ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިއްމޭޓަކަށް އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރގެ މަޤާމުގައި ހުންނެވި ޑރ. ޝަހީމް ހަމަޖެއްސުމާއި ގުޅިގެން އެމަނިކުފާނަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ކަމަށްވާ ޝައިހް އަހުމަދު ސަމީރު އަދި ޝައިހް އަލީ ޒާހިރް ބިން ސައީދް ތާއީދު ކުރައްވައިފިއެވެ.

ޝައިހް ސަމީރު އަދި ޝައިހް ޒާހިރު، ޑރ. ޝަހީމްއަށް ތާއީދުކޮށްފައިމިވަނީ ރައީސް ޔާމީންގެ ފަހަތްޕުޅަށް ހުރިހާ ދީނީ އިލްމުވެރިން އަރައިވަޑައިގަތުމަށް ޑރ. ޝަހީމް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.

ޑރ. ޝަހީމްއަށް ތައީދު ކުރާކަން ހާމަކުރައްވަމުން ޝައިހް އަލީ ޒާހިރު ބިން ސައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ޑރ. ޝަހީމް އަކީ ވަރަށް ގާބިލް ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ރަނިން މޭޓަކަށް ޑރ. ޝަހީމް ހަމަޖެއްސުމުން ޝައިހް އަހުމަދު ޝަމީރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ރަނިން މޭޓެއްގެ ގޮތުގައި ޑރ. ޝަހީމްގެ ނަންފުޅު ހުށައެޅުއްވުމުން ޑރ. ޝަހީމް އެމަނިކުފާނާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ކަމަށެވެ. އަދި ޑރ. ޝަހީމް ރަނިއްމޭޓަކަށް ހަމަޖެއްސުމަކީ ދީނާއި ވަތަނަށް ހިދުމަތް ކުރެއްވުމުގެ ފުރުސަތެއްކަމުގައި ބަލައި ކުރިއަށް ދިޔުމަށް ޑރ. ޝަހީމްއަށް ލަފާ އަރުވާފައިވާނެ ކަމަށެވެ.

" ރަނިން މޭޓެއްގެ ގޮތުގައި ޑރ. ޝަހީމްގެ ނަންފުޅު ހުށައެޅުއްވުމުން ޑރ. ޝަހީމް އަޅުގަނޑާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވި. އަދި ޑރ. ޝަހީމް ރަނިއްމޭޓަކަށް ހަމަޖެއްސުމަކީ ދީނާއި ވަތަނަށް ހިދުމަތް ކުރެއްވުމުގެ ފުރުސަތެއްކަމުގައި ބަލައި ކުރިއަށް ދިޔުމަށް ޑރ. ޝަހީމްއަށް އަޅުގަނޑު ލަފާ އެރުވިން" ޝައިހް އަހުމަދު ސަމީރުގެ ޓްވިޓްގައިވެއެވެ،

އަދި އިސްލާމް ދީނާއި މުސްލިމުންނަށް ޚިދުމަތް ކުރެއްވުމުގެ ހެޔޮ ތައުފީގު ޑރ. ޝަހީމްއަށް މިންވަރު ކުރައްވާ އެގޮތުގެ މަތީގައި ސާބިތުކަމާއި އެކު ލެހެއްޓެވުމަށް އެދި ޝައިހް ސަމީރު ވަނީ ﷲ ގެ ހަޟްރަތަށް ދުއާ ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ލޮލް

    އަހަރެމެން ނެތިން ތާއީދު ކުރާކަށް.

