ފެމިލީ ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ދެ ބޭފުޅަކު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އައްޔަން ކުރައްވައިފިއެވެ.

ޖޭއެސްސީއިން މިއަދު ބުނީ ފެމިލީ ކޯޓަށް ދެ ފަނޑިޔާރުން ހޯދަން އިއުލާނު ކުރުމުން އެ މަގާމަށް ކުރިމަތިލި ބޭފުޅުންނާ އިންޓަވިއުކޮށް އެންމެ ގާބިލުކަމަށް، ފަނޑިޔާރުން އައްޔަންކުރާ ކޮމިޓީން ހޮވާފައި ވަނީ އއ. ފެރިދޫ، ނަޝީދީހިޔާ، ޒައީމާ ނަޝީދު އަބޫބަކުރު އަދި މ. ވިލުފުށީގެ މައީޝާ ޔޫސުފް ސަމީރު ކަމަށެވެ.

އެ ދެ ބޭފުޅުން އައްޔަން ކުރަން ކޮމިޓީން ދިން ލަފައާ އެއްގޮތަށް އެ ދެ ބޭފުޅުން އައްޔަން ކުރަން ޖޭއެސްސީން ނިންމައި، މި މަހުގެ 28 ވަނަ ދުވަހު ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން ވަނީ ނިންމައިފަ އެވެ.

ޖުވެނައިލް ކޯޓުގެ ރެޖިސްޓްރާގެ މަގާމުގައި މީގެ ނުވަ އަހަރު ކުރިން ފެށިގެން ފުރުއްވި ޒައީމާ ވަނީ ކުއްލިއްޔާއިން ޝަރީއާ އެންޑް ލޯ އިން ބެޗެލާޒް ޑިގްރީ ހާސިލްކުރައްވައި ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރީއާ ހާސިލްކުރައްވައިފަ އެވެ.

ޔުނިވާސިޓީ އޮފް ލަންޑަން އިން ބެޗެލާސް އޮފް ލޯ ހާސިލު ކުރައްވާފައިވާ މައީޝާ ވަނީ ޕީޖީ އޮފީހުގައި ތިން އަހަރު މަސައްކަތް ކުރައްވައިފަ އެވެ. އޭނާ ވަނީ އެޓޯލްސް ސެކްޝަންގެ ޔުނިޓް ހެޑްކަން ކުރައްވައި އަދި ފެމިލީ އެންޑް ޗައިލްޑް ޔުނިޓުގެ ޔުނިޓު ހެޑްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ފެމިލީ ކޯޓުގެ ފަނޑިޔާރުންނަށް އަސާސީ މުސާރައެއްގެ ގޮތުގައި 30،000ރ. ލިބޭ އިރު ލިވިން އެލަވަންސަށް 15،000ރ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި 1،375ރ. ލިބެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ލާދީނީ ސަރުކާރު އިސްތިއުފާ ލާދީނީ ސަރުކާރު އިސްތިއުފާ ލާދީނީ ސަރުކާރު އިސްތިއުފާ ލާދީނީ ސަރުކާރު އިސްތިއުފާ ލާދީނީ ސަރުކާރު އިސްތިއުފާ ލާދީނީ ސަރުކާރު އިސްތިއުފާ ލާދީނީ ސަރުކާރު އިސްތިއުފާ ލާދީނީ ސަރުކާރު އިސްތިއުފާ ލާދީނީ ސަރުކާރު އިސްތިއުފާ ލާދީނީ ސަރުކާރު އިސްތިއުފާ ލާދީނީ ސަރުކާރު އިސްތިއުފާ ލާދީނީ ސަރުކާރު އިސްތިއުފާ ލާދީނީ ސަރުކާރު އިސްތިއުފާ ލާދީނީ ސަރުކާރު އިސްތިއުފާ ލާދީނީ ސަރުކާރު އިސްތިއުފާ ލާދީނީ ސަރުކާރު އިސްތިއުފާ ލާދީނީ ސަރުކާރު އިސްތިއުފާ ލާދީނީ ސަރުކާރު އިސްތިއުފާ 😡

  2. ހިމް

    ދެން ވަލީ ދޭން އެހެން ކޯޓަކުން ފަނޑިޔާރުން ގެންނަނީތަ؟ ކުރީ ސަރުކާރަކުން ކުރިއެކޭ ކިޔާފައި ނުޖެހޭ ދީނީ ހައްދުން ބޭރުން ކަންކަން ކުރާކަށް.