ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އަވަގުރާނަ ގޮވާފައި ނުވާނެ ކަމަށް ވިދާޅުވެ، ދެއްކެވި ވާހަކަތައް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދިފާއުކުރައްވައިފިއެވެ..
މަޖިލިހުގެ ޖަލްސާއަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުކުރުމުން، ޖާބިރު ވަނީ ގދ. ތނަދޫ ބަގާވާތުގެ މައްސަލައާ ގުޅުވާ ސުވާލު ކުރައްވާފައެވެ. އަދި ހުވަދޫ ބަހުރުވައިން ވާހަކަ ދައްކަވާ އޭނާ ވަނީ އަޑުގަދަވެސް ކުރައްވާފައެވެ. އެހެން ވާހަކަ ދެއްކެވުމުން ނިޒާމީ ނުކުތާއެއް ނަންގަވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން ) ވަނީ ޖާބިރު އައުގުރާނަ ގޮވިކަމަށް ބުނެ މަޖިލީހުގެ ރިޔާސާތުގެ ސަމާލުކަމަށް އެކަން ގެންގޮސްފައެވެ.
"މަޖިލިހުގެ ގަވައިދާ ހިލާފަށް މެމްބަރަކު ވަޒީރަކަށް ކުއްތާއަށް ގޮވައިފި. މިތަނުގައި އެހެން ވާހަކަ ދެއްކެވީމަ އިއްޒަތްތެރި ރައީސްގެ ސަމާލު ކަމަށް އެކަން ގެނައީ. މަޖިލިސް ގަވައިދުގައި އެގޮތަށް މުހާތަބް ނުކުރެވޭ" އަނދުން ހުސެއިން ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ނިޒާމީ ނުކުތާއެއް ނަންގަވާ ޖާބިރު ވިދާޅުވީ "ހުތާ" އޭ ވިދާޅުވުމުން ގިނަ ބަޔަކު އެ ލަފުޒުގެ މާނަ އޮޅުވާލާފައިވާ ކަމަށެވެ. އަދި އެއީ "ކުއްތާ" އޭ ކަމަށް ބުނެ ބައެއް މީހުންނަށް ހީވެފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ..
މަޖިލީހުގައި އިނގިރޭސީ އަދި އިޓަލީ ބަހުންވެސް ވާހަކަ ދައްކަވާ ޖާބިރު ވިދާޅުވީ މަޖިލީހުގައި މެންބަރުން ވާހަކަ ދައްކަން ވަކި ބަހެއް ނުވަތަ ބަހުރުވައެއް ކަނޑައެޅިފައި ނެތް ކަމަށެވެ.
ހުވަދޫ ބަސް ބައެއް މެންބަރުންނާއި އާންމުންނަށް ނޭނގުނު ނަމަވެސް އޭނާ މަޖިލީހުގައި ވިދާޅުވި ބަހެއްގެ މާނަ އޮޅުވައިލުން ބަލައި ނުގަނެވޭނެ ކަމަށް ވިދާޅުވިއެވެ.
ޖާބިރުގެ ނިޒާމީ ނުކުތާ ބަލައިގެންނެވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖާބިރު ވިދާޅުވި ބަސް މެމްބަރުންނަށް އޮޅި ވަޑައިގެންފައިވާ ކަމަށެވެ. ޖާބިރު ވިދާޅުވި ވާހަކަ މަޖިލީހުގެ ޔައުމިއްޔާގައި ހިމަނާނެ ކަމަށް ވިދާޅުވިއެވެ..
ޖާބިރު ކިތަންމެ އަވަގުރާނަ ގޮވަން މޮޅަސް، ކެނެރީގޭ ނަޝީދައްވުރެ އަވަގުރާނަގޮވަން މޮޅެއް ނުވެވޭނެ.
"މިނިސްޓަރާދިމާއަށް އަވަގުރާނަގޮވައިފި" އެއީ ގަހެއްގައަޅާ ނޫނީ އަޑިއަށްފައިބާއެއްޗެއްތޯ؟ ޖާބިރުވިދާޅުވިއެއްޗެއް އަވަގުރާނައަކަށްވީގޮތަކީ ކޮބައިތޯ؟ ސަހަރާވަށައިގެންވާ ޕާކިންޒޯނުންލިބޭމަންފާ ގަރާޖުސިޓީއާއިއެކު އަދިވެސްލިބޭނެ!
ޖާބިރަކީ މަޖިލީހުގެ އެންޓަރޓައިނިންގ !ހަމަ އެކަނި ބޭފުޅާ ވާހަކަ ފުޅު ދައްކަވާނެ ގަޑި އެއް ދުރާލައި އަންގާލަ ދިނުން އެދެން