އައްޑޫސިޓީ ހުޅުމީދޫގައި ހުންނަ ސ.އަތޮޅު މަދުރަސާގެ އިންޑިޔާ ޓީޗަރަކު އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ވާހަތަކެއް ދެއްކި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފިއެވެ.

"ކަލާނގެ ވޮޑިގެން ނުވާ" ކަމާއި ގުރުއާނުގައި ވަނީ "ހިޔާލީ ވާހަކަތަކެއް" ކަމަށް ބުނެ އެ ޓީޗަރު، ވައިބާ ގްރޫޕެއްގައި ދައްކާފައިވާ ވާހަކަތަކެއްގެ ސްކްރީން ޝޮޓްތަކެއް ދަނީ މީސް މީޑިއާގައި ދައުރު ކުރުވަމުންނެވެ.

ކަލާނގެ ވޮޑިގެންވާ ކަމުގެ ހެކި ދެއްކުމަށް ވެސް އެ ޓީޗަރު ދަރިވަރުންގެ ފަރާތުން އެދުނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކެރެޓަރީ އަހުމަދު އަލީ "ވަގުތު"އަށް މިއަދު ވިދާޅުވީ ޓީޗަރުގެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން ދަރިވަރުންނާ ގުޅުންހުރި ކަންކަމުން އޭނާ އެކަހެރި ކޮށްފައިވާ ކަމަށެވެ.

ޕީއެސް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ރިޕޯޓް މިއަދު ލިބޭނެ ކަމަށެވެ. ޓީޗަރާ މެދު އަޅާނެ ފިޔަވަޅެއް ނިންމާނީ އެއަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

މުސްލިމުންނަށް އެތައް ދުއްތުރާތަކެއް ކުރަމުންދާ އިޒްރޭލަށް ތާއީދުކޮށް މީޑިއާގައި ހިޔާލުފާޅުކުރި އިންޑިއާގެ ޓީޗަރަކުވެސް ވަނީ ދާދި ފަހުން ވަޒީފާއިން ވަކިކޮށް، ޑީޕޯޓްކޮށްފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި ދިވެހިން ވެސް އިސްލާމްދީނާއި ހިލާފު އަމަލުތައް ހިންގުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެފަދަ މައްސަލަތަކުގައި ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް ނާޅާކަމަށް ބުނެ ގިނަ ބަޔަކު ސަރުކާރަށް ފާޑުވެސް ކިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ބުނަންތަ ތީކީ އިއްޔެ އެއް މިއަދަކު ހިނގާ ކަމެއް ނޫން ކްރިޝްޓިއަން ޓީޗަރުންގެ އުދަގޫ ހަމަ އެހާބޮޑު ކުރީ ޒަމާނުގަ މަޖީދިއްޔާގަ އުޅުނު ދަރިވަރުންނަށް އެގޭނެ ،ޖެރީ ސާރ،،މަޖީދިއްޔާގެ ކުރީގެ ސުޕަވައިޒަރެއް އޭނަވެސް ދަރިވަރުން ގާތުބުނޭ އޭނަގެ ދީން ދަސްކުރަންވީނޫންހޭ ކަލޭމެންގެ ދީނައްވުރެ މާ ރަނގަޅުވާނެޔޭ ގްރޭޑް 12 ޔަށް ކިޔަވަދޭ އިންޑިއާގެ އަންހެން ޓީޗަރަކު ވެސް ސީދާ މަގޭ ކާރީގަ ބުނީ "ކަލޭމެންގެ ނަބިއްޔާ ކޮންމެ ކަމަކަށް ދުއާއެއްކިޔަން ޖައްސަޔެއްނޫންހޭ ޖީސަސް މާރަނގަޅެޭ ޖީސަސްގެ ގޮވާލުން ލުއި ފަސޭހަޔޭ މިއީ މަގޭ ރައްޓެހިން މަށަށް ދޭނަސޭހަތް ދެންވިސްނާ ދަރިވަރުންނަށް ދޭނެ ނަސޭހަތް

