އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ދައުވާކުރަން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވުމާއެކު ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް، ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ ޗެޓް ލޮގެއް އާއްމު ކުރައްވައިފިއެވެ. މަހްލޫފް ވަނީ އޭނާގެ މައްޗަށް ދައުވާ ކޮށްފިނަމަ ދައުލަތް އޮރިޔާން ކޮށްލާނެ ކަމުގެ އިންޒާރު މީގެ ކުރިން ވެސް ދީފައެވެ.
މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ޕީޖީ ޝަމީމް އާއި ޔޫތް މިނިސްޓްރީގެ ޕާސަނަލް އެސިސްޓެންޓް އަޒްމޫން އަހްމަދުއާ ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ ސްކްރީން ޝޮޓްތަކެއް އާއްމު ކުރައްވާފައެވެ. އެ ސްކްރީންޝޮޓްތައް އާއްމު ކުރައްވަމުން މަހްލޫފް ވިދާޅުވީ، މަހްލޫފްގެ މައްޗަށް ދައުވާ ކުރުމަކީ ކަނޑައެޅިގެން ވަރަށް ޒާތީ ނިންމުމެއް ކަން، ޝަމީމް އާއި އަޒްމޫންގެ ޗެޓްލޮގުން ހާމަވާނެ ކަމަށެވެ.
"ޝަމީމްގެ ފޮތުގައި އޮންނަ ގޮތަށް ދައުވާ ކުރުމަށް ނިންމާނީ އަޅުގަނޑު "ފުއްޕާވަރަށް އަދި ސައިޒުވާ މިންވަރުގެ މައްޗަށް" މަހްލޫފް ލިޔުއްވާފައި ވެއެވެ.
މަހްލޫފް ވިދާޅުވީ، އިސްތިއުފާ ނުދެއްވާނެ ކަމަށާއި، ކޯޓުގައި ހަގީގަތް ސާފްވާނެ ކަމަށެވެ.
ޗެޓްލޮގުން އެނގޭ ގޮތުގައި "100 ދުވަސް" ވީއިރުވެސް މަހްލޫފްގެ މައްސަލައިގައި ގޮތެއް ނުނިންމާތީ އަޒްމޫން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަޒްމޫނަށް ޕީޖީ ޝަމީމް ކުރި މެސެޖެއްގައި ވަނީ "މިއީ ބޭކާރު ގޮތުގައި ފުއްޕީމަ ވާގޮތް." ކަމަށް ވިދާޅުވެފައެވެ. މިހާރު ފުލުހުންގެ ހަމްދަރުދީއެއް ވެސް ނެތް ކަމަށް ޝަމީމްގެ މެސެޖްގައި އިތުރަށް ވިދާޅުވެފައި ވެއެވެ.
ޕީޖީ ޝަމީމް އެގޮތައް ވިދާޅުވުމުން އަޒްމޫން ވަނީ "މިހާރު ނުފުއްޕައެއްނު" ކަމަށް ބުނެ މެސެޖެއް ކޮށްފައެވެ. އެމެސެޖަށް ޝަމީމް ކުރެއްވި ރިޕްލައިއެއް އާއްމުކުރި ޗެޓްލޮގްގައި ނެތެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި މަހްލޫފްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ މިއަދު އެވެ. މަހްލޫފްގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ހިފުމުގެ ދައުވާއެވެ.
މަހްލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހު ފޮނުވީ ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިރު މަޖިލީހުން ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމަށާއި ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ދެމިހުންނެވުމަށް އެސްއޯއެފުން 33،000 ޑޮލަރު ލިބުނު ކަމަށް ބުނާ މައްސަލައިގައެވެ.
މަހްލޫފްގެ މައްޗަށް ދައުވާކުރަން އޭސީސީން މައްސަލަ ޕީޖީ އޮފީހަށް ފޮނުވި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޔޫތު މިނިސްޓަރު ކަމުން މަހްލޫފް ސަސްޕެންޑް ކުރައްވައިފައެވެ. މަހްލޫފްގެ ސަސްޕެންޝަން އުވާލެއްވެވީ ވެސް ދައުވާކުރުން ވަރަށް ބޮޑަށް ލަސްވުމުން މިދިޔަ އޮކްޓޫބަރު ނުވަވަނަ ދުވަހުއެވެ. އޭނާ ސަސްޕެންޑްކޮށްފައި ހުންނަތާ އޭރު ވަނީ ހަތަރު މަސް ދުވަސްވެފައެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި އެ ފައިސާ ޖަމާކޮށް އެކި ކުންފުނިތަކަށް ބަހަމުން ދިޔައީ އެސްއޯއެފް އިންނެވެ. މަހްލޫފަށް ފައިސާ ޖަމާކުރީ އެސްއޯއެފް އިންނެވެ.
