ޕްރިންސިޕަލުން ލިބުމުގެ ދަތިތަކާ ގުޅިގެން ކޮންމެ އަހަރު 20 ޕްރިންސިޕަލުން ތަމްރީނުކުރަން ސްކޯލާޝިޕްގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ އާދަމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ރަށްތަކުގައި ޕްރިންސިޕަލުން ހޯދުމަކީ ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. ޕްރިންސިޕަލުން ހޯދަން އިއުލާން ކުރުމުންވެސް އިޖާބަ ނުދިނުމުން ސިސްޓަމް ތެރޭގައި ޕްރިންސިޕަލުން ހޯދަން ދަތިތައްވެސް ކުރިމަތިވާ ވިދާޅުވިއެވެ.
ސްކޫލުތައް ހިންގަން ރަނގަޅު ގާބިލް ބޭފުޅުން ނުލިބޭ އެއް މައްސަލައަކީ ޕްރިންސިޕަލުންގެ މުސާރަ ކުޑަވުން ކަމަށް ވިދާޅުވިއެވެ.
"ސްކޫލުތަކުން މި ފަދަ ބޭފުޅުން ގެއްލުމުގެ ފުރުސަތު އެބައޮވޭ" މިނިސްޓަރު ވިދާޅުވިއެވެ.
އައިޝަތު އަލީ ވިދާޅުވީ ރަށުން ބޭރުގައި ވަޒީފާ އަދާކުރާ ޕްރިންސިޕަލުންނަށް 3000 ރުފިޔާގެ އިނާޔާތެއް ދެމުންދާ ކަމަށެވެ.
ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ކުރެވޭ މަސައްކަތާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެންމެ ފަހުން ރާއްޖެއިން ބޭރުން ޕްރިންސިޕަލުން ތަމްރީނު ކުރަން ފޮނުވާފައި ވަނީ 2011 ވަނަ އަހަރު ކަމަށެވެ.
ނަމަވެސް ޕްރިންސިޕަލުން ތަމްރީނު ކުރަން މިދިޔަ އަހަރު މެލޭޝިޔާއަށް ކިޔަވަންދާން 20 ސްކޯލާޝިޕްގެ ފުރުސަތު ހުޅުވާލި ކަމަށް ވިދާޅުވިއެވެ.
"މިދިޔަ އަހަރު ނުފޮނުވުނު. މި އަހަރު 20 ބޭފުޅުން ފޮނުވުމަށްޓަކައި އިއުލާން ކުރެވި މީހުން ހޯދުމުގެ މަސައްކަތް ވަނީ ފެށިފައި" އައިޝަތު އަލީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ޕްލޭންއަކީ ޑިގްރީ ފެންވަރުގެ ޓީޗިން ހައްދަވާފައި ތިބި ބޭފުޅުންނަށް އެޑިއުކޭޝަނަލް ސެޓްފިކެޓް ނުވަތަ އެޑިއުކޭޝަނަލް ސެޓްފިކެޓްގެ މާސްޓާ ލެވެލް ކޯހެއް ހެދުމަށް ފަހު ޕްރީންސިޕަލުން ހަމަޖެއްސުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ވަގުތު ސްކޫލުތަކުގައި ތިބީ 160 ދިވެހި ޕްރީންސިޕަލުންނާއި ބޭރުގެ އެކްޓިން 20 ޕްރިންސިޕަލުން ކަމަށެވެ.
ބާކީ 2 އަހަރު ޕްރިންސިޕަލުން ތަމްރީނު ކިތައްމީހުން ކުރެ ވޭނެ ބާ؟
މަންޖެ ލަދެއްވެސް ނުގަނޭތަ އަހަރަކު 1200 އެއްނޫންތަ؟
2023 ކައިރިވީވަރަކަށް ދުންޖެހުން އޮންނާނެ! މިނިމަމްވޭޖް ނަމެއްގައި ، އަގުހެޔޮ އިންޓަނެޓް ނަމެއްގައި ، ނާސްތާޕެކޭޖް ނަމެއްގައި ، މިހެންގޮސް ލައްކަ ބާސާ ކެޑުން އޮންނާނެ! މަޝްރޫޢޫތަކުގެވާހަކައިން ނޫސްތަކަށް ބައިލައްކަ ރުފިޔާދީގެން މޮޅަތި އާޓިކަލްތައް ލިޔުއްވާ ރައްޔިތުން ގުބޯހެއްދުން އޮންނާނެ! 3 އަހަރު އޮތީ ނިދާފަ! އެކަމަަކު މިފަހަރު ކަލޭމެންލައިގެން ޅޮސް އެދޯލި ހެއްލާނީ ރައްޔިތުން ! ކުރިން ރައްޔިތުން ލައިގެން ޅޮސްއެދޯލި ހެއްލީ ކަލޭމެން ! ކަލޭމެން ޅޮސްއެދޯލިން ވެއްޓޭނެ! އިންޝާއަﷲ
ކުރަނީ ހަމަޖައްސަނީ އަންނަނީ މިސަރުކާރު 3އަހަރު ދުއްވާލީ ދެބޯގެރިދުއްވުމުގަ