ޓިކްޓޮކްގައި ނެށުމުގެ ހުނަރު ދައްކާލައި، އާންމުންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ނިމްޝާ ޒާހިރް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިއްޖެއެވެ.

އެމްއެންޕީން ބުނީ މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާން ފަންނާނެއް ކަމަށްވާ ނިމްޝާ އެ ޕާޓީ އާއި ގުޅިފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ނިމްޝާގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ ގިނަ ފަންނާނުންތަކެއް އެމްއެންޕީއާއި ގުޅިފައިވެއެވެ. އޭގެ ތެރޭގައި ދިވެހި ފިލްމް އިންޑަސްޓްރީއިން ފާހަގަ ކޮށްލެވޭ ދެ ޖޯޑު ކަމަށްވާ ޝީލާ ނަޖީބް އާއި މުހައްމަދު މަނިކު އަދި މިހާރު ފިލްމީ ދާއިރާއިން ކުރިއަރަމުން އަންނަ މަރިޔަމް ޝިފާ ހިމެނެއެވެ.

އެމްއެންޕީން ދަނީ ރާއްޖޭގެ ފަންނާނުންނާއި ސިޔާސީ ދާއިރާގެ އިސް ތަޖުރިބާ ކާރުން ވެސް އެ ޕާާޓީއާއި ގުޅުމަށް ދައުވަތު ދެމުންނެވެ. އެގޮތުން ކުރީގެ ޖެންޑާ .މިނިސްޓަރު ޝިދާތާ ޝަރީފް ވެސް ވަނީ އެ ޕާޓީއާ ގުޅިވަޑައިގެންފައެވެ. މީގެ އިތުރުން ކުރީގެ މަޖިލިސް މެމްބަރުން ވެސް އަންނަނީ އެމްއެންޕީއާ ގުޅެމުންނެވެ.

އެމްއެންޕީއާއި އަލަށް ގުޅުނު ނިމްޝާ އަކީ ޓިކްޓޮކްގައި ނެށުމުގެ ހުނަރު ދައްކާލައި މީހުންގެ ސަމާލުކަން ހޯދާފައިވާ ޒުވާނެކެވެ. ކެބިން ކުރޫއެއްގެ ގޮތުގައި ކުރިން މަސައްކަތް ކޮށްފައިވާ ނިމްޝާ ވަނީ އެދާއިރާ ދޫކޮށް މޮޑެލިންގްގެ ދާއިރާއިން ކުރިޔަށް ދާން ފަށާފައެވެ. ބައެއް އިސްތިހާރު ތަކުންވެސް ނިމްޝާ ފެނިގެން ގޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ. އޭގެ އިތުރުން 'ޑައިނާސްޓީ ޑާންސް އެކަޑަމީ'ގެ ނަމުގައި ނަށަން ދަސްކޮށްދިނުމަށް އޭނާ ވަނީ ކްލާސްތަކެއް ނަގަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. އަލީ

  ތީ ރަންޑިންގެ ޕާޓީއެއްތަ

  40
  2
 2. ޓިކްޓިކް

  މިއީ ޓިކްޓޮކްގަ އުޅޭ މީހިން ވަންނަ ޕާޓީއެއްދޯ

  37
  1
 3. ހުސޭނުބޭ

  ހާދަ ރަގަޅަކަށް ތިދަނީ! އަންނަ އިންތިޚާބުގައި ވާދަކުރުމުގެ ބަދަލުގައި ޓިކްޓޮކް ކުޅެލީމަ އޯކޭ ވާނެ!

