ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެއްވި މައްސަލައިގެ ހުކުމް ކުރުން އަންނަ އަންގާރަ ދުވަހަށް ތާވަލް ކޮށްފިއެވެ.
ސުޕްރީމް ކޯޓުން ވަނީ ޔާމީންގެ މައްސަލައިގައި މިމަހުގެ 30 ވަނަ ދުވަހު ހުކުމް އިއްވާނެކަން މިހާރު އެމަނިކުފާނުގެ ވަކީލުންނަށް އަންގާފައެވެ. ހުކުމް ކުރުމުގެ ޝަރީއަތް ފެށުމަށް ތާވަލް ކޮށްފައި ވަނީ އަންގާރަ ދުވަހު ހެނދުނު 09:00 ގައެވެ.
ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ޝަރީޢަތުގައި މިދިޔަ ހަފްތާގައި ވެސް އަޑުއެހުމެއް ބޭއްވިއެވެ. މިދިޔަ ހަފްތާގެ އަޑުއެހުމުގައި ސުވާލު ކުރީ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރުމުގެ އަސްލަކަށްވި ގއ.ވޮޑަމުލާ ކުއްޔަށް ދީގެން ލިބުނު ފައިސާ، ޔާމީނަށް ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުންޏަށް އެމްއެމްޕީއާރްސީން ޖަމާކުރިކަމާ މެދު ސުވާލު އުފެދިގެންނެވެ.
ދައުލަތުން ސުޕްރީމް ކޯޓުގައި ބުނީ ޗެކް ސްލިޕާއި އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަމްބަރު ދިމާނުވަނީ ލިޔުމުގެ ކުށަކުން ކަމަށާއި ލިޔުމުގައި ނަމްބަރު ދިމާނުވި ނަމަވެސް އެއީ އެމްއެމްޕީއާރްސީގެ ފައިސާކަން ސާބިތުވާ ކަމަށެވެ.
ޔާމީންގެ އެކައުންޓަށް ޖަމާވީ ގއ. ވޮޑަމުލާގެ ފައިސާކަން ދައުލަތުން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ އަޑުއެހުމެއްގައި ދައުލަތުން ބުންޏެވެ. ނަމަވެސް ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ބުނީ ޔާމީންގެ އެކައުންޓަށް ޖަމާވީ ވޮޑަމުލާގެ ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމެއްގައި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ވަނީ ކުށް ތަރުތީބުވެގެން އައި ގޮތް ކިޔައިދިނުމަށް ދައުލަތުގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ކުށުގެ ކުރިއަށް އެހެން ކުށެއް އައިސްފައިވާ ކަމަށް ބުނާ އިރު، އެކަން ސާފުކޮށްދެއްވަން އޭނާ އެދިވަޑައިގަތެވެ.
"ފަހުން ކުރެވޭ ކުށް ކިހިނެއްތޯ ސާބިތުކުރެވޭނީ ކުރިން ކުރި ސާބިތުކުރުމެއް ނެތި. އަޅުގަނޑަކަށް ނޭނގެ ކުރިން ކުރި ކުށާ މެދު ތިބޭފުޅުން މިހާތަނަށް އަޅުއްވާފައި ހުރި ފިޔަވަޅުތަކެއް. އެ މައުލޫމާތެއް ނެތް މި މައްސަލައިގައި ހިއްސާކޮށްފައެއް. އެ ދެ ކަންތައް ކިހިނެއްތޯ ގުޅެނީ،" އަޒްމިރަލްދާ އެއްސެވި އެވެ.