ދައުލަތް އޮރިޔާންކުރެވޭނީ އަލީ ވަހިދާ ބައިއަތުހިފައިގެން.
އެސްއޯއެފް އެކައުންޓްގަ ހުރީ އެމްއެމްޕިއަރުސީގެ ފައިސާކަން ސާބިތު ނުވަނީސް ބޮޑު ހިޔާނާތުގެ ފައިސާކަމަށް ބުނެ މަހްލޫފްމައްޗަސް ދައުވަ ނުކުރެވޭނެ. ރިސްވަތަކީ ދޭމިހާއާއ ހިފާ މީހާވެސް ކުށްވެރިވާ ކުށަކަށް ވާއިރު ރިސްވަތު ދިންމީހެއްގެ މައްޗަށް ދައުވާނުކޮށް ރިސްވަތު ހިފިކަމަށް ދައުވާ ނުކުރެވޭނެ. ވީމާ މަހްލޫފުގެ މައްޗަށް ދައުވަކުރުން ގާނޫނުއަސަސިއަ ހިލާފު.
ކޮބާތަ؟ ވެންޓިލޭޓަރ ގެ ކޭސް
މަހުލޫފް ތިހެން ބިރު ދައްކަިގެން މަގާމުގެ ބޭނުމުގަ ނޫޅުއްވާ...ބޭއިންސާފުން އެމީހުން ކަންކުރާނަމަ ދައުވާ ނުކުރިޔަސް އެކަން ހާމަ ކުރަންވީ..އެހެންވީމާ އެނގޭ ކަމަކީ ހަމަ ދަޢުވަ ކުރަންޖެހެނީއޭ ދޯ..އަލީ ވަހީދުވސް އެއުޅެނީ އެފަދަ ހާލެއްގައި..ތެދުވެރިކަމެއް ހުރިނަމަ މިހާރުން ފެށިގެންވެސް ކަންކަން ހާމަ ކުރައްވާ..ތިމާޔަށް ތުހުމަތެއް ކުރެވުނީމައެއް ނޫން އުތުރެން ފަށާނީ...
ހުސްއޮރިޔާން ހާލުތިބިމިހުން މިސަރުކާރުގަ ތިބީ...
ފު އްޕިޔަސް ނުފު އްޕިޔަަސް ހަމްދަރުދީވެގެން ނުވެގެންވެސް ވެސް އިންސާފުގާ އިމުކުރޭ ހަމަހަމަ ގޮތުގަ، ކަރަޕުޝަން ގެ ހަގީގަތް ހާމަ ކުރާނީި ނިގުލަށްފިތީމަތޯ؟
ސޯލިހު ނެގިފައިސާ ކޮބާ ހެކިން އެތިބީ ސަލާމަތެއްނުވެވޭނެ މިއަދު ސޯލިހުއަކަށް ދެންހުރޭ ވެރިކަމުގަ ހަމަފައިބާއިރަށް ދާންޖެހޭނީ ޖަލަށް
އިސްތިއުފާ ދުމައް އެރީ
ހިތްވަރު ކޮށްލާ މަހޭ ،.
