ދިވެހި ދައުލަތަކުގެ މިނިވަންކަން ގެއްލޭނަމަ ގެއްލޭނީ ޗައިނާގެ ދަރަނިތަކުގެ ސަބަބުން ކަމަށާއި މިނިވަންކަން ގެއްލޭނީ އިންޑިއާގެ ދަރަނިތަކުގެ ސަބަބުންނެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދައުލަތުގެ ބަޖެޓްގެ ބަހުސްގައި، އަފީފް ވިދާޅުވީ މިނިވަންކަން ގެއްލޭނީ ނަގާ ދަރަންޏެއް ނުދެއްކޭ ފަދަ ހާލަތެއް ކުރިމަތިވުމުން އެއަށް ލުޔެއް ނުދީފިނަމަ ކަމަށެވެ. ޗައިނާގެ ނަން ވިދާޅުނުވެ، އަފީފް ވިދާޅުވީ އޭގެ ގައުމަކުން ނަގާފައިވާ ދަރަނި އަދިވެސް ލަސްނުކޮށްދޭ ކަމަށެވެ.

"ލޯނު ރީޝެޑިއުލް އެބަ ކޮށްދޭ، ގައުމުތަކުން، އެފަދަ ފުރުސަތެއް އަޅުގަނޑުމެންނަށް ނުދޭ ފަރާތަކުން (ޗައިނާއިން) ދަރަނި ނަގާފިއްޔާ، އަޅުގަނޑު ދަންނަވާނީ، އެ ދަރަނީގެ ސަބަބުންނޭ އަޅުގަނޑުމެންގެ މިނިވަންކަން ގެއްލިގެން ދާނީ،" އަފީފް ވިދާޅުވިއެވެ.

ޗައިނާގެ ލޯނުން ސްރީ ލަންކާގައި ހިންގާފައިވާ ބައެއް މަޝްރޫއުތައް މިސާލެއްގެ ގޮތުން ނަންގަވާފައި އަފީފް ވިދާޅުވީ ދަރަނި ނުދެއްކިގެން އެ އުމްރާނީ ބިނާތައް ޗައިނާއަށް ދީފައިވާ ކަމަށެވެ. މި ވާހަކަތައް ވިދާޅުވިއިރު ޗައިނާގެ ނަން ވިދާޅުނުވެ ވިދާޅުވަނީ "ދަރަނި ދައްކަން ޖެހޭ ގައުމު" އެވެ.

"އޭގެ ބާރުވެރިކަން އެ ގައުމުގެ ސަރުކާރުން ގެއްލިގެން ދިއުން، މިއީ މިނިވަންކަން ގެއްލުން، މިއީ ސިޔާސަތު ގެއްލުން،" ލަންކާގެ ބައެއް އުމްރާނީ ބިނާތައް ޗައިނާ ސަރުކާރަށް ދީފައިވާ ކަމަށް ވިދާޅުވެ އަފީފް ވިދާޅުވިއެވެ.