ދައުލަތުން ބުނީ ރާއްޖޭގެ މަނީ ލޯންޑަރިންގެ ގާނޫނު އޮތީ ލޯންޑާ ކުރި ފައިސާގެ ހޯދަން ކުރި ކުށް ސާބިތު ނުކޮށް ވެސް މަނީ ލޯންޑަރިން ސާބިތު ކުރެވޭ ގޮތަށް ކަމަށެވެ. ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާކަން ޝައްކުވާ ހާލަތުގައި މުއާމަލާތްކުރިކަން އެކަނި ސާބިތުވުމުން ފުދޭނެ ކަމަށް ދައުލަތުން ވިދާޅުވި އެވެ. އަދި ދައުލަތުން ވިދާޅުވީ މި މައްސަލައިގައި މަނީ ލޯންޑަރިންގެ ކުށް އުފަންވަނީ ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ފައިސާ ވަދެ، ޔާމީނަށް ޝައްކު ކުރެވޭ ހާލަތު އޮވެ، އެ ފައިސާއިން މުއާމަލާތް ކުރުމުން ކަމަށެވެ.
ޔާމީންގެ މައްޗަށް އިއްވާފައިގާ ޖަލު ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފިނަމަ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގާތްގަނޑަކަށް އެއްކޮށް ބަންދު ވާނެއެވެ. ސުޕްރީމް ކޯޓުން ޔާމީން ސަލާމަތްވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް މިހާރު ވެސް މަނީ ލޯންޑްރިންގެ އިތުރު ދެދައުވާއެއް ކްރިމިނަލް ކޯޓުގައި އެބައޮތެވެ. އޭގެތެރެއިން އެއްދައުވާ އުފުލީ އިއްޔެއެވެ.
އަވަސްކުރޭ އަދި ހުކުންކުރާއިރު 10 ވަރަކަށް އަހަރު އިތުރުކޮށްލަންވެސް ފެނޭ
ކަލޭ ދާންވީނު ޙުކުމް ކުރަން
މިނިވަން ކޮއް ވަރައްބޮޑުޖަލްސާއެއް އުތުރާ ދެ ކުނުގަބައްވާނެ ވެރި ކަން އެމްޑީޕީޔައް ނިމުނީ ދޫނުކުރިޔަސް ރައްޔިތުން ބޭނުންވަނީ ޔާމިނު އިންޑިޔާ މިލިޓަރީއައުޓު ލާދީނީ ރިޕޯޓުބެރު
ތިހެން އެހެންމީހުން ފުށުން ތިއިންސާނާ އަށް ލިބިދޭން ބޭނުންބާ !
ސްޕްރީމްކޯޓުގެ ހުރިހާ އަޑުއެހުމަކަށް ބަލާއިރު ޔާމީން އޮތީ ކާމިޔަބު ހޯދާފައެވެ. ހުރިހާ އަޑުއެހުމަކަށް ބަލާއިރު ދައުލަތުގެ ވަކީލުންވަނީ ބަސްހުއްޓިފައެވެ. ދައްކާފައިވަނީ އެކަކު އަނެކެއްގެކައިރިން އަހައިގެން ތުރުތުރުލާޙާލުގައި ދެކޮޅުނުޖެހޭ މޮޔަ ވާހަކަތަކެވެ. ބައެއް ސުވާލުތަކަށް ދައުލަތުން ޖަވާބުދާރީވެސް ނުވެއެވެ. ޔާމީންގެ އެކައުޓަށް ޖަމާވީ ބޮޑުމުއްލާ ގެ ފައިސާކަން ސާބިތުކޮށްދޭކަށް ނުޖެހޭނޭކަމަށް ދައުލަތުގެ ވަކީލުން ވަނީ ބުނެފައެވެ. އަދި އެސްއޯއެފް އަށް ދަޢުވާ ނުކުރާނޭކަމަށްވެސް ވަނީ ބުނެފައެވެ. ޗެކްނަމްބަރާ ޗެކް ޖަމާވިތަން ވަނީ ދައުލަތަށް އޮޅިފައެވެ. މިފަހަރުގެ ޙުކުމުން ފަނޑިޔާރުންގެ ޝަރުޢީ ޢިލްމުވެރިކަމާއި ޢަދުލުވެރިކަން ހާމަވެގެންދާނެއެވެ.