    • ޙަސަން

      ޑައިޖިން ބޭނުންތަ ލޮލް

      • ކާފަ

        މަތާއިދުކުރަން ޝަހީމުއައްވެސް ސަމީރުއަށްވެސް އަދި ޒާހިރުއަށްވެސް އެކަމް ޔާމީނުއަކަށް މަށެއް ތާއީދެއް ނުކުރާން ސޯ ނޯ ވޯޓްސް 4 ޔޫ

  2. Anonymous

    ހައްޤުގެ އިލްމުވެރީން ރަސްރަސްކަލުންގެ ދަރުބާރާއި ގާތްވުމަކީ މިހާތަނަށް ތާޜީޙު ހެކިދިން ކަންތައްތަކެއް ނޫން. ރައީސްޔާމީންއަކީ ﷲ ގެ ޝަރިއަތް ބަދަލުކޮށްލި ތޯއޫތެއް

    • ދެނޯ

      ދެން ތިހެންވީއިރު ކޮބާ އެމް.ޑީ.ޕީ ގެ ހާލަތަކީ.

  3. އަބުޅޯ

    ދެން މަހުލޫފް ބުނޭ ސަމީރަކީވެސް ފޭކެކޭ. މަހުލަުފް ތީ ކާކުތަ މީހަކު ހޭބަލިވާކަށް

    • މް

      ހަމަ ފޭކެއް

  4. Anonymous

    ރައީސް ޔާމީންގެ ސަރުކާރަކީ ދީނީ ސަރުކާރެއްކަމަށް ބުނަނީ އެއީ
    ﷲ ހަރާމްކުރެއްވި އެތައްކަމެއް އޭނާގެ ސަރުކާރުގައި ހަލާލްކޮށްފައިވާތީ
    1- މިއުޒިކް ކުޅުމާއި އަޑުއެހުން
    2- ރިބާ ކެއުން
    3- ފާޙިޝް ކަންތައްތަކާއި ޒިނޭ އާއްމުުވުން
    4- ޔަހޫދީންނާއި ނަސާރާއިންނަށް ސަހަރޯވެރިވުމާއި ގުޅުން ބަދަހިކުރުން
    5- މާތްﷲ 07 އުޑުމަތީން ބާވައިލެއްވި ޝަރިއަތް ބަދަލުކުރުން
    ކޮބާތޯ ޤައުމުގެ އާލިމުން މި ސުވާލަށް ޖަވާބެއް ދީފާނަންތޯ އަޅުގަނޑުމެން ޖާހިލުންނަން ތަންދޮރު އޮޅުންފިލުވާދީފާނަންތޯ

