ރައީސް އަބްދުﷲ ޔާމީންގެ ރަނިއްމޭޓަކަށް ޑރ. ޝަހީމް ހަމަޖެއްސެވުމުން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންކަމަށްވާ ޝައިހް އިލްޔާސް ހުސެއިން އާއި ޑރ. މުހައްމަދު އިޔާޒް ޑރ. ޝަހީމްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އެގޮތުން ޝައިހް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ދީނީ އިލްމުވެރިންނާއި ދީނަށް ލޯބިކުރާ މީހުން އަބަދުވެސް ޒާތީ މަންފާއަށް ވުރެއް ބޮޑަށް ދީނާއީ ހިލާފަށް ކުރެވޭ ކަންކަމާއި ، އަނިޔާވެރިކަމާއި، ނާއިންސާފާއި ، ހިޔާނާތާއި ، ކަރަޕްޝަން އާއި ފަސާދައާއި ދެކޮޅުވެރިވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމަށެވެ.

ޝައިހް އިޔާޒް ޑރ. ޝަހީމްއަށް ރައްދުކޮށް ކުރެއްވި މި ޓްވީޓަށް ކޮމެންޓް ކުރައްވަމުން ރާއްޖޭގެ ގިނަ ބައެއްގެ މަގްބޫލުކަން ހޯދައިފައިވާ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ އަބަދުވެސް އަމިއްލަ މަންފާއަށް ވުރެއް އިސްކުރަންވާނީ ޖަމާއަތުވެ މަންފާކަމަށެވެ. އަދި އަނިޔާވެރިއަކަށް އެހީތެރިވެގެން ލިބޭނެ މަންފާއެއް ނޯންނާނެ ކަމަށްވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.

" އަބަދުވެސް އަމިއްލަ މަންފާއަށް ވުރެއް އިސްކުރަންވާނީ ޖަމާއަތުވެ މަންފާ. އަނިޔާވެރިއަކަށް އެހީތެރިވެގެން ލިބޭނެ މަންފާއެއް ނޯންނާނެ" ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

ޝައިހް އިލްޔާސް އާއި ޑރ. އިޔާޒް ރައީސް އަބްދުﷲ ޔާމީންގެ ރަނިއްމޭޓް ޑރ. ޝަހީމްއަށް ފާޑުކިޔާފައިވައި މިވަނީ ހުރިހާ ދީނީ އިލްމުވެރިން ރައީސް ޔާމީންގެ ފަހަތްޕުޅަށް އަރާވަޑައިގަތުމަށް ޑރ. ޝަހީމް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.

ބައެއް ޝައިހުންގެ ފާޑުކިޔުން ޑރ. ޝަހީމްއަށް އަމާޒުވި ނަމަވެސް ނަން މަޝްހޫރު ބައެއް އިލްމުވެރިން ވަނީ އެމަނިކުފާނަށް ތާއީދުކުރައްވާފައެވެ. އެގޮތުން ޝައިހް އަލީ ޒާހިރު އަދި ޝައިހް ޝަމީރު ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

66 ކޮމެންޓް

 1. ހުސެން

  ކޮންމެ މީހަކަށް ﷲ ވަނީ ބުއްދި ދެއްވާފައި ނަމަވެސް ވިސްނޭނީ ވިސްނާ ފިކުރު ކުރާމީހަކަށް އަދި ވިސްނޭނީ ﷲ ވިސްނުން ދެއްވި މިންވަރަކަށް ރާއްޖޭގެ އިލްމުވެރިންނާއި މެދުވަނީ ސުވާލު އުފެދިފައި ސަބަކީ އެބޭފުލުން ބޭނުންވާ ކޮންމެ ކަމެއް ކުރުމަށް ޤުރުއާނާއި ސުންނަތުން ދަލީލުނެރޭ ހަމަ އެކަން އެހެންބަޔަކު ކޮށްފިނަމަ އެ ދަލީލުތަށް ބަދަލުވެ އެދަލީލު އޭގެ އަނެއް ކޮޅަނެރޭ

  • އަލިފުޅު.

   މަނިކުފާނަށް ތާއީދު. ތިއަ ފާޅުކުރެއްވީ ވަރަށް މޮޅު ހިޔާލެއް.

 2. އަހްމަދު

  ޕާޓީ ތައްއުވާލަން ފެނޭ..މީބޮޑުވަބާއެއް.

  • ވަރަށް ސަލާމް

   އާއެކޭ ... މިޑިމޮކްރަސީ މީ އިސްލާމުންގެ ދުޝްމިނު އެއްޗެއް....

  • ހެހެހ

   ޑިމަކުރަސީއަކި ދީނެއް. އެއީ ދައްޖާލުގެ ނިޒާމެއް. ދައްޖާލަށް ސައިކުރާ ކައްކާދިނުން.

  • ާއާނ

   އާނ މި ޑިމޮކްރަސީއޭ ކިޔާފަ ހުޅަނގުން ބޭނުންވީ މިކުޑަ މުޖުތަމަޢު ބައިބައި ކޮށްލަން. ޕާޓީ ސިސްޓަމުއައުމުގެ ކުރީގަވެސް އޮތީ ރައްޔިތުންގެ ވެރިކަމެއް. އޭތި ކަޑަވެގެން ދިޔައީ އެއިރު ރައްޔިތުން ލޯހުޅުވިފަ ނެތީމަ އާއި 'އެލީޓުން'ނަށް އެއްކޮށް ޤައުމު ދޫކޮށްލުމުން. މިހާރު އެކަމަކު އެބަވެއްޖެ ޕާޓީ ސިސްޓަމާ ދުރަށްދާން.