އޮތީ ނާކާމިޔާބު. އެނޫންގޮތެއް ތިޔަމައްސަލާގައި ނޯންނާނެ.. ހުކުމަށް ތާއީދު ކުރަން މަޖުބޫރު. ތާއީދު ނުކޮށްފިނަމަ އެހުކުމްކުރި ފަނޑިޔާރު އަލީރަޝީދަކަށް ސްޕްރީމްކޯޓްގެ ފަނޑިޔާރަކަށް ނުހުރެވޭނެ. އެހެންވެއްޖެނަމަ މައްސަލަބަލާ ފަނޑިޔާރުންގެ ސްލޫކީ މައްސަލަތއް ފެންމަތިވާނެ. އަނެއްކޮޅުން ސަރުކާރު ވެއްޓުމުގެ ބިރު ވަރަށްބޮޑު.
ވަރަށް ވަރަށް މަރުހަބާ
އިންޝާއަﷲ ރައީސް ޔާމީން މިނިވަންވާނެ.
ސްޕްރީމް ކޯޓްގެ ފަނޑިޔާރުން އިންސާފުވެރިކޮށް ހުކުން ކުރާނެ ކަމަށް އުންމީދުކުރަން
ކުއިއަށް އޮތް ދައުރާއި މެދު ނުވިސްނާ ގައުމުގެ އިސްމީހަކަށް ޔާމީން ހުރެ ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކަކީ ދުވާލުހެން ފެންނަން ހުރި ކަންތަށްތަކަށް ވާއިރު ޔާމިން މިކަންތަށް ތަކުން ބަރީއަވުމަކީ އެއްވެސް ހާލެއްގައިވެގެން ވާނެ ކަމެއްކަމުގައި އަޅުަގޑުމެން ނުދެކެމު
ޔާމީނު އެއްވެސް ހާލެއްގައި ގައުމުގެ ވެރިޔަކަށް އައުމުގެ ފުރުސަތު ދީގެން ނުވާނެ
ރައްޔިތުން ތިބޭނީ އަބަދުވެސް އެބަޔަކަށް ލިބޭނެ މަންފާ އާއި އެއްކޮޅަށް، އެކަމަކު ސްޕްރީމް ކޯޓްން ވިސްނަން ވާނީ ކޮރަޕްޝަނާއި އަނިޔާ މިގައުމުން ފޮހެލެވެނޭ ފަދަ ގޮތަށް ގައުމުގެ ކަންތަށް ބައްޓަން ވެގެންދާނެ ފަދަ ހުކުމަކަށް ކަމަށް އުންމީދު ކުރަން
ބަލަ މޮޔަޔާ! ވެރިކަންދެއްވަނީ މާތްﷲ. އެކަމަކަށް ހަމައެކަކަށްވެސް ބާރެއް ނުފޯރުވޭނެ.
ނެގިހާ ލާރިއެއް އެކިމީހުން ލައްވާ އިންވެސްޓްކޮށް ހުސްކުރަމުން ދަނީ
ލާރިއަށް ވީ ގޮތް ހޯދަން ޖެހޭނެ
ނިކަމެއްޗެއް ރިހާކުރު ފުޅިއެއް ނެގީމަ ޖަލަށް
ރައީސެއް ބިލައަނުން ރައްޔިތުންގެ ނެގިމަވެސް ގޭގަބައިންދާފަ އަނެއްކާ ރިޔާސީ ޓިކެޓް
ކީކޭބާ ބުނާނީ
ބޭނުންވަނީ ޔާމީނު ކަހަލަ ރައްޔިތުންނަށް ރަގާޅު ފައިދާ ކޮށްދެވޭނެ ވެރިއެއް އެއްވެސް ތަރައްގީއެއް ނުކުރެވި ތިންއަހަރު ދިޔައިރުވެސް އަގައިން މިވެނިކަމެއް ކުރާނަމޭ ނުކުރިއަސް ކުރަމުންނޭ ދަނީ ބުނުން ނޫންކަމެއް ނުކުރެވޭ ވެރިންނެއް މިގައުމަކަށް ބޭނުމެއް ނުވޭ ސޮރީ
ޙުކުމް
ވަރަށް ސާފު
ދައުލަތުން ދެކޭގޮތް އެއީ ޤާނޫނު ކަމަށް ވަންޏާ އަދި ކުށް ތަރުތީބު ވެގެން އަންނަ ގޮތް ނުވަތަ އިޖްރާއަތު ގެ ބޭނުމެއް ނެތީކަމަށް ވަންޏާ ކޮންމެހެން ކޯޓްތައްހަދައިގެން އިތުރުވަގުތު ނަގާލާނެކަމެއް ނެތް . ކޯއްޗެއް މި ހަދަނީ ؟
ނުކުރެވޭނެ އިތުރެއް ހަނދާން ނައްތާލާ..