އިންޑިއާގެ ނަން ވެސް ނުގެންނަވައި އަފީފް ވިދާޅުވީ ނިކަމެތި ހާލަތެއް ކުރިމަތިވާ ދުވަހެއްގައި އެހީތެރިކަން ފޯރުކޮށްދޭ ގައުމަކުން ދަރަނި ނެގިއަސް، ދަރަނި ނުދެއްކާ ހާލަތަކަށް އައުމުން އެ ދަރަނި ފަސްކޮށްދޭނެ ކަމަށެވެ. އެ ގައުމަކުން ދަރަނި ނަގައިގެން މިނިވަންކަން ނުގެއްލޭނެ ކަމަށް އަފީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ކަމެއް ބޮޑުވާ ދުވަހު އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް އެހީތެރި އަތެއް ދިއްކޮށްލާ ފަރާތަކުން ދަަރަނި ނަގައިފިނަމަ އެ ދަރަނި ރީޝެޑިއުލް ކޮށްދޭނެ، އެއިން މިނިވަން ކަމެއް ވެސް ނުގެއްލޭނެ،" އަފީފް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާތް ގުޅުމެއް ބޭއްވީ ޗައިނާއާއެވެ. ޒަމާނުއްސުރެން ރާއްޖޭން ގުޅުން ބަދަހިކޮށްފައިވާ އިންޑިއާއާ ގުޅުން ހީނަރުވިއެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ތަރައްގީގެ މަޝްރޫއުތައް ހިންގީ ޗައިނާގެ އެހީ އަދި ލޯނު މެދުވެރިކޮށެވެ. މި ލޯނުތަކަށް ބިލިއަނެއްހާ ޑޮލަރު ޗައިނާއަށް ދައްކަން ޖެހެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އަނެއްކާ ވެސް ގާތް ގުޅުމެއް ބާއްވަނީ އިންޑިއާއާއެވެ. މަޝްރޫއުތައް ހިންގަނީ އިންޑިއާގެ އެހީ އަދި ލޯނު މެދުވެރިކޮށެވެ. ސަރުކާރު ހިންގުމުގެ ޚަރަދުތައް ދެކޮޅު ޖައްސަން ވެސް އިންޑިއާއިން ދަރަނި ނަގާފައިވެއެވެ. މި ސަރުކާރުގެ ދަރަނީގެ އަދަދު ވެސް މަތިވިއިރު، އިންޑިއާގެ ދަރަނި ވެސް ބިލިއަނެއްހާ ޑޮލަރަށް އަރައެވެ.

އިންޑިއާގެ އެހީގައި ހިންގާ މަޝްރޫއުތަކުގެ އެއްބަސްވުންތައް ހަމާނުކޮށް އޮތް އިރު، އިންޑިއާގެ އަސްކަރީ ސިފައިންނާއި ޖާސޫސީ މީހުން ރާއްޖޭގައި ގާއިމްވެ ތިބެވޭ ގޮތަށް އިންޑިއާގެ އަސްކަރީ ބާރު ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން މި ކަން ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

 1. ބުއްޅަ

  ކެކެ. ވަހީދި ވެރިކަމާ ހަވާލު ވީމަ ވަގުތުން ލޯނު އަނބުރާ ދައްކަން ބުނީވެސް ތި އިންޑިއާ އިން. އަފީފުމެން ނުދައްކާ ފޮރުވަން މަސައްކަތް ކުރާ ވާހަކަ މީ.

  63
 2. ކާފަބޭ2020

  ކޮޅުގޮހޮރަށްކެވުނީމަ ދެންފެންނާނީ އެހެންތަކެތިދޯ؟ ތިޔައީ ހަމައެކަހަލަބައެއް! ތިޔަކެވުނުތަކެތީގެހިތިރަހަ ފަހަރެއްގަތިބޭޅާއަށްނުލާފާނެ ނަމަވެސް ދަރިންތިބިނަމަ އެދަރިންނާއި އެދަރިންގެދަރިންގެކަރުބުޑުގަލާނެކަންޔަޤީން! ތިޔަކެވުނުތަކެތިހިފައިން ކަށްވަޅުގައިކުރާނެކުރާނެ މަންފާއެއް ނޯންނާނެކަން ވިސްނާލާށެވެ.

  46
 3. އަލީ

  އެހެންވެގެންދޯ ވަހީދު ވެރިކަމުގަ އެއްފަހަރާ 100 މިލިއަން ޑޮލަރު އިންޑިއާއަށް ދައްކަން މަޖުބޫރު ކުރުވީ އަފީފު ކީއްވެ އެވާހަކަ ނުދެއްކީ، އިންޑިއާގެ މައްސަލައެއް ނެތޭ ސިފައިން ތިބޭތީއޭ މައްސަލައަކީ

  58
 4. އިސްޢާފް ސަލީމް

  އަނެއްކާ އަނެއް މަރުމޯލު!