    • ކަޅޭ

      އެއްބަސް ވެވޭ

    • ބޭބެ

      ކޮބާ ކަލެއަށް ރަގަނޅު މީހާ!! އެއީ ނަޝީދުތަ؟ ކަލޭ ތިކީ ހުރިހާ ކަމެއްކުރުމުގެ މުގޫ އޮތީ އޭނާގެ އަތުގައިކަން ކަލެއަށް ނޭގުނީތީ ހިތާމަކުރަން!! ދުނިޔޭގައި އުޅެންޏާ ޣައިރު މުސްލިމުންނާވެސް ގުޅުން ބަދަހިކުރަންޖެހޭ!! ދޭދޭ ގައުމުތަކާ ގުޅުން ބަދަހި ކުރަންޖެހޭ!! އެއީ އެމީހުން ބުނާހާ ކަމެއްކޮށް ބުނާހާ އެއްޗެއް ބޮޔެގެން ތިބެ ކުރާ ކަމެއްނޫން!! އެކަމަކު އެގުޅުން ވާންޖެހެނީ އިސްލާމްދީނާ ގައުމަށް ގެއްލުން ނުވާފަދަ ގުޅުމަކަށް!! އެކަން އެގޮތަށް ޔާމީންކުރަނީ!! ކަލެއަށް ނޭގެނީތަ ކީރިތި ރަސޫލާގެ ޒަމާނުގައިވެސް ދީނަށް ގޮވާލައްވަމުން ޢައިރު މުސްލިމުންނާ ބައްދަލުކޮށް އެމީހުންނާ ގުޅުން ބޭއްވިކަން!! އިސްލާމީ ތާރީޚު ފޮތްތަށް ކިޔާބަލަ އަނގަ ނުތަޅާ!! އޭރުން އެނގޭނެ!! ދެން ކަލޭ ތިބުނަނީ ﷲ ޙަރާމް ކުރެއްވި އެތައްކަމެއް ހުއްދަ ކުރީއޭ!! ކޮންކަމެއް ހުއްދަކުރީ ޔާމީންގެ ސަރުކާރުން!! ކަލޭ ނިކަން ބުނެދީބަލަ!! ޒިނޭ ކުރާކަށް ހުއްދަ ނުދޭ!! ވައްކަން ކުރާކަށް ހުއްދަ ނުދޭ!! އެއްޖިއްސުން ގުޅުން ހިންގާކަށް ހުއްދަ ނުދޭ!! ބަނގުރާ ބޮޔެ މުސްލިމުންނަށް ވިއްކާކަށް ހުއްދަ ނުދޭ!! ރިބާ ކާކަށް ހުއްދަ ނުދޭ!! މިއީ ޔާމީން ސަރުކާރުން ހުއްދަ ދީފައިވާ ކަންތައްތަކެއްނޫން!! އެކަމަކު ކޮންމެ ތަނެއްގައިވެސް ތަން ފަސާދަކޮށް ޝައިޠާނާގެ ބަހައް ހެއްލި ފާޙިސް ޢަމަލުތައްކުރާ މީހުން ތިބޭނެ!! އެހެން އެވަނީ!! އެކަމަކު މިސަރުކާރުން އެކަންކަން ކުރާ މީހުންނަށް ހަރުކަށި އަދަބު ދޭ!! އެއީ މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި!! ކަލެއަށް އެވަރުވެސް ނޭގޭ ދޯ؟ ކަލޭ ތިކޮމެންޓުކުރަނީ ޕާކިސްތާނު އަފްއާނިސްތާނު ބޯޑަރުގައި "ވާނުވާގައި" ތިބޭ ހައްދުފަހައަނައަޅާފައި ހުރި މީހެއްގެ އުނގަށް ވެއްޓިހުރެކަމަށް ބޮޑަށް ލަފާކުރެވެނީ!! ކަލޭ އެބަޖެހޭ އިސްލާޙުވާން!! އިސްލާމްދީނަކީ އެއްވެސް ކަމެއްގައި ހައްދުފަހަނައަޅާ ދިއުން ހުއްދަކުރާ ދީނެއްނޫން!!

      • Anonymous

        މުނާފިޤުންގެ ސިފަޔަކީ ތިޔައީ ކަލޯ

    • ޙަސަނުބެ

      ބަލަގަ ކޮއްކޯ ޗާކީ ހުރިހާ ކަމަކީ އަންނި ބޭބެ ކުރިހާ ކަންތައް ތަކުގެ ވާކައޭ އަނެއްކާ ކޮށްކޮއަށް ލިއުމުގާ ނަން އޮޅުނީތޯ؟ ޔަހޫދީންނާ ގުޅުން ބޭއްވީ ކާކުތޯ؟، ދީނަށާ ރަސޫލާގެ ސުންނަތައް ފާޅުގާ ޖޯކުޖެއްސްވީ ކާކުތޯ،؟ 3 އަހަރުތެރޭ ޤައުމު އިނދަޖައްސާލީ ކާކުތޯ؟، ރާ ބުއިމަށް ހިއްވަރު ދެއްވީ ކާކުތޯ؟، ވެރިކަމުގާ މުލިއާގެ ނާސި ގެއަކައް ހެއްދެވީ ކާކުތޯ؟، މިތާނގާ ެހެން ދީންތަކައް ފައްޅި އަޅައިދެން ފާޅުގާ ވަކާލާތު ކުރީ ކާކުތޯ؟، ދޮންމީހުން އުޅޭ ގޮތައް އުޅުމައް ބާރުއެޅީ ކާކުތޯ؟ މީ ވަރަށް ވާހަކަ ވ ސަލާމް

      • ާއާނ

        ޙަސަނުބެ ތިޔަބުނީ ރަނގަޅަށް. ޑެންމާކުގަ 'ޖެސޫޓްސް' JESUITS ގެންނަން ގޮވާލި މީހާގެ ފަހަތުން ދުވުމަކީ ކޮންކަހަލަ ކަމެއްބާ.