ބަޔަކައް ހަޖަމު ވިއަސް ނުވިއަސް ރައީސް ޔާމީން 30 ވަނަދުވަހު މިހާރު ކޮއްފަ އެއޮތް ހަރާމް ހުކުމް ބާތިލް ކުރާނެ... ހަރާމް ނުހައްގު ހުކުމެއްވީމަ
ބަލަމާ މިވާހަކައިގަ ވާ ގޮތެއް ....
މޯޑް، ކަލެއަށް ބުނަންޖެހެނީ ކަލެއަށް ރޯމާދުވާލު އަލީގައ ދުވާލުހެން ފެނުނީ ހަމައެކަނި ރ.ޔާމީނު ވެރިއަކަށްހުރެ ހިންގި ކޮރަޕްޝަނާއި އަނިޔާތޯ، ރޯމާދުވާލު ކަލޭގެ ރޯނުނުއެދުރު ރ.އިބޫސާލިހު ކަޅުދަބަހެއްގައި އުފުއްލި 35މިލިޔަން ޑޮލަރސކީ ރައްޔިތުންގެ ފައިސާއަކަށްނުވެ ކޯޗެއްތޯ؟؟ މިވަރު ކިޔާނާތަތެރިޔާވެސް އެހެރީ ވެރިއަކަށް ސަވާރުކޮށްފައި އަދި މިސަރުލާރުން ހިންގަމުންދާ ވެންޓިލޭޓަރުގެ ޚިޔާނާތްފަދަ ޖަރީމާތައް ކަލެއަށް ހަމަ ނުފެންނަނީ ލޯއަނދިރިވެފަ ހުރީބާ؟؟؟ ވީއިރު ހަމައެކަނި ރ.ޔާމީނު ދަލުޖައްސާފައިހުރުމަކުން ކޮރަޕްޝަނާއި އަނިޔާ މިގައުމުން ފޮހެލެވޭނެކަމަށް ކަލޭގެ ތިމމަގުސަދު އަދިހާސިލުވާނެކސމަށް ނުބެލެވޭ
ދިވެހި ދައުލަތްވަނީ އިންޑިއާއިން ހައިޖެކްޓްކޮށްފައި.
ދައުލަތުގެ ވަކީލާ ގެ ވާހަކަތަކަށް ބަލާއިރު އަދި މަހުލޫލްގެ މައްޗަށް ވެސް ދައުލަތުން ދައުވާ އުފުލުމުން ބޮޑަށް ބެލެވެނީ ދަށުކޯޓުގެ ޙުކުމް ދަމަހައްޓާ ނެކަމަށް، އަދި ޗެކުގެ ނަމްބަރާއި ބެހޭގޮތުން ސާފުކުރުމުން އެމައްޗަށް ޙުކުމް ދަށުކޯޓުން ބިނާކުރި އަޞްލު އޮތީ ރަގަޅަށް ކަން ބަޔާން ކޮށް ޙުކުމަށް ބަދަލް ގެންނަން ތަނެއް ނެތްކަމަށް ނިއްމުމުގެ ފުރުސަތު ބޮޑު
އަވަސްކުރޭ ތީގަ ހުރިހާ ނުބައެއް ހެދީ ބޮނޑިބަތް.