  50
 5. މަބޭ

  އިންޑިޔާއިންނަގާ ލޯނުރީށެޑިއުލްކޮއްދޭ އެކަމަކު ކޮަމމެކަމެއްވެސް ކޮއްދެނީ އިންޑިޔާސިފައިން އިތުރުކުރުމައްފަހު

  42
 6. ދަރަނި ދަންތުރަ

  މިއީ އަނެއް ހިޔަޅު

  46
 7. އަނެއް ދިވެހިރާއްޖެ

  ކާކުތޯ މިވާހަކަ ގަބޫލުކުރާނީ ރައްޔިތުންނަށް އެނގޭ ތިޖަހާ ސަކަރާތް.

  48
 8. އިބްރާހިމް

  ޣައްދާރު އަފީފް އިސްތިއުފާ. އިންޑިއާ މިލިޓަރީ މިގައުމުން ބޭރުކުރޭ.

  46
 9. Anonymous

  ޢެއްވެސް ގައުމެއްގެ ދަރަންޏެއްއޮތުމުގެ ސަބަބުން މިނިވަންކަން ގެއްލަޭނެނެނަމަ ގެއްލޭނީ ވެރިކަންކުރުމަށް ކުފޫހަމަނުވާ ކަލޭމެން ޖަހަލަ ނާގާބިލު ވެރިކަމެއްގެ ސަބަބުން، ރ.ޔާމީން ފަދަ ދުރުވިސްނޭ ގާބިލު ހިކުމަތްތެރިއަކު ވެރިއަކަށް ހުންނެވިނަމަ ކަލޭމެން ކަރުތށފެނަކަށް ގެނބޭކަށް ނުޖެހޭނެ، އެމަނިކުފާނު ވެރިކަމަށް އިސްވީ މިގައުމު ދަރަނި ދުވަހަކުވެސް އަރާފައިނުވާހާ މައްޗަށް ދަރަނިވެރިވެފަ އޮތްވައި، އެހާލުގައިވެސް ދަރަނި އަދާކުރަމުން ދިޔައީ ޒީރޯޒޮޓޮލެރެންސްގަ ގައުމަށް އެއްމެ މަތްޗަށް އަމްދަނީ ވައްދާނެ ދޮރުތައް ހުޅުވާން ލޯނުނަގާފައިވާނީ ދަރަނި އަދާކުރެވޭނެ ޔަގީންކަން އޮތީމަ، ރައްޔިތުންގެ ބައިތިލްމާލުފައިސާއިން ބޭކާރު ޚަރަދުތައް ނުކުރޭ، ކަލޭމެން ހެން ޓީމުތައް ގޮވައިގެން ބޭރުގައުމުތަކަށްގޮސް ކޮންމެ މުވައްސަސާގެ ވެރިޔަކަށް ސަރުކާރު ޚަރަދުގައި ގަނޑުވަރުތަކާއި އިތުރު އެތަށް ޚަރަދެއް ނުކުރޭ، ކަލޭމެނެގެ ކޮރަޕްޝަނާއި ޚުދުމުޚުތާރުގެ ނަތީޖާއަކީ ކޮންމެމަހަކު މުވައްޒަފުންނަށް މުސާރަދޭންވީމަ ފައިސާ ޗާޕްކުރަން މިޖެހެނީ،

  37
 10. Anonymous

  މިނިވަންކަން ގެއްލޭނީ ވެރިކަން ކުރަން ގައުމެއްގެ ޕަޕެޓުން ތިބުމުން. އަދި އެގައުމެއްގައި އެހެން ގައުމެއްގެ އަސްކަރީ ބާރުގަދަކުރާވަރުން ގައުމެއްގެ މައްޗަށް އެހެން ގައުމެއްގެ ނުފޫޒު އޮތްވަރު އެނގޭނީ.

