ދިވެހިންގެ ތެރެއިން ދެ ވަނަ އަށް އެމްބީބީއެސް ހާސިލްކުރެއްވި އަދި ރާއްޖޭގައި އެމްބީބީއެސް ޑޮކްޓަރެއްގެ ގޮތުގައި އެންމެ ފުރަތަމަ ހިދުމަތް ކުރެއްވި ދިވެހި ޑޮކްޓަރު ކަމަށްވާ ޑރ.އަހުމަދު ލަތީފް އަވަހާރަވެއްޖެއެވެ.

ޑރ.އަހްމަދު ލަތީފް އަވަހާރަވީ އުމުރުން ދުވަސްވުމުން ކުރިމަތިވި ސިއްހީ މައްސަލަތަކަށް އިނގިރޭސިވިލާތުގައި ފަރުވާ ދެމުން ގެންދަނިކޮށެވެ. އަވަހާރަވީއިރު އޭނާގެ އުމުރުފުޅަކީ 79 އަހަރެވެ.

ޑރ.އަހްމަދު ލަތީފު ކިޔަވައިވިދާޅުވެފައި ވަނީ ކޮޅުނބުގެ ސެންޓް ޕީޓާސް ކޮލެޖުންނެވެ. އިންޑިއާ އިން އެމްބީބީއެސް ހާސިލުކުރައްވައި 1967 ގައި ރާއްޖެ ވަޑައިގެން ޑރ. އަހްމަދު ލަތީފް އެންމެ ފުރަތަމަ ހިދުމަތް ކުރެއްވީ ގަވަމަންޓް ހޮސްޕިޓަލް (ފަހުން ސެންޓްރަލް ހޮސްޕިޓަލް) ގައި ހިދުމަތްކުރެއްވިއެވެ.

އޭގެ ދެތިން އަހަރު ފަހުން އިތުރަށް ކިޔަވާ ވިދާޅުވުމަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް އުޅުއްވީ އެ ގައުމުގަ އެވެ. އިނގިރޭސި ވިލާތުގެ ސިއްހީ ދާއިރާގައި ގާތްގަނޑަކަށް 40 އަހަރު ހިދުމަތް ކުރައްވައި ރިޓަޔާ ކުރެއްވީ މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ.

ގދ. ވާދު އަށް އުފަން ޑރ. އަހްމަދު ލަތީފަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިރު (ސީނާ) އާއި ޑރ. އަލީ ލަތީފްގެ އިތުރުން ޑރ. ފާތިމަތު އަލި ދީދީގެ ބޮޑުބޭބޭފުޅެވެ. އެ އާއިލާގައި މިހާރު ވެސް ހަތަރު ޑޮކްޓަރަކު އެބަ ތިއްބެވި އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ޑރ.އަހުމަދު ލަތީފުގެ މުޅިލައިފުގަ ހިދމަތްކުރެއްވީ ބޭރުގައުމެއްގެ ރައްޔިތުންނައް ދިވވެހިންނައްކުރެއްވި ކިހާވަރުގެ ހިދުމަތެއްތޯ؟

    23
    2
  2. ެއަލީ

    Anonymous އެ ބޭފުޅާ ޙިދުމަތް ކރެއްވީ އިންސާނިއްޔަތަށް.

    13
    7
  3. ދީދީ

    ޑރ ލަތީފަށް ސުވަރުގޭގެ މަތިވެރި ނިއުމަތްދެއްވާށި އާމީން.
    ހިދުމަތަށް ބަލާއިރު ހަގީގަތަކީ އެމަނިކުފާނު ހިދުމަތް ކުރެއްވީ އިނގިރޭސި ވިލާތަށް ކަން. ދިވެހި ރައްޔިތުންނަކަށްނޫން. އެއަކީވެސް މައްސަލައެއްނޫން ކޮންމެ މީހަކުވެސް އެމީހަކަށް ފަސޭހަގައުމެއްގައި މަސައްކަތްކޮށްގެން ހަލާލުގޮތުގައި ފައިސާހޯދައިގެން މިދުނިޔޭގެ ކުރު ދިރިއުޅުން ވޭތުކުރުމުން ހުންނާނީ ރަނގަޅަށް.

    8
    1
  4. އިއްސޭ

    ޑޜ. ލަތީފު ގެ ކުށަކުން ނޫން ޚިދުމަތް ރާއްޖެ އަށް ކޮށް ނުދެވުނީ. ލަތީފު މާލޭގެ ހޮސްޕިޓަލް ގައި މަސައްކަތް ކުރަން ޖެހުނީ އެންޑީ އަބުދުﷲ ގެ ދަށުން . އެންޑި އަކީ ހަކީމީ ބޭސްވެރިއެއް. އަެނަ ވެސް ކިޔަވާ ނުނިމެނީސް ރައީސް ނާސިރު މާކެ ގެންނެވީ .ލަތީފަކީ ރާއްޖޭގައި ހުރި ހަމަ އެކަނި ޑޮކްޓަރު. އެންޑީ ގެ މުސާރައިގެ 2 ބައި ކުޅަ އެއްބައި ލަތީފަށް ދިނީ. ސަރުކާރުގެ ނާއިންސާފުކަން ހުރި ވަރު އެއީ. ދެން އިނގިރޭސި ވިލާތައް އިތުރަށް ކިޔަވަން ދިއައީ ލަތީފާއި އެކު 5 ދަރިވަރުން . އެއީ ގާނޫނާއި އެހެނިހެން ދާއިރާތަކުން . ޕާސްޕޯޓު މުއްދަތު ހަމަވެ ޕާސްޓް އާކުރަން ރާއްޖެ ފޮނުވުމުން ޕާސްޕޯޓްތައް ކެންސަލް ކޮށް ކޯސްތައް ނުނިންމާ 5 ބޭފުޅުން ވަގުތުން މާލެ އަންނަން އެންގީ. އެއީ އަހުމަދު ޒަކީ ގެ ބޮޑުވަޒީރު ކަމުގައި. އިގިރޭސި ވިލާތުގައި ދެން ތިބެވެން އޮތީ އެ 5 ބޭފުޅުން އިނގިރޭސި ރައްވެހިންނަށް ވެގެން. އެކަމަށް އޮތް އެންމެ ފަސޭހަ މަގަކީ އިނގިރޭސި އަކާޢީ ކައިވެނި ކުރުން. އެ ބޭފުޅުން ވަގުތުން ރައްޓެހިވެގެން އުޅުނު އިނގިރޭސި އަންހެން ކުދިންނާއި ކައިވެނި ކުރުމުން އިނގިރޭސި ޕާސްޕޯޓް ލިބި އިނގިރޭސި ރައްވެހިންނަށްވީ.
    އޭގެ ފަހުން ދިވެހި ސަރުކާރުން އެތަައް މަސައްކަތެއް ކޮށް އެ 5 މީހުން ރާއްޖެ ގެނެވޭ ގޮތެއްނުވި. ސަބަބަކީ އިނގިރޭސި ރައްވެހިންނަށްވުމުން އެމީހުން ގެ ނުރުހުމުގައި ގައުމުން ބޭރުނުކުރެވޭނެތީ. މިކަމާއި ގުޅިގެން ވަރަށް ދިގު މުއްދަތަކަށް ހިލޭ ކޯސްތަކެއް ލިބުނަސް އިނގިރޭސި ވިލާތައް ދިވެހިން ކިޔަވަން ފޮނުވުން ދިވެހި ސަރުކާރުން ހުއްޓާލި.