.
ޢެމްއެމްޕީ އާރސީގެ ޚިޔާނާތުގެ 200އަށްވުރެހިނަ މީހުން ބައިވެރިވެފައިވާއިރު އެއްމެ މީހަކަށް ދަޢުވާކޮށް ހުކުމްކޮށްގެން ކުރިއަށްދިއުން މިއީ ގައުމެއްގެ ސަރުކާރަކުން އިންސާފުން ހިންގާކަމެއްކަމަށް ޚޮދް މިސަރުކާރަށްވެސް ގަބޫލުކުރެވޭބާއޭ ހިތަށްއަރާ؟؟ސުޕްރިންކޯޓްގައި ހިންގި ރ.ޔާމީންގެ އިސްތިއުނާފުން އެނގިގެންދިޔައީ އެމަނިކުފާނާމެދު ހިންގާފައިވަނީ ބޭއިންސާފު ޝަރީއަތެއްކަމާއި އެމަނިކުފާނު ތަންފީޒުކުރުވާ ހުކުމުން ވަގުތުން މިނިވަންކުރަން ޖެހޭކަމެވެ. ސުޕްރިންކޯޓްގެ ޖަޖުންގެ ކުރިމަތީގައިވެސް ކަނޑައެޅިގެން ދައުލަތުގެ ވަކީލުން ބުނެފައިވަނީ މައްސަލަ އުފަންކުރުވި ހިސާބުން ތަހުގީގުކުރަން ފަށާފައި ނުވާކަމާއި މައްސަލައިގެ އެއްމެ މައިމުލުކަމަށްވާ މީހުންނާއިގެންވެސް ޝަރީއަތް ހިންގާގޮތަށް ހަމަޖައްސާފައިނުވާކަން، ސަބަބަކަށް ބުނީ ހެކިލިބުމަށް ހުރަސް އެޅިދާނެތީކަމަށް، މިއީ އިންސާފުތޯ؟؟
އިންޝާ ﷲ ކާމިޔާބް އޮތީ ކެއްތެރިންނާ އެކު. ރާއީސް ޔާމީން އަށް ކެއްތެރިކަން ދެއްވާށީ! ދިވެހި ގައުމަށް ލޯބިވާ ރައްޔިތުންގެ އެދުމަކީ ރައީސް ޔާމީނަށް އިންސާފް ލިބުން. ﷲ ގެ އިރާދަފުޅުން ކާމިޔާބް ވާނެ!
އާމީން، ޔާ ރައްބަލްޢާލަމީން، އާމީން.
ﷲއިރާދަފުޅުން ރައީސްޔާމީން މިނިވަން ވާނެ // އިންޝާﷲ //. ނުހައްގު ސަޒާތަކެއް މީހަކަށް ލިބިދޭން ނުޖެހޭ //
ގއ.ވޮޑަމުލާ ގެ ފައިސާ ޖަމާކޮށް އެފައިސާ ބޭރުގެ ކުންފުންޔަކަށް ޖަމާކޮށް އެފައިސާ ބޭރުގެ ކުންފުނި މެދުވެރިކޮށް އިންވެސްޓްކޮށްގެން އެފައިސާ އިތުރުކޮށް މަންފާހޯދާ އެފައިސާ އަނބުރާ އެސްކުރޯ އެކައުންޓައް ޖަމާކުރީ . ޥަރަށް ސާފު !
ގައުމުގެ ބައިތުލްމާލު އެއީ އިކޮނޮމިސްޓުން ވިޔަފާރިކުރަން ހުރިއެއްޗެއްނޫން . މީހާވަރަކަށް ދައުލަތައްވެސް ސާފުކޮށްދެވޭނީ !