  36
 11. ނަމަ

  އަފީފް ވެސް އަގަ ފުލާ ކޮއް ދައްކާ ވާހަކަ ވަރަށް މޮލުތާ

  32
 12. މ

  ބަލަ މިސަރުކާރަށް އިންޑިޔާއިން ބަޖެޓް ސަޕޯރޓް ގެ ގޮތުގައި ދިން އެހީގެ 150 މިލިއަންޑޮލަރ މިހާރު އަންގައިފި 2023 ގައި ދައްކާށޭ ކުރިން ބުނީ އެހީ އޭ މިހާރު އިންޑިޔާއިން ބުނަނީ ލޯނޭ ކިހާ ސަޅި 2023 ގައި ސަރުކާރު ބަދަލު ވާނެކަން އެނގޭތީ އެސަރުކާރު އަންނަ ތަނާ ދިމާ އެކުރަނީ މިސަރުކާރުން ނުދައްކާނެ އެތާރީޚަކީ ޑިސެންބަރުގެ ނިޔަލަށް ނޮވެންބަރުގައި އާސަރުކާޜު ހަވާލު ވާތަނުން އެމަޅީގަިއ ބެދޭނީ މިހިރީ ކަން ހުރިގޮތް މިވާހަކަ ދޮގެއް ނުކުރެވޭނެ މިކަން ހާމަ ކުރީ ފިނޭންސް މިނިސްޓަރ އަމީރު

  33
 13. Anonymous

  ދުނިޔޭގެ އެންމެ ގިނަ މީހުން ލޯނު ނަގަނީ ވޯލްޑް ބޭންކުން. ދެން ދުނިޔެ މިއޮތީ ވޯލްޑް ބޭންކުގެ އަޅުވެތިކަމުގައިކަމަށް ގަބޫލުރަންތަ؟ އަދި ވޯލްޑް ބޭންކަކީ، އެމެރިކާގެ ޕެޓްރޮޑޮލަރ ސިސްޓަމުގެ ތެރެއިން އުފެދި އެމެރިކާގެ ޕްރައިވެޓް އޮގަނައިޒޭޝަނެއްކަމުގައިވާ ފެޑެރަލް ރިޒާވް ކޮންޓްރޯލްކުރާ މަދު ބޭންކަރުންތަކެއްގެ ތަނެއްކަން އެނގޭތަ؟
  ތަންދޮރު ނުދަންނަ ގަމާރުން މަޖްލިހަށް ލީމަ ކިޔޭ ނުކިޔޭއެއް ނޭނގޭނެ. މަޖްލިސް އުވާލަންވީ

  30
 14. ރާއްޖެ

  މި ކަހަލަ ބޮލު ރޮދި ކެނޑިފަ ތިބޭ މީހުން މަޖިލީހަށް ހޮވާތި އަދިވެސް.

  15
 15. ކޮރަލް

  އެންމެ ފަހުން ވެސް އިންޑިޔާ އިން ވަގުތުން ދަރަނި އެތައް ބިލިއަނެއް ދައްކަން އެންގިއެވެ. ސަލާމަތް ވީ ކިރިޔާ އެވެ.

  15
 16. މާމި

  ތެދު ފުޅެއް ޗައިނާ ސިފައިން ރާއްޖޭގަ މިތިބީ،،

  11
 17. އަލީ

  މިސަރުކާރު ވެރިކަމައް އައިސް ފުރަތަމަ ދުވަސްކޮޅު އިންޑިއާއިން 150 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ލިބިގެން ކަލޭމެން ބެރުޖަހަމުން ދުވި އެކަމަކު 2023ގަ އެ 150 މިލިއަން ލޯނަކައްވެ ދައްކަންޖެހުމަކީ ކުރީސަރުކާރުގެ މައްސަލައެއް ދޯ. ކަލޭމެން ތީ އިންޑިއާއިން ފަންޑުކުރާ އެޖެންޓުން

  16
 18. ރޯހިތު

  ބަލަ ރީޝެޑއުލް އަކީ އެގައުމަކާ އޮންނަ ގުޅުމެއްގެ މައްޗަށް ބިނާކޮށް ގައުމަތަކުން އެޙީތެރިވުމުގެ ގޮތުން ކޮށްދޭކަމެއް. ގައުމަުތަކާ ޖެހިގަތީމަ ރީޝެޑުއުލް އެއް ނުކޮށްދޭނެ! އެަކމަކު އިންޑީއާ ގޮތަށް ވަގުތުން ލޯނު އެއްކޮށް ދައްކާކަށް ނުބުނޭނުން. ޗައިނާއިން އެގަރިމަންޓްަށް އިހިތިރާމުކުރޭނުން. އެަކަމކު ލުއިކޮށްދިނުމަކީ އެގްރިމަންޓްގަ ހިެމނޭކަމެއްނޫން.

