ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަހްލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހު ފޮނުވީ ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިރު މަޖިލީހުން ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމަށާއި ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ދެމިހުންނެވުމަށް އެސްއޯއެފުން 33،000 ޑޮލަރު ލިބުނު ކަމަށް ބުނާ މައްސަލައިގައެވެ.

މަހްލޫފަށް ދައުވާ ކުރުރުމުން ޝިޔާމް މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަހްލޫފްގެ މައްޗަށް ދައުވާ އުފުލީ އިންސާފުވެރިކަން ދައްކަން ކަމަށެވެ. "ދައުލަތުން މަހްލޫފްގެ މައްޗަށް ދައުވާ އުފުލީ ހިތުން ރައްޔިތުން ލޮލުގައި އަނދުން އަޅުވައި މާއިންސާފުވެރި ބައެއް ކަމަށް ދައްކަން." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް މަހްލޫފްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް އަޑީގައި އޮތީ ރައީސް ޔާމީނަށް އަނިޔާ ދިނުމުގެ ނުބައި ވިސްނުން އެކަނި ކަމަށެވެ. "ރައީސް ޔާމީނަށް އިންސާފު ލިބުމަށް އެދެނީ ޕީޕީއެމް ޕީއެންސީ އެކަނި ނޫންކަމާއި، މުޅި ގައުމުކަން ދަންނަން ޖެހޭ." ޝިޔާމް ވިދާޅުވިއެވެ.

މަހްލޫފްގެ މައްޗަށް އިއްޔެ ދައުވާ އުފުލާފައި ވާއިރު ވ.އަތޮޅު އާރަށް ކުއްޔަށް ދިނުމަށް ފަހު ޔާމީން ރިޝްވަތުގެ ފައިސާ ހޯއްދަވައިގެން އެފައިސާ އިން މަނީ ލޯންޑަރ ކުރެއްވި ކަމަށް ބުނެ އިއްޔެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި މިވަނީ އެމައްސަލަ ފުލުހުން ޕީޖީއަށް ފޮނުވިތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. ފުރަތަމަ މައްސަލަ ޕީޖީ އަށް ފޮނުވުމުން މައްސަލަ އަނބުރާ ފޮނުވާލީ ފުލުހުން ތަހްގީގު ކުރިއިރު ގާނޫނީ އިންޒާރު ދީފައި އޮތް ގޮތް ގޯސްވުމުންނެވެ. ފަހުން ފުލުހުން އަލުން މައްސަލަ ތަހްގީގު ކުރަން ގާނޫނީ އިންޒާރު ދިނުމަށް ފަހު ތަހްގީގު ފެށުމުން ޔާމީން ވަނީ ތަހްގީގު ނިމިފައި އޮތް މައްސަލައަކަށް ވުމުން ބަޔާން ދެއްވަން ދެކޮޅު ހައްދަވާފައެވެ.

މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވެ މިހާރު ވެސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އެބައޮތެވެ. އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިހާރު އޮތީ ހުކުމް ކުރަން ތައްޔާރުވެފައެވެ. މިމަސް ނިމުމުގެ ކުރިން އެމައްސަލައިގެ ހުކުމް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    މެމްބަރ ޝިޔާމު ވިދާޅުވީ ހަގީގީ ތެދުފުޅެއް، ޖުޑިޝަރީ ޓާގެޓްކޮށްފައިވަނީ ސަދޫމު ޝަރުއީ ނިޒާމަށް

    19
  2. އުތުރުން

    މަހްލޫފަށް ދައުވާ ނުކުރަން އުޅެނިކޮށް ބޮޑޭގެ އެންގުމަށް
    އެކަން ބަދަލުކުރީ މަކަރުވެރި ރޭވުމަކުންނެވެ ރައްޔިތުންގެ
    ލޮލުގައި އަނދުންދުންއަޅުވައި، ދައުލަތުން ކަންކުރަނީ
    ރަނގަޅަށް ކަމަށް ދެއްކުމަށެވެ އެހެންވެ ކޮންމެވެސް ސިފައެއްގައި ތިޔަ ދައުވާ ކުރިއަށް ގެންދާނެއެވެ އެކަމަކު
    އެއްވެސް ނަތީޖާއަކާހަމައަށް ނުދާނެއެވެ ބޭނުމަކީ މަހުލޫފަށް
    ދައުވާކުރާކަން ދެއްކުމެވެ އެހެންކަމެއް ނޫނެވެ.

    15
  3. ގާދިރު

    އަބަދުވެސް ކަލެއަށް ހީވާނީ އެކަމެއްގެ އިދިކޮޅަށް

    1
    10
  4. Anonymous

    ހަގީގީ ތެދުފުޅެއް. މިސަރުކާރަކަށް މަހޭއަކަށް އެއްގޮތެއްވެސް ނެހެދޭނެ.

    17
    1
  5. އުތުރުން

    ގާދިރޭ އެހެންއެކަންވާނީ ގާދިރޭހުރޭ ދެލޯބޮޑުކޮށްގެން ރަނގަޅަށް ބަލަން.