ހުރިހާ ކޮމެންޓަށް ބެލިމަވެސް ފެންނަނި އެންމެންވެސް ވައްކަން ކޮށްފަ އޮށް ކަމަށް އެއްބަސް ވާކަން. އެކަމަކު ތިމާ ތާއީދުކުރާ ފަރާތަކަށް ވީމަ ވައްކަން ކޮށްފަ އޮތަސް ހުކުމް ކޮށް ގެން ނުވާނެއޭ ބުނާ ތަން މިފެންނަނީ. ވައްކަން ކޮށްގެން ތިބި 200 މީހުންގެ ތެރެއިން އެކަކަށްވެސް ހުކުމް ކޮށްފިއްޔާ އެއީ އިންސާފު. ދެވަނަ މީހާއަށް ވެސް ހުކުމާ ހިސާބަށް ގޮސްސިއްޔާ ހުކުމް ކުރުން އެއީވެސް އިންސާފު. އެކަމަކު މިބުނި 200 މީހުންގެ ތެރެއިން ހަމަ އެކަކަށްވެސް ހުކުމެއް ނައިސް ދޫވެފައި ތިބެން ބައެއް ބޭފުޅުން ބެނުންޏާ އެއީ ބޭއިންސާފު. ޔާމިނަށް ދެ މަރުހަލާގެ ކޯޓުންވެސް ހުކުމް ކުރުމުން ބައެއް މީހުނަށް އެހުކުމް ހަރާމް ވެއްޖެ. ދެންފަހެ ސްޕްރީމް ކޯޓުން ހުކުމެއް ކޮށްފިއްޔާ އަދި މާ ބޮޑަށް ހަރާމް ވާނެ،. އޭރުން އަގަޔަށް ނުލެވޭ ވަރަށް ހަރާމް ވާނެ. ބަލައިގެން ތިބޭތި. އަހަރުމެން ލީ ވޯޓަށްވީ ގޮތަށް ސޮއްސާލާފަ ގޮސް ޖެހޭނީ ޖަލުގައި.
އިބޫ ހިމޭނުން ހުންނާތީ އަހަރުމެން ހީކުރީ އަސްލުވެސް ހަމަ ސޯލިޙު ރަނގަޅު މީހެއް ކަމަށް. މިހާރު މި އެނގެނީ ބާރެއް ލިބުނީމަ އިންސާނިއްޔަތުކަންވެސް ފިލާދާކަން. ލައްކަ ގަނަ ތަޅުވައިފި ރާއްޖޭގެ ރައީސްކަން ކޮށްފަ ހުރި އަދި ދައުލަތަށް އެތައް ޚިދުމަތެއް ކޮށްދީފަ ހުރި މީހަކު . އިބޫގެ ވެރިކަން ނިމޭނީ ބައިކޮޅަށް 3 ގޯލު ޖަހައިގެން ރީނދޫ ބައިގަނޑު އެކަކު އަނެކަކު ގަޔަށް އަތްލާ ހިސަބަށް ގޮސްގެން
"އަހުމަދު،" ތިބޭފުޅާގެ ދިރާސާއަށް ބަލާއިރު ދައުލަތުން މީހެއްގެމައްޗަށް ދައުވާއެއް އުފުލައި ނިންމައިފައިވާ ޝަރީއަތެއް ދަށުކޯޓުން ދަމަހައްޓައިފިނަމަ އެޝަރީއަތެއް އިސްތިއުނާފުކުރަން ސުޕުރިންކޯޓާއި ހަމައަށްދާނެ އެއްވެސް ބޭނުމެއްނެތް، ނަމަވެސް މާޒީއަށް ބަލާއިރު އެފަދަ ވަރަށްގިނަ ޝަރީއަތްތައްވެސް ސުޕުރިންކޯޓު އިސްތިއުނާފުން ބަދަލުވެފައިވާތަން ފެނިފަ އެބަހުރި، މިއީ އަރަތެއްބާ؟؟