  5. ޙައްވަ

    ށެކިއުލާއިން ބެޔނުންވާނީ އަންނިދޯ

  6. ދިވެހީން

    ބޮޑަށް ތާއީދު

  7. ތާއިދު

    އުއްމީދަކީ މިހެންދަމުން ކުރިޔަށްއޮތްތަނުގަ ވެރިކަމުގެ ފުހިމަމާނާއިގަ އިސްލާމްދީނުގެ ހުރިހާ އަސާސެއެކުލެވޭ ވެރިކަމެ މިރާއްޖޭގަ ހިގާތަންފެނުން.. މިއީ ފެށުމެއްކަމަށްބަލާ... މިވއރިކަން ދެން އޮތްތަނުގަ ރަޢީސާ ނައިބުވެސް އިސްލާމީ އިލްމުވެރިންނަވުމަށްއެދޭހިދު ރޔާމީނާ ޑރޝަހީމުއަށް ﷲހަޒުރަތުން ކާމިޔާބަށްއެދެން.. ފުރިހަމަ ނިންމުމެ..

  8. ދޭށޭ

    ދެން ސަރުކާރުން ބައްލަވަންވީ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ހައްލު ކޮށްދޭން. އެގޮތުން ވިޔަފާރި ވެރިންނަށް ގުޅިފަޅުން ކުޑަ އަގުގައި ބިން 100 އަހަރަށްދޭންވީ 15000 ކުންފުންނަށް 2019 ނިމުމުގެ ކުރިން ބިން ދޭނެކަމުގެ ލިޔުން ހަވާލު ކުރުމަށްފަހު...

  9. ހަމީދު

    މިހާރުވެސް އެބަހުއްޓޯ ނައިބްރައީސަކު. ސަހީމް ހީކުރަނީ ދީނީގޮތުން ވިސްނާފަ ކަމައްތަ ޝަހީމް ރަނިންމޭޓަކައް ނެގީ އެއޮއްގެން ގޮވަނީ އިންތިހާބު ކާމިޔާބު ކުރަން ފަސޭހައަކަށޯ ކަލޯ ހައްލާލައިފަ ތިހުރީ.

    • Anonymous

      ކޮންމެއަކަސް ޑެންމާކުގަ 'ޖެސޫޓްސް' JESUITS ގެންނަން ގޮވާލި މީހާގެ ފަހަތުން ދުވުމަކީ ކޮންކަހަލަ ކަމެއްބާ. ކަނޑައެޅި ކުފުރަށްގޮވާލާ ބަޔަކަށްވުރެ އަނިޔާވެރިބައެއްވެސް ރަނގަޅު.

  10. މަރޭ

    ތިބުނާ ކަންކަން އެމްޑީޕީއާ ޖުމުހޫރީއަށް ބަދަލު ކުރެވޭތަ ވާނި އިތުރަށް ގޯސް. އެ ލާދިނީ ކަންކަން ބަދަލު ވާނީ ދެވަނަ މީހަކަށް އެކަން ބަދަލު ކުރެވޭކަހަލަ މީހަކު ހުރެގެން ވީމަާ ޔާމީނުގެ ނިންމެވުން ސަހީމު ގަބޫލު ކުރެއްވީތި މަރުހަބާ.

  11. ސަމައިދާން

    ﷲ އަކްބަރު. އުފާވެރިކަމުގެ ކޮޅެއް ނެތް. މާތްﷲ އަށް ޙަމްދުކުރަން. އިދިކޮޅު މީހުން ކިތަންމެ ފުއްޕާފަ އުޅުނަސް މިފަހަރު ރައީސް ޔާމީން އަދި ޑރ ޝަހީމުގެ ސަރުކާރެއް އެކުލެވިގެންދާނެ. ޢިންޝާﷲ.

