ޓިކްޓޮކްގައި ނެށުމުގެ ހުނަރު ދައްކާލައި، އާންމުންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ނިމްޝާ ޒާހިރް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިއްޖެއެވެ.
އެމްއެންޕީން ބުނީ މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާން ފަންނާނެއް ކަމަށްވާ ނިމްޝާ އެ ޕާޓީ އާއި ގުޅިފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
ނިމްޝާގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ ގިނަ ފަންނާނުންތަކެއް އެމްއެންޕީއާއި ގުޅިފައިވެއެވެ. އޭގެ ތެރޭގައި ދިވެހި ފިލްމް އިންޑަސްޓްރީއިން ފާހަގަ ކޮށްލެވޭ ދެ ޖޯޑު ކަމަށްވާ ޝީލާ ނަޖީބް އާއި މުހައްމަދު މަނިކު އަދި މިހާރު ފިލްމީ ދާއިރާއިން ކުރިއަރަމުން އަންނަ މަރިޔަމް ޝިފާ ހިމެނެއެވެ.
އެމްއެންޕީން ދަނީ ރާއްޖޭގެ ފަންނާނުންނާއި ސިޔާސީ ދާއިރާގެ އިސް ތަޖުރިބާ ކާރުން ވެސް އެ ޕާާޓީއާއި ގުޅުމަށް ދައުވަތު ދެމުންނެވެ. އެގޮތުން ކުރީގެ ޖެންޑާ .މިނިސްޓަރު ޝިދާތާ ޝަރީފް ވެސް ވަނީ އެ ޕާޓީއާ ގުޅިވަޑައިގެންފައެވެ. މީގެ އިތުރުން ކުރީގެ މަޖިލިސް މެމްބަރުން ވެސް އަންނަނީ އެމްއެންޕީއާ ގުޅެމުންނެވެ.
އެމްއެންޕީއާއި އަލަށް ގުޅުނު ނިމްޝާ އަކީ ޓިކްޓޮކްގައި ނެށުމުގެ ހުނަރު ދައްކާލައި މީހުންގެ ސަމާލުކަން ހޯދާފައިވާ ޒުވާނެކެވެ. ކެބިން ކުރޫއެއްގެ ގޮތުގައި ކުރިން މަސައްކަތް ކޮށްފައިވާ ނިމްޝާ ވަނީ އެދާއިރާ ދޫކޮށް މޮޑެލިންގްގެ ދާއިރާއިން ކުރިޔަށް ދާން ފަށާފައެވެ. ބައެއް އިސްތިހާރު ތަކުންވެސް ނިމްޝާ ފެނިގެން ގޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ. އޭގެ އިތުރުން 'ޑައިނާސްޓީ ޑާންސް އެކަޑަމީ'ގެ ނަމުގައި ނަށަން ދަސްކޮށްދިނުމަށް އޭނާ ވަނީ ކްލާސްތަކެއް ނަގަން ފަށާފައެވެ.
ތީ ރަންޑިންގެ ޕާޓީއެއްތަ
މިއީ ޓިކްޓޮކްގަ އުޅޭ މީހިން ވަންނަ ޕާޓީއެއްދޯ
ހާދަ ރަގަޅަކަށް ތިދަނީ! އަންނަ އިންތިޚާބުގައި ވާދަކުރުމުގެ ބަދަލުގައި ޓިކްޓޮކް ކުޅެލީމަ އޯކޭ ވާނެ!
ކޯޓަށް ދައްކަން ވެފަ އޮތް ލާރި ހަމަ ކޮށްލީ ދޯ ؟ ނިމްސާ އަކީ އެޓެންޝަން ސީކް ކޮށް ގެންވެސް އެވަރަށް ލާރި ނުލިބުނު ގަރލް އެއް. މީހުން އެއްޗެހި ކިޔައިގެން މަޝްހޫރު ވެފަވީ 😂
ނާޒިމް ސަރ ޕާރޓީއަކީ ޓިކްޓޮކް ޕާރޓީ
ޓިކްޓޮކްޕާޓީ ، ނާޒިމް ބުނި އިސްލާމްދީން ހިމާޔަތްކުރާ ޕާޓީއޭތީ ، އަދި ތިތަނަށް ނުވަދޭ ރަނގަޅުމީހެއް ، ހަމަ މީހަކު ފެންނައިރަށް ވައްދަނީތަ
ގޮނޑު ހޮވާ ޕާޓީ.
ކަލޭމެން އެންމެންވެގެން އޭނާ ޓިކްޓޮކުގައި ޖައްސާ ވައްތަރު ޖައްސަންވީނުން. އޭރުން ތާއީދާއި ވޯޓު ހުންނާނީ ވާރޭ ވެހޭހެން ވެހިވެހި.
ހަމަ ގައިމުވެސް ތި މުޑުދާރު އުޅޭޕާޓީ އަކަށް ދުވަހަކުވެސް މަ ސޮއެއް ނުކުރާނަން.. މުޑުދާރުން ޕާޓީ އަށް ނުވައްދާ... ޙެޔޮނުވާނެ
ތިއެއްޗެހިން ކުރެވޭނެ މާ ބޮޑު ބޭނުމެއް ނޮއޮންނާނެ.
ޓިކޮޓޮކް ޕާރޓީ
ދެން އަހަރުމެންނަށް ކީއް؟
މަށައް ފެންނަނީ ދެން ގޮނޑުން ކުނި ހޮވައިގެންގޮސް ތިޕާޓީއަށް ވައްދަން…
ޓިކްޓޮކް ކުޅޭ މީހުން އެއްބައި ކިޔައިގެންތަ މިއުޅެނީ!!
މީ އެއްކަލަ ކުރުސޯޓުލައިގެން ޖަނގިޔާ ދައްކައިގެން ބުރިތަޅުވާން އޮންނަ މަންޖެދޯ ޓިކްޓިކުގަ. ފިސާރި ހެޔޮ ސަވާބު ދޯ އެއްކުރަނީ ވައްތަރު ޖައްސައިގެން.
މަރްހަބާ ނިމްސާ މަރްހަބާ އެމްއެންޕީ ކުރިއަށް ވަޑައިގަންނަވާ އާ ފިކުރުތަށް މިގައުމަށް ބޭނުންވޭ... ކޮން މައުމޫން ޔާމީން އަންނި ގަސިމެއްތަ މިމީހުން އަހަރުން އެއްބަޔަކު އަނެއްބަޔެކާ ތަޅާފޮޅުވާފަ މިމީހުންގެ އަންބޮޑި ބޮޑުކުރަނީ
ތިޕާޓީއޢ މަވާ ސަލާމް! ހަރުދަނާމީހަކު ނުވަދޭ!
ތިކަހަލަ ލާދީނީ ކަންކަން ކުރާ މީހުން ޕާރޓީއަށް ވެއްދުމުން މެންބަރުން އިތުރުކުރަން އުދަގޫ ވާނެ!
ޏާޒިމޫ ކަލޭގެ ފެންވަރު އެގިއްޖެ! ތިމަންޖެއާއެކު ވަރަށް ވެފަހުރެ ފޮޓޯ ތިއިޝްތިހާރުކުރީ!