  މީގެންވެސް އެގެނީ ސިޔާދަތަށް ނުރައްކާއޮތީ އިންޑިއާގެ ކިބައިންކަން. މަލިކުވެސް ދަމައިގަނެގެން އެތިބީ.

  13
 19. އަލިބެއްޔާ

  ކަލޭމެން އެމް.ޑީ.ޕީ މީހުން ހަނދާން ބަލި ނޫންނަމަ އެނގޭނެ މީނަގެ ހޯމްމިނިސްޓަރ ކަމުގައިކަން ނަޝީދު އިސްތިއުފާ ދިނީ..

  13
 20. ަުތަކުރުފާނު

  އަނެއްކާ އަނެއް ކަނޑުކޮސް އަރާ ހުރެގެން މޮޔަގޮވަން ފަށާފި.

  13
 21. މުންސިފު

  އަފީފޫ ކަލޭމެން މޮޔަވަނީތަ ހަގީގަތް އެގޭއިރުވެސް. 75 ކޮމާންޑޯޒް ޑިޕްލޮމެޓިކް އިމިއުނިޓީގަ އެމްބަސީ ސްޓަފުންގެ ގޮތުގައި އެތިބެނީ. އޯޑަރު ދޭއިރަށް ސިފައިންގެވެސް ހިފާނެ 5 މިނިޓް ތެރޭ. އެކަމަށް ފަހިކުރަން މިހާރު ދިވެހި ސިފައިންނަކީ ބަޔަކަށް ނުހަދައި ޕާޓޭން ކަޓަރު ވެސް އެލޭވަރު ގެ ނިކަމެތި ބަޔަކަށް ތި ހަދަނީ. މަކަރުވެރި ސިޔާސަތެއްގެ ދަށުން. ފޭހުނު އޮލިށިގަޑު ލޮލަށް ވަންނާނެ އަދި ބަލަން ތިބެމާ.

  14
 22. ޝަމީހް

  ހަނދާންނުތުނީތަ އިންޑިޔާގެ ޖީއެމްއާރު މިތަނައައިސް އެޔާޕޯޓު ވެރިކޮއްލައިގެން އެތަން އެއްބަސްވުމާ އެއްގޮތައް ތަރައްގީނުކޮއްތިބެ އެތަކެއް ފައިދާއެއް ނަގާގެން ގޮސްތިބެ ނުވިތާކައް އެއްބަސްވުން ބާތިލް ކުރުމަތައް އެތައްސަތޭކަ މިލިޔަނެއް ޑިމާންޑުކުރީ އެއީ މިނިވަންކަން ނަގާލުމެއްނޫންތަ.

  13
 23. ޗީޒަސް

  އައުޓް އައުޓް އިންޑިޔާ އައުޓް.

  15
 24. އަސީ

  6ފެބްރުއަރީ ދުވަހުގެރޭ އެމްއެންޑީފެފްތެރޭހުރެ އިންޑިޔަަސިފައިންގެންނައް ކެރަފާނަސީމާ އަފީފް މަސަތްކަތްކުރީ މިނިވަންވާންވެގެންތޯ

  11
 25. ހަމަމީ

  އެއްވެސް ގައުމެއްގެ ޕާލަމެންޓުގައި، އެހެން ގައުމެއްގެ ސިފައިން އެ ގައުމެއްގެ ފަސްގަނޑުގައި ޑިޕްލޮމެޓިކް އިމްތިޔާޒުތަކާ އެކު ތިބުން އޯކޭ ކަމަށް، އަދި ވަކި ގައުމަކުން ކިތަންމެ ވަރަކަށް ލޯނުނަގަމުން ގެންދިޔަޔަސް އޯކޭ ކަމަށާއި، އެނޫން އެހެން ގައުމަކުން ލޯން ހޯދައިފިނަމަ، އެ ގައުމެއްގެ އަޅުވެތިކަމުގެ ދަށަށް ވެއްޓިދާނެ ކަމުގެ ބިރުދައްކައި ވަކާލާތުކުރަމުން ގެންދާ މެންބަރުން ގިނަވެއްޖެނަމަ، އެ ގައުމެއްގެ ސިޔާސީ އިޖްތިމާއީ ކުރިމަގާމެދު ކުރާނެ މާފޮނި އުންމީދުތަކެއް ނޯންނާނެ. މިގައުމުގެ އަދުގެ ހާލަތަކީވެސް ހަމަމީ.