  12. ޢަލީ

    އަޅުގަނޑުމެންގެ ތެރެއިން ފިތުނަ ފަސާދަ ނެތި ދާނީ ކޮން އިރަކުންބާ؟ ޚިޔާލަކީ ތަފާތުއެއްޗެއް. އަހަންނަށް ފެނުނުތަކުގަ މި ސަރުކާރުން ކިތައްމެ ރަނގަޅުކަމެއް ކޮށްފި. ރައްޔުތުންގެ ޖީބުތައް ފުރިއްޖެ، ޑޮލަރުތައް މިލިބެނީ އޭޓީއެމުން އެއްވެސް މީހަކު ހާސްވެގެން އުޅޭކަން ނުޖެހޭ. މަސަައްކަތް ކުރަންކެރުނުވަރަކަށް ފައިސާލިބޭ. ބައެއްމީހުންނަށް އެކަން ހަޖަމްނުވަނީ،،

  13. ސަން ޝިޔާމު

    ތީ ދެ ޚާއިނުން! ދެ ފާސިޤުން!

    • ވިސްނާ

      ސަން ޝިޔާމުގެ ނަމުގަ ތިކޮމެޓުކުރާމީހާއަށް ނޭގޭތަ ތިނަމަކީ އެހެންމީހެއްގެ ވިޔަފާރިބުރޭންޑެއްގެ ރަޖިސްޓްރީނަމެއްކަން.. ފުރަތަ ތިމާހާ ހަމަ މަގުގަހުރެ އެހެންމީހުންނަށް ފާޑުކިޔާ.. ޝައިތާނާގެ ނުބައި އަމަލެއް މީސްތަކުންގެ ބޮލުގަ ބަދުނާމުއެޅުވުމާ ފިތުނައުފެއްދުން.. އެކަންކުރާމީހަކަށް އެކަންތައް ރައްދުކުރައްވާށި.. ހަސަދަވެރިންގެ މޭތެޅޭނެ މުއުމުނުނަނަ ނަސްރެއްލިބިދާނެކަމަށް.. އެކަމަކު ނަސަރަކީﷲގެ ހަޒުރަތުންލިބޭ ކަމެއްވީމަ އެކަމަކަށް ހުރަސްއެޅޭނެބާރެ އެކަކަށްވެސް ލިބިގެންނުވޭ.. ވީމާ ރޔާމީނާ ޝަހީމަށް ނަސްރުދެއްވުމަށްއެދި ﷲގހަޒުރަތުން ދުއާކުރަމުން ތިބާގެ ހިތަށް ތެދުމަގު ދެއްކެވުމަށްއެދެން...

  14. ކެރީމާ

    ﷲ އަކްބަރު ޝުކުރު ﷲ

  15. ހަމީ

    އުއްމީދު ކުރަނީ ޓީޗަރުންގެ މުސާރަ ބޮޑު ކޮށް ދިނުނުން.
    ކިޔަވާ ދަރިވަރުންނަށް ލޯނު ނުނަގާ ޕޮކެޓް މަނީއެއް ދީގެން ކިޔެވުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން.

  16. ޝާން

    ދީން ވިއްކާ ބައިގަނޑެއް މިރާއްޖޭގައި އުޅޭނެ. އެއީ މަގާމާއި ފައިސާއަށް ދީން ވިއްކާ މީހުން ކަން ދިވެހި ރައްޔަތުން ދަނޭ.

    • Anonymous

      ޑެންމާކުގަ 'ޖެސޫޓްސް' JESUITS ގެންނަން ގޮވާލި މީހާގެ ފަހަތުން ދުވުމަކީ ކޮންކަހަލަ ކަމެއްބާ.

  17. އިބްރާހީމް

    ﷲ އަކްބަރު. އުފާވެރިކަމުގެ ކޮޅެއް ނެތް. މާތްﷲ އަށް ޙަމްދުކުރަން.

