އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް އިއްޔެ ހުށަހަޅާފައިވީނަމަވެސް ސަރުކާރުން އޭނާއާ މެދު އަޅާނެ ފިޔަވަޅެއް އަދި މިހާތަނަށް ނިންމާފައިނުވާ ކަމަށް ރައީސް އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީ މައްސަލައިގައި ދެ ފަހަރު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިގެން އޭނާ ސަސްޕެންޑްކުރިއެވެ. އެންމެފަހުން ސަސްޕެންޝަން އުވާލީ ދައުވާނުކޮށް ގިނަ ދުވަސްތަކެއް ފަހަނައަޅާ ދިޔުމުންނެވެ. މިހާރު އަމަލުކުރަމުންދާ އާ އުސޫލުގެ ދަށުން، ތުހުމަތުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނީ ޕީޖީ އޮފީހުން ދައުވާކުރުމުން ކަމަށް ރައީސް އޮފީހުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މަހުލޫފަށް އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ މިއަދު ސުވާލުކުރުމުން ރައީސް އޮފީހުގް ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ވަގުތު" އަށް ވިދާޅުވީ "އަދި މިހާތަނަށް ވަކި ގޮތެއް ނިންމާފައިނުވާ" ކަމަށެވެ. އަދި ނިންމާ ގޮތެއް ރައީސ އޮފީހުގެ މީޑިއާ ގްރޫޕުގައި ހިއްސާކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވާ ގޮތުންނަމަ އޭނާއަށް ދައުވާކުރަނީ ޒާތީވެގެންނެވެ. މަހުލޫފް ގެންދަވަނީ އޭސީސީއަށާއި މުއައްސަސާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ "ދައުލަތް އޮރިއާން" ކޮށްލާނެ ކަމުގެ އިންޒާރު ދެމުންނެވެ.
ވަކި ގޮތަކަށް ވޯޓް ދޭން ރިޝްވަތު ނެގި ކަމުގެ ތުހުމަތު
އޭންޓި ކޮރަޕްޝަން ކޮމިޝަންގެ ބަޔާނުގައިވާ ގޮތުން މަހްލޫފްގެ މައްޗަށް ކުރާ އެއް ދައުވާއަކީ ރިޝްވަތު ނެގި ކަމުގެ ކުށުގެ ދައުވާއެވެ.
އެއީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނެވިއިރު އޭރު ސަރުކާރާ އެއްކޮޅަށް، އެސްއީޒެޑް ބިލެއް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާތީ ކަމަށް ބަޔާނުގައިވެއެވެ.
މި ވޯޓަށް ފަހުގައި އެމްއެމްޕީއާރްސީގެ ހިޔާނަތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހަށް ހަވާލާދީ އޭސީސީން ފާހަގަކުރަނީ އެއީ ޚިޔާނާތުގެ ފައިސާ ކަމުގައެވެ.
އެކަމަކު، އެ ދުވަސްވަރު އޭނާ ހުންނެވީ ޕީޕީއެމްގައެވެ. އަދި އެ ބިލް ފާސް ކުރަން އޭރު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ވެސް ނެރުނެވެ. މެލޭޝިއާގައި ހުންނެވުމަށް ފަހު ބިލަށް ވޯޓަށް އަހަން އޮތް ދުވަހު މަހްލޫފް ރާއްޖެ ވަޑައިގަތީއެވެ.
މި ތުހުމަތަށް އިންކާރު ކުރައްވައި މަހްލޫފް ވިދާޅުވަނީ ވެސް އެ ވޯޓާ ގުޅިގެން ޕާޓީގެ ފަރާތުން ހަމައެކަނި ލިބިވަޑައިގަތް ކަމަކީ، ކުއްލިއަކަށް ރާއްޖެ ވަޑައިގެން ދެއްވަން ޖެހޭ ވޯޓަކަށް ވާތީ އަނބުރާ ވަޑައިގަންނަވަން ބޭނުންވާ ޓިކެޓުގެ ޚަރަދު އެކަނި ކަމަށެވެ.
އެ ކުށުގެ އަދަބަކީ ހަތް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އެ މުއްދަތަށް އަރުވާލުން ނުވަތަ ހަމަ އެ މުއްދަތަށް ގޭގައި ބަންދުކުރުމެވެ.