ފޭކު ޗެޓު ލޮގެއް.. އެޑިޓެއްކަން އެނގޭ ބަލައިލީމަވެސް.. މަހޭ ދެން ގެއަށްދޭ.. ޕީޕީއެމްއަށް ހަރާންކޯރުވުމުގެ ބަދަލު ފެންނާނެ
މިއިން މީހެއްގެ މައްޗަށް ދަޢުވާކޮށްފިއްޔާ ޕީޖީ ގޯސްވީ ހުކުމެއް ކޮށްފިއްޔާ ޤާޒީ ގޯސްވީ.. ސަލާމަތެއް ނެތްތާ
ހާމަ ކުތާނެ އުންސުރުތަށް ބަލަން ކެތްމަދުވެފަ ހުރީން //
އޭގެ މާނައެއްނޫން ، މަޚްލޫފް ޚިޔާނާތުގައި ބައިވެރި ނުވަޔެކޭ ، ޚިޔާނާތުގެ ބައިވެރިން އެމީހުންނާއި އެއްކޮޅަށް ތިބޭނަމަ ، ދައުވާކުރުން މަޑުޖައްސާލާވާހަކަ އެއިން އަހަންނަށް ދޭހަވަނީ ،
ދައުލަތެއެް އޮރިޔާންކުރަން ވަޒީރަކު ނުކުތުމުން މަޤާމުގަ ބެހެއްޓުމަކީ އެ ސަރުކާރެއްގެ ނާޤާބިލުކަން.
ސާބިތުކުރެވޭވަރަށް ހެކި ލިބުމުން ޝަރީޢަތަށް ފޮނުވަނީ މިއީ މަސައްކަތުން އެކަހެރިކުރަންވީ ވަގުތު.
މަހޭނެތިދަނީ
މަހުލޫފުއަކީ އަބަދުވެސް ފައިސާ އަށް ހެއްލޭ މީހެއް...މީނާ ޑޮލަރ ގަތަސް ގަތީވެސް ހުއްދަނޫން ތާކުން...އިސްތިއުފާއެއްވެސް ނުދޭނެ...
މި ސަރުކާރުތެރޭގައި ނެތް އެއްވެސް ނަޒާހަތްތެރިކަމެއް. އަޚްލާގީގޮތުންވެސް ފެެެއިލްވެފައި. މުޅި ދައުލަތް ފެއިލްވެފައި. ރައީސްގެ ލީޑަރޝިޕެއް ނުފެނޭ. ކޮންމެ ވެރިއަކުވެސް އުޅޭނެގޮތަކަށް އުޅެންވީ. ބަލާލުމެއް ނެތް. ރައްޔިތުންގެ މަސްލަހަތު އޮތީ އެންމެ ފުލުގައި. ނާގާބިލުކަމާއި މަގާމުތަކަށް ކުފޫހަމަނުވާކަން ހުރިހާ ދިމާލަކުންވެސް ފެންނަނީ.
ކަލޭބުނީމެއްނުޫން ދައުވާކޮފިއްޔާ އިސްތިއުފާދޭނަމޭ ދެންމިހާރުމދައްކަނީ ކޮންވާހކައެއް ލަދުހަޔާތްކުޑަކަން މިފެންނަނީ
އެހެންވީމަ މަހުލޫފު ބޭނުންވަނީ ދައުލަތް ކިޑްނެޕް ކޮށް ބިރުދައްކައިގެން މަހުލޫފުގެ މައްޗަށް ދައުވާ ކުރިޔަނުދީ ހިފެހެއްޓުންތަ. މި އަމަލުތަކުން އެނގެނީ މަހުލޫފު ތިކަމުގަ ބައިވެރިވެފައިވާ ކަން. އެހެންނޫންނަމަ ތިހުރިހާ ހަޑިނުހާވާ ސަރީއަތުން ބަރީއަވުމަށް މަސައްކަތް ކުރުމަކީ އެންމެ ފުރިހަމަ ގޮތް.
ކަލޯ މަހުލޫފް.....
މަގާމުގަ ހުންނަން ހާދަ ބޭނުން ވެޔޭދޯ... ކަލޯ އަބަދު ތި މަގާމުގަ ނުހުރެވޭނެ
އޮރިޔާން ނުކުރެވޭނެ އެއުޅެނީ ބިރުދައްކަން ކެއިހާ ބައިވަރު ގިނަވެގެން އެމައްސަލަ އޮއްބާލައިތޯ ހަމަ މައްސަލަވެސް ބަލާނަން އަޅެހަމަ ދައުލަތް އޮރިޔާން ކުރެވޭފަދަ ބާރެއް އޮތިއްޔާ ހާމަ ކޮށްބަލަ ހަރުބަހެއްގައި ބުނެއުޅޭ "ހިފަންކެރޭ ކުއްތާ ވައްވައް ނުޖައްސާނޭ"