  11
  1
 26. ކޭތަ

  މިހިރީ ހަމަ ބޮލުރޮދި ކެނޑިފަހުރި މަރުމޯލެއް އިންޑިއާ އައުޓު ވަރަށްސާފުކިށް މިދަންނަވަނީ.

 27. އަހްމަދު

  އެހެންވީމަ ބޭރުގައުމަކަށްދައްކަންއޮތް ފަންސާސް މިލިއަން ޑޮލަރެއް ވަގުތުންވަގުތައް ދައްކަންޖެހިގެން ޗަންޕާއަތުންލޯނުނަގައިގެން ދެއްކީ ޗައިނާއިން ނަގައިފައިން ލޯނެއްދޯ މަހީކުރީ ސޯމާލިޔާއިން ނަގައިފައިންލޯނެއްކަމަށް

 28. ރާއްޖެތެރެ

  މޮޅުވާހަކަ ނުދައްކާ އެމްޑީޕީގެ ގިނަމީހުންގެ ގެދޮރު އިގިރޭސް ވިލާތުގަ އެބަހުރި ރައްޖޭ ފުނޑާލާފަ ކަލޭމެން ލިބުނު އެއްޗެއް ލިބިގަނެގެން ފިލާނެ.

  10
 29. ޢަނިލް

  ވިލިފުށީގެ ދޮގުވެރިޔާ

 30. އެގޮލާ

  އިންޑިއާގެ އަޅުވެތިކަމަށްވުރެ ރަގަޅީ އިންޑިއާއަށްވުރެ ދުނިޔޭގަ ހުރިހާ ގޮތަކުން ބާރުގަދަ އަދި ކުރިއަރާފައިވާ ގައުމެއްގެ ދަށުވުން. އެހެން މީހުންގެ އެހީއާ ނުލާ ކަންކަންނުވާނެ ކަމަށް ވިސްނައިގެން ތިބޭ ބަޔަކު އިންޑިއާ ކަހަލަ ތަސައްރަފުނުފުދޭ އަމިއްލަ ހާލައިގެން ރަގަޅަށް ކޮޅަށް ތެދުނުވެވޭ ގައުމެއްގެ ދަށުގަ ތިބުން އެއީ މާމޮޅު ކަމެއްކަމަށް ހީވެގެން ތިއުޅެނީ މޮޔަކަމުން.

 31. ނެތް

  ޗައިނާއަށް އިތުރަށް ގެއްލޭނެ މިނިވަންކަމެއް ދެން ނެތެއްނު. މިހާރުވެސް މިއޮތީ ގައުމަށް އިންޑިއާ ސިފައިން އަރުވާފަ ދިވެހި ރައްޔިތުންގެ ނުރުހުމުގައި. އަދި އިންޑިއާއަށް އެވަރަށް ދަރާފަ އެމީހުން ދެން ގައުމުން ނުބޭލޭ ވަރަށް.

 32. ޙަދިސައިބު

  ޖީސަސް އަފީފަށް ހީވަނީ ލައްކަޔެކޭ، ތިޔަ އީ ބޭކާރު މީހެއް އެއްފަހަރު ބަލަނެ ނަސީދު ގެ މީހަކަށްވާން އަނެއްފަހަރު އިބޫގެ މީހަކަށް މިހާރު ތިޔަ ހުރީ ކަތިވަޅިގެއްލި ނަރިޔަބުގެއްލިފައި ލަލަލަ