މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް މީހަކު ހޯދަން ފުލުހުން މިއަދު އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވީޑިއޯއެއް އާއްމުކޮށް ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ މީހާއަކީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ.

ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

ވީޑިއޯ އިން ފެންނަނީ މީހަކު އޭޓީއެމް އަކުން ފައިސާ ނަގާ މަންޒަރެވެ. ނަމަވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަމުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އޭނާ ހޯދަން ފުލުހުން ކުރި އިއުލާނުގައި ވިދާޅުވީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް އެފަދަ ކަންކަން ކުރާ މީހުން ހައްޔަރު ނުކުރާ ކަމާއި، އެފަދަ މުއާމަލާތްތައް ހިންގާ މީހުންނާއި މެދު އެކަށީގެންވާ އަވަސް މިނެއްގައި ފިޔަވަޅު ނާޅާކަމަށް ބުނެ އާއްމުން ގެންދަނީ ޝަކުވާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރައްޔިތުމީހާ

    ބޭންކް އޮފް މޯލްޑިވްސް އަށް އެހާ ބޮޑު ފައިދާ އެއް ވާއިރު، އޭޓީއެމް ތަކުގެ ހުންނަ ކެމެރާގެ ފެންވަރު ހާދަ ދަށޭ، އަދި މީހާގެ މޫނު އެނގޭ ގޮތަށް އޭޓީއެމް މެޝިން ގަ ކެމެރާ ހަރުކުރެވެން ހުންނަ އިރު އެކަންވެސް ކޮށްފައި ނުވުމުން، މީހުން ހޯދަން އުނދަގޫވާނެ ދޯ، ކުށްވެރިންނަށްވެސް އިނގޭ މިހާރު މި ގައުމުގެ އެމީހުންނަށްކަން ފުރުސަތު އޮތީ.

  2. ހާމިދު ޝާހިދު

    ގައިމު އޭނާގެ މޫނު ފެންނާނެ ކޮންމެވެސް ގޮތަކަށް ތި މެޝިން ހުންނާންވާނީ. އޭޓީއެމްގެ ސްކްރީނަށް ބެލީމާވެސް ކުރިމަތީގައި ހުންނަ މީހާގެ މޫނު ޑިޓެކްޓް ކުރެވެންޖެހޭނެ. އަނެއްކާ އެތާގެ ސީލިންގ ގައި ހުރި ކެމެރާއަކުން ނޭރިނަމަވެސް، އޭނާ އެތަނުން ނުކުމެގެން ދާއިރު ދާތަނާއި ދިޔަތަނެއް ފުލުހުންނަށް ޑިޓެކްޓް ކުރެވެން ޖެހޭނޭ. އެހެންވީމާ މީގެން މި އިނގެނީ ސަލާމަތީ ކަންކަން އިންތިހާއަށް ފެއިލްވެފައި ހުރިކަން. މިފަދަ އޭޓީއެމް ހުންނަ ތަންތަނުގެ ދޮރު ހުޅުވެންވާނީ އައިޑީކާޑު ޖައްސާ ރީޑް ކުރުމަށްފަހު. އޭރުން ގައިމު އެގަޑީގައި ވަދެ ނުކުތް މީހުން ދެނެގަނެވޭނެ. މިކަމަށްޓަކާ އައިޑީކާޑުގެ ފެންވަރު އެބަޖެހޭ މަތިކޮށް، ކިޔުއާރު ކޯޑްވެސް ލާން.

  3. މަކޯނީ

    މާލޭ ހުރިހާ މަގުތަކެއްގަ ކެމެރާ ހަރުކޮށް ހުންނައިރު ތިމީހާގެ މޫނުފެންނަ ވީޑިއޯއެއް ފުލުހުންނަށް ނުހޯދުނީތަ ހަމަ ނޫނީ ހޯދުން ބުރަކަމަކަށްވާތީ ނުހޯދީތަ

  4. ރައްޔިތެއް

    މި ވީޑިއޯ އާންމު ކުރީ ދެން މިކަން ކުރީމޭ ބުނަން ދެއްތޯ؟ ރާއްޖޭގެ ފެންވަރު ހަމައެކަނި މި ވީޑިއޯއިންވެސް އެބަ އިނގޭ..

  5. ަެަެަެަަެަަަހެހެ

    ވ އިންތިޒާރުގަ ހުއްޓާ މޫނުވެސް ނުފެނުނު