  41
 4. ނަޝީ

  ކޯޓަށް ދައްކަން ވެފަ އޮތް ލާރި ހަމަ ކޮށްލީ ދޯ ؟ ނިމްސާ އަކީ އެޓެންޝަން ސީކް ކޮށް ގެންވެސް އެވަރަށް ލާރި ނުލިބުނު ގަރލް އެއް. މީހުން އެއްޗެހި ކިޔައިގެން މަޝްހޫރު ވެފަވީ 😂

  30
 5. ސާމިރު

  ނާޒިމް ސަރ ޕާރޓީއަކީ ޓިކްޓޮކް ޕާރޓީ

 6. ޙަަަހަ

  ޓިކްޓޮކްޕާޓީ ، ނާޒިމް ބުނި އިސްލާމްދީން ހިމާޔަތްކުރާ ޕާޓީއޭތީ ، އަދި ތިތަނަށް ނުވަދޭ ރަނގަޅުމީހެއް ، ހަމަ މީހަކު ފެންނައިރަށް ވައްދަނީތަ

 7. ލޯބިވާ ވަޠަން

  ގޮނޑު ހޮވާ ޕާޓީ.

 8. ޝުއާ

  ކަލޭމެން އެންމެންވެގެން އޭނާ ޓިކްޓޮކުގައި ޖައްސާ ވައްތަރު ޖައްސަންވީނުން. އޭރުން ތާއީދާއި ވޯޓު ހުންނާނީ ވާރޭ ވެހޭހެން ވެހިވެހި.

 9. ވާނުވާ

  ހަމަ ގައިމުވެސް ތި މުޑުދާރު އުޅޭޕާޓީ އަކަށް ދުވަހަކުވެސް މަ ސޮއެއް ނުކުރާނަން.. މުޑުދާރުން ޕާޓީ އަށް ނުވައްދާ... ޙެޔޮނުވާނެ

 10. މާމީ

  ތިއެއްޗެހިން ކުރެވޭނެ މާ ބޮޑު ބޭނުމެއް ނޮއޮންނާނެ.

 11. ޓޮކްޓޮކް

  ޓިކޮޓޮކް ޕާރޓީ

 12. މިއީ ދޮގެއްތަ؟

  ދެން އަހަރުމެންނަށް ކީއް؟

 13. Anonymous

  މަށައް ފެންނަނީ ދެން ގޮނޑުން ކުނި ހޮވައިގެންގޮސް ތިޕާޓީއަށް ވައްދަން…

 14. ތަރި

  ޓިކްޓޮކް ކުޅޭ މީހުން އެއްބައި ކިޔައިގެންތަ މިއުޅެނީ!!

 15. ޝާކިރު

  މީ އެއްކަލަ ކުރުސޯޓުލައިގެން ޖަނގިޔާ ދައްކައިގެން ބުރިތަޅުވާން އޮންނަ މަންޖެދޯ ޓިކްޓިކުގަ. ފިސާރި ހެޔޮ ސަވާބު ދޯ އެއްކުރަނީ ވައްތަރު ޖައްސައިގެން.

 16. އަހުމަދުކަ

  މަރްހަބާ ނިމްސާ މަރްހަބާ އެމްއެންޕީ ކުރިއަށް ވަޑައިގަންނަވާ އާ ފިކުރުތަށް މިގައުމަށް ބޭނުންވޭ... ކޮން މައުމޫން ޔާމީން އަންނި ގަސިމެއްތަ މިމީހުން އަހަރުން އެއްބަޔަކު އަނެއްބަޔެކާ ތަޅާފޮޅުވާފަ މިމީހުންގެ އަންބޮޑި ބޮޑުކުރަނީ

  1
  4
 17. ވާނުވާ

  ތިޕާޓީއޢ މަވާ ސަލާމް! ހަރުދަނާމީހަކު ނުވަދޭ!

 18. އަހަންމަދު

  ތިކަހަލަ ލާދީނީ ކަންކަން ކުރާ މީހުން ޕާރޓީއަށް ވެއްދުމުން މެންބަރުން އިތުރުކުރަން އުދަގޫ ވާނެ!

 19. އަހަންމަދު

  ޏާޒިމޫ ކަލޭގެ ފެންވަރު އެގިއްޖެ! ތިމަންޖެއާއެކު ވަރަށް ވެފަހުރެ ފޮޓޯ ތިއިޝްތިހާރުކުރީ!