ޝުކުރުދަންނަވާ ކަމަށް ވެސް އެޗްޑީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ހިޔާ ފްލެޓް މީހުންގެ ސާވޭއެއް ކުރަން އުޅުނު އެޗްޑީސީގެ މުވައްޒަފުންނަށް ހުރަސްއަޅާފައިވާ ކަމަށް އެޗްޑީސީން ބުނިއިރު ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިއިރު ވެސް އެތަނުގައި ބައެއް އަސާސީ ހިދުމަތްތައް ލިބެން ނެތުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބަކުރު

    މީގެ އަހަރު ތަކެއްކުރިން އެމެރިކާއިން އިރާގު ހިފިއިރުވެސް އާންމު ރަށްޔަތުންނަށް އަސާސީ ހިދުމަތްތަށް ދިނެވެ އެންމެ ފުރަތަމަވެސް ފެށީ އެހިދުމަތެވެ އެކަމަކު ސޯލިހުގެ ސަރުކާރުން ރަށްޔަތުންނަށް އެހިދުމަތްދޭން ނުކުޅެދިނެވެ ދެން ނުކުޅެދޭބަޔަކު އެތަނަށް ޒިޔާރަތްކުރުމަކީ މުޑުދާރު އަމަލެކެވެ ރަށްޔަތުންނަށް އެކުރަނީ ޖެއްސުމެވެ ސާވޭނުކޮށް ސާވޭކުރަން ފޮނުވުމަކީ އެތަނުގައި ދިރިއުޅޭ މީހުންގެ ކަރާމަތަށް އަރައިގަތުމެކެވެ ސަރުކާރު އިސްތިއުފާ.....

    23
    2
  2. ގލޅ

    ހިޔާ ފުލެޓް ތަކަކީ މޑޕއާ ގުޅުމެއްހުރި ތަންތަނެއް ނޫނެވެ
    އެތަނުގެ ހައްގުވެރިނަށް ދަތިކޮށް އެމީހުން އެތަނުން ނެރެ އެ
    ތަން ތަޅާލަން އޭނާ ދަނީ އެކިމީހުން ފާކޮށްގެން މަސައްކަތް
    ކުރަމުންނެވެ ސަރުކާރުގެ ނަމުގައި އެޖަރީމާ އެ ހިންގަނީ
    އޭނާއެވެ ފުލެޓްތަކުގެ އަހުލުން މިކަމަށް ސަމާލުވާން
    އެބަ ޖެހެއެވެ.

    20
    2
  3. ރަބަރޭ

    އަސްލަމް ކަލޭ އިސްތިއުފާ ދޭށޭ ކަލޯ ކަލޭ ހުންނާތި 2023 ހުގަ ވެރިކަން ބަދަލުވާނެ ﷲ އިރާދަ ކުރެއްވިއްޔާ އެދުވަހުން ކަލޭގެ މައްޗަށް ސަރިޔަތް ކުރެވޭނެ

    8
    2
  4. ޖޫން

    ހާ ދަ ލަހުންނޭ ތި ނޫސް ބަޔާން ނެރެނީ. ތިވާހަކަ ޤަބޫލް ކުރަން ދަތި.

  5. ގަލަން ތުނޑު

    މި މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން މި ފަދަ ކަންކަން ތަކުރާރުވިޔަނުދިނުމަށް ކުރެވެން ހުރި ކަންކަން ކުރާނެކަމަށް އެޗްޑީސީން ބުނެއެވެ. ....މިހެން ބުނާއިރު އެތާދިރިއުޅޭ މީހުންގެ މުދާކޮޅު ވަގަށްނަގާއިރު އެކަން އެޗްޑީސީއިން ކުަށްވެރިކޮށް އެޅެންހުރި ފިޔަވަޅުނާޅަނީކީއްވެތޯ ލަދިހަޔާތްކޮބާ އެޑްސީސީ ވެރިންގެ

  6. ބީރުމީހާ

    ކޮތަރު ކޮށި ކިޔާ ކުންފުންޏެއް ހެދުމަށް ފެނޭ ތިޔަ ކޮތަރު ކޮށިތައް ރަގަޅަށް ބެލެހެއްޓޭނީ އޭރުން ނޫނީ ތިޔާތަން ތަޅަން ފަށާފާނެ
    ކޮން ޚިދުމަތެއްތޯ އެޗްޑީސީ އަށް ދެވޭނީ
    ކޮންމެވެސް ކަމަކާ ބެހޭ ސާވޭކުރަން އަބަދަށް އުޅޭނީ

  7. މަތަރަސް

    މހިރި ލަދުކުޑަ ސައިމަނު އެއީ ރަހިމުކޭ މައުމޫނުގެ ޕަޕަޓެއް ބަލަ ދެން ވެރިކަމަން ގެންނާނީ ރައީސް ޔާމީނު ދެހާސްތޭވީސް ހިޔާފުލެޓް ގެއުފާ ކުލިކުދަކޮއް ފުލެޓްހަދަން ދިޔަފައިސާ ދޭނެކަމުގެ ޔަގީންކަން ރައީސް ޔާމީނުވަނީދެއްވާފއި ކޮންސާވޭއެއްކުރަން ތިޔައުޅެނީ ހިޔާފުލެޓްކީ ވޯޓްނުވަތަ ވެރިކަމަން ބާރުފޯރާވަރުގެ ފަހުލަވާނުންތަކެއތިބި ބައެް ރައީސް ސޯލިހު ވަރައްނިކަމެތިކޮން ހިޔާފުލެޓްގެ މީހުނަން ކަންތައްތިކުރައވަނީ އަސްލަމުމެންލައްވާ ފުރައްސާރަކުރުމާ ބިރުދެއްކުން؟؟ ދެހާސަތޭވީސް ރައީސް ޔާމީނުގެ ވެރިކަން މާތްﷲގެ ވާގިފުޅާއެކު/

  8. ސުވާލެއް

    ފުލެޓް އަޅައިގެން ކުއްޔަށްދިނުމުގެ ވިޔަފާރިކުރާ ކުންފުންޏަކަށް ފްލެޓްތަކުގެ އަސާސީ ކަންކަން ނޭނގެޔޭ ކިޔާފައި ސާވޭ ކުރަންފެށުމަކީމަލާމާތެއް އެތަންތަނުގެ އަހުލުވެރިންނަށްކުރާ