22:53

20:54

އައްޑޫސިޓީގައި ހަލުވި ކަމާއި އެކީ ކޮވިޑް-19 ފެތުރެމުން އަންނާތީ ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވެއްޖެ

20:04

ޖަރުމަނުވިލާތުގައި ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު 100،000 އަށް ވުރެ އިތުރުވެއްޖެ

19:35

ފާއިތުވެދިޔަ ދެ ދުވަހު ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19އަށް ފައްސިވުމުން، ޔޫރަޕްގެ ގައުމެއް ކަމަށްވާ ސްލޮވާކިއާ ފުރަބަންދުކޮށްފި

19:27

ދެކުނު ކޮރެޔާގެ ލަވަކިޔާ ގުރޫޕެއް ކަމުގައިވާ ބްލެކް ޕިންކުގެ މެމްބަރު ލިސާ ކޮވިޑް-19 އަށް ފައްސިވެއްޖެ

17:26

ދެކުނު އެފްރިކާއިން ކޮވިޑް-19ގެ ނުރައްކާތެރި ވައްތަރެއް ފެނިއްޖެ

ކޮވިޑް-19 ގެ ނުރައްކަލުން އަރައިގަތުމަށް އާންމުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ވިދާޅުވެފައެވެ.

ދުވަސްތަކަކަށް ފަހު އެޗްޕީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ނޮވެމްބަރު މަހުގެ ތެރޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ހުރީ ދުވާލަކު 130-140 އާ ދެމެދު ކަމަށެވެ.

ކޮވިޑުގެ ވޭދަނަތައް މަދުވެފައި އޮތް ނަމަވެސް މިހާރަށްވުރެ ބޮޑަށް ދަށްކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށް އަފްޒަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ކޮވިޑް ކޮންޓްރޯލުކުރުމަށް ދިމާވާ އެންމެ ބޮޑު އެއް ހުރަހަކީ ކޮވިޑުގެ އަލާމާތްތައް ހުންނަ މީހުން ވެސް ޓެސްޓު ކުރަން ސުންކު ނުދިނުމެވެ.

"އެހެންވީމަ އަލާމާތްތައް ހުންނަ މީހުން ހަމަ ސާމްޕަލް ދެއްވާށޭ. އަދި ރެންޑަމް ސާމްޕްލިން ފަދަ ހަރަކާތްތައް ހިންގާއިރު އެކަމަށް ފުރިހަމައަށް އިޖާބަ ދެއްވައި އަޅުގަނޑުމެންްނަށް ސާމްޕަލް ދެއްވާށޭ،" އަފްޒަލް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    އެއްވެސް ޝައްކެއް ނެތް ހުރިހާ ޒިއްމާއެއް ބޮލޮއަޅާނީ އާއްމު ރައްޔިތުންނެވެ.
    އެއްވެސް ޒިއްމާއެއް ބޮލުއަޅަން ނުޖެހޭ ބަޔަކީ ޑަކުޓަރުންނާއި އަދި ނަރުހުންނެވެ.
    ހުރިހާ މަންފާއެއް އޮތީ ވެކްސިން ވިއަފާރީގައެވެ.
    ކޮވިޑް 19 އަކީ މަކަރާއި ހީލަތުން ފުރިފައިވާ މިހާތަނަށް ދުނީޔޭގައި ހިންގެ އެއްމެބޮޑު ޖަރީމާއެވެ.