    15
    2
  2. ޢަލީ

    ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގަވެސް އެބަ އުޅޭ އިނގިރޭސި ކިޔަވައިދޭން ތީގެ އިންޑިއާ ޓީޗަރެއް އެ ޓީޗަރު ބުނިކަމަށްވަނީ އިސްލާމްދީނަކީ " ސްޓުޕިޑް " ދީނެއް ކަމަށް. ދަރިވަރުންތަކެއް އެކަމުގެ ޝަކުވާ ޕްރިންސިޕަލްއަށްް ކުރިކަމަށް ވަނީ. ފިޔަވަޅެއް އަދިވެސް ނާޅާ

    15
    1
  3. ރެހި

    އޭނާ އެދެއްކިވާހަކަތަކީ ދޮގުކަން ސާބިތުކޮށްދެވޭވަރުގެ ޝޭކަކުވެސް މިރާއްޖޭގައި ނެތީމަ ދެން ޖެހޭނީ އޭނާ އެކަހެރިކޮށް އޭނާ އަނބުރާ ފޮނުވާލާކަށް ނު؟

    13
    5
    • ކިޔު

      ބުނަން ވާހަކައެއް..ގިނަ ފަހަރަށް އެކަހަލަ ސުވާލު ކުރާ ގިނަ މީހުންނަކީ އެއްޗެއް ނޭނގިގެން ސުވާލުކުރާ ބައެއް ނޫން..އޮރިއެންޓަލިސްޓުންނަކީ ކީރިތި ޤުޜްއާނާއި ރަސޫލާގެ ހަދީޘް އަދި ޚުލަފާއުއްރާޝިދޫންގެ ސިޔަރަތުވެސް ނިކަން ރަނގަޅަށް އެނގި ހުރެ ދީނާ ޚިލާފު ޒާތް ޒާތުގެ ވާހަކަ ފަތުރާ ބައެއް..ބޭނުމަކީ ދީނާއިމެދު ހޭލުންތެރިކަން ކުޑަ މީހުންގެ މެދުގަ ޝައްކު އުފެއްދުން..މުލްހިދުން ނުވަތަ ދީން ގަބޫލުނުކުރާ މީހުންވެސް ކުރަނީ ހަމަ މިމަސައްކަތް..މުސްލިމް މުޖުތަމައުތަކަށް ގޮސް ސުވާލު މިކުރަނީ ދީނީ ޢިލްމުގެ ކުޑަ ކުޑަ މިންވަރެއް ހާސިލްވެފަވާ މީހުންނާ..މިވެރިން ކީއްވެބާ ދީނީ ޢިލްމު ލިބިފަތިބި ފުންނާބު އުސް ޢިލްމުވެރިންނާ މިފަދައިން ސުވާލު ނުކުރަނީ؟؟ޖަވާބު ވ.ސާފު.އެމީހުންނަށްވެސް އެނގޭ އެމީހުންގެ އަނގަ ބަންދު ވާވަރުގެ ޖަވާބު ލިބޭނެކަން..

      16
      4
  4. ޙަދިސައިބު

    ޢެމްޑީޕީގެ އެޖެންޑާ 19 ފުރިހަމަވާނީ މިގައުމުގެ ގިނަ ބަޔަކު އިސްލާމް ދީނުން ބޭރުކުރެވިގެން

    3
    1
  5. ޑައެލޯގް

    މިސަރުކާރުގަ ލާދީނީ ކަންކަންގިނަވާނެއެވެ. އެއީ އެކަން ކުރާފަރާތްތަކަށް އެގޭ އެއްވެސް ފިޔަވަޅެއްނާޅާނެކަން އަދި އަމުދުން އިންޑިޔާމީހަކަށް މިސަރުކާރުން އަޅާނެފިޔަވަޅެއްނޯންނާނެއެވެ.

    3
    1
  6. އިބުނު ފޭކް

    ހުސްފޭކް ހުސްފޭކް