  18. އެމް ޑީޕީ

    އިސްލާމް ދީން ނުދަންނަ މީހުން އެ ދީނުގެ ވާހަކަ ދެއްކުމަކީ ބިރުހުރި ކަމެއް

  19. ވިލުފުށި

    މި ދިވެހި ރާއްޖޭ ނާމާންކަމެއްގެތެރޭގައި އޮއްވާ ވިސްނުންފުޅުގެތޫނުފިލިކަމުން ގައުމު ހަމަމަގައް އަޅުވައި ދެއްވި ކަމައްޓަކާ ޝުކުރުދަންަވަން

  20. އިޖޫ

    އެއްވެސް އިލްމުވެރިޔަކާ ދެކޮޅެއް ނުވާނަން
    ނަމަވެސް ވެރިޔަކައް ތިހުރިމީހާ ތައުބާވެ އެކަން އިއުލާން ނުކުރަނީހެއް ތާއީދެއް ނުކުރާނަން
    އޭނާ ވަނީ ﷲގެ ޝަރީއަތް ބަދަލުކޮއްފަ.
    ..

    • ލައިސާ

      ޝަރީއަތް ބަދަލު ކުރީއެ ބުނާވާހަކައިގެ ތަފްސީލު ދެއްވުން އެދި ވވވ އާދޭސް ކޮށް ދަންނަވަން

    • ސަމީޔާލާ

      ޝަރީއަތް ބަދަލު ކުރީއެ ބުނާވާހަކައިގެ ތަފްސީލު ދެއްވުން އެދި ވވވ އާދޭސް ކޮށް ދަންނަވަން

    • ފަސްލާހީ

      ޝަރީއަތް ބަދަލު ކުރީއެ ބުނާވާހަކައިގެ ތަފްސީލު ދެއްވުން އެދި ވވވ އާދޭސް ކޮށް ދަންނަވަން

  21. ކޮބާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައި އިނގޭތޭ..

  22. ދީން

    ބޯހަލާކު

  23. މަގޭޚިޔާލު

    މިހާރުވެސް ނައިބު ރައީސަކު ހުރޭ. މިޤައުމަށް އެމަނިކުފާނުގެ އޮތީ ކޮން ދައުރެއްތޯޯ؟ ޒިންމާއެއްނެތްގޮތަށް ނައިބުރައީސަކަށް ހުރުމަށްވުރެ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރގެ ގޮތުގައި ޑރ. ޝަހީމް ހުންނެވުން ޤައުމަށް މާ ފައިދާބޮޑުވާނެކަމަށް ފެނޭ.

  24. ސަހަރޯއޭ

    އަނިޔާވެރިވުމަށާ ފަސާދައަށް ބައިއަތުހިފަން ކުރީސަފުގައި އިސްނަގައިގެން މި ތިއްބެވި ބައެއްދޯ؟

    • ބުނެބަލަ

      އަނިޔާވެރިވުމާއި ފަސާދައަށްވުރެން ކަނޑައެޅި ކުފުރުވުމާ ކުފުރަށް ގޮވާލުމަކީ މާނުބައިކަމެއް. އެ ތާއީދުކުރީ ޑެންމާކުގަ 'ޖެސޫޓްސް' JESUITS ގެންނަން ގޮވާލި މީހާގެ ފަހަތުން ދުވުމާ ދެކޮޅަށް.

  25. ކީއްކުރާނީ

    ތާއީދު ތިޔަކުރެއްވީ މޫމިނުންގެ ކަނބަލުންނާ މޫމިނުން ނިކަމެތި ކުރުމަށް ވަޒީފަތަކުން ދުރުކޮއް މޫނު ނިވާ ކުރި އުހުންތުން ނަށް އެންމެ.ކުޑަމިނުން ގުރުއާނާ ބެހޭ މަރުކަކަޒުން ފުރުސަތު ނުދީ ނަބީޔާގެ ސުއްނަތައް އަމަލު ކުރިޔަ ނޫދޭތީ ހެއްޔެވެ؟

  26. މޮޔަ

    މީތަ މި ޤައުމުގެ ތިބި އެންމެ މަތީ ދނީ ޢިލްމުވެރިންނަކީ

  27. Anonymous

    އާނ ތެދެއް.