އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރައިމަރީ ބޭއްވުމެއް ނެތި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު ދޭން ޖެހޭ ކަމަށް އެމަނިކުފާނުގެ ފެކްޝަންގައި އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފައެވެ. އެއީ ރައީސް ސޯލިހްގެ ފެކްޝަންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެކެވެ.
"ސަންގު ޓީވީ" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ޝަރީފް ވިދާޅުވީ، ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގައި އާންމު ގޮތެއްގައި އަމަލު ކުރާ ގޮތަކީ، ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ދެވަނަ ދައުރެއް ދޭން ޕްރައިމަރީއެއް ނެތި ޓިކެޓު ހަވާލު ކުރުން ކަމަށެވެ.
މީގެ އެއް ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރައްވަނީ ގައުމާއި ވެރިކަން ކުރާ ޕާޓީގެ އެތެރޭގެ މަސްލަހަތު ހިފެހެއްޓުމެވެ. ވެރިކަން ކުރާ ޕާޓީގެ އެތެރޭގައި "ވެރިކަމުގެ ތަޅާފޮޅުމެއް" އައިސްފިނަމަ ޕާޓީ ދެބައިވެ އޭގެ ނުރަނގަޅު އަސަރު ގައުމަށް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވިޔަސް އެމްޑީޕީގެ އާންމު މެންބަރުން ބޭނުންވާނަމަ ޕްރައިމަރީއެއް ނުބާއްވަން ވަކި ނުދަންނަވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ވެސް ޕްރައިމަރީއަށް ވާދަކުރައްވަން ބޭނުންވާނަމަ އެ ކަން ނުކުރައްވަން ވަކި އެދިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަމަކު އެ ގޮތް ބުއްދިވެރިއެއް ނޫން، ޕާޓީ ބައިބައިވެގެން ގޮސްދާނ، އެފަދަ ބައިބައިވުމުގެ ތެރެއިން ރިޔާސީ އިންތިޚާބު އަޅުގަނޑުމންގެ ޕާޓީ [އެމްޑީޕީ] އަށް ގެއްލިގެން ދިއުމުގެ ފުރުސަތު އެބަ އޮތް،" ޝަރީފް ވިދާޅުވިއެވެ.
އެހެންކަމުން އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން އެމްޑީޕީގެ އެތެރެއިން ހަރުދަނާ ނިންމުމެއް ނިންމަން ޖެހޭ ކަމުގައި ޝަރީފް ގަބޫލު ކުރައްވައެވެ. އަދި ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި ތަކުރާރުކޮށް ވިދާޅުވިއެވެ.
"ވެރިކަމަށް ތަސައްރަފު ފުދިފައި ތިބޭ ޕާޓީތަކުން، ސިޔާސީ މީހުން ދައްކާ ޒާތުގެ ވާހަކައެއް ނޫން އެއީއެއް،" ޝަރީފް ވިދާޅުވިއެވެ.
2023 ގެ ރިޔާސީ އިންތިޚާބަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައަޅާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ނަޝީދު ވަނީ އިއުލާން ކުރައްވައިފައެވެ. ވާދަކުރައްވާނެ ކަމަށް ރައީސް ވިދާޅުނުވި ނަމަވެސް އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވަނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ދެއްވަން ޖެހޭނެ ކަމުގައެވެ.
ރިޔާސީ އިންތިޚާބުގެ ކުރިން، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބާއްވަން ވެސް ނަޝީދުއާއި އެމަނިކުފާނުގެ ފެކްޝަންގެ ބޭފުޅުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ބަރުލަމާނީ ޕެޓިޝަނެއް ތައްޔާރުކޮށް އެއަށް ލައްކައަށް ވުރެ ގިނަ މީހުން ސޮއި ހަމަކޮށްފައިވާ ކަމަށް ވެސް ވެއެވެ. މި ކަމުގައި ވެސް ރައީސް ވަކި ފަޅިއެއް ނަންގަވައިގެން ވާހަކަ ނުދެއްކެވި ނަމަވެސް، އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.
މޮޔަނުގޮވާ
ޤަވްމު އަދިވެސް އިތުރަށް ހަލާކުކޮށް އަޅުވެތިކުރަންތޯ ތިޔަ ގަޞްދުކުރަނީ؟
ޝަރީފް ތީ ސަތޭކައިގެ ވާހަކައެއް! ނަމަވެސް މީހަކަށް ތިކަން ހަޖަމްކުރެވޭނެބާ!
ޑިމޮކްރެސީއާ ބީރައްޓެހިވާހަކަ ޑިމޮކްރެސީއޭ ކިޔާ ވަކާލާތުކުރައްވާ ބޭފުޅުން ދެއްކެވުން ނުހަނު ހުތުރު ކަމުގައި ދެން. ނަމަވެސް ކަންކަން ހިނގާއުސޫލަށް ބަލާއިކު ކަންކަން ހިނގަނީ ހަމަ ހުތުރުގޮތަށް ގިނަފަހަރު.
ޝަރީފް މެން މަސައްކަތް ކުރާނީ ކޮރަޕްޝަން މައްސަލަތަށް ނުބެލޭނެ ގޮތެއްވޭތޯ، މިރައީސް ދެވަނަދައުރެއް ލިބުނީމަ ޝަރީފް މެންނަށް ވަރަށް ފައިދާ ކުރާނެ، އެކަމު ރައްޔިތުންނަ ފައިދާއެއް ނުކުރާނެ.
އޮތީ ޓިކެޓް ދީފައޭ ދެން އަތްޖަހާބަލަ ޝަރީފޫ
އޭނަޔަށް އޮތީ ރިޔާސީ ޖަލު ޓިކެޓެއްނޫން.
ޕުރައިމަރީއަކާ ނުލާ އޭނާ ގެންގޮސް ލާންވީ ޖަލަށް. ރައްޔިތުންނަށް ދޮގު ހަދައިގެން ވެރިކަމަށް އައި ބަޔަކު މިރީނދޫޕާޓީ ނޫނީ ނެތް. ދިވެހި ތާރީޚުވެސް ހެކިދޭނެ.
ޖަލުގޮޅި އެބަ ގޮވައި އޭނަޔަށް މިހާރުވެސް!
ދެންފަހެ، މަޖިލީސް ތަޅުމުގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވީ ކޮވިޑް ރިލީފް ލޯން އެމަނިކުފާނަށް ސޯލިހު ސަރުކާރުން 5 މިލިއަން ރުފިޔާ ދިންކަމަށެވެ. މިކަމަ ގުޅިގެން އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު ދޭން ޖެހޭ ކަމަށް އެމަނިކުފާނުގެ ވިދާލުވީ ރައްޔިތުން ގާތަށް އަންނަނީ ހިންޏެވެ.