މޫނު ބުރުގާ އަޅާތީ ވަޒީފާއިން ކަނޑާލެވިފައިވާ ފަރާތްތަކަށް އަލުން ވަޒީފާ ދިނުމަށް ޝައިޙް އަލީ ޒައިދު ގޮވާލައިފިއެވެ.

ޝައިޙް ޒައިދް މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓަރސް ލިސްޓުގައި ފޮޓޯ ނުޖަހަން ނިންމުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޝައިހް އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވޯޓަރސް ލިސްޓުގައި ފޮޓޯ ނުޖަހަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި މޫނު ބުރުގާ އަޅާ މީހުންނަން އިޙްތިރާމް ކުރަން ޖެހޭކަން ފާހަގަކުރައްވަމުން ޝައިހް އަލީ ޒައިދު ވިދާޅުވީ މޫނު ބުރުގާ އަޅާތީ ނުހައްގުން ވަޒީފާއިން ކަނޑާލި މުވައްޒިފުންނަށް އަލުން ވަޒިފާ ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

މި ޓްވީޓާއި ގުޅިގެން " ވަގުތަށް " ދެއްވި އިންޓަވިޔުއެއްގައި ޝައިހް ޒައިދް ވިދާޅުވީ މޫނު ބުރުގާ އަޅާތީ ވަޒީފާއިން ކަނޑާލުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އިސްލާމީ ޝަރީއަތާއި ހިލާފުކަމެއްކަން ފާހަގަކުރަމުން ޝައިހް ޒައިދް ވިދާޅުވީ ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެފަދަ ކަންކަން ހިނގާތީ ކަންބޮޑުވާ ކަމަށެވެ.

" މޫނު ބުރުގާ އަޅާތީއޭ ކިޔާފައި ވަޒީފާއިން ވަކިކުރުމަކީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން. އެއީ އިސްލާމީ ޝަރީއަތާވެސް ހިލާފު ކަމެއް. އެހެންކަމުން މިފަދަ ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި އެފަދަ ކަންކަން ފެނިގެންދާތީ ހިތާމަ ކުރަން " ޝައިން ޒައިދް ވިދާޅުވިއެވެ.

އަދި އިސްލާމީ ގައުމެއްގައި ނިވާކަން ކުޑަ ހެދުން ލައިގެން އަންހެނުން ވަޒީފާ އަދާކުރަމުންދާއިރު، މޫނު ބުރުގާ އަޅާ މީހުން ނުހައްގުން ވަޒީފާއިން ކަނޑާލި މައްސަލައަށް ހައްލެއް ލިބެންޖެހޭ ކަމަށް ދެކިލައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ބޭނުންކުރަން ހަމަޖެހިފައި ވަނީ ވޯޓަރސް ލިސްޓަކީ ފޮޓޯ ނުޖަހާ ވޯޓަރސް ލިސްޓެކެވެ. އެކޮމިޝަނުން މިގޮތަށް ނިންމީ ވޯޓަރސް ލިސްޓުގައި ހިމެނޭ މީހުންގެ ފޮޓޯ ނުޖަހަން އެދި އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ވަރައް އަނގަޅުވާހަކައެއް ޝައިޚް ތިޔަ ވިދާޅުވީ.

  2. ޕޮރޮފެސަރ

    އަސްލު ވަޒީފާއިން ވަކިކުރަން އެންމެ އައުލާކަން ބޮޑީ ހެދުން ލައިގެން އޮރިޔާމުން އުޅޭމީހުން.. އެކަމަކު ކީއްކުރާނީ ޤުރުއާނާއި ރަސޫލާގެ ސުންނަތާ ޙިލާފުވާ ޤާނޫނު ހިނގާ ތަނެއްވީމަ ވާނީ މިހެން.. ﷲ އަށް ބިރުވެތިވުމަށް އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި ތިޔައެންމެ ކަތުންނަށް ގޮވާލަން..

  3. ހިޔާލު

    މޫނު ނިވާކުރުމަކީ ލާޒިމް ކަމެއް ނޫން. އިސްލާމް ދީނުގައި އަތާއި މޫނު "ފިޔަވާ"

    "ފިޔަވާ" އަދިވެސް އެއްފަަހަރު "ފިޔަވާވާވާ" ދެން އެހެންހުރިހާ ތަނަކީ އައުރަ.

    އެހެންވީމަ މޫނު ނަގަން ބުނެވިދާނެ. އަދި އަތްދައްކަންވެސް ބުނެވިދާނެ. ކާކުކަން ނޭގޭ

    މީހަކާ ކިހިނެއް ޕޭރަންޓަކު ވާހަކަ ދައްކާނީ. ސީ.ސީ.ޓީ.ވީ ކެމަރާތަކުގެ ބޭނުން

    ކަނޑުވާލާ ގޮތަކަށް ހެދުން އެޅުން އެއީ އެހާރަނގަޅު ކަމެއްނޫން.