 3. ާަاحمد

  އިލްޔާސު އާ އިޔާޒުގެ ބޮލުގަ އޮތީ ދީނީ ފޭކު ތާކިހަލެއް

 4. ސުވާލު

  މިދެމީހުންނަކީވެސް އައްޑޫ ދެމީހުން. އައްޑޫމީހުން އެމްޑީޕީއައް މަރުދޭ ސަބަބެއް ހަމައެއްގޮތަކައްވެސް ނޭނގޭ. އެނގޭ ކަމަކީ މިދެމީހުން އެތިބީ ޑިސްކޯތަކުގަ މަސްތުވެގެން ގޭ މެރިއޭޖް ކުރަން ގޮވާލާ ޕާޓީއެއްގެ ކެނޑިޑޭޓަކައް ބައިއަތު ހިފައިގެންކަން.

  • އައްޑޫ

   އައްޑޫއަކީ ދިރާސާ ވިސްނުމާއި ތަހުޒީބު އެނގޭ ތައުލީމީ ބަޔަކު ތިބި ތަނަކަށް ވެފާ މިތަނުގަތަރައްގީގެ ޒައްރާއެއްހާ މިންވަރުވެސް ހިައްސާނުކުރެވޭ ކަމށް ވަންޏާ ރަށަްފުށު މޮޔައިންހެން ރީތި މިއުޒިކެއް ކުޅެދޭ ކޮންމެ މީހަކަށް ސަނާނުކިޔާނެ. އެމީހުންގެ ވިސްނުމުގެ ސޮލިޑިޓީ ހަމަ ބޮޑުތަނުންވެސް ތަފާތުވާނެ. އައްޑޫއިލްމުވެރިން ވަގުންނާއި މީހުން މަރާ ގެއްލުވާ ހަދާމީހުން ވަކިކުރަން ދަންނާނެ. އައްޑޫއިލްމުވެރިން އިންސާފުން ހުކުމް ނުކުރާ ޓާގެޓްކޮށް ގަނޫން ބަދަލްކުރަމުންދާ ހާކިމާއިން ވަކިކުރަން ދަންނާނެ. މިކަން ރަށްފުށުގެ މީހުންނަށް ހަޖަމް ނުވުމަކީ އައްޑޫ އިލްމުވެރިންގެ ކުށެއްނޫން

   • ެައައްޑޫ

    އައްޑމީހުންނަށް ކިތައްމެ ކަމެއް މިސަރުކާރުން ކޮށްދީފި. ޙުސް އައްޑޫތަ އޮންނަން ޖެހެނީ

    • ތޫތުކުޅި

     ނޫނޭ ދޫންޏާ، ހުސްމާލެ އޮންނަންޖެހޭނީ ދެން އަވަހަށް ދެ ކޮނޑުޅުލުހެންދެން އަތްޖަހާ
     ރާއްޖެތެރެ ކުޅަނދުމަދޭ ކިޔަނީ މިހެންވާތީތާ. އައިމިނެ ބޮލުގަ މަލެއްޖެހީމަ އުފާވާން މިޖެހެނީ އެމަންޒަރުބަލަން ހުރި އެހެނަސް އެމާ ހައްގުވާ ދެވަނަމީހާ

 5. Anonymous

  އަންނިއޭ ކިޔާ މީހަކު ދީނައް ފުރައްސާރަކޮއް މަލާމަތްކޮއް ރަސޫލާއައް ހަޖޫޖަހާ ހަދާފިޔޭ ކިޔާފާ ހުރި އިލްޔާހުގެ ވީޑިއޯތައް ލައްކަގިނަ އިގޭ.

 6. ޖޯން

  ތިފެންނަނީ

 7. ލާދީން

  މިދެމީހުނަށްވެސް ކަމުދަނީ ލާދީނީ އައްނިދޯ މިއީ މިއުޅޭ ދީނޭކިޔާގެން އުޅޭބައިގަނޑުގެ ހާލަކީ

  • އެކަމަކު ދެން

   ބަލަ މިމީހުންނަކީ ސިޔާސީ މީހުން. ދެން އެހެނޭ ކިޔާފަ ޖުމުލަކޮށް 'ދީނީ ބައިގަނޑޭ' ކިޔާފަ ސިޔާސީ މީހުން ދައްކާ ވާހަކަ ދީނަށް ރައްދުކުރުމަކީ ބުނެވޭ ބަދުބަހެއް.

 8. ޙާޖީ ތުއްތު ދީދީ

  މުޖުތަމަޢުގައި ކުށްކުރާ މީހުންނަށް އަދަބު ލިގެން ދިޔުމަކީ ވެރިމީހާ އަނިޔާވެރިޔަކަށްވުންތޯ މަޝްހޫރު ޢިލްމުވެރިން ސާފުކޮށް ދެއްވަބައްލަވާ

 9. ޑރ

  2 ޖާހިލުން

 10. ސޭކުުސްތާނު

  ‏‎އަމިއްލަ މަންފާއަށްވުރެ އިސްކުރަން ވާނީ ޖަމާއަތުގެ މަންފާކަމަށް މި 2 ސޭކުން ބުނާއިރު ދައުލަތުން 4.8 ބިލިއަން ކައްވާލައިގެން ތިބި ބަޔަކާއި ބައިއަތު ހިފައިގެން ނުވިތާކަށް ދީނަށް ފުރައްސާރަކުރާ ބައިގަނޑެއް ފަހަތުން ތިޔަ ހޭބަލިވަނީ ކޮން މަންފާއެއް ލިބޭތީ ތޯއެވެ.

 11. ޢަލީ ޙަސަން

  އިޔާޒާއި އިލްޔާހަކީ މުރުއްވަތްތެރިކަމެއް ނެތް، އުޞޫލެއް ނެތް ބަޔެއްކަން އެ މީހުންގެ ޢަމަލުތަކުން ވަނީ ސާބިތުވެފައި. ކޮއްކޮ ޝިފާ އަށް އަލުން މިނިސްޓަރުކަން ލިބެން އޮތީ ނަޝީދުގެ ގޮނޑިކޮއްކޮ ސަރުކާރެއް އައިސްގެންކަމަށް އިޔާޒަށް ގަބޫލުކުރެވޭތީ އެމްޑީޕީއަށް ތާއީދުކުރުމަކީ ދީނަށް ލޯބިކުރުމުގެ ކިހާ މަތިވެރި މިސާލެއްތޯ؟ އެކަމަކު ހިތާމައަކީ ތިޔައިން މީހަކު އެމްޑީޕީގެ ރަނިންގ މޭޓަކަށް ވެސް ނުނަގާނެކަނ.

 12. މޯޑީ

  ޑޮކްޓަރ އިއާޒަކީ ޑޮކްޓަރ ހާމިދު އަބުދުލް ގަފޫރު ގެ ބޭބެ އެއް. ސަލާން.

  • ހެހެހ

   ބޮއެގެން!

 13. ދޮށިމޭނާ

  ތިކަން އެނގުނީސް ތިދެބޭފުޅުންގެ ތެރެއިން ބޭފުޅަކަށް ފުރުސަތު ލިބުނުނަމަ ވ އުފާފުޅުވީސް ދެއްތޯ؟ ވވ ބަރާބަރު ޝަހީމް ތިގޮތުގައި ހުންނެވުން ވ އެދެމް ޝުކުރިއްޔާ

 14. ޙުސައިނާ

  ކަންނެލި އޮޑިޔެއްގެ ވާހަކަ ތަންކޮޅެއްކުރިން މަވެސް އެހީން........

  އަހަރުމެން އަޑެއްނާހަން ޑރ ޝަހީމްގެ އެއްވެސް ކޮރަޕްޝަނެއްގެ ވާހަކައެއް އަދި އެއްވެސްމީހަކު ދިން ރިޝްވަތެއްގައި ހިފިވާހަކައެއްވެސް ނީވޭ، މިއޮތް ހަލަބޮލި ސިޔާސީ ކަންތައް ގަނޑުތެރޭ ސިޔާސީ ކަންކަމުގައި އުޅުއްވަމުންވެސް އެއްވެސް މީހެއްގެ އަބުރާބެހި ނޭދެވޭ ޒާތުގެ ވާހަކައެއްވެސް އެއްވެސް މީހަކާދިމާލަށް ޑރ ޝަހީމް ވިދާޅުވި އަޑެއްވެސް ނާހަން

  ޑރ ޝަހީމަށް ފާޑުކިޔާ ޓްވީޓް ކުރެވޭވަރުގެ ބަޔެއްނޫން ތިޔަކީ،

 15. ކަންނެލި އޮޑި

  23 ޑިސެމްބަރު އިއްތިހާދުގެ ބޮޑު އެއްވުމުގައި މިދެ ބޮޑު ސޭކުން ހޭރި ހޭރިފައި ނަޝީދުގެ ލާދީނީ ވާހަކަދައްކާފައި މިހާރު މި ތެޅިއަރުވަނީ ޖަމާއަތުގެ މަސްލަހަތަށް ތޯއެވެ. އަޖައިބު ވެދާނެ! ?

 16. ސެލް

  ޖަމާއަތުގެ މަންފާއަށް ވިސްނާފައި ނޫނީ ޝަހީމް އެފަދަ ނިނއްމެވުމެއް ނުނިންމަވާނެއެވެ. ރާއްޖޭގައި މަޝްހޫރުވި ކަންނެލި އޮޑީގެ ވާހަކަތައްފަދަ އަމިއްލަ އެދުމަށް ދަރުސްދީ ދުޢާކޮށްދޭ ވާހަކައެއް ޝަހީމް އާއި ގުޅުވަިގެން ދެކެވިފައެއްވެސް ނެތް. މިއަދު ގައުމާ ޖަމާއަތާ ދީނަށް ވިސްނާބަޔަކުނަމަ ތިބޭނީ ރައީސް ޔާމީނުގެ އަރިހުގައި. ހުޅަގުންނާ އިންޑިޔާއިންނާ ޣައިރު މުސްލިމުން މިއަދުވެސް ވަރަށް ރުޅިއަންނާނެ ނިއްމެވުމެއް އެއީ ޝަހީމް ފަދަ ދީނީ ލީޑަރެއް ރަނިންމޭޓަކަށް ގެނައުންވެސް. އެކަމަކު ރައީސް ޔާމީން ވިސްނަނީ މިގުމާ މިގައުމުގެ ރައްޔިތުންނާ ދީނަށް. ލާދީނީ މީހުން ބުނާނެ އެއްޗަކަށްނޫން އަދި އެމީހުން ކޮށްފާނެ ދަތިތަކަކަށްނޫން.

 17. ގާދިއްފުށި

  އޭ ޔާމީން އާ ނުބުހޭތި ރާއްޖެތެރެ އޮތްކަން އެގުނު ހަމައެކަނި ރައީސް އަކީ ރައީސް ޔާމިން ރާއްޖެތެރޭމީހުން ވޯޓްދޭނެކަން ޔަގީން.2018.

 18. މާނިދި

  އިސްލާމް ދީނަށް ނަޞްރު ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކަށް އަބަދުވެސް ފާޑުކިޔާނެ، އަަޅުއްވާލައްވާނެ ކަމެއް ނެތް. އެމީހުން އެތިބީ ކަނޑައެޅިގެން އިސްލާމް ދާނާ ދެކޮޅަށް މަސައްކަތް ކުރާބައެއްގެ ފަހަތުގައި. ތިޔަ އިލްޔާ ބުނީ ތިމަންނަ ދުޢާ ކޮށްގެންނޭ މައުމޫންގެ ވެރިކަމާއި، ނަޝީދުގެ ވެރިކަން ވެއްޓުނީ، އަދި ޔާމީނުގެ ވެރިކަން ވައްޓާލުމަށްވެސް ޢިމްރާނާއި އިލްޔާސް ނުކުތް، މިހާރު އެމް. ޑީ. ޕީ ވަރެއް ނެތް. ދޯންޏަކަށް ދީނާއި ޤައުމު ވިއްކާލާފައިހުރި މީހަކަށްވުރެ އަމިއްލަ އެދުމާއި އަމިއްލަ މަންފާއަށް މަސައްކަތް ކުރާމީހަކީ ކާކުތަ؟

 19. ޑަޔާނާ

  ތިޔަ އިޔާޒުގެ ވާހަކަ ހެޔޮވާނެ ނުދެއްކިޔަސް. މަށަކީ އެގޭގަ އުޅޭމީހެެއް. މީދެން ވަރަށް ވާހަކަ.

 20. Anonymous

  ދެވަނަ ކަންނެލިއޮޑި ބަންނަން ފަށަންދަމާލާފި. މިފަހަރުވެސް އަންނިގެ ވެރިކަން ތިރިްަރުވާލަން އިލްޔާހު ބޮޑަކައްހުރެ ބޮޑުޖަލްސާ ރަގަޅައް ރާޅުގަނޑުގަ ބާއްވަންވާނެ

 21. Anonymous

  އަންނި ދީނައް ފުރައްސާރަކޮއް މަލާމަތްކޮއް ރަސޫލާއައް ހަޖޫޖަހާ ހަދާފިޔޭ ކިޔާފާ ހުރި އިލްޔާސް އާ މަޖީދުގެ ވީޑިއޯތައް ލައްކަގިނަ އިގޭ.
  23 ޑިސެމްބަރު އިއްތިހާދުގެ ބޮޑު އެއްވުމުގައި މިޝެއިޚުން ރޮވިފައި ނަޝީދުގެ ލާދީނީ ވާހަކަދައްކާފައި މިހާރު މި އުޅުއްވަނީ ޖަމާއަތުގެ މަސްލަހަތަށް ތޯއެވެ. އަޖައިބު ވެދާނެ!
  (މިކަމުގެ ފަހަތުގައިހަސަދަވެރިކަން ނުވަތަ އެނޫން އެހެންކަމެއް އޮތުން އެކަށީގެންވޭ)

 22. .ދީން

  ދީނޭ ކިޔާފަ އެމީހަކު ތާއީދު ނުކުރާ މީހަކަށް ހެއްދެވި ނުހެއްދެވި އަކަށް ނުގޮވޭނެ. ދީނީ ކަމުންދޯ އަބަދު މީހުންގެ ނުބައި ވާހަކަ ދައްކަނީ ވެސް

 23. ހެހެހ

  ޢިޔާޒު މިހުރީ ނަޝީދުގެ ސިހުރުގަ ޖެހިފަ. ނަޝީދަކީ އަނިޔާ ވެރިއެއް. އެމްޑީޕީގައި އިސްކޮށް ތިބީ މާތްﷲ އަށް އަނިޔާވެރިވާ އަދި އަނިޔާވެރިކަން ފާޅުކުރާ އަދި އަނިޔާވެރިކަމުގެ ފިކުރުގެ މީހުން. އިޔާޒައް މިވަރު ނުވިސްނެންޔާމު އިޔާޒު އެހުރީ އަމިއްލަ މަންފާ އިސްކޮށްފަ.

 24. ޒާ

  އައިއެސްމީހުންވެސް ވަރަށް ދެކޮޅު ކަމަށްވޭ.

 25. އަހަންމާ

  އަމިއްލަ މަންފާއަށް އުޅެނީ އިލްޔާސް އާ އިޔާޒް .. ވަރަށް ސާފް

 26. މުހައްމަދު

  ދިވެހި ރާއްޖޭގައި ސިޔާސީ ޕާތީތަށް އުވާލަަން ފެންނަނީ. ފިތުނަވެރިކަން އުފެދި މުޖުތަމައު ހަލާކުވެގެންދާ މައިގަނޑު އެއްސަބަބަކީ މިކަންތައް.

 27. އަހުމަދު

  މީނާ ބުނި މައްސަރު ނުވާ ކުޑަކުދިންގެ ޢިއްދައިގެ ވާހަކަވެސް. މިމީހުން ގެންނަން މިއުޅެނީ އަފްގާނިސްތާނުގެ ގޮތްގަނޑު

 28. ކަރުންމަތީގެ ޑޮކްޓަރު

  ތިޔަ އިއާޒަކާއި އިލިޔާސަކީ ކޮންބައެއްކަން އަހަރެމެންނަށް ނޭންގެނީކޫން. ތީ މިހާރު ރައްޔިތުންގެ ލޯތްބެއް އޮތް ބައެއް ނޫން. ބަލަ ލާދީނީ އަންނި އެއީ މާރަނގަޅު މީހެެއްތަ އިސްލާމްދީނަށް ހަޖޫ ޖަހަމުން ދުވާއިރު އަޑު ނީވެނީ ކަލޭމެންގެ ކަންފަތްތައް ނެތީތަ. އެކަމާ ދެކޮޅަށް އެއްޗެއް ބުނެލާނެ ހިތްވަރު ނެތީ އަނގަ ނެތީތަ. ކޮންމެހެން ދީނީ ތާކިހާ އަޅައިގެން ދިވެހިން މަގުފުރައްދަން ނޫޅޭ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެތާދޯ. ހަސަދަ އާއި ފިތުނައިގެ އަލިފާނަކީ ހާދަހާ ނުބައިކަން ބޮޑު ކަމެކޭ.

 29. ކަރުންމަތީގެ ޑޮކްޓަރު

  ތިޔަ އިއާޒަކާއި އިލިޔާސަކީ ކޮންބައެއްކަން އަހަރެމެންނަށް ނޭންގެނީކޫން. ތީ މިހާރު ރައްޔިތުންގެ ލޯތްބެއް އޮތް ބައެއް ނޫން. ބަލަ ލާދީނީ އަންނި އެއީ މާރަނގަޅު މީހެެއްތަ އިސްލާމްދީނަށް ހަޖޫ ޖަހަމުން ދުވާއިރު އަޑު ނީވެނީ ކަލޭމެންގެ ކަންފަތްތައް ނެތީތަ. އެކަމާ ދެކޮޅަށް އެއްޗެއް ބުނެލާނެ ހިތްވަރު ނެތީ އަނގަ ނެތީތަ. ކޮންމެހެން ދީނީ ތާކިހާ އަޅައިގެން ދިވެހިން މަގުފުރައްދަން ނޫޅޭ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެތާދޯ. ހަސަދަ އާއި ފިތުނައިގެ އަލިފާނަކީ ހާދަހާ ނުބައިކަން ބޮޑު ކަމެކޭ

 30. ޢިޔާބު

  ޚަލޯ.. އެމްޑީޕީ ގެ މެނިފެސްޓޯ ކިޔާލަބަލަ. ޢޭރުން އެގޭނެ އޭތި ގައޮތީ ލާދީނީ ވާހަކަތަކެްކަން

 31. ޞރ

  އިޔާޒް އަކީ ބަލައިގަނ ނާނެ މީހެއްނޫ

 32. ހަމަދު

  ޑޮކްޓަރ އިޔާޒާއި ޑރ އިލްޔާސް ދަންނަވާލަން ، އަނިޔާވެރިކަމައި ދެކޮޅަށޭ ކިޔާފައި ތިބޭފުޅުން ތިތަ ފަހަތުގައި ތިއްބެވީ ކިހާވަރެއްގެ ލާދީނީ ހައްދުފަހަނަޅާފައިވާ ޕާރޓީ އެއްކަން އެގިވަޑައިގަންނަވާތޯ އެވެ. މާދަމާ ވެރިކަން ލިބުނަސް ދީނާއި ޚިލާފް އެތެއްކަމަކަށް މަގުފަހިކުރމަށް އުޅޭތަން ފެންނާނެ ،

 33. ޙަބޭސް

  ޢިލްމުވެރިންގެ އެެއްމެބޮޑު އެއް އަމާޒަކަށް ވާންވާނީ އިސްލާމީ ރިވެތި އުޞުލުން ކަންކަން ރަގަޅުކުރުން ގޯސްމަގުގަ ހުންނަ މީހާ ރަގަޅު މަގަށް ގެނައުން މިގައުމު މިހާރު މިއޮތްހާލަތު ބަދަލުކުރުމަށް އިސްލާމީ ރިވެތި އުޞޫލުން މަސައްކަތް ކުރުމުގެ ފުރުޞަތު ދީނީ ޢިލްމުވެރިންނަށް ރައިސް ޔާމީން އެއޮތީ ހުޅުވާލާފައި ދީންދެކެ ލޯބިވާ ގައުމަށް ވަފާތެރި އެއްވެސް ޢިލްމުވެރިއަކު މިކަމަށް އިންކާރުކޮށްގެން ނުވާނެ ޢިލްމުވެރިންގެ ޒިންމާ އަދާކުރުމަށް މިލިބުނު ފުރުސަތުގެ ބޭނުން ހެޔޮަގޮތުގައި ކުރުމަށް ގޮވާލަން

 34. ނޫސްގަނޑު

  މަރުހަބާ ކިޔުމަކީ އެއްކޮޅަށް އެރުމެއް ނޫން.. ނުބައީ ޝަހީމެއް ނޫން. މަރުހަބާ ކިއަނީ ޝަހީމްއަށް ލިބުނު ކުރިއެރުމަށް. އެކަމަކު ޝަހީމް ރަނިންމޭޓުކަން ގަބޫލު ކުރުމަކީ މިހާތަނަށް ރައީސް ޔަމީން ހިންގަވާފައި ހުރި ޖަރީމާތައް ޤަބޫލުފުޅު ކުރެއްވުން. އަދި އެކަންކަމަކީ ޝަހީމް އަށް ރަގަޅު ކަންތައްތައް ކަމަށް ގަބޫލު ކުރެވުމުން ޝަހީމްވެސް ތިޔަ މަގާމް ގަބޫލުފުޅު ކުރައްވާނީ.. ނައިބް ރައީސް ކަން ލިބިދާނެ ، ހޮވޭތާ 2 އަހަރު ތެރޭ ސަރުކާރުން ހިންގާ ޖަރީމާތަކަށް ކެތްނުކުރެވިގެން އިސްތިއުފާ ދެއްވާނެ. ނޫނީ ކޮންމެވެސް ކަމެއް ބޮލުގައި އަޅުވާފައި ޖަލަށް ލާނެ

 35. ޢަފްލާ

  ޑރ އިޔާޒް ޝަހީމަށް ފާޑު ކިޔުމުގެ ކުރިން އިސްލާމް ދީނަށް ފުރައްސާރަ ކުރި ނަޝީދުގެ ވާހަހަކަ ދައްކަބަލަ އެންމެ ފަހަރަކު ނަޝީދު ދެއްކެވި ވާހަކަތަށް ކުއްވެރި ކުރިންތަ އިޔާޒަކީ ނަޝީދައް ތާއީދުކުރާމީހެއްކަން ވ ސާފް

 36. އަހަރެން

  އިލްޔާސް ދައްކަން ވަރަށް ރަނގަޅު ވާހަކައެއް އެއީ، ޒާތީ މަންފާގެ ވާހަކަ! ދީނީ ޢިލްމުވެރިއަކަށް ވެހުރެ ލާދީނީ މީހުންނަށް ބައިޢަތު ހިފުން އޯކޭ ދޯ! ް

 37. މެސީ

  މި ދެ މީހުންނަކީ އަންނި ވަރެއް ނެތިގެން އުޅޭ ދެ މީހުން.

 38. ސަލީމް

  ހަގީގަތަކީ ރާއްޖޭގެ ގިނަ މަޝްހޫރު ދީނީ އިލްމްވެރިންނަށްވެސް އުޅެވެނީ ތިޔަބުނާ ޒާތީ މަންފާއަށްކަން. ދީނީ އިލްމްވެރިން ބުނެދެއްވަބައްލަވާ ފިތުނަ ފަސާދަ އަކީ ކިހައި ނުބައިކަމެއްތޯ؟ މިއަދުގެ ގިނަ ދީނީ އިލްމްވެރިންވެސް މިތިބީ އެފިތުނަ ފަސާދަތެރެއަށް ވަދެވި ތާށިވެފައިކަން. ރައީސް މައުމޫނުގެ ވެރިކަން ގޯސްވެގެން ޝޭހް އިލްޔާސްމެން ނިކުމެ އެދެއްކިވާހަކަ ކޮބައިތޯ؟ ރައީސް މައުމޫނަކީ ދީނުން ބޭރުވެފައިވާމީހެއްކަމަށް ތުހުމަތުކޮށް އެދެއްކި ވާހަކަތަކޯ؟ އެންމެފަހުން ރައީސް މައުމޫނުގެ ވެރިކަންނިމި ރައީސް ނަޝީދުގެ ވެރިަކަމަށް ގެނެސް ދުވަސްކޮޅެއްނުވެ އެމަނިކުފާނުގެ ވެރިކަން ކަމުނުގޮސްގެން އެވެރިކަން ވައްޓަން ނިކުމެ އެދެއްކިވާހަކަތަށް ކޮބައިތޯ؟ ރައީސް ނަޝީދަކީ ދީނުން ބޭރުވެފައިވާމީހެއްކަމަށް ތުހުމަތުކޮށް އެދެއްކި ވާހަކަތަކޯ؟ ދެން ގެނައީ ރައީސް ޔާމީނުގެ ވެރިކަން ދެން މިއަދު މިއުޅެނީ އެވެރިކަން ވެސް ކަމުނުގޮސްގެން. ދެން މިއަދު އަނެއްކާ މިއަދު މިކިޔަނީ ރައީސް މައުމޫނު ރަނގަޅޭ ނަޝީދު ރަނގަޅޭ ގާސިމް ރަނގަޅޭ. ޔާމީނަކީ ވަގެކޭ. މިއީ ދީނީ އިލްމްވެރިންގެ ވާހަކަ ހުރިގޮތް. މިއަށްވުރެން ބޮޑު ފިތުނައެއް އެބައޮތްތޯ؟
  އަޅުގަނޑު ދެކޭ ގޮތުގައި ޝޭހް ޝަހީމް އެއެޅުއްވީ ރަނގަޅު ފިޔަވަޅެއް. މިއަދު މިގައުމު ބޭނުންވަނީ ދީނީއިލްމް އުނގެނިގެންތިބި މެދުމިނުގެ މީހުން މިގައުމު ހިންގެވުމުގެ މަތީފަޑިޔަށް އަރައި މިގައުމުގެ މިއަދުގެ ދަރިން މާދަމާގެ ޒުވާނުން މިނުބައި ފިތުނައިން ސަލާމަތްކޮށް އިސްލާމީ ރިވެތި އުސޫލުގެ ތެރެއިން އުޅެން ދަސްކޮށްދޭނެ މާހައުލެއް ގާއިމްކޮށްދިނުން.
  އަޅުގަނޑު މިދަންނަވަނީ ރައީސް ޔާމީނަކީ އެންމެ ރަގަޅު ރައީސެކޭއެއްނޫން. ރައީސް ޔާމީނު އަށްވެސް ގޯސްތަކެއް ހެދިފައި ހުރެދާނެ، އެހެން ނަމަވެސް ގައުމު ހަމަ މަގަށް އެޅުވެން އޮތީ ރައީސް މައުމޫނާއި، ގާސިމާއ، އިމްރާނުމެން ހުރަގެއަށް ލައިގެން ކަމަށްވަންޏާމު އެކަން ކުރަންވީ. ހައެއްކަ މީހެއްގެ ސަބަބުން ގައުމުގެ އަމާންކަންގެއްލި، އެގަޑުބަޑުގެ ތެރެއަށް އައިރު މުސްލިމުން ވައްދައި މިގައުމުގައި އިތުރަށް ފޮތުނަ ފަސާދަ އުފައްދަން އުޅެންޏާމު ހަމަ އެންމެން ހުރަގޭގައި ބައިތިއްބަންވީ.

 39. މޮންޓް

  އިޔާޒުއަކީ ހައްދުފަހަނަޅައިފައިވާ މީހެއް މީނައަށް ކަމުދާނީ ތަލަބާނުން/އައިއެސްފަދަ ޖަމާޢަތްތއް

 40. މަރްޔަމް

  ﷲ ގެ ހަޟްރަތުގައި އެއްމެ ބޮޑު އަނިޔާވެރިއަކީ ކޮބައިކަން ޝެއިޚް ބުނެލަ ދެއްވަފާނަންތަ؟

 41. ޟިއާ

  ޢިލިޔާސް އާ ޢިޔާޝް އަށް ބުނެލަން އޮތީ ޔާމީން ގެ އަނިޔާވެރި ކަމުން ޖަލަށްލީ އެކަކުވެސް ދައްކަބަލާށޭ.. މިސްކިތުގައި ސަޖިދަގައި އޮއްވަތޯ ގެންގޮސް ޖލަށްލީ. އިމުރާން ވެސް އެދުވަހު މަސައްކަތް ކުރީ ގައުމުގެ އަމަން އަމާންކަން ނަގާލަން.

 42. ރާފު

  އިޔާޒަކީ އިލްމުވެރިއެއް ނޫން...ހެދިގެން އުޅޭ ފިތުނަވެރިއެއް ހަސަދަވެރިއެއް.

 43. ޖޮބޭ

  ކާކުބާ ސިޔާސީނުވެ މުސައްލަ މަޓީ 24ގަޑިއިރު އިންނަނީ؟
  އަދި އެހެން އިންނާކަށް ނުވެސް ޖެހޭ؟
  އިޔާޒުއަށްވެސް ހުށައެޅިނަމަ އުފަލުން ޤަބޫކުރީސް އަދި އިލްޔާސްވެސް މިފަދަ.
  ދެން ރައްޔިތުންގެ ދުލުގައި ހިފާ ނުދަމާ ތިބެ ދީން ހިމާޔަތްކުރުމަށް މަސއްކަތް ކުރައްވާ.
  ނޫންނަމަ ސަލާމަތެއް ކަލޭމެންނަށްވެސް ނެތެވެ.

 44. ޒާ

  ނަމުގެ ކުރިޔަސް ޑރ. އަޔަސް މީނާއަކީ ހާދަ ހަސަދަވެރި މީހެއްކަން މިއަދު ހާމަ ވެއްޖެއެވެ.

 45. ނުރަބޯ

  ޢަދާލަތު ޕާޓީ އަކީ އިސްލާމް ދީން ކުރިއަރުވާ އެދީނުގެ ކަންކަން ދިރުވާ އެދީނާ ޚިލާފު ކަންކަން ހުއްޓުވުމުގެ ރަގަޅު މަގްޞަދުގައި އުފެއްދި ސިޔާސީ އިސްލާމީ ޕާޓީއެކެވެ. އަދި ކުރިން އެޕާޓީއިން ޙަރަކާތްތެރިވަމުން އައީވެސް އެގޮތުގައެވެ. މިސާލަކަށް ބަނގުރާ ޢާއްމުކުރަން ރީނދޫ ލާދީނީ ސަރުކާރުން ކުރި މަސައްކަތާ ދެކޮޅަށް ކުރެވުނު އިޙްތިޖާޖް އާއި މިގައުމުން ޖީއެމްއާރު ބޭރުކޮށްލުމަށް ކުރެވުނު މަސައްކަތް ފުދެއެވެ. އެހެންނަމަވެސް ވަކިހިސާބަކުން ކުރީގެ ސިޔާސަތު ދޫކޮށް އަމިއްލަ އެދުން ކުރިޔަށްނެރެ. ޕާޓީގެ ރައީސަކަށްހުރި އިމްރާނު ރީނދޫ ލާދީނީންނާ ބައިވެރިވުމުން އެ ކަލޭގެ ފަހަތުން ގޮސް ލާދީނީ ބައިގަނޑާ ގުޅުނު ދެމީހުން މިއިލިޔާހާ އިޔާޒަކީ. އެހެންވީމާ މި ދެމޮޔައިން ދައްކާ ވާހަކަ ހުންނާނީ ހަމަ އެގޮތަށް. އެހެންނަމަވެސް ޑރ. ޝަހީމް އަކީ މިކަހަލަ ބޭރުފުށުން ދީނީގޮތް ދައްކާފަ އެތެރެފުށުން ލާދީނީ ބަޔަކު ދައްކާހާ ވާހަކައަކަށް އެނބުރިގައްނާނެ ފަރާތެއްނޫން.

 46. ޜިޒާ

  ޝައިޚު އިލްޔާސް އާއި އިޔަޒް އަކީ ޒާތީވެފައި ތިއްބަވާ ދެބޭފުޅުން.
  އެހެންނަމަވެސް މި ދެބޭފުޅުންނަކީ ވަރަށް ޤާބިލް، އަދި ދީނުގެ ޢިލްމު ހޯދަވައިގެން ތިއްބެވި 2 ބޭފުޅުން.

  އަދި އަދާލަތު ޕާޓީގެ ކުރީ ސަފުގައި ތިއްބެވީވެސް ހަމަ މިފަދަ ބޭފުޅުން.
  އަނާރާ، ސިދާތާ، އަލީ ޒާހިރު، މިއީ ހުސް ބަދަލު ހިފުމާއި ރުޅިވެރިކަމާއި ހަސަދަވެރިކަމުން ފުރިފައިވާ ޖާޑިތަކެކޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ.

  ހަސަދަވެރިކަމާއި ރުޅިވެރިކަމުން އުއްމަތް ބައިބައިކުރން ފިޔަވައި އެއްވެސްކަމެއް ހާސިލެއް ނުކުރެވޭނެ.

 47. މުހައްމަދު

  މި ދެބޭފުޅުންގެ ތެރެއިން އެކަކަށް ރަނިންގމޭޓްކަން ހަވާލު ކުރިނަމަ ހާދަ ރަނގަޅޫވީހޭ ދޯ.

  ރަނިންގމޭޓް ކަނޑަނޭޅިގެން އުޅޭ މީހުން ނިކަން މިކަން ކޮށްބަލަ...

 48. އަޙްމަދް

  މިޤައުމު ފަސާދަކޮށަ ކަރަޕްޓް ކުރަ ބަޔަކީ ދީން ކިޔަވައިގެން ތި( ކިޔެވި އެއްޗަކަށް އެއްގޮތަށް ޢަމަލުނުކުރާ)
  "މަޝްހޫރު" ސީޔާސީ ދީނީ އީލްމުވެރިންނެވެ.

 49. އަޙްމަދް

  މިޤައުމު ފަސާދަކޮށަ ކަރަޕްޓް ކުރަ ބަޔަކީ ދީން ކިޔަވައިގެން ތިބި
  ( ކިޔެވި އެއްޗަކަށް އެއްގޮތަށް ޢަމަލުނުކުރާ)
  "މަޝްހޫރު" ސީޔާސީ ދީނީ އީލްމުވެރިންނެވެ.

 50. އާލާތުން

  މިއާލާތުންނަށް ރަގަޅީ ޔޫރަޕުން ފަޑިޔާރުން ގެންނަން ސޕޯޓް ކުރާ ބައިގަޑު. ތި އިލިޔާސަކީ ހަޤީޤަތް ނުބަލާ ވާހަކަ ފަތުރާ މީހެއް

 51. ޖޮބޭ

  އިޔާޒު މީ ލަދެއް ހަޔާތެއް ހުރިމީހެއް ނޫން.

 52. ކަނބާ

  ޑރ. އިޔާޒަށް ދަންނަވަންއޮތީ ތިބޭފުޅާޔަށް ރަނގަޅީ ދީނަށް ހަޖޫޖައްސަވާ ބައެއްގެ ފަހަތްޕުޅުން ހިންގެވުންތޯއެެވެ. ވ .ވެދުން

 53. އެސްޓީ

  ދީނީ މީހުން ނަށް އެންމެ ރަގަޅު ދޯ މަސްތުވާ ތަކެތީގެ ވާހަކަ ބޮވޭގޮތަށް މެނިފެސްޓޯގާ ލިޔެގެން ެއހިފައިގެން ގޭބީސީ ތަކަށް ގޮސް އެވިއްކައިގެން ވެރިކަމަން އަޔަސް އެއީ ކީ މައްސަލައެއް ނޫން ދޯ އަޖައިބު ވޭ މިގައުމުގަ މިތިބަ ބައެއް އިލްމުވެރިންގެ ތާކިހާ ބޮލުގަ އަޅައިގެން މިއުޅެެ މީހުންނައް އެއް ގަލަކަން ނޭރިގެން އުޅޭތީ

 54. ޖެނާ

  އަމީނުބެ ވެރިކަން ފަހުން ފައްކާ ސަޅި ވެރިކަމެއް އަދި ވާ ނާދެ

 55. ލޮލް

  ތިތަނުން ނަން މަޝްހޫރު އެކަކުގެ އަޑެއްވެސް ނާހަން.

 56. ނަސީރު

  ކޮމަންޓް ކުރީ ހުސް ސިޔާސީ މީހުން ،އެހުރިހާ މޮޔައިންނައް ބުނެލަން އޮތީ ، މި ދެ ޝޭހުން އަންނި އަކައް ތާއީދު ކުރާވާހައެއް ނުބުނޭ. ޢެމީހުން އެބުނަނީ އަނިޔާވެރި ވެރިއެއް ގެ ފަހަތުގައި ހުރެގެން އަނިޔާވެރިޔެއް ހިވަން އުޅެގެން ލިބޭނެ މަންފާއެއް ސަވާބެއް ނެތްކަމައް. ޟި ވެރިކިމުގައި ކުށެއް ނެއް ކިތައް މީހުންނައްތޯ އަނިޔާ ދެމުން އެދަނީ. ޢަނިޔާ އަކީ އަތުން ނޫނީ އެއްޗަކުން ތެޅުމެއް ނޫން އިނގެތޯ. ޢަހަރެއްގެ އާއިލާ މީހަކު ޖަލަކު ނެތް،

 57. އަލީ

  އަންނި އަށް މިމީހުން މިތާއީދު ކުރަނީ ދީނަށް ފުރއްސާރަކުރާތީ ދޯ.