ރައްޔިތުންގެ މަޖިލީހުން 2022 ވަނަ އަހަރަށް ފާސްކުރި 36.9 ބިލިއަން ރުފިޔާގެ ބަޖެޓަކީ ދިވެހި ރާއްޖޭގެ އިގްތިސާދު ބަނގުރޫޓުވުމުގެ ބިރުއޮތްކަަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން އިތުރު 73 މިލިއަން ރުފިޔާ ބަޖެޓްގައި ހިމެނިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓާ އެއް ގޮތަށް 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކުރީ 64 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް އަށް މެންބަރަކު ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު މެންބަރުންނެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ބަޖެޓަަކީ އަންނާން އޮތް ޖީލުތަކުގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅިގެންދާނެ ބަޖެޓެއްކަމަށެވެ.

އަދި ސަރުކާރުން މިހާ ޒިއްމާދާރުކަން ކުޑަ ގޮތަކަށް ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާ އިގްތިސާދު ފުނޑާލުމަކީ "އަޑި ނޭނގޭ ގޮތަށް ސިއްރުން، އެހުމެއް، ކެހުމެއް ނެތި، ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ މީހަކަށް" ނުވާނެ ކަމަށް ރައްޔިތުންގެ ކުރިމަތީގައި ވައުދުވެވަޑައިގެންނެވި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ރައްޔިތުންނަށް ދޭ ވަރަށް ބޮޑު އަނިޔާއެއްގެ ގޮތުގައި މި ކޯލިޝަނުން ދެކޭ ކަަމަށް އިދިކޮޅުން ބުނެފައި ވެއެވެ.

އަދި މިއީ ސީދާ ރައްޔިތުން ނިކަމެތި ކޮށްލުމަށްފަހު 2023 ގެ ރިޔާސީ އިންތިޚާބަށް ސަރުކާރުން ބޭނުންވާގޮތަށް ސިޔާސީ ކަންކަންކޮށް ރައްޔިތުންގެ ލޮލުގައި އަނދުންއަ އެޅުވުމަށް ރޭވިފައިވާ ބަޖެޓެއްކަންވެސް ފާހަގަކުރާ ކަމަށް އިދިކޮޅުން ބުނެފައި ވެއެވެ.

އިދިކޮޅުގެ ބަޔާނުގައި އިތުރަށް ބުނެފައިވާގޮތުން   ބަޖެޓްގައިވާ ފައިސާގެ އިސްރާފުގެ ބޮޑުބައެއް ހަރަދު ކުރުމަށް ރާވާފައިވަނީ އެމްޑީޕީގެ ވެރިންނާއި ސިޔާސީ ވަޒީފާތަކަށް ކަމަށެވެ.

"މި އަދަދު ކުޑަކޮށް، ސީދާ ރައްޔިތުންނާއި ގުޅޭ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ އެލޮކޭޓް ކުރަން މިކޯލިޝަންގެ މަޖިލިސް މެމްބަރުން ދިޔައީ ތަކުރާރުކޮށް އަޑުއުފުލަމުންނެވެ. އަދި ބަޖެޓްގެ ދިރާސާތައް ހިނގަމުން ދިޔައިރު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލިއްޔަތު އަދި އިގްތިސާދީ ކޮމިޓީން، އާމްދަނީއާއި ގުޅުންހުރި އެއްވެސް ވުޒާރާއެއް، ކުންފުންޏެއް ހާޒިރުކޮށްފައި ނުވާކަންވެސް ފާހަގަކުރަމެވެ. މީގެ އިތުރަށް ދައުލަތުގެ ކުންފުނިތަކުގެ ޙިއްސާ ބޭރު ފަރާތްތަކަށް ވިއްކައިގެން 50 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން ނިންމާފައިވުމަކީ ނުރައްކާތެރި ރޭވުމެއް ކަމުގައި މިކޯލިޝަނުން ދެކެމެވެ. މިހާރުވެސް ކިޔަވައިދޭ މަދަރުސާތަކާއި ހޮސްޕިޓަލްތަކާއި އަދި ރައްޔިތުންގެ އިމާރާތްތައް މޯގޭޖްކޮށް ލޯނު ނަގަމުންދާއިރު 100 ބިލިއަނަށްވުރެ ދައުލަތުގެ ދަރަނި މައްޗަށް ގޮސްފައިވާކަން ފާހަގަކުރަމެވެ" އިދިކޮޅު ބަޔާނުގައި ވެއެވެ.

   އިދިކޮޅުން ފާހަކޮށްފައިވާގޮތުން އެ ކޯލިޝަންގެ މަޖިލިސް މެމްބަރުންވާނީ ތަކުރާރުކޮށް ފައިސާ ޗާޕު ނުކުރުމަށާއި، މިހާރު އޮތްގޮތަށް މިބަޖެޓް ފާސްނުކުރުމަށާއި، ބަޖެޓުގައިހުރި ސަރުކާރުގެ ބޭކާރު ޚަރަދުތައް ކުޑަކޮށް، ސިޔާސީ ވަޒީފާތައް މަދުކޮށް، ސަރުކާރުގެ ވެރިންގެ ދަތުރުތަކަށް ކުރާ ޚަރަދުން ބައެއް އުނިކޮށް، ސަރުކާރު ހިންގުމުގެ ޚަރަދުތައް ވީހާވެސް ކުޑަކުރެވޭނެ ގޮތަކަށް ބަޖެޓް ބައްޓަންކުރުމަށް ގޮވާލާފައިވާ ކަަމަށެެެވެ.

އެ ކޯލިޝަނުން ވަނީ އެ ބަޖެޓް ފާސްކުރުމަށްޓަކައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސް އީވާ ޢަބްދުﷲ އަދި ކޯލިޝަންއަށް ނިސްބަތްވާ ބައެއް އިސް ބޭފުޅުން ބައިވެރިނުވުމަކީ ވަރަށް ޒިއްމާދާރުކަން ކުޑަ ޙީލަތްތެރި ޢަމަލެއެގެ ގޮތުގައި ދެކޭ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޫއޫދު

    އިންޑިއާ އަށްވުރެކުރިން އައުޓް ކުރަންޖެހެނީ އިބޫތާ ބަނޑައްނުޖެހިތިބެގެން އިންޑިއާވެސް ބޭރުކުރެވޭނީ ނުވާވައުދެއްނެތް ފުއްދުނުވައުދެއްވެސްނެއް ރޮށިދެމުންނޫނީ ވެރިކަމުގެ ދަހިވެތިކަމުގަ ކޮއްމެކަމެއްވެސްކޮއްފާނެކަންމިއެގުނީ ބޯހިޔާވަހިކަމޭ ކިޔާފަ ބަޔަކުވިއަފާރިއައް ރިޒޯޓެއްގެ ރޫމްއްހެދިއަސް އެބަގުނާ އަމިއްލަކުންފުނިތަކުން ހަދާބިލްޑިންތަކާއެކު އިންތިހާބުކާރިވާވަރަކައް ގުނަން ފަށާނެ އަވައްޓެރި ގައުމުތަކުގަ ހަދަމުންދާ ބިލްޑިންގުތަކެއްވެސް މިހާރުވެސް ބޮޑުބިޔަ ބަނދެރެއްގެ ގޮތުގަގުނަމުން ދަނީވެސް ކޮޗިންގަހަދާހާބަރު ޕުރޮޖެކްޓް

  2. އަލްޖިބްރާ

    ރާއްޖެ ބަގްރޫޓްވުމުގެ ބިރު އޮތީ މިހާރަކު ނޫން ! ކަލޭމެން ވެރިކަމުގައިތިބެ ރާއްޖޭގެ އެތަން މިތަން ވިއްކާ ރާއްޖެ އޮތީ ބަގްރޫޓްކޮށް ނިންމާފަ ! މިހާރު މިޖެހެނީ ކޮށްފައޮތް ބަގްރޫޓް ފިލުވަން ދިވެހިން މީގެ ކުރިން އުފުލަން ނުޖެހޭ ބުރަ އުފުލަން ! ކަލޭމެން މީޑިއާތަކަށް އަރާ ފާޑުފާޑުގެ އަގަތަޅަން ލަދުނުކަންނަކަން މިއީ ކުޑަވަރެއްގެ ކަމެއްތަ ؟

    2
    2
  3. ސެންޗޯ

    ކަލޯމެން ފޭބިއިރު ރާއްޖެ އޮތީ ބަނގުރޫޓު ކޮށްލާފައި ފައިސާގަނޑުނަގާދިރުވާލައިފައި ތަރައްގީއަށް ކުރި ހުރިހާ ކަމެއްގެ ލޯނު ދެއްކުން މިސަރުކާރުގެ ބޮލުގައި އަޅުވާފަ ދެންމިހާރު އަރާތިބެ ކޮންފެލުމެއް ތި ފެލެނީ ތިއަޑު އަހާނީ ގައުމުގައިތިބި ވަގުން

    3
    1
  4. Anonymous

    "ވަގުންގެ ފައުޖު" ފޮޓޯ ކެޕްޝަން