އޮޅުވާލާފައިވާ ލިޔުންތަކެއް ހުށަހެޅި ކަމުގެ ތުހުމަތު
ދޮގު ބަޔާނެއް ނުވަތަ ދޮގު މައުލޫމާތެއް ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ފޮނުވަން ނިންމީ އޭނާއަށް ލިބިފައިވާ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއީ އޭނާ ޑޮލަރު ގަތް މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ލިޔެކިއުންތަކެއް ހުށަހެޅި ކަމަށް ބުނެއެވެ.
އޭސީސީން ފާހަގަކުރާ ލިޔުންތަކަކީ އޭނާ ތަހުގީގީ އިދާރާތަކަށް ފޮނުވި "ޕޭމަންޓް ރިސީވްޑް" ލިޔުމަކާއި، އެ ޑޮލަރަށްވާ ފައިސާ ނަގުދު ފައިސާއިން އެސްއޯފްއާ ހަވާލުކޮށްފައިވާނެ ކަމަށް އަންގައި މަހްލޫފް ފޮނުވި ސިޓީއެކެވެ.
އޭސީސީން ފާހަގަކުރާ ގޮތުގައި މި ލިޔެކިއުންތަކުގައިވަނީ ހަގީގަތް އޮޅުވާލުމުގެ ގޮތުން މަހްލޫފް އެ ފައިސާ ނެންގެވީ ޑޮލަރު ގަންނަން ކަން ތަހުގީގަށް ދެއްކުމަށް ޓަކައި ކަން ތަހުގީގަށް އެނގިފައިވާ ކަމުގައެވެ.
މީގެ ކުރިން ވެސް ދިފާއުވާން މަހްލޫފް ދެއްކެވީ މި ވާހަކައެވެ. އޭނާއަށް ލިބިވަޑައިގެންނެވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގައި ލިބިވަޑައިގެންނެވި ފައިސާ ކަމަށާއި އެއީ ޚިޔާނާތުގެ ފައިސާ ކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމުގައި މަހްލޫފް ވިދާޅުވަމުން ގެންދެވިއެވެ. ގާނޫނުލް އުގޫބާތުގައިވާ ގޮތުން، މިއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އަދަބަކީ ހަ މަސް ދުވަހާއި އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ފިޔަވަޅު އަޅާނެ ކަމެއް ނެތް އަނެއްކާވެސް ތަނަކުން ލާރިގަޑެއްކާން ދޫކޮށްލާ
މިހާރު މިގައުމުގެ ޖުޑިޝަރީގެ ބޭނުމެއްނެތީބާ؟!؟!، ވަކިމީހަކަށް ދަޢުވާ އުފުލަންވީމަ އަޅަންވާ ފިޔަވަޅު ނިންމަންޖެހެނީ ރައީސުލްޖުމުހޫރިއްޔާ ކަމަށްވަނީ!!! ނާއިބު ރައީސުގެ ޅިއަންބެ ވީމަތޯ ނޫންނަމަ ރީލޯޑުމަހޭ އަތުގެހުރި ރ.އިބޫސާލިހު ގައުމަށް އޮރިޔާންވާނެ ކަހަލަ ސިއްރުތަކެއް ބޭޒާރުކޮށްލާނެ ކަމަށްތޯ؟؟
މަހުލޫފައްއެޅޭނެކަމައްފެންނަ ފިޔަވަޅަކީ މައްސަލާގަ ދިވެހިރައްޔަތުން ކުއްވެރިވުން
ފިޔަވަޅު އެޅޭނެބާ؟ ކޮއްކޮއަށް ދީފައިން ސްލޮޓެއްގަޔޯ މަހުލޫފް އެހުންނަނީ އެއީ ތެދެއްބާ؟
ކޯޓަށް ވައްދާފައިއޮތް ދަޢުވާގައި ނިންމާނޭގޮތެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަނީއޭތަ ތިޔަ ބުނީ؟
އެއީ ފިތިފައި ހުރި ބޭފުޅެއް. ޑިސިޝަން ނަގާނީ ދެންތިބި މީހުން. ނަމެއްގައި ހުންނެވި ބޭފުޅެއް. ވ. ސަލަަމް
ވަޒީރު ކަމުގަ ހުރެގެން ނިކަމެތިންގެ ދަރިންގެ ހުނަރުދައްކާނެ ފުރުސަތުނުދީ އަމިއްލަދަރި މުޅިދުނިޔޭގަ ތި އުދުއްސަނީ ކޮބާތޯ އެކުދިންގެ ހައްގު އެކުދިންގެ ބެލެނިވެރިން ދައްކާނީ ކޮންމޫނެއްތޯ ލަދުފުޅު